ފަންވަތް ދިވެހި އިޖުތިމާޢީ ބައްލަވާށެވެ. އައްސަވާށެވެ. އެއަށް ވިސްނަވާށެވެ.
ބެލި ޢަދަދު: 857
ބައްލަވާށެވެ. އައްސަވާށެވެ. އެއަށް ވިސްނަވާށެވެ. ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ދިވެހި - އިޖުތިމާޢީ
06 ސެޕްޓެމްބަރ 2010، 01:34 ހޯމަ

އިބްރާހީމް ނަޢީމު

މުދާ އިޝްތިހާރު ކުރުމަކީ ވިޔަފާރިވެރިން ވަރަށް އިސްކަންދޭ ކަމެކެވެ. ގިނަފަހަރަށް އެ އިޝްތިހާރަކުން މުޖްތަމަޢަށް ކޮށްފާނެ ނޭދެވޭ އަސަރަކަށް ވިސްނުމުގެ ބަދަލުގައި ވިޔަފާރިވެރިން އިސްކަންދެނީ އެމީހުންގެ ވިޔަފާރީގެ ފައިދާއަށެވެ. މިފަދަ މީހުންނަކީ އިޝްތިހާރުކުރުމުގެ ސުލޫކީ މިންގަޑުން ބޭރުވާ މީހުންނެވެ. އިޝްތިހާރުތައް ގިންތިކޮށް ރެގިއުލޭޓް ކުރާނެ ވަކިފަރާތެއް ހަމަޖެހިފައި ނުވާނަމަ ވިޔަފާރިވެރިން ހިތްއެދޭ ކޮންމެ ގޮތަކަށް މުދާ އިޝްތިހާރު ކުރެވިދާނެ އެވެ.

މާލޭގެ އެކި ހިސާބުތަކުގައި ހަރުކުރެވިފައިވާ އިޝްތިހާރު ބޯޑުތަކާއި، ޓީވީ ޗެނަލްތަކުން މި ފެންނަ އެކި ކަހަލަ އިޝްތިހާރުތަކަށް ތިޔަ ބޭފުޅުން ފުންކޮށް ވިސްނާވަޑައިގެންފިނަމަ، މުޖްތަމަޢު ބަލައިގަތުން ދުރު ތަފާތު މާނަތަކެއް ދޭހަވާ، އިޝްތިހާރުތައް ފެނިވަޑައިގަންނަވާނެ އެވެ. ނަމަވެސް އެކަމާ ކަންބޮޑުވެ ޚިޔާލު ފާޅުކުރާ މީހުން މަދެވެ.

ޓީވީ އިޝްތިހާރަކާމެދު ވިސްނާލަމާ ހިނގާށެވެ. ފާޚާނާ ދޮންނަ ފުޅި ޗެކްކޮށްލިއިރު ގެންފައި މިހުރީ ''ފޭކު'' އެއްޗެކެވެ. ފިރިމީހާއަށް ވެސް ރަނގަޅަށް ޗެކްކޮށްނުލެވުނީ އެވެ. ދެނަކާ ދެނެއް ނެތެވެ. އަންހެނުން އަރައިގަތީ އަމަށަކު ރުޅިއެއްނޫނެވެ. ވަގުތުން ފުޅިހިފައިގެން އައިސް ފިރިމީހާ ކުރިމައްޗަށް ޖެހިގަނެފައި އެ ބުނަނީ އެވެ. " މި ވީއްޔާ މިއެވެ. މަވިއްޔާ މަށެވެ." މާނައަކީ މިފުޅީގެ ބަދަލުގައި މީގެ އޮރިޖިނަލް ފުޅިއެއް ހަމަ މިހާރު ގަނެދޭށެވެ. ނުވަތަ އަހަރެން ވަރިކުރާށެވެ.

އެހެން އިޝްތިހާރެކެވެ. ކުއްލިއަކަށް ވިއްސާރަވެ ވައިގަދަ ކޮށްލައިފި އެވެ. ބޯކޮށްލި ކެރިގަނޑާއެކު ގޭފުރާޅުން ވާރެ ވެހެން ފަށައިފި އެވެ. އަންހެނުން ވަގުތުން ''ރަތަށް އަރައިފި'' އެވެ. ދަރިފުޅު ކިހިލިޖަހައިގެން ގޮސް ފިރިމީހާ ހުރިތަނަކުން ހޯދައި ވަގުތުން އިންޒާރު ދިނެވެ. "ގޭފުރާޅު ޓިނުތައް، އެހެން ނޫނީ އަހަރެން......" މާނައަކީ ހަމަ މިހާރު ގޭފުރާޅު ޓިނު ބަދަލުކުރާށެވެ. ނޫނީ އަހަރެން ވަރި ކުރާށެވެ.

އަދިވެސް އިތުރު ކޮށްލާނަމެވެ. ފިރިމީހާ ހުންނަނީ އަބަދު ރުޅިއައިސް އައްޑިހައަށް އަރާފަ އެވެ. މިކަމާ ކުރާނެކަމެއް ހަދާނެގޮތެއް ނޭނގިގެން އަނބިމީހާ ފަންޑިތަ ހަދާ މީހެއްގެ ގާތަށް ދެ އެވެ. އޭނާ އިސްތިރިއެއް ހަދާލި އެވެ. މި ފަހަރު މި އޮތީ އިދިކޮޅެވެ. ވަރިފަށަށް އަރާފައިވާ ދެމަފިރިން މޮޅު ބްރޭންޑެއްގެ ކަރަންޓު އިސްތިރިއަކުން ހަމައަކަށް އަޅުވާލީ އެވެ. ހަގީގަތުގައި މައްސަލަ މި ޖެހެނީ ފިރިމީހާގެ ގަމީސް އިސްތިރި ކުރެވޭގޮތަކުންނެވެ.

ކުރިން މިދަންނަވާލެވުނު އިޝްތިހާރުތައް ފެނުމުން އަޅުގަނޑު ހިތަށް އަރަނީ ދިވެހި މުޖްތަމަޢުގައި ވަރި ކުރުން ނުވަތަ ވަރިފަށަށް އެރުން ހުރި ހިސާބެވެ. ހަގީގަތުގައި އެއީ އަސްލު ކަންހިނގާގޮތް ނޫނެއްކަމަކު، މުޖްތަމަޢުގައި ވަރިކުރުމުގެ އާދަ އަށަގެންފައިވާ މިންވަރު ކޮންމެ ވެސް މިންވަރަށް މިކަމުން އަންގައިދެ އެވެ. ކާވަނީގެ ގުޅުމުން ގުޅާލެވޭ ދެ ނަފްސު ގުޅުވާލުމަށް ޖަހާފައިވާ ގޮށް މޮހިގެން ސޮހިގެން ދިއުން ފަސޭހަކަން ދޭހަވެ އެވެ. ވަރަށް ކުދިކުދި ކަންތައްތަކާ ހިތްހަމަ ނުޖެހިގެން ވެސް ވަރިއާހިސަބަށް ދާކަން ސާބިތު ކުރުމަށް ބާރު ލިބެ އެވެ.

މިހާހިސާބުން ކުޑައިރުގެ މުދައްރިސަކު ކިޔައިދެއްވި ވާހަކައެއް ހަނދާން ވެއްޖެ އެވެ. އެނާއަކީ އަޅުގަނޑުމެން ރަށަށް އިނގިރޭސި ކިޔަވައިދެއްވަން ދުރުވި އިންޑިއާ ބޭކަލެކެވެ. އަބަދު ވެސް ދިވެހިރާއްޖޭގެ ކުޑަކަމާއި މީސްމަދުކަމާއި ކެއިންބުއިމުގެ އާދަތަކަށް ހަޖޫ ކިޔުއްވައި އުޅުއްވަ އެވެ. އެއްދުވަހަކު ކުލާހަށް ވަންނަވައިފައި، އުފާވެރި ޚަބަރެއް އޮތްކަމަށް ބުނުއްވި އެވެ. އެ ޚަބަރަކީ ރާއްޖެ ދުނިޔޭގެ ރެކޯޑުފޮތުން ޖާގައެއް ހޯދި ވާހަކަ އެވެ. ނަމަވެސް އަހާއަހާ ވެސް ކޮންކަމަކާ ގުޅިގެންކަމެއް ނުބުނުއްވި އެވެ. މަޢުލޫމާތު މަދު، އަމުދުން ހޭލުންތެރިކަން ކުޑަ ބެލެނިވެރިންނަށް ވެސް ކުދިންގެ ފުށުން މި ވާހަކަ ނަގުލު ވެއްޖެ އެވެ. މުޅިރަށުގައި ވެސް މުދައްރިސަށް އޮންނަ އިޙްތިރާމެއްގެ ސަބަބުން އޭނާއާ ސުވާލުކުރާކަށް، އެ ކަން އިތުރަށް އޮޅުންފިލުވާކަށް އެކަކަށް ވެސް ނުކެރުނެވެ.  އެހެން އުޅެނިކޮށް ރަށުގެ ކޮންމެ ވެސް ދެމަފިރިއެއްގެ ދެމެދުގައި މައްސަލަ ޖެހި އެ ދަމަފިރިން ވަރިވެއްޖެ އެވެ. ކަން ހިނގިހާ އަވަހަށް މުޅިރަށުރައްޔިތުންނަށް ވެސް އެކަން އެނގި ކޮންމެ ވެސް ގޮތަކުން އެއްކަލަ މުދައްރިސަށް ވެސް އެނގިލައްވައިފި އެވެ. އެ ދުވަހު ކިލާސްނިމުމުން މުދައްރިސު ބުނުއްވި އެވެ. ރެކޯޑުފޮތުން ލިބިފައިވާ ޖާގަ އެ ގޮތުގައި ހިފެހެއްޓުމަށްޓައި މި އަދު ވެސް މި ރަށުގައި ދެމީހަކު މަސައްކަތް ކޮށްފި އެވެ. އެ ހިސާބުން ކުލާހުގައި ތިބި ދުރުވިސްނޭ ބައެއްކުދިން އެއީ ކޮންކަމެއްކަން ދެނެގެންފި އެވެ.

އަޅުގަނޑު ބެލިބެލުމުން އެއްވެސް އިރެއްގައި ވަރި އާއްމުވެގެން ނުވަތަ ކައިވެނިތައް ރޫޅޭލެއްގިނަވެގެން ދުނިޔޭގެ ރެކޯޑުފޮތުން ރާއްޖެއަށް ޖާގައެއް ލިބުނުކަމެއް އެނގޭކަށް ނެތެވެ. ނަމަވެސް މުޖްތަމަޢުގައި ވަރިކުރުން އެއީ ވަރަށް އާއްމު ކަމެކެވެ. ކައިވެނީގެ ކުރީކޮޅާއި އޭގެ ތަންކޮޅެއް ފަހުން، ދަރިންލިބި އެ ކުދިން ބޮޑެތިވާފަހުން ވެސް ވަރިކުރުން އެއީ ވަރަށް އާދައިގެ ކަމެކެވެ. މިކަމުން އާ އިލާތައް ވިއްސިވިހާލި ވެ އެވެ. ދަރިން ބިކަވެ އެވެ. މައިން ނިކަމެތިވެ މާޔޫސްވެ އެވެ. މުޅި މުޖްތަމަޢު ހަލާކުވެ އެވެ. ޙަދީޘްފުޅެއްގެ މާނައިގައި އޮންނަކަމަށް ވެ އެވެ. "ޙަލާލު ކަންތައްތަކުގެ ތެރެއިން މާތްﷲ އެންމެ ރުހިވޮޑި ނުގަންނަވާ ކަމަކީ ވަރި އެވެ." ވީމާ، އިޝްތިހާރުތައް ހަދައި އާއްމު ކުރުމުގެ ކުރިން މިފަދަކަންތައްތަކާ ވިސްނާލެއްވުން ރަނގަޅެވެ.

(ނިމުނީ)
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)Add Comment
...
ލިޔުނީ ފަރުހާދު, 2010-09-06 03:21:45

ރަނގަޅު ޚިޔާލެއް. ޙަޤީޤަތުގައި މި ފަދަ މައްސަލަތައް ފެންނަނީ ކަމަށް އެކަށީގެން ނުވާ އެތަދަ ތަޢުލީމެއް ލިބިފައި ނެތް މީހުން މި ފަދަ ތަކެތި އުފައްދާތީ. އިޝްތިހާރުކުރުމަކީ ވެސް، އިޝްތިހާރު ހެދުމަކީ ވެސް ވަރަށް ގިނަ ގޮތް ގޮތަށް ވިސްނާ ފިކުރު ކުރަންޖެހޭ ކަމެއް.

މިސާލަކަށް އިންޑިޔާގެ އިޝްތިހާރުތައް ބައްލަވައިލައްވާ! ޚާއްޞަ ކޮށް ގޭތެރޭގެ ދިރިއުޅުމާ ގުޅުންހުރި ތަކެތީގެ (ގޮނޑި މޭޒު، ފަންކާ، ބަދިގޭ ސާމާނު) އިޝްތިހާޜު ކުރާނަމަ އެފަދަ އިޝްތިހާރުތައް ފަރުމާ ކުރަނީ އާއިލީ ގުޅުންތައް ބަދަހި ކުރުމުގެ ރޫޙުވެސް ހިމެނޭ ގޮތަށް. އިންޑިޔާގެ މި ފަދަ އިޝްތިހާރުތަކުގައި މާމަ، ކާފަ، ކޮއްކޮ، ދެމަފިރިން، ދީން، އާދަކާދަ މި ފަދަ ހުރިހާ ބައެއް ހިމެނޭ. ރާއްޖޭގައި ކަންކަން ކުރާ މީހުން ހޭލުންތެރިވެ ތަޢުލީމު ލިބިއްޖެ ނަމަ ރަނގަޅު ވުމަކީ އެކަށީގެން ވާކަމެއް.
...
ލިޔުނީ lathy, 2010-09-06 06:17:16
v rangalhu pointeh thi faahaga kohlee
...
ލިޔުނީ aiminaabee, 2010-09-07 18:17:37
haadha molhey keepit up ,,,....
...
ލިޔުނީ xinhin, 2010-11-15 12:51:09
thi hama mihaaru kantha hingamun dhaa goi

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 857
extra avandia and congestive heart failure