މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ހެދުންތަކާއި ފޭރާންތައް |
|
|
| ދިވެހި - އިޖުތިމާޢީ | |||
| 23 ޖެނުވަރީ 2009، 22:39 ހުކުރު | |||
|
ފަޟީލަތުއްޝައިޚު އަލްމަރްޙޫމު ޙުސައިން ޞަލާޙުއްދީން (1933) -އަންހެނުން ވަކީން ބޮޑަށް ނިވައިވެ ފޮރުވިގެން ތިބުމަށް ދީނުގެ ފަރާތުން އެ އަމުރެއް އެކުރައްވަނީ ވެސް އިންސާނުން މި ދުނިޔެމަތީގައި ސަލާމަތުން ތިބެގެން އުޅެވޭން އޮތް މާތްގޮތުގައި އެކަކު އަނެކަކުގެ ޙައްޤުތަކަށް އިންސާފު ނެތްގޮތުން އަރައަރައިގަތުމުން އަންނާން އޮންނަ ހަލާކާއި ގެއްލުމުގެ ބޮޑުކަމުން ތިމާޔަށް ހުއްދަވެގެންނުވާ ފަރާތްތަކުން ތިމާގެ ލޮލަށާއި ހިތަށް އަރާމު ލިއްބައިގެންނުވި ހިނދުން، އެކަންމައްޗަށް އެ އަންހެނުން ވެސް ވާގިވެރިވެ އަނެކުންނަށް އުނދަގޫނުދީ ތިބުމަށެވެ. އެހެންނާ އެއްވެސް ދީނެއްގައި މިވެނި ބަޔަކު އެވެނި ކުލައެއްގެ މިވެނި ސިފައެއްގެ ފޭރާމެއްލާކަށް އަމުރުވެވިގެންވާކަމެއް ނޭނގެއެވެ. ނުވަތަ މިވެނި ދީނެއްގެ ހެދުމަކީ އެވެނި ޒާތެއްގެ ފޭރާމަކުން މިވެނި ވައްތަރެއް ޖައްސައިގެން ތިބުމެކޭ މިހެން އޮތްކަމެއް ނޭނގެ އެވެ.- ހެދުންތަކާއި ފޭރާންތައްޙުސައިން ޞަލާޙުއްދީން (1933) އިންސާނުން ފޭރާންލައި ޒާތްޒާތުގެ ހެދުންތައް ހެދި އުޅޭންފެށީ އެކަން ދީނުގެ ފާތުން ވާޖިބުވެގެންތޯ ނުވަތަ ބުއްދީގެ ފާތުން ވާޖިބުވެގެންތޯ ބެލެވިއްޖިއްޔާއި ފެންނާނީ އެއީ އެދެފަރާތުންމެ ވާޖިބު ކުރާކަމެއް ކަމުގައެވެ. އެކަމަކު އެއިންސާނުން އެކަން އެ ކުރަނީ އެއީ ވާޖިބުކަމެއްވެ އެކަމަށް ކިޔަމަންވުމުގެ ފަރާތުންތޯ ނުވަތަ އެމީހުންގެ ޚުޝީއާއި ހަވާ ނަފްސަށް އަރާމު ދިނުމަށްތޯ ބަލައިފީވިއްޔާއި ފެންނާން އުޅެނީ މި ދެވަނަ އަށް ބުނިގޮތުގައި އެކަން ހިނގާތަނެވެ. ހެދުމާއި ފޭރާމުން އިސްރާފު ނުކުރާ މީހަކު ފެންނާނީ ގާންދީ ޒާތުގެ ވަރަށް މަދު މީހެކެވެ. ކޮންމެ ހޫނު މޫސުމަކަށް ފިނިޒާތުގެ ތުނި ތަކެތި، ފިނި މޫސުމަކަށް ބޯޒާތުގެ ގަރަމް ތަކެތިލުމަށް އަދި އިސްރާފެކޭ މީހަކު ނުކިޔާނެ އެވެ. އަޖައިބުވަނީ އެވެނި ބަޔަކު ހެދޭ ހެދުމެއްވެ ކޮންމެހެން ހެދޭން މިވެނިބަޔަކަށް ރީތިވެ ކޮންމެހެން އެވައްތަރު ޖައްސާން އުޅޭ އުޅުމަށެވެ. އެއިރު އެވައްތަރާއި ތިމާމެނާއި ތިމާމެން ތިބި ތަނާއި އަރައި އަރަފޯދިގެން އެއްވެސް ގޮތަކުން ނުވިޔަސް ވަރިހަމަ ކަމުގައި ހަދައި، ހަމަ އެކަނި ކަނުވެގެންވާ ތަޤުލީދުގެ ލޮލަކުން ނޫނީ ރީތި ހުތުރަކަށް ނުބަލަތެވެ. މިއީ ވެސް ޚުޝީއާއި ހަވާ ނަފުސްތާއެވެ. އެހެންނާ ކަންހުރިމަގުގައި އިންސާނުން ފޭރާންލައި ނިވައިވުމަށް ބުއްދިއާއި ދީނުގެ ފަރާތުން ވާޖިބުވީ ވާޖިބުވުމެއްގައި އެވެނި ބަޔަކު މިވެނި ސިފައެއްގެ ފޭރާމެއްލާކަށް މިވެނި ބަޔަކު އެވެނި ވައްތަރެއް ޖައްސާކަށް ވާޖިބު ކުރިކަމެއް ނުއެނގެއެވެ. އެބަޔަކު އެ އުޅޭ ތަނަކާއި އެބަޔެއްގެ ހުރި ތިޔާގެ ކަމަކާއި އެކަށީގެންވާ ގޮތަކުން ޢައުރަ ނިވައިކޮށް އަައިބު ފޮރުވުމަށް އަމުރުވެވެނީއެވެ. އެބަޔަކާއި އެބަޔެއްގެ ކަންތަކާއި އެކަށޭނަ ފޭރާމަކުން ޢަމަލު ކުޅައުމަށް އަންގަވަނީ އެވެ. އިސްލާމްދީނުގައި ފަށުއިފޭރާމާއި ރަންރިހީގެ ގަހަނާ ފިރިހެނުންގެ މައްޗަށް ޙަރާމް ވެފައިވަނީ ވެސް ހަމަ ޝައްކަކާއިނުލައި އެ ތަކެތި އެއީ ފިރިހެނުންނާއި ފިިހެނުން އުޅޭންވީ ފިރިހެންގޮތާއި އެކަށީގެންނުވާ ތަކެއްޗެއްކަމަށް އިންސާނިއްޔަ ބުއްދި ޙުކުމް ކުރުމާ އެކުގައެވެ. އަންހެނުން ވަކީން ބޮޑަށް ނިވައިވެ ފޮރުވިގެން ތިބުމަށް ދީނުގެ ފަރާތުން އެ އަމުރެއް އެކުރައްވަނީ ވެސް އިންސާނުން މި ދުނިޔެމަތީގައި ސަލާމަތުން ތިބެގެން އުޅެވޭން އޮތް މާތްގޮތުގައި އެކަކު އަނެކަކުގެ ޙައްޤުތަކަށް އިންސާފު ނެތްގޮތުން އަރައަރައިގަތުމުން، އަންނާން އޮންނަ ހަލާކާއި ގެއްލުމުގެ ބޮޑުކަމުން ތިމާޔަށް ހުއްދަވެގެންނުވާ ފަރާތްތަކުން ތިމާގެ ލޮލަށާއި ހިތަށް އަރާމު ލިއްބައިގެންނުވި ހިނދުން، އެކަންމައްޗަށް އެ އަންހެނުން ވެސް ވާގިވެރިވެ އަނެކުންނަށް އުނދަގޫނުދީ ތިބުމަށެވެ. އެހެންނާ އެއްވެސް ދީނެއްގައި މިވެނި ބަޔަކު އެވެނި ކުލައެއްގެ މިވެނި ސިފައެއްގެ ފޭރާމެއްލާކަށް އަމުރުވެވިގެންވާކަމެއް ނޭނގެއެވެ. ނުވަތަ މިވެނި ދީނެއްގެ ހެދުމަކީ އެވެނި ޒާތެއްގެ ފޭރާމަކުން މިވެނި ވައްތަރެއް ޖައްސައިގެން ތިބުމެކޭ މިހެން އޮތްކަމެއް ނޭނގެ އެވެ. އާޔެކޭ ކޮންމެ ދީނެއްމެ އަމުރުކުރަނީ ފޭރާމުގައިވެސް އިސްރާފު ނުކުޅައުމަށެވެ. އެކަމަކު މީސްތަކުންގެ ކަންހުންނަ މަގަށް ހަމަ ކޮންމެތާކުން ވިސްނައިލިޔަސް ފެންނާނީ ފޭރާމާއި މެދުގައިވެސް ދީނާއި ބުއްދި އަމުރު ކުރާގޮތާއި ޚިލާފަށް، ލިބާސްތަކާއި ފޭލިތައް ތަޅައިބުރުއްސާތަނެވެ. ތިޔައީކޮން ވަޑާމެއްތޯ އެހެވުނު ނަމަ އިވޭނެ އަޑަކީ މިއުޅެނީ ދީނަށް އުޅޭށޭ މި އުޅެނީ ޢައުރަ ނިވާކުރާށޭ ގޮވާ އަޑެވެ. މިއީ ބޮޑު އަޖައިބެކެވެ. މިރާއްޖެޔަކުވާ އަދި އަގުހުރިފޭރާމެއް ވެސް، ހުރި ފޭރާމެއް ނުލިބޭ ވަރުގެފަކީރެއްވެސް، މާކަ ގިނައެއްކޮށެއް ނެތެވެ. އަގުބޮޑު ތަކެއްޗާއި ގިނަ މީހުނާއި ފައިސާއާއި މުއްސަދީނާއި ފަކީރުންނާއި ކަމާއި ބަހާއި ހުރި ތަންތާނގައި އެކިއެކި އިންސާނުން ހާސް ދޮޅުހާސްރުފިޔާގެ ފޭރާންލައި ޒީނަތްވެގެން ޗާންޗި ނަގައިފައި އެތިބަދާއިރު ފަކީރުކަމުން ނުލިބިގެން ކުދިކުދި ފޮތިފޮތިކޮޅުން ލަނގޮޓިމަރައިގެން ހީކަރުވާތީ ތުރުތުރު އަޅައަޅައި ނުވަތަ ހޫނުވާތީ ބުރުބުރުއަޅައަޅައި އެތިބޭ ފަކީރުންނަށް އެނބުރި ބަލަައިލާ މީހުން ދާދި މަދެވެ. އެކަމަކު މި ޒަމާނަކީ ޢިލްމުވެރިކަމާއި ނޫރުގެ ޒަމާނެވެ. އެންމެންވެގެން ކިޔާލަވަޔަކީ އެންމެން އެއްވަރުވާށޭ ހެޔޮކޮށް އުޅޭށޭ މި ލަވައެވެ. ތަނެއްގައި ކޮންމެ ގޮތެއް ނަމަވެސް އެބަޔަކު ވިސްނައިބަލާންވީ އެބަޔަކުގެ ޙާލެވެ. އެމީހަކަށް ލިބޭއެއްޗަކުން ކައިބޮއިފައި އަދި އުނު އަނދެވޭ މިންވަރެއް ވާނީ ވިސްނާން ކަމުގައި ވަރަށް ވެސް ފެނެއެވެ. ނާފަހެ ދޮގެއްތޯ؟ ޙުސައިން ޞަލާޙުއްދީން(1933) އަލްއިޞްލާޙް.
|
| ހަމަ މި ގަލަމުން |
|---|