ފަންވަތް ދިވެހި އިޖުތިމާޢީ އުފެއްދުންތެރިކަން ނެރެ ދައްކާށެވެ!
ބެލި ޢަދަދު: 988
އުފެއްދުންތެރިކަން ނެރެ ދައްކާށެވެ! ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ދިވެހި - އިޖުތިމާޢީ
26 ނޮވެމްބަރ 2009، 13:25 ބުރާސްފަތި


އާދަމް ޝަރީފް، ރޯޒީ / ށ. ފުނަދޫ

ތިބާއަކީ އުފެއްދުންތެރިއެއް ހެއްޔެވެ؟ ތިޔައީ އަހަރެމެންގެ މި މުޖުތަމަޢުގެ ގިނަ ފަރުދުން ފަދަ މީހެއް ނަމަ މި ސުވާލުގެ ޖަވާބުގައި ބުނާނީ ނޫނެކޭއެވެ. ބުނެވޭ ގޮތުގައި އުފެއްދުންތެރިކަމަކީ އަހަރެމެންގެ ޙަޔާތުގައި ވަރަށް މަދުންނޫނީ ނުފެންނަ ވަރަށް ތަދު އެއްޗެކެވެ. އުފެއްދުންތެރިވަނީ އާޓިސްޓުންކަމުގައި ގިނަފަހަރަށް އަހަރެމެންނަށް ޤަބޫލު ކުރެވެއެވެ. އެހެންނަމަވެސް ތަފާތު ހޯދުންތަކުން ދައްކާގޮތުގައި އުފެއްދުންތެރި ކަމަކީ އަހަރެމެން އެންމެންގެ ކިބައިގާވެސް ވާ ކަމެކެވެ. މި ފަންނު ނެތް އެއްވެސް މީހަކު ނުވެއެވެ. ނަމަވެސް މިކަންކަން ނެރެދައްކަލާނެގޮތް އަހަރެމެންގެ ކިބައިގާ ނުވަނީ އެވެ.

އަހަރެމެންގެ ސިކުނޑީގައި އަބަދުވެސް އައު ޚިޔާލުތައް އެނބުރިއެނބުރި ހުރެއެވެ. ނަމަވެސް އެ ޚިޔާލުތައް އަތުލައި ނުގެންފިނަމަ ބޭކާރުގޮތުގައި ހިނގައިދާނެއެވެ. އެހެންކަމުން އުފެއްދުންތެރި މީހަކަށްވާން އެދޭނަމަ އާ ޚިޔާލުތައް އަތުލައިގަތުން ވަރަށް ބުއްދިވެރިއެވެ.

އާ ޚިޔާލުތައް ބޭނުންކޮށްގެން ކަންތައްކުރުމަށް މަސައްކަތްކުރާއިރު ބައެއްފަހަރު ނަކާމިޔާބީއާއި ކުރިމަތިލާން ޖެހެއެވެ. އެއީ އުނދަގޫޙާލާތްތަކާ ދިމާވާތީއެވެ. ރަނގަޅަށް ރާވާލެވިއްޖެނަމަ ނާކާމިޔާބީއަކީ ކާމިޔާބީގެ ފެށުން ކަމުގައި ހެދިދާނެ އެވެ.

ޢާއްމުގޮތެއްގައި ކަންކަންކުރަން އުޅޭއިރު ބޭނުންވާ ލަނޑިދަނޑިއަށް ވާޞިލު ނުވެވިއްޖެނަމަ އުފެއްދުންތެރި ޚިޔާލު ބޭނުންކުރުމުގެ ބަދަލުގައި ބޭނުންކުރެވެނީ ފަނާކުރުވަނިވި ޚިޔާލެވެ. އޭގެ ސަބަބުން އުފެއްދުންތެރިކަމަށް ހުރަސްއަޅައެވެ.

ގޭގެ ދޮރު ހުޅުވުމަށްޓަކައި ތަޅުގައި ހިފާލުމުން ވަރަށް ފަސޭހައިން އަނބުރާލެވެއެވެ. ނަމަވެސް ތަޅުލާފައި ހުރެއްޖެނަމަ ވަރަށް ބާރަށް އޭގައި ހިފައެވެ. ކޮއްފާލެވެއެވެ. ނުވަތަ ދަމައި ގަނެވެއެވެ. ކޮނޑުން ނުވަތަ ފައިން ދޮރުފަތުގައި ޖެހެއެވެ. ނޫނީ ދޮރު ހުޅުވާށޭ ކިޔައި ހަޅޭއްލަވައި ގަނެއެވެ. މިފަދަ ކަންތައްތަކުން އުފެއްދުންތެރިކަން އެއްފަރާތްކޮށްލައެވެ. އާ ޙައްލަކަށް ހުރަސް އަޅައެވެ.

މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރާށެވެ. ޙައްލެއްނެތްހެން ހީވާ ކަންތައްތަކާއި ބެހޭގޮތުން ޚިޔާލު ބަދަލު ކުރާށެވެ. ރަޙުމަތްތެރިން، ގާތްތިމާގެ މީހުން، ނޫނީ ކުދިންނާއިއެކު އަންނަނިވި ކޮންމެވެސް އެއްކަމކާއި ބެހޭގޮތުން ހަފުތާއަކު 30 ވަރަކަށް މިނިޓް ޚިޔާލު ބަދަލު ކުރާށެވެ. ޙައްލަކާއި ހަމައަށް ދެވޭތޯ މަސައްކަތް ކުރާށެވެ.

- ހަފުތާއަކުން މިލިއަނަރަކަށްވުން

- އިޒުރޭލުގެ ކިބައިން ފަލަޞްޠީން ސަލާމަތް ކުރުން

- މުސްކުޅި ނުވާނޭގޮތެއް ހެދުން

މިކަންތައްތަކުގެ ހައްލު ހޯދުމަކީ މާ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް މިކަންތައްތަކާއި ބެހޭގޮތުން ވާހަކަ ދައްކާލުމުން ވަރަށްގިނަ އާޚިޔާލު ލިބޭނެއެވެ.

މަޢުލޫމާތު މުއްސަނދިވި ވަރަކަށް ރަނގަޅު އުފެއްދުނަތެރި ޚިޔާލު ކުރުމަށް މަގުފަހިވެއެވެ. އުފެއްދުންތެރި ކިޔާލަށް ތާޢީދު ކުރެވޭނަމަ ހުސްވަގުތު ލިބޭވަރަކުން ތިމާގެ ކިބައިގައި އެކަމަކާއި ބެހޭ މަޢުލޫމާތު ނުހުންނަ ދާއިރާތަކުގެ ފޮތްތައް ކިޔާށެވެ. ޢާއްމުގޮތެއްގައި ވާހަކަ ކިޔާނަމަ ތާރީޚީފޮތެއްނަގައިގެން އެފޮތް ކިޔާލުމަށްވެސް ވަޤުތުކޮޅެއް ހޭދަކުރާށެވެ. ތިބާއި ހުސްވަޤުތު ފުޓުބޯޅަމެޗުތައް ބަލާ މީހެއްނަމަ ކޮންމެވެސް ފިލްމެއް ބަލައިލާށެވެ. ރޭޑިއޯއިން އަބަދުވެސް ލަވަ ޕްރޮގުރާމްތައް އަޑު އަހާނަމަ ތަފާތު ރޭޑިއޯ ސްޓޭޝަންތަކަށް ޓިއުންކޮށްގެން ދުނިޔޭގައި ހިނގާ ތަފާތުކަންތައްތަކާއިބެހޭ ޚަބަރުތައް އަޑުއެހުމަށްވެސް ވަޤުތުކޮޅެއް ހޭދަކޮށްލާށެވެ.

އުފެއްދުންތެރި މީހަކަށްވުމަށްޓަކައި ވަށައިގެންވާ މާޙަވްލުންފެންނަ ކަންތައްތަކަށް ބަލައި ބައެއްފަހަރު އެކަންތައްތައްވުމަށް މެދުވެރިވާ ސަބަބުތަކަށް ވިސްނާށެވެ. އަދި ހުރިހާކަމަކަށް ފަހިވިސްނުން ގެންގުޅުމުގެ ބަދަލުގައި ބައެއްކަންތައްތަކާމެދު އިދި ވިސްނުމެއްވެސް ގެންގުޅޭށެވެ. އަބަދުވެސް އެއްގޮތަކަށްކުރާ ކަންތައްތައްތަފާތު ގޮތަކަށް ކުރެވޭތޯ ބަލާށެވެ.

ކޮޓަރީގެ މޭޒު މަތީގައި އެހެންޏާ ނުބަހައްޓާތަކެތި ބަހައްޓާށެވެ. ނުވަތަ ކޮޓަރިތެރޭގައިވާ ތަކެތި އާގޮތަކަށް އަތުރާލާށެވެ. ކަންކަން ބަދަލުކުރުމުން ޚިޔާލުތަކަށްވެސް ބަދަލު އަންނާނެއެވެ.

އަހަރެމެންނަށް ދިމާވާ ތަފާތު މައްސަލަތައް އާ ޚިޔާލުތައް ބޭނުންކޮށްގެން ފަސޭހަކާއިއެކު ޙައްލުކުރެވިދާނެއެވެ.ތަފާތި ޒަމާންތަކުގައި އިންސާނުން އާތަކެތި އީޖާދުކޮށް އާ ކަންތައްތަކުގައި ބޭނުންކޮށްފައިވަނީ އެމީހުންގެ އުފެއްދުންތެރި ޚިޔާލުތަކެވެ. ތަފާތުގޮތްގޮތަށެވެ.

(ނިމުނީ)
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ kanbulo, 2010-07-05 15:02:31
thee mulhin buhdhi qaboolu nukaraa kameh
...
ލިޔުނީ ފަރި, 2010-07-30 12:56:27
ރަނގަޅު. ވިސްނައިފި މީހަކަށް ހަޔާތުގައި ބޭނުން ހިފިދާނެ ކަންތައްތަކެއް ހިމެނިފައިވޭ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 988
extra avandia and congestive heart failure