މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ތިމާ ދޫކޮށްފައި ދިއުމަށް ފިރިމީހާއަށް މަޖުބޫރުކުރާނީ ކިހިނެއް؟ |
|
|
| ދިވެހި - އިޖުތިމާޢީ | |||
| 19 ނޮވެމްބަރ 2009، 15:33 ބުރާސްފަތި | |||
|
އަޙުމަދު މުޙައްމަދުލްޔަމާނީ ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން އަޅުގަނޑުގެ ދުޢާއަކީ، މާތް ﷲ އެފަދަ އަނބިންނަށް ތެދުމަގު ދެއްކެވުމެވެ. ޙިކުމަތްތެރިކަން ޙިކުމަތްތެރިޔާ ހުރިހައި އުޒުރެއް ހަޖަމްކުރާނެ ކަމަށް ބައެއް އަނބިން ޤަބޫލުކުރެ އެވެ. އެކަމަކު އެއީ ކުށް ޤަބޫލުކުރުމެކެވެ. އެއަށް ބަރޯސާވެގެން ތިބޭ އަނބިންނަކީ، ވަހުމެއްގެ ތެރޭގައި ދިރިއުޅޭ ބަޔެކެވެ. އެފަދަ އަނބިން، ފިރިމީހާއަށް އުނދަގޫކޮށް އަނިޔާވެރިވުމުގައި ހައްދުފަހަނަޅައިދެ އެވެ. ކުދިކުދި ކަންތައްތައް ވެސް ގިނަވެއްޖެނަމަ، އެއިން ފުނިޖެހި ބަރުވާނެކަން އެފަދަ އަނބިންނަށް ނޭނގޭ ކަހަލަ އެވެ. ބުއްދިވެރި، ޢަދުލުވެރި ފިރިންނަކީ، ކަންތައްތައް ނިންމުމުގައި އަވަސްވެގަންނަ ބަޔެއް ނޫނެވެ. ނަމަވެސް އެފަދަ ފިރިންނަކީ، އަނބިމީހާގެ ފަރާތުން ކުރިމަތިވާ އުނދަގޫތަކުގެ ޙާލަތްތަކަށް ބަލާ ބަޔެކެވެ. ކޮންމެ ކަމެއްވެސް ކުރިމަތިވީ ކީއްވެގެންތޯ ބަލައި، އެކަމާމެދު ވިސްނުން ހިންގާ ބަޔެކެވެ. އަނބިމީހާގެ ފުށުން އަންނަ ނޭދެވޭ ކަންތައްތައް، އެފަދަ ފިރިން ޙައްލުކުރެވޭތޯ ބަލާނީ، ރަނގަޅު ގޮތަކަށެވެ. ބައެއްފަހަރު އަޅާނުލައި ދޫކޮށްލައިގެންނެވެ. ބައެއް ފަހަރު ނަޞީޙަތްތެރިވެގެންނެވެ. ބައެއް ފަހަރު ކޮންމެވެސް ވާހަކައެއް ދައްކައިގެންނެވެ. ބައެއް ފަހަރު ނުރުހުމުގެ ބަހެއް ބުނެގެންނެވެ. ބައެއް ފަހަރު ރުޅިއައިސްގެންނެވެ. ... އަދި އެންމެ ފަހުން، ވަރިކުރުމުންނެވެ. ނަންގަނެވިދިޔަ ގޮތްތަކުގެ ތެރެއިން ކޮންމެ ގޮތަކަށް ޢަމަލުކުރިޔަސް، އެއިން ކޮންމެ ފަހަރަކުމެ، ދިމާވި ކަންތައްތައް އޭނާގެ ހަނދާނުގެ ޚަޒާނާގައި ރައްކާކުރާނެ އެވެ. އެކަންތަކާމެދު ވަގުތުން ފިޔަވަޅު އެޅުމުގެ ބަދަލުގައި، އޭނާގެ ޙަޔާތުގެ ބައިވެރިޔާ ދައްކާ ހުރިހައި އުޒުރެއް ހަޖަމުކުރަމުން ގެންދާނެ އެވެ. ފިރިމީހާ ވަގުތުން ފިޔަވަޅުނާޅަނީ ކީއްވެގެން ހެއްޔެވެ؟ މިސުވާލުގެ ޖަވާބަކީ، އޭނާގެ ނަޒަރުގައި، އަނބިމީހާގެ ކިބައިން ކުރިމަތިވި ކަމަކީ، ވަކި މަޤުޞަދެއްނެތި ދިމާވި އާދައިގެ ކަމެކެވެ. ނުވަތަ އެއީ އެކަން ދިމާވި ވަގުތުގެ ޙާލަތު ނިޔާކުރި ގޮތުން ދިމާވި ކަމެކެވެ. ނުވަތަ އަނބިމީހާއަށް ޕުރެޝަރު ބޮޑުވެގެން ދިމާވި ކަމެކެވެ. ނުވަތަ އެއީ މަދުން ނޫނީ ދިމާނުވާނެ ކަހަލަ ނާދިރު ކަމެކެވެ. ނުވަތަ އެއީ ނުނިޔަތެއް ނެތި ހިނގައިދިޔަ ކަމެކެވެ. ނުވަތަ އެއީ ކުއްލި ޙާލަތެއްގައި ދިމާވި ކަމެކެވެ. ނުވަތަ ނުވަތަ ... މިފަދަ މަޞްލަޙަތުހުރި އެތައް އުޒުރެއް އޭނާ ހަޖަމްކުރެ އެވެ. އެހުރިހައި އުޒުރެއް ފިރިމީހާ ހަޖަމްކުރަނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބަކީ، އޭނާގެ ދީންވެރިކަމުންނެވެ. ނުވަތަ ޚުލްޤުހެޔޮކަމުންނެެވެ. ނުވަތަ ދިރިއުޅުމަށް ކަމޭހިތާތީ އެވެ. ނުވަތަ ދެމަފިރިކަމުގެ ގުޅުމަށް އިޙުތިރާމްކުރާތީ އެވެ. އޭނާ ޤަބޫލުކުރި އުޒުރުތަކަކީ، ޙަޤީޤަތްކަމުގައި ވެއްޖެނަމަ، ހިތްހަމަޖެހުމާއެކު ފަހި މުސްތަޤުބަލަކާއި ފާގަތި ޙަޔާތަކަށް އުންމީދުކުރެއެވެ. އެޔާއެކު، އޭނާގެ ޙަޔާތުގެ ބައިވެރިޔާއާއެކު ދިރިއުޅުމުގެ ޢަޒުމް ވަރުގަދަކުރެ އެވެ. ވަރި އިޢުލާންކުރުން ޙިކުމަތްތެރި ފިރިމީހާގެ ހުރިހައި އުންމީދުތައް، އަނބިމީހާ ފުނޑު ފުނޑުކޮށްލަނީކަން އޭނާއަށް އެނގޭ ޙާލަތު އާދެ އެވެ. އެ ޙާލަތުގައި އޭނާއަށް، އޭނާގެ އަނބިމީހާގެ ޙަޤީޤަތް ހާމަވެ އެވެ. ކުރިން އޭނާ ޤަބޫލުކޮށްގެންހުރި ހުރިހައި އުޒުރުތަކަކީ، އަދި އަޅާނުލައި ދޫކޮށްލި ހުރިހައި ކަންތައްތަކަކީ، އެ އަނބިމީހާގެ ކިބައިގައިވާ، ފިޠުރަތާ ޚިލާފު، ނޭދެވޭ ކަންތަކެއްކަން އެނގެ އެވެ. އެ އަނބިމީހާއަށް ވަނީ، ސާފު ސީފާ ފިޠުރަތުގެ ރިވެތި ކަމާއި މީރު ރަހަ އޮޅިފައިކަން އެނގެ އެވެ. އަދި ކުރިޔަށް އޮތްތަނުގައި އޭނާގެ ކިބައިން އިތުރު އުނދަގޫތަކާއި ދުއްތުރާތައް ކުރިމަތިވާނެކަން ކަށަވަރުވެ އެވެ. ޙިކުމަތާއި ބުއްދީގެ ޚަޒާނާ ހުސްވިޔަސް އަނބިމީހާގެ ދުއްތުރާތަކުން ސަލާމް ނުވާނެކަން ޔަޤީންވެ އެވެ. މި ހިސާބަސް ކަންތައް ދާއިރު، ޙިކުމަތްތެރި، ޙިލްމުވެރި ފިރިމީހާއަށް ހެދެން އޮންނާނީ ރަނގަޅު އެންމެ ގޮތެކެވެ. އެއީ، އޭނާގެ އަނބިމީހާ ދޫކޮށްލާފައި ދިއުމެވެ. އެހެނީ، އޭނާފަދަ ރަނގަޅު މީހަކު، ފިރިޔެއްގެ ގޮތުގައި ލިބުމަކީ، އެފަދަ ވިޔާނުދާ އަންހެނަކަށް ޙައްޤުވެގެންވާ ކަމެއް ނޫނެވެ. މިހެންވެ، ވަރި އިޢުލާންކޮށް، އެ އަނބިމީހާ ދޫކޮށްލާފައި އޭނާ ދެ އެވެ. މި ދުނިޔޭގައި، ހިތްހެޔޮ އަނތްބަކާ އެކު، ހަމަޖެހޭ ޒަވާޖީ ޙަޔާތެއް ހޯދުމަކީ އޭނާއަށް ވެސް ލިބިގެންވާ ޙައްޤެކެވެ. މަޞްދަރު: އިސްލާމްއޮންލައިން ޑޮޓް ނެޓް މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
...
ލިޔުނީ ކަކުނި ލޯ., 2010-10-11 17:38:34
ތިމާ ދޫކޮށްފައި ފިރިމީހާއަށް ދާން މަޖުބޫރުކުރަން ބޭނުންނަމަ އަވަސް އަވަހަށް ޢާއިލާއާއި ބެހޭ ކޯޓަށް ވަރިވާން ސިޓީލާށެވެ! އެއަށްވުރެ ފަސޭހައިން ތިކަންވާނެގޮތެއް ނެތެވެ!
... ލިޔުނީ އަލީ, 2011-05-03 22:40:28
ﷲ ތަޢާލާ ގަންދެމެވެ. ތިޔައީ ހުސް ތެދެވެ. އަހަރެންގެ ދިރިއުޅުމުގައި ހަމަތިކަން ތިޔަ ގޮތަށް ތަޖުރިބާ ކޮށްފީމެވެ. އަހަރެންގެ އެންމެ ފަހު އުންމީދުތައްވެސް އަނބިމީހާ ނަގާލައިފިކަން އެނގުމުން އަހަރެން އޭނާ ވަރިކުރުމަށް ކޯޓަށް ހިނގައްޖައީމެވެ. ވަފާތެރި އަންބަކަށް ނުވެވުނު ތާނގައި އަހަރެންގެ ތުއްތުދަރިފުޅަށް ހެޔޮމަގު ދައްކާނޭ މަންމައަކަށްވެސް އޭނާއަށް ނުވެވޭނެކަން އެނގޭތީއެވެ. ކައިވެނީގެ ވަގުތުގައި އޭނާ ދުވަހަކުވެސް ވަރި ނުކުރުމަށް އަހަރެން ވަޢުދުވީމެވެ. އިރާދަ ކުރެއްވިޔާ އެވަޢުދުވެސް އަހަރެން ފުއްދާނަމެވެ. އަހަރެން އޭނާ ވަރިއެއް ނުކުރާނަމެވެ. އަހަރެމެން ވަރިކޮށްދޭނީ ކާވެނިވެސް ކޮށްދިން ޙާކިމެވެ. ބުނެބަލާށެވެ. އޭރުން އަހަރެން އަހަރެންގެ ވަޢުދު އުވާލީ ކަމުގައި ވާނެ ހެއްޔެވެ؟ އަހަރެން އެދެނީ ﷲ ތަޢާލާ ވަޢުދު ނުފުއްދާ މީހުންގެ ތެރޭގައި އަހުރެން ނުލެއްވުމެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|