ފަންވަތް ދިވެހި އިޖުތިމާޢީ މެދުމިން އިޚުތިޔާރުކުރާށެވެ!
ބެލި ޢަދަދު: 924
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
މެދުމިން އިޚުތިޔާރުކުރާށެވެ! ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ދިވެހި - އިޖުތިމާޢީ
20 އޮކްޓޫބަރ 2010، 10:21 ބުދަ

ފަޟީލަތުއް ޝައިޚު ޑރ. ޢާއިޟު ބިން ޢަބްދުﷲ އަލްޤަރްނީ

ރީތިކޮށް ހެދުން އެޅުމަށް މަސައްކަތްކުރާ މީހުން ދެކެމެވެ. އެކަމަށްޓަކައި އެމީހުން ގަދައަޅައި މަސައްކަތްކުރެ އެވެ. އެމީހުންގެ ފޭރާމުން އެމީހުންނަށް ޚިދުމަތެއް ލިބުމުގެ ބަދަލުގައި، އެމީހުން އެ ފޭރާމަށް ޚިދުމަތްކުރެ އެވެ! އެމީހުން އެއަށް އަޅުވެތިވެ އެވެ!

އަންހެނަކުހެން ޒީނަތްތެރި ނުވާށެވެ!
ރަސްކަލަކުހެން ހޭދަނުކުރާށެވެ!
އިސްރާފު ނުކޮށް މެދުމިން އިޚުތިޔާރުކުރާށެވެ!
ސާފުތާހިރުކަމާއި ވަސްމީރުކަމާ އެކުގަ އެވެ!!!

އެންމެ އަގުބޮޑު ފޭރާމުން ހެދުން އަޅައިގެން މީހުންގެ ތެރޭގައި އުޅޭ ޒުވާނުން ދެކެމެވެ. އެހެން މީހުންގެ ނަޒަރު އެއުރެންނަށް ހުއްޓި، ޝުހުރަތު ލިބެ އެވެ. ނަމަވެސް އެއުރެންކުރެ އެކަކު ވެސް، ޢިލްމުވެރިއަކު ކަމުގައި ނުވެ އެވެ. އަޅުވެރިއަކު ކަމުގައި ވެސް ނުވެ އެވެ. މަތީ މަޤާމެއް ފުރާ މީހަކު ކަމުގައި ވެސް ނުވެ އެވެ. މުޖުތަމަޢުގައި އެއުރެންނަށްވުރެ މާ ޤަދަރުވެރި މީހުން އެބަތިއްބެވެ. ނަމަވެސް އެމީހުންގެ ފޭރާމަކީ، އާދައިގެ މީހުން ލައިއުޅޭ ފޭރާމެވެ.

މިދެންނެވި ޒުވާނުންނާ މުޅިން ތަފާތު އެހެން ބަޔަކު ވެސް ދުށީމެވެ. އެމީހުން ލައިގެން ތިބެނީ، ބާވެ ހަލާކުވެފައިވާ ފޭރާމެވެ. އޭގައިވަނީ ރޫޖެހިފަ އެވެ. މަތިމައްޗަށް މިލަޖަހައި ހަޑިވެފަ އެވެ. އެމީހުންނަކު ބޮލާއި ތުނބުޅީގައި ފުނަލެއް ނާޅަ އެވެ. އެމީހުންނީ ޒާހިދު ތަޤުވާވެރިންކަން އެންގުމަށްޓަކަ އެވެ. އެމީހުން ވަނީ، ބަރަކާތްތެރި އަޅުވެރިންގެ މަގުގައިކަން ދެއްކުމަށްޓަކަ އެވެ.

މިތުރުންނޭވެ! އެންމެ ހެޔޮކަން ބޮޑީ މެދުމިނުގަ އެވެ. ޢާއްމުންގެ ތެރެއިން ގިނަބަޔަކު ހެދުންއަޅާ ގޮތުގަ އެވެ. ޝުހުރަތަކީ ނޭދެވޭ ކަމެކެވެ. ގޮތްބޮޑުކުރުމަކީ ނަފުރަތުލިބޭ ކަމެކެވެ. ހެދުން އެޅުމާއި އެނޫން ކަންތައްތަކުގައި ވެސް ކަން އޮތް މަގީ މި އެވެ.

ދަންނާށެވެ! އަޞްޙާބު ބޭކަލުން، ކަންދެއްކުމާއި ގޮތްބޮޑުކުރުމުން އެއްކިބާވެވަޑައިގެންނެވި އެވެ. އެކަމުގެ ފައިދާ މާތް ﷲ އެބޭކަލުންނަށް ދެއްވި އެވެ. އެބޭކަލުންގެ ޢިލްމުން މީސްތަކުންނަށް މަންފާކުރި އެވެ. އެބޭކަލުންގެ ވައުޒުން މީސްތަކުންނަށް ތެދުމަގު ލިބުނެވެ. އެބޭކަލުން ދިރިއުޅުއްވީ ލުއިފަސޭހަކަންމަތީގަ އެވ.

އަޞްޙާބު ބޭކަލުންނާ ޚިލާފަށް ބައެއް މީހުން އުޅެނީ ގިނަ ކަންތައްތަކުގައި މާބޮޑަށް ގޮތް ބޮޑުކޮށްގެންނެވެ. ވާހަކަދައްކާއިރު، ބަސްމަގު ރީތިކޮށްލާނަމޭ ހިތައި ޢާއްމުންނަށް ބީރައްޓެހި ބަސްތައް ބޭނުންކުރެ އެވެ. ތަޤުވާވެރިކަން ދައްކައިލާނަމޭ ހިތައި، ތިމާގެ ހިތުގައި ނެތް ޚުޝޫޢަތްތެރިކަމެއް ފާޅުކުރެ އެވެ. ތިމާއަކީ ހަމަ އަނެކުން އުޅޭ ގޮތަށް އުޅޭ މީހެއް ކަމަށްވީއިރު ވެސް، އަނެކުންގެ ކުށްތައް ދައްކަ އެވެ. ތަޤުވާވެރިކަމެއް، ވަރަޢަވެރިކަމެއް ނެތި ހިތުހުރި ގޮތަކަށް ފަތުވާދެ އެވެ. އެހެން މީހުން އޭނާއަށް ފާޑުކިޔައިފާނެތީ ބިރުންނެވެ. އެހެން މީހުން އޭނާގެ ކުށެއް ދައްކައިފާނެތީ ލަދުންނެވެ.

ކައުއިތުރު ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ ޙަދީޘްފުޅެއް އިވިއްޖެ ނަމަ ފަތިވަރެއް އަމުނާލަ އެވެ. އެ ޙަދީޘްފުޅު ރިވާކުރައްވައި ތަޚުރީޖުކުރެއްވި ރާވީންނާއި އިމާމުންގެ ނަންތަކުންނެވެ. ތިމާގެ މޮޅުކަން ދެއްކުމަށެވެ. މީހުންގެ ގާތުގައި މަޤުބޫލުކަން ހޯދުމަށެވެ. ތިމާއަކީ ލައްކަ ގިނަ ތަކެތި ދަންނަ ބޮޑު ޢިލްމުވެރިއެއް ކަމަށް މީހުން ހީކުރޭތޯ އެވެ.

އެއީ މާތް ﷲ ގެ ވަޖުހުފުޅަށްޓަކައި ކުރާ ކަންތައްތަކެއް ނޫނެވެ. އެބީދައިން ޢަމަލުކުރާ ބަޔަކު ދޭ ނަޞީޙަތާއި އިރުޝާދުން މާބޮޑު ފައިދާއެއް ނުކުރާނެ އެވެ. އެމީހުން ކިޔަވާދޭ އެއްޗަކުން ދަރިވަރުންނަށް މަންފާއެއް ނުކުރާނެ އެވެ. އެމީހުން ދޭ ފަތުވާތަކުގައި އެއްވެސް އަގެއް ނެތެވެ. އެހެނީ، އެމީހުންގެ ޢަމަލުތަކުގައި ރޫޙެއް ނެތެވެ!

ހިތްތަކުގެ ސިއްރުތައް ދެނެވޮޑިގެންވާ މާތް ﷲ ގެ ދީލަތިވަންތަކަމުގެ ބޮޑުކަމާ އެވެ!
އެމީހެއްގެ އުޅުމާއި ގުޅުން އިޞްލާޙުކޮށް މެދުމިންކޮށްފި މީހަކަށް އެކަލާނގެ ރަޙުމަތް ލައްވަ އެވެ!


މަޞްދަރު:
މުންތަދަޔާތުލް ޤުއްރާއި.

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


އިތުރު މަޒުމޫނު




މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ ޞަލާޙު, 2010-10-20 15:22:40

ވަރަށް އަސަރު ކުރި ލިޔުންކޮޅެއް. ކިޔާހިތްވި މެސެޖް ބޮޑު ލިޔުންކޮޅެއް. މި ލިޔުން ކޮޅުން އެނގުނީ މި އިލްމުވެރިޔާ އެ ވިދާޅުވާ މައްސަލަ ތަކަކީ މުޅި ދުނިޔޭގައި ވެސް އޮތް މައްސަލައެއްކަން. އަދި އެކަމާ ކޮންމެ ގައުމެއްގައި ވެސް ހަގީގީ އިލްމުވެރިން ކަންބޮޑުވެވަޑައިގަންނަވާކަނ

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 924
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone