ފަންވަތް ދިވެހި އިޖުތިމާޢީ ތިމާ ދޫކޮށްފައި ދިއުމަށް ފިރިމީހާއަށް މަޖުބޫރުކުރާނީ ކިހިނެއް؟
ބެލި ޢަދަދު: 1074
 ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފަންވަތުގެ އެންމެހާ ކިޔުންތެރިންނާއި ލިޔުން ތެރިންނަށް އަރިސްކުރަން...


"ހެލްޕް ޕާކިސްތާން" ފަންޑަށް އެސްއެމްއެސް މެދުވެރިކޮށް ފައިސާ ހަދިޔާ ކުރަށްވާ:

ވަތަނިއްޔާ ޕްރީޕެއިޑް ކަސްޓަމަރުން
5   ރުފިޔާ ހަދިޔާ ކުރެއްވުމަށް 4511 އަށް ހުސެސްއެމްއެސް އެއް ފޮނުއްވާ.
10  ރުފިޔާ ހަދިޔާ ކުރެއްވުމަށް 4512 އަށް ހުސެސްއެމްއެސް އެއް ފޮނުއްވާ.
50  ރުފިޔާ ހަދިޔާ ކުރެއްވުމަށް 4513 އަށް ހުސެސްއެމްއެސް އެއް ފޮނުއްވާ.
100 ރުފިޔާ ހަދިޔާ ކުރެއްވުމަށް 4514 އަށް ހުސެސްއެމްއެސް އެއް ފޮނުއްވާ.

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން
HP  ޖައްސަވާފައި ހަދިޔާކުރަށްވަން ބޭނުންފުޅުވާ ފައިސާގެ ޢަދަދު (5، 20، 50، ނުވަތަ 100) ޖައްސަވާފައި 355 އަށް ފޮނުއްވާ.

BANK ACCOUNT DETAILS
PRIME MINISTER’S FLOOD RELIEF FUND 2010
HABIB BANK LTD., MALE’
ACCOUNT NO.: 2343‐56

ތިމާ ދޫކޮށްފައި ދިއުމަށް ފިރިމީހާއަށް މަޖުބޫރުކުރާނީ ކިހިނެއް؟ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދިވެހި - އިޖުތިމާޢީ
19 ނޮވެމްބަރ 2009، 15:33 ބުރާސްފަތި

އަޙުމަދު މުޙައްމަދުލްޔަމާނީ
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


ބައެއް އަނބިން ޤަބޫލުކުރާ ގޮތުގައި، ކާވަނީގެ ގުޅުމަކީ، ދާއިމީ ގުޅުމެކެވެ. އެއީ ދުވަހަކު ވެސް ވަކިވުމެއް ނެތް ގުޅުމެކެވެ. ތަފާތު އެކިއެކި ސަބަބުތަކާއި ބަހަނާތައް ދައްކައި، އަނބިމީހާ ކިތަންމެ ޝަކުވާތަކެއްކޮށް، ކިތަންމެ މައްސަލަތަކެއް ޖެއްސިޔަސް އެ ގުޅުން ކެނޑުމެއް ނެތެވެ. އަދި ކިތަންމެ ވަރަކަށް ފިރިމީހާއާ އަރާރުން ވިޔަސް، އެއީ ވަކިވާން އޮތް ގުޅުމެއް ނޫނެވެ. އެފަދަ އަނބިން ދެކޭ ގޮތުގައި މުހިންމީ، އޮޑި އަޑިޔަށް ނުދިއުމެވެ. ރިޔާތައް އިރި، ފަލިތައް ބިންދައިގެން ދިޔަޔަސް ވަރިހަމަ އެވެ.

އަޅުގަނޑުގެ ދުޢާއަކީ، މާތް ﷲ އެފަދަ އަނބިންނަށް ތެދުމަގު ދެއްކެވުމެވެ.



ޙިކުމަތްތެރިކަން

ޙިކުމަތްތެރިޔާ ހުރިހައި އުޒުރެއް ހަޖަމްކުރާނެ ކަމަށް ބައެއް އަނބިން ޤަބޫލުކުރެ އެވެ. އެކަމަކު އެއީ ކުށް ޤަބޫލުކުރުމެކެވެ. އެއަށް ބަރޯސާވެގެން ތިބޭ އަނބިންނަކީ، ވަހުމެއްގެ ތެރޭގައި ދިރިއުޅޭ ބަޔެކެވެ. އެފަދަ އަނބިން، ފިރިމީހާއަށް އުނދަގޫކޮށް އަނިޔާވެރިވުމުގައި ހައްދުފަހަނަޅައިދެ އެވެ. ކުދިކުދި ކަންތައްތައް ވެސް ގިނަވެއްޖެނަމަ، އެއިން ފުނިޖެހި ބަރުވާނެކަން އެފަދަ އަނބިންނަށް ނޭނގޭ ކަހަލަ އެވެ.

ބުއްދިވެރި، ޢަދުލުވެރި ފިރިންނަކީ، ކަންތައްތައް ނިންމުމުގައި އަވަސްވެގަންނަ ބަޔެއް ނޫނެވެ. ނަމަވެސް އެފަދަ ފިރިންނަކީ، އަނބިމީހާގެ ފަރާތުން ކުރިމަތިވާ އުނދަގޫތަކުގެ ޙާލަތްތަކަށް ބަލާ ބަޔެކެވެ. ކޮންމެ ކަމެއްވެސް ކުރިމަތިވީ ކީއްވެގެންތޯ ބަލައި، އެކަމާމެދު ވިސްނުން ހިންގާ ބަޔެކެވެ. އަނބިމީހާގެ ފުށުން އަންނަ ނޭދެވޭ ކަންތައްތައް، އެފަދަ ފިރިން ޙައްލުކުރެވޭތޯ ބަލާނީ، ރަނގަޅު ގޮތަކަށެވެ. ބައެއްފަހަރު އަޅާނުލައި ދޫކޮށްލައިގެންނެވެ. ބައެއް ފަހަރު ނަޞީޙަތްތެރިވެގެންނެވެ. ބައެއް ފަހަރު ކޮންމެވެސް ވާހަކައެއް ދައްކައިގެންނެވެ. ބައެއް ފަހަރު ނުރުހުމުގެ ބަހެއް ބުނެގެންނެވެ. ބައެއް ފަހަރު ރުޅިއައިސްގެންނެވެ. ... އަދި އެންމެ ފަހުން، ވަރިކުރުމުންނެވެ.

ނަންގަނެވިދިޔަ ގޮތްތަކުގެ ތެރެއިން ކޮންމެ ގޮތަކަށް ޢަމަލުކުރިޔަސް، އެއިން ކޮންމެ ފަހަރަކުމެ، ދިމާވި ކަންތައްތައް އޭނާގެ ހަނދާނުގެ ޚަޒާނާގައި ރައްކާކުރާނެ އެވެ. އެކަންތަކާމެދު ވަގުތުން ފިޔަވަޅު އެޅުމުގެ ބަދަލުގައި، އޭނާގެ ޙަޔާތުގެ ބައިވެރިޔާ ދައްކާ ހުރިހައި އުޒުރެއް ހަޖަމުކުރަމުން ގެންދާނެ އެވެ.

ފިރިމީހާ ވަގުތުން ފިޔަވަޅުނާޅަނީ ކީއްވެގެން ހެއްޔެވެ؟ މިސުވާލުގެ ޖަވާބަކީ، އޭނާގެ ނަޒަރުގައި، އަނބިމީހާގެ ކިބައިން ކުރިމަތިވި ކަމަކީ، ވަކި މަޤުޞަދެއްނެތި ދިމާވި އާދައިގެ ކަމެކެވެ. ނުވަތަ އެއީ އެކަން ދިމާވި ވަގުތުގެ ޙާލަތު ނިޔާކުރި ގޮތުން ދިމާވި ކަމެކެވެ. ނުވަތަ އަނބިމީހާއަށް ޕުރެޝަރު ބޮޑުވެގެން ދިމާވި ކަމެކެވެ. ނުވަތަ އެއީ މަދުން ނޫނީ ދިމާނުވާނެ ކަހަލަ ނާދިރު ކަމެކެވެ. ނުވަތަ އެއީ ނުނިޔަތެއް ނެތި ހިނގައިދިޔަ ކަމެކެވެ. ނުވަތަ އެއީ ކުއްލި ޙާލަތެއްގައި ދިމާވި ކަމެކެވެ. ނުވަތަ ނުވަތަ ... މިފަދަ މަޞްލަޙަތުހުރި އެތައް އުޒުރެއް އޭނާ ހަޖަމްކުރެ އެވެ.

އެހުރިހައި އުޒުރެއް ފިރިމީހާ ހަޖަމްކުރަނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބަކީ، އޭނާގެ ދީންވެރިކަމުންނެވެ. ނުވަތަ ޚުލްޤުހެޔޮކަމުންނެެވެ. ނުވަތަ ދިރިއުޅުމަށް ކަމޭހިތާތީ އެވެ. ނުވަތަ ދެމަފިރިކަމުގެ ގުޅުމަށް އިޙުތިރާމްކުރާތީ އެވެ. އޭނާ ޤަބޫލުކުރި އުޒުރުތަކަކީ، ޙަޤީޤަތްކަމުގައި ވެއްޖެނަމަ، ހިތްހަމަޖެހުމާއެކު ފަހި މުސްތަޤުބަލަކާއި ފާގަތި ޙަޔާތަކަށް އުންމީދުކުރެއެވެ. އެޔާއެކު، އޭނާގެ ޙަޔާތުގެ ބައިވެރިޔާއާއެކު ދިރިއުޅުމުގެ ޢަޒުމް ވަރުގަދަކުރެ އެވެ.



ވަރި އިޢުލާންކުރުން

ޙިކުމަތްތެރި ފިރިމީހާގެ ހުރިހައި އުންމީދުތައް، އަނބިމީހާ ފުނޑު ފުނޑުކޮށްލަނީކަން އޭނާއަށް އެނގޭ ޙާލަތު އާދެ އެވެ. އެ ޙާލަތުގައި އޭނާއަށް، އޭނާގެ އަނބިމީހާގެ ޙަޤީޤަތް ހާމަވެ އެވެ. ކުރިން އޭނާ ޤަބޫލުކޮށްގެންހުރި ހުރިހައި އުޒުރުތަކަކީ، އަދި އަޅާނުލައި ދޫކޮށްލި ހުރިހައި ކަންތައްތަކަކީ، އެ އަނބިމީހާގެ ކިބައިގައިވާ، ފިޠުރަތާ ޚިލާފު، ނޭދެވޭ ކަންތަކެއްކަން އެނގެ އެވެ. އެ އަނބިމީހާއަށް ވަނީ، ސާފު ސީފާ ފިޠުރަތުގެ ރިވެތި ކަމާއި މީރު ރަހަ އޮޅިފައިކަން އެނގެ އެވެ. އަދި ކުރިޔަށް އޮތްތަނުގައި އޭނާގެ ކިބައިން އިތުރު އުނދަގޫތަކާއި ދުއްތުރާތައް ކުރިމަތިވާނެކަން ކަށަވަރުވެ އެވެ. ޙިކުމަތާއި ބުއްދީގެ ޚަޒާނާ ހުސްވިޔަސް އަނބިމީހާގެ ދުއްތުރާތަކުން ސަލާމް ނުވާނެކަން ޔަޤީންވެ އެވެ.

މި ހިސާބަސް ކަންތައް ދާއިރު، ޙިކުމަތްތެރި، ޙިލްމުވެރި ފިރިމީހާއަށް ހެދެން އޮންނާނީ ރަނގަޅު އެންމެ ގޮތެކެވެ. އެއީ، އޭނާގެ އަނބިމީހާ ދޫކޮށްލާފައި ދިއުމެވެ. އެހެނީ، އޭނާފަދަ ރަނގަޅު މީހަކު، ފިރިޔެއްގެ ގޮތުގައި ލިބުމަކީ، އެފަދަ ވިޔާނުދާ އަންހެނަކަށް ޙައްޤުވެގެންވާ ކަމެއް ނޫނެވެ. މިހެންވެ، ވަރި އިޢުލާންކޮށް، އެ އަނބިމީހާ ދޫކޮށްލާފައި އޭނާ ދެ އެވެ.

މި ދުނިޔޭގައި، ހިތްހެޔޮ އަނތްބަކާ އެކު، ހަމަޖެހޭ ޒަވާޖީ ޙަޔާތެއް ހޯދުމަކީ އޭނާއަށް ވެސް ލިބިގެންވާ ޙައްޤެކެވެ.



މަޞްދަރު: އިސްލާމްއޮންލައިން ޑޮޓް ނެޓް

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން

މިވަގުތު ފަންވަތުގައި

މިވަގުތު 95 ކިޔުންތެރިން އޮންލައިން

އެންމެ ދީލަތި 20 ގަލަން

ޢަބްދުލްމުޢީދު ޙަސަން: 366
އާދަމް ނަޞީރު އިބްރާހީމް: 142
އެޑްމިނިސްޓްރޭޓަރ: 109
ޢަބްދުﷲ ފާރޫޤު ޙަސަން: 52
ބިންމާ އިބްރާހީމް ވަޙީދު: 50
ޢަބްދުﷲ ނަޢީމު އިބްރާހީމް: 45
މުޚްތާރު ޢަބްދުއްރަޙްމާނު: 36
ޢަބްދުﷲ ފިރާޤު: 35
އިބްރާހީމް ރަޝީދު މޫސާ: 33
ޝަމްސުލްފަލާޙު: 29
އަޙްމަދު ރަޝީދު: 23
އަޙްމަދު ފަހުމީ: 23
މުޙަންމަދު ޝާހިދު ޙަލީމް: 22
ޙުސައިން ޝާކިރު: 22
ޙުސައިން ޞަލާޙުއްދީން: 22
އިބްރާހީމް ނަޢީމު : 19
މުޙަންމަދު ވަޙީދު - މަޑުލު : 19
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު: 18
އަޙްމަދު މާޖިދު: 16
އިބްރާހީމް އަޙްމަދު : 16

މެހުމާނުނުންގެ އަދަދު

މިހާތަނަށް : 1443993

ފަންވަތުގެ ޖަވާހިރު


"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ."

(ޙަދީޘްފުޅެއްގެ މާނަ)

ދެކޭގޮތް

މިވެބްސައިޓް
 
free counters
ބެލި ޢަދަދު: 1074