ފަންވަތް ދިވެހި އިޖުތިމާޢީ ހޭލުންތެރިކަން އިތުރު ކުރަންވީއެވެ.
ބެލި ޢަދަދު: 975
ހޭލުންތެރިކަން އިތުރު ކުރަންވީއެވެ. ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދިވެހި - އިޖުތިމާޢީ
28 ނޮވެމްބަރ 2009، 14:30 ހޮނިހިރު

އިބްރާހީމް ނަޢީމު

'ހޭލުންތެރިކަން' މިބަސް އައިސްފައި މިވަނީ 'ހޭލުން' މިބަހުން ކަމަށް ފެނެއެވެ. 'ހޭލުން' މިބަހުގެ ހަތަރު މާނައެއް ދިވެހިބަސްފޮތުގައި ވެއެވެ. އޭގެތެރެއިން މިލިޔުމާ ގުޅުންހުރި މާނައަކީ ތަންދޮރު އެނގުމެވެ. އެހެންވީމާ ހޭލުންތެރިކަމަކީ ތަންދޮރު އެނގުމެވެ. ނުވަތަ ރޯފިލާފައި ހުރުމެވެ.

ސަރުކާރުގެ އޮފީސްތަކުންނާއި ޖަމްއިއްޔާ ޖަމާތައްތަކުން އެންމެ ގިނައިން ކުރާއެއްކަމަކީ ހޭލުންތެރި ކުރުވުމެވެ. ތަފާތު އެކިދާއިރާތަކުން ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ޕޮރޮގްރާމުތައް ހިންގުމެވެ. އެންމެ ޚަރަދު ބޮޑުކޮށް ކުރެވޭ އެއްކަމަކީވެސް ހޭލުންތެރި ކުރުވުމުގެ ހަރަކާތްތައްހިންގުމެވެ.
ތަންކޮޅެއްކުރީގެ ދުވަސްވަރެއްގައި އުތުރުގެ ރަށެއްގެ ރައްޔިތުން ހޭލުންތެރި ކުރުމުގެ ހަރަކާތެއްގައި އަޅުގަނޑުވެސް ބައިވެރިވީމެވެ. ކޮންދާއިރާއަކުން ކަމަށް ތޯއެވެ. ކުނީގެ ދާއިރާއިންނެވެ. ކުނި އުފެދޭގޮތާއި، ކުނި މަދުކުރާނެގޮތާއި، ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ މުހިންމުކަމާއި ދެންވެސް ކުންޏާގުޅިގެން ހޭލުންތެރިކުރުވަން ޖެހިއްޖެ ކޮންމެ ދިމާއަކުން ހޭލުންތެރި ކުރުވުމަށެވެ.

އޭރު އެރަށުމީހުން ކުނިއަޅަނީ ރަށުގެ އިރުމަތީފަރާތު ހޭޅިފަށަށްވުރެ ވިއްސަކައް ތިރީހަކަށްފޫޓު އެއްގަމު ވަލުތެރެއަށެވެ. ކޮންމެއަކަސް ހޭލުންތެރިކުރުވުމުގެ އެހަރަކާތް ނިންމައި ބައިވެރިންނަށް ހަނދާނީލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތަށްފަހު ، މިރުހުލީ ކުކުޅު ކައިގެން، މާލެއިން ދިޔަ ވަފުދާ އެއްކޮށް އަޅުގަނޑުވެސް މާލެއައީއެވެ. ބައިވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނީތީވެ އަޅުގަނޑުމެން ތިބީ ވަރަށް އުފަލުންނެވެ. އެބައިވެރިންވެސް އެމީހުނަށް ލިބުނު މައުލޫމާތުގެ ފުރިހަމަ ކަމުންނާއި ކުރިން ނޭނގޭ އެތައް އެއްޗެއް އެނގުމުން އެކަން ފާހަގަކޮށް ޓީވީއަށް އިންޓަވިއުވެސް ދިނެވެ.

އޭގެ އެތައްދުވަހެއްފަހުން އަނެއްކާވެސް ހަމަ އެރަށަށް ދިއުމުގެ ފުރުޞަތު ލިބިއްޖެއެވެ. މިފަހަރު ދިޔައީ މުޅިންތަފާތު ކަމެއްގައެވެ. އޭރުގެ ބައެއް ކިޔަވާކުދިންނަކީ މިހާރު ޅަޒުވާނުންނެވެ. އޭރުގެ ބައެއްޒުވާނުން އެއަށްވުރެ ތަންކޮޅެއް ހަރުމީހުންނަށް ވަނީ ވެފައެވެ. ރަށަށް ދިޔަދުވަހު ހަވީރު ރަށުތެރޭގައި ހިނގާލާ ރަށްވަށައި ބުރެއްޖަހާލީމެވެ. ރަށު ވަލުތެރޭގެ ހުރިހާދިމާއަކުންވެސް ފެންނަނީ ކުނިގޮނޑު ހެދިފައިވާތަނެވެ. ކުރިން ރަށްވަށައިގެން ރީތި މޫދެއް އޮތްކަމަކު މިހާރު އެމާހައުލެއްވެސް ފެންނާކަށް ނެތެވެ. މުޅިތަން ވަނީ ކުނިގޮޑަކަށް ބަދަލުވެފައެވެ. ރަށުގެ ދެކުނުފަރާތުގައި ހަފޫޓު އުސްމިނުގައި ވަށާފާރުރާނައި ނަންބޯޑު ހަރުކޮށްފައިވާ ބޮޑުހުސްބިމެއްވެސް އޮތެވެ. އެތަނަށްކިޔަނީ .......(ރަށުގެ ނަންކުރިޔަށްލާފައި) ކުނިކޮށްޓެވެ. އެތަނުގައި ވަނީ ބޯކޮށް ވިނަހެދިފައެވެ.

ދެން އަޅުގަނޑުދިޔައީ ރަށުއޮފީހަށެވެ. ކުރީފަހަރު، ހޭލުންތެރި ކުރުމުގެ ޕްރޮގްރާމު ނިންމިދުވަހު، ރަށުއޮފީހުގެ ނޯޓިސްބޯޑުގައި އަޅުގަނޑު ތަތްކުރި ޕޯސްޓަރު ހަމަ އެތަނުގައި ހުއްޓެވެ. ކުޑަކޮށް ކުލަފަނޑުވެލާފައެވެ. ބުނެދެން މިއުޅެނީ އަޅުގަނޑުމެން ހިންގި ހޭލުންތެރި ކުރުމުގެ ހަރަކާތްތަކުގެ ނަތީޖާގެ ވާހަކައެވެ. މިގޮތަށް ކިތައް ހަރަކާތް ކިތައް ރަށުގައި ކިތައް ދާއިރާއިން ހިންގިފައި ވާނެބާވައެވެ. މިކަމަށް ކިހާ ޚަރަދެއް ކުރެވިފައިވާނެބާވައެވެ. ނަތީޖާއަކީ ކޮބައިބާވައެވެ.

އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަމީހުނަށް މުޖްތަމައުގައި ހުންނަ ގޯސްކަންތައްތައް ހޭލުންތެރި ނުވުމާ މަތިކުރެއެވެ. އެކަހަލަ މީހުންގެ ބަހުންނަމަ މަސްތުވާތަކެތި ބޭނުންކުރަނީވެސް ހޭލުންތެރިކަން ނެތުނީމައެެވެ. އެމީހުނަށްވެސް ހޭލުންތެރި ކުރުމުގެ ހަރަކާތްތައް ހިންގަން ވީއެވެ. މަގުމައްޗާއި މޫދަށް ކުނި އެޅުންވެސް ހަމަ އެފަދައެވެ. ހޭލުންތެރިކަން ނެތީއެވެ. މާލޭގެ ސައިހޮތާތައް މިހުންނަ ސަރަހައްދުތަކާއި ބާޒާރުމަތީގެ އެކި ހިސާބުން މިފެންނަ ރަތްކުޅުގަނޑަކީވެސް ހޭލުންތެރި ކަމުގެ ބޭސް ދޭންޖެހިފައިވާ ކަމެކެވެ.

އަދި މިއަށްވުރެވެސް ނުރައްކާ ކަމެއް އެބައޮތެވެ. މިފަހުން މިރާއްޖެއަށް އައިސްގެން މިއުޅޭ އޫރު ރޯގާއާ ގުޅުންހުރި ކަމެއްގައިވެސް ހޭލުންތެރިކަން ދޭތެރެ މެދަށް އެބަހަރަ ވަދެއެވެ. އާދެ، ޑަކްޓަރުން ވިދާޅުވާގޮތުންނަމަ ބައްޔާމެދު ރައްޔިތުންގެ ހޭލުންތެރިކަން ވަރަށްބޮޑެވެ. ނަމަވެސް ޑަކްޓަރުންދޭ އިރުޝާދުތަކާއި ކުރާ އިލްތިމާސްތައް ދަނީ ވަޔަށް އަރައިގެންނެވެ. އެވެރިން ބުނާގޮތް ގިނަމީހުން ނުހަދައެވެ.

އެހެންވީމައި ހޭލުންތެރި ކަމޭ މިބުނެވެނީ ކޮންކަމަށް ހެއްޔެވެ؟ ހޭލުންތެރި ކުރުމުގެ ހަރަކާތްތައް މިިހިންގެނީ ރަގަޅަށް ހެއްޔެވެ؟

 (ނިމުނީ)

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ ސީން, 2009-11-28 14:22:53
ވަރަށް ރަނގަޅު ވަރަށް ކިޔާހިތްވާކަހަލަ ގޮތަކަށް ހުށައަޅައިދީފައިވާ ލިއުމެއް އިބްރާހީމް ނަޢީމުގެ އެހެން ލިޔުންތައްވެސް ވަރަށް ރަނގަޅުކަން ފާހަގަކޮއްލެވޭ!

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 975
extra avandia and congestive heart failure