މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ޑޮލަރު ނެތިއްޔާ ޖަލަށް |
|
|
| ދިވެހި - އިޖުތިމާޢީ | |||
| 02 ޖުލައި 2010، 00:03 ހުކުރު | |||
|
ކަނީރު ޢަބްދުއްރަޙީމު އިންޑިޔާ އަށް ލަންކާ އަށް ނުވަތަ އެހެންވެސް ބޭރުގައުމަކަށްދަތުރަކުޖައްސާނުލާމީހުން ދިޔަމީހުންގެ ނިސްބަތުގައި މިހާރަކު މަދުވާނެއެކޭ ހީއެއް ނުވެއެވެ. ކޮންމެވެސްގޮތަކުން ހޯދާ ލިބޭފުރުސަތެއްގައި މިދަތުރު ކުރާއިރު ދުރާލާ ވަރަށްތައްޔާރުތަކެއް ވަމުންދެއެވެ. ދަތުރުކުރަނީ އޭގެފަހުންނެވެ.މިފަދަ ދަތުރަކަށްގަސްތުކުރުމާއިއެކު އެއްމެފުރަތަމަކުރަންފަށާ އެއްމެ ބުރަ އަދި އުނދަގޫ މަސައްކަތެއް ކަމުގައި އާއްމުކޮށް ބަލަންޖެހެނީ ޑޮލަރުހޯދުމެވެ. އެތަނަކަށްދިއުމަށްފަހު ތިމާއަށް ނުވަތަ ތިމާމެންނަށް ޑޮލަރާއި ނުލައި ނުއުޅެވޭނެކަން އެނގޭތީއެވެ. އެތަނެއްގެ އެތެރޭގައި ކުރަންޖެހޭ ދަތުރުފަތުރާއި ކެއިންބުއިމާއި ބޯހިޔާވަހި ކަމަށްވެސް ޑޮލަރުބޭނުންވާކަން ޔަގީންކުރެވޭތީއެވެ. ޑޮލަރޭ މިކިޔަނީ ފަސޭހަ ކޮށްލާށެވެ. ޕައުންޑާއި ޔޫރޯ އަދި ތަފާތުވައްތަރު ތަކުގެ ކާޑުތައްފައިސާގެ ގޮތުގައިބޭނުންކުރެވޭ ކަމުގައިވިއަސް އަހަރެމެންގެތެރޭގައި އެންމެ އާއްމު އެއްޗަކީ ޑޮލަރު ކަމުގައިވާތީ އެވެ. ކޮންމެއަކަސް ފުރަންގަސްތުކޮށް ޑޮލަރުހޯދާ އެއްކޮށްފާ ޓިކެޓުނަގަ އެވެ. ފުރާގަޑިއޮޅުންފިލާ ޓިކެޓުއަތަށް އެރުމުން އެދުވަހަކަށް ފުރުމުގެހުރިހާކަމެއް ނިންމޭތޯ ހޭބޯ ނާރާ ގަދައަޅާ އުޅެ އެވެ. ދަތުރުގައި އިތުރު މަޖަލާއި އަރާމުކުރަންބޭނުންނަމަ ގެންދާ ޑޮލަރުގިނަކުރެ އެވެ. މަދުން ޑޮލަރުގެންދެވިއްޖެނަމަ ގޮސްފައި ދެތިންދުވަހަކުން އަނބުރާ އަންނަން ޖެހޭނެކަން އެންމެންމެ ދަނެ އެވެ. ހަމައެކަނި ޓިކެޓު ނަގައިގެން އެއްވެސް ޑޮލަރެއް ނުލައި ހިނގައްޖެނަމަ ވާނެގޮތް އަލަށްދާމީހަކަށް ނޭނގުނަސް އެނގޭމީހުން ވާނީ އެކިގޮތްގޮތުންބުނެދީފަ އެވެ. ދެވުނު ދަތުރުގެ ސަބަބުން ހާސްކަމާއި ކަންބޮޑުވުން ފިއަވައި އެހެން އެއްވެސްކަމެއް ނުވާނެކަމާއި އެބޯޓުން އަނބުރާ އަންނަންޖެހޭނީކަންވެސް އެނގޭމީހުން ވަރަށްގިނަވާނެ އެވެ. އަދި މިފަދަ ދަތުރެއް ހުސްއަތާކޮށްފައި ދެވޭއިރު އެގައުމެއްގައި އެކަކުއަނެކަކަށް އެއްވެސް އެހީއެއްވުންމަނާކޮށްފައި ވުމާއެކު އެތެރެވެއްޖެމީހަކަށް ދެންބޭރު ނުވެވޭގޮތަށް ހަރުކަށިއަމުރުނެރެފައިވާނަމަ ދެންވާނެގޮތަކާމެދު ވިސްނާލިއަސް ގިސްލާރޮވޭނެކަން ކަށަވަރެވެ. ކާންބޯން ނުލިބި ބޯހިޔާވަހިކަމެއްނެތި ހާލުގައިޖެހިގެންދާނެ ކަމާމެދަކު ޝައްކެއްނުކުރެވޭނެ އެވެ. އަހަރެމެން އެއްމެންމެ މިތިބީ ދަތުރުގެ ޓިކެޓުނަގައިގެންނެވެ. އެއްމެފުރަތަމަ އުފަންވުމާއި އެކު ޓިކެޓު އޮންނަނީ ލިބިފަ އެވެ. އެޓިކެޓުގައި ފުރަންވީދުވަހާއި ގަޑި މިނެޓު ސިކުންތުވެސް އޮންނަނީޖެހިފަ އެވެ. އެކަމަކު އަހަރެމެންނަކަށް އެތަންކިޔާކަށް ނުފެނެ އެވެ. އެނގެނީ ފުރަންޖެހޭ ކަމެވެ. ދަތުރުހުއްޓައެއް ވެސް ނުލެވޭނެކަމެވެ. ޓިކެޓު ހިލެއެވެ. ދާހިތްނުވިއަސް ނުދާން ގަދަހެދިއަސް ދާންޖެހޭ މަޖުބޫރުޓިކެޓެކެވެ. ދަތުރު ހަމަޖައްސަވާފައި މިވަނީ އަހަރެމެން ހައްދަވައި އުފަންކުރައްވި ފަރާތުންނެވެ. މި ދަތުރު ދާން ޖެހޭކަމާއި ދެވޭތަނާއި އެތާނގައި ކަންކަންހުންނާނެގޮތް މިވަނީ ފިސާރިސާފުކޮށް އަހަރެމެންނަށް އަންގަވާ ދެއްވާފަ އެވެ. ދުނިޔޭގެ ދަތުރުތަކުގައި ގައުމުތަކުގެ ކަސްޓަމުތަކުން އެތާނގެ ގަވައިދުތަކާއި އުސޫލުތައް އަންގާފައި ހުރެއެވެ. އެ ގަވައިދުތަކަށް ނުފެތިއްޖެނަމަ ތަފާތު އަދަބުތައް ކަނޑައަޅައި އަންގާފައި ހުރެ އެވެ. ވަކިވަރަކަށް ފައިސާނެތި އެތެރެނުވެވުމާއި ޕާސްޕޯޓުގެ މައްސަލަތަކުގައި އަނބުރައި ފޮނުވާލުމާއި ވަކިކަހަލަ އެއްޗެއް ތިމާ ގެންގޮސްފިނަމަ ޖަލަށްލުމާއި މިފަދަ އެތަކެއްއަދަބުތައް ވަނީ ކަނޑައަޅައިފަ އެވެ. ވުމާ އެކު ދަތުރުތަކުގައި މިފަދަ ހުރިހާ ކަމަކަށް އަހަރެމެން ތިބެނީ ފިސާރި ސަމާލުވެ ހުޝިޔާރު ވެގެނެވެ. އެގޮތުން އެއްވެސް ކަހަލަ ބުރުލެއްއެރިޔަނުދީ ކަސްޓަމުތެރޭން އަމާންކަމާއެކު ސަލާމަތްވެ އެތެރެވެވެ އެވެ. ހަމަމިގޮތަށް އަހަރެމެން ކުރަން ޖެހޭ މި މަޖުބޫރުދަތުރުގައި ވެސް ކަންތައްތައްހުރިގޮތް މި އޮންނަނީ އެނގޭށެވެ. ކަސްޓަމޭ އިމިގުރޭޝަނޭ ދުނިޔެމަތީގައި މިކިޔާތަންތަނުން ފާސްކުރާއިރު ބައެއްފަހަރު ނުގޮތްގޮތަށްވެސް ކަންކަން ހަމަޖައްސާލެވިދާނެ ކަމުގެ އުއްމީދުކުރެވިދާނެ އެވެ. އެކަމަކު އެދަތުރުގައި އެއްވެސްކަމެއް ހަމަޖެހިފައިވާގޮތަށްނޫނީ ނުހިނގާނެއެވެ. ކަންހުރީމިހެންކަމުގައިވާއިރު ދުނިޔޭގައި ކުރާ މިދަތުރުތަކުގައި ފަރުވާތެރިކަމާއިއެކު އެދަތުރަކަށްޓަކައި ފުރިހަމައަށް ތައްޔާރުވެ ޑޮލަރުހޯދާ އެތަނެއްގެ ގަވައިދުތަކާއި ހުއްދަ ނުހުއްދަ ދަނެގަނެ އެތަނަކުން ދިމާވެދާނެ ހުރިހާ ނުބައަކުން ސަލާމަތްވާން މިކުރާ މަސައްކަތް އޭގެ ސަތޭކަގުނަ ބުރަކޮށް ކޮށްގެން ނަމަވެސް މަޖުބޫރު ދަތުރުގެ އަމާންކަމާއި ސަލާމަތް ހޯދަންޖެހޭކަމުގައި ގަބޫލުކުރަން މިވަނީ މަޖުބޫރުވެފަ އެވެ. ދުނިޔޭގެ މިދަތުރުކުރުމާއި މަޖުބޫރުދަތުރުގެ ތަފާތުތައް ފާހަގަކޮށް އެބަފިކުރުކުރަންޖެހެއެވެ. ދަތުރު އެބަ މަޖުބޫރުވެއެވެ. ދަތުރުން އެނބުރި އައުދެވުމެއްނޯވެއެވެ. އެކަށީގެންވާވަރަށް ޑޮލަރު ނުގެންދިއުމާއި މަނާތަކެތި ގެންދިއުމަކީ ޖަލަށްލެވޭކަންކަމެވެ. ޖަލަކީ އާދައިގެ ޖަލެއްނޫނެވެ. އަލިފާނުގެ ޖަލެކެވެ. މަސައްކަތްމިކުރަނީ އާއްމުވިސްނުމަކުން މިމުހިންމުކަންތައް ސަމާލުކަމަށް ގެނެވޭތޯއެވެ. ޑޮލަރު ހޯދުމަކީ ދުނިޔޭގެ މި ކުރުކުރުދަތުރުތަކުގައި ކިހާމަޖުބޫރުކަމެއްކަން އެނގޭއިރު އަހަރެމެން އެންމެންނަށް ވެސް ކުރަންޖެހޭ މަޖުބޫރުދަތުގައި "ޑޮލަރު" ގެ މުހިންމުކަން ވަކިންބޮޑަށް އިހުސާސްކޮށް ދިނުމަށެވެ. މި" ޑޮލަރު" ނުވަތަ ހެޔޮ އަމަލު އެދަތުރަށްޓަކައި އެއްކޮށް ގިނަ ނުކުރެވިއްޖެނަމަ ދެންވާން އޮންނަ ބޮޑުދެރަ އާއި ލިބޭނެ ހިތްދަތިކަން އެއްމެންގެ ސަމާލުކަމަށްގެނެސް އެކަމާ ވިސްނާފިކުރުކޮށް ފަރުވާތެރިވެވޭތޯ ބެލުމަށެވެ. ޓިކެޓު ލިބިފައި މިއޮތް އޮތުމަކީ މަރު ވާކަމެވެ. ފުރުމަކީ އެ މަރު ވުމެވެ. އެމީހަކުގެ އަޖަލުހަމަވުމާއި އެކު މަރުވެއެވެ. ފުރައިގެން ދާންޖެހެއެވެ. އެއަށްފަހު އެމީހެއްގެ ކަންތައްތައް ސާބިތުކުރެވެއެވެ. މަހުޝަރުގައެވެ. ހެޔޮއަމަލުކޮށް ގިނަގުނަ "ޑޮލަރު" އެއްކޮށްފައިހުރިނަމަ ކަނާއަތަށް ފާސް ލިބޭނެއެވެ. ހިތްހަމަޖެހުމާއި އެކު އެތެރެވެވި ތަރީގެ އަދަދު ގުނާ އަދަދުނުކުރެވޭ ހޮޓަލަށް، ސުވަރުގެ އަށް ދެވެއެވެ. ހަމަޖައްސަވާ އަންގަވާފައިވާގޮތަށް "ޑޮލަރު" ނުލައި، ނުވަތަ މަނާ ކަމުގައި އަންގަވާފައިވާ އެއްޗެތި ހިފައިގެންހިނގައްޖެނަމަ ފާސްދެވެނީ ވައަތަށެވެ. ފާސް ނުވެ ފޭލު ވިކަމުގެ ނިޝާނެކެވެ. އެތެރެއެއްނުވެވޭނެ އެވެ. ދެން އަނބުރައެއް ވެސް ނުދެވޭނެއެވެ. ގެންދެވޭނީ ޖަލަށެވެ. އަލިފާން ޖަލަށެވެ. އާނއެކެވެ. ނަރަކައަށެވެ. އެތާނގައި ތަދާއި ވޭނާއި ކެކުޅުމާއި ލިބި އެއަލިފާނުގެ ސަބަބުން ރޯފިލާފިހި ހަންތަކާއި މަސްތައް ފޮޅި ވިރި ފައިބައިގެން ދާނެއެވެ. އެކަމަކު މަރެއްވެސްނުވެއެވެ. އަނެއްކާ އަލުން ހަމާއި މަސް އާރޯކޮށް ހެދި އަރާ ކުރިން ފަދައިން ވޭނާއި ކެކުޅުމާ ތަދު އިހުސާސް ކުރަންޖެހޭނީއެވެ. ﷲ އަޅަމެން އެއަލިފާން ޖަލާއި ކައިރިވެސްވާން މިންވަރު ނުކުރައްވާށިއެވެ. އާމީން. އިންޑިޔާ ލަންކާ ފަދަ ގައުމުތަކަށް ދާން އެގޮތަކުން މިގޮތަކުން ޑޮލަރު ހޯދާ އެއްކުރަން ގަދައަޅައި އެއްކުރާއިރު މި ލިބިފައިވާ ޓިކެޓުގައި ކުރަންޖެހޭ މަޖުބޫރު ދަތުރުގެ މަތިން ހަނދާން ނެތި ފަރުވާކުޑަކުރެވި ނުވިސްނާ ދޫކޮށްލެވުނަ ނުދެމާ ހިނގާށެވެ. ހެޔޮ އަމަލު ގިނަކޮށް އެދަތުރަށް ބޭނުންވާ 'ޑޮލަރު" ވެސް ބޭނުންވާ ވަރަށް އެއްކުރަމާ ހިނގާށެވެ. ނުގެންދެވިއްޖެނަމަ ލިބޭނެ ހަމަ އެހެން އެއްވެސް ގޮތެއްނޯންނަ ކަން އަބަދު ވެސް ސިކުނޑީގައި ބާއްވައިގެންނެވެ. ޑޮލަރު ނެތިއްޔާ ޖަލަށް ދާން ޖެހޭނެތީ އެވެ. (ނިމުނީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)
![]()
...
ލިޔުނީ ޝ, 2010-07-09 14:05:07
އެ ދަތުރަށް ޑޮލަރު ހޯދުމަކީ އުނދަގޫ ކަމެއް ވެސް ނޫން..އިންޑިޔާއަށް ލަންކާއަށް ދާން ޑޮލަރު ހޯދަން ބެންކު ދޮށުގައި ކިޔޫޖައްސައިގެން ދުވާލަކު ސަތޭކަ ޑޮލަރު ލިބުނަސް، އެ ދަތުރަށް ޑޮލަރު ހޯދަން ކިޔޫގައި ޖައްސާކަށް ނުޖެހޭ. ފަސޭހަކަމާއެކު ޑޮލަރު ލިބޭ. އަނެއްކާ ހޯދާ ޑޮލަރަކަށް 10 ޑޮލަރު ފައިދާއަށް ލިބޭ.
ޭ ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|