މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ނަސޭހަތެއް |
|
|
| ދިވެހި - އިޖުތިމާޢީ | |||
| 05 މާރޗް 2010، 00:30 ހުކުރު | |||
|
ޢަބްދުﷲ ނަޢީމު އިބްރާހީމް ބެންޖަމިން ފްރޭންކްލިން (Benjamin Franklin)އަކީ އެމެރިކާގެ މުފައްކިރެކެވެ. އޭނާ އުފަންވެވަޑައިގަތީ، މީލާދީން 1706ވަނަ އަހަރު އެވެ. އަވަހާރަވީ 1790ވަނަ އަހަރު އެވެ. އޭނާގެ ވިދާޅުވުމެއްގައި ވެ އެވެ. ''ކާވެނީގެ ކުރީން ތިބާގެ ލޯ ތަންމިނަށް ހުޅުވައިފައި ބަހައްޓާށެވެ. އެކަމަކު ކާވެނީގެ ފަހުން ދެބައިކުޅަ އެއްބަޔަށް މަރައިލައިގެން ހުންނާށެވެ.'' Keep your eyes wide open before marriage, half shut afterwards.އެ ބަހީ ކާވެނީގެ ކުރީން ތިމާގެ ޙަޔާތުގެ ބައިވެރިއަކަށް ވާން އުޅޭ މީހާޔާ ބެހޭ ގޮތުން ފުރިހަމަ މަޢުލޫމާތު ހޯދާށެވެ. އެކަމަކު ކާވެނީގެ ފަހުން މެދުވެރިވާ ކަންތައްތަކަށް ކެތްތެރިވާށެވެ. މި ވާހަކަ ވަރަށް ސާދާ ޢިބާރާތަކުން މީހަކު ބުނެފައިވެ އެވެ. ކާވެނީގެ ކުރީން ބަލައި ހޯދާށެވެ. ކާވެނީގެ ފަހުން ގުޅުން ކެނޑުނަ ނުދީ ދަމަހައްޓާށެވެ. އެއް ވެސް ފިރިހެނަކީ އަދި އަންހެނަކީ ފުރިހަމަ އިންސާނެއް ނޫނެވެ. އެއްވެސް މީހަކަށް ކުށެއް ނެތް އެންމެ ފުރިހަމަ ސިފަތަކެއް ލިބިފައެއް ނެތެވެ. އެހެންވީމާ ގުޅުމެއް އުފެއްދުމުގެ ކުރިން ތަޙްޤީޤު ކުރުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމާ މެދަކު ޝައްކެއް ނެތެވެ. އެކަމަކު ގުޅުން ޤާއިމު ކުރުމަށް ފަހު ބަލަން ވާނީ ހަމައެކަނި ތިމާގެ ޙަޔާތުގެ ބައިވެރިޔާގެ ރަނގަޅު ސިފަތަކުގެ މައްޗަށެވެ. އުނި ސިފަތައް ހިތުގައި އަޅައިގެން ހުރެގެން ނުވާނެ އެވެ. އެ ކަންތައްތައް ހަނދާން ނައްތައިލާށެވެ. އެންމެ މަތީ ދަރަޖަ ހާސިލުކުރުމަކީ މި ދުނިޔޭގައި އެއްވެސް މީހަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. އަދި އެކަކު މަތިވެރި ދަރަޖައެއް ކަމަށް ބަލާ ކަމަކީ އަނެކާ އަށް ވެސް މަތިވެރި ދަރަޖަ އަކަށް ވުމަކީ ލާޒިމު ކަމެއް ވެސް ނޫނެވެ. އެހެންވީމާ މީހަކު ކިތަންމެ ރަނގަޅުވެގެން ދިޔަ ނަމަވެސް އޭނާއަކަށް އެހެން މީހެއްގެ ހިތް މުޅީން ހަމަޖައްސައެއް ނުދެވޭނެ އެވެ. އެކަކަށް އަނެކެއްގެ ކިބައިން ކޮންމެ ވެސް އުނި ސިފަތަކެއް ފެންނާނެ އެވެ. މި ދެންނެވި ފަދަ ގޮތަކަށް އުނި ސިފަތައް ފާހަގަ ކުރެވި އެ ކަންކަމާ ހެދި އަރައިރުން ވުމުގެ އެއް ނަތީޖާ އަކީ ދެމަފިރިން ވަކިވުމެވެ. ދެރަކަމަކީ ވަކި ވުމަށް ފަހު ދެން އުފައްދާ ގުޅުމުން ވެސް އުނި ސިފަތައް ފެންނަ ގޮތް ވުމެވެ. ދެވަނަ ގުޅުން ކަނޑައި ލުމަށްފަހު އުފައްދާ ތިންވަނަ ގުޅުމުން ވެސް އަދި ހަތަރު ވަނަ ގުޅުމުން ވެސް މި ދެންނެވުނު ފަދަ އުނި ސިފަތައް ފެންނަ ގޮތް ވާނެ އެވެ. އެހެންވީމާ އެންމެ ބުއްދިވެރި ގޮތަކީ އުނި ސިފަތަކުގެ މަތީން ހަނދާން ނައްތައިލުމެވެ. ފިރިހެނަކަށް ވިޔަސް ނުވަތަ އަންހެނަކަށް ވިޔަސް ކޮންމެ މީހެއްގެ ކިބައިގައި ވެސް އުނި ސިފަތަކެއް ހުންނާނެ އެވެ. އަދި ރަނގަޅު ސިފަތަކެއް ވެސް ހުންނާނެ އެވެ. އެންމެ މޮޅު ގޮތަކީ ރަނގަޅު ސިފަތައް ބަލައިގަތުމާއެކު އުނި ސިފަތަކަށް ކެތްކުރުމެވެ. ޢަމަލީ މައިދާނުގައި ކުރިއަށް ދެވޭން އޮތް ހަމަ އެކަނި ގޮތަކީ މިއީ އެވެ. މި ނޫން އެއްވެސް ގޮތަކަށް ޢަމަލު ކުރުމަކީ މި ދުނިޔޭގައި ކުރެވޭނެ ކަމެއް ނޫނެވެ. (ނިމުނީ)
|
| އިތުރު މަޒްމޫނު |
|---|
|
އެކަކުވެސް ނެތް
ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ. ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ. ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ. ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ. ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ. ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ. އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ. ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ. |