ފަންވަތް ދިވެހި އިޖުތިމާޢީ އިޞްލާޙުވާންވީ މީހުންނެވެ!
ބެލި ޢަދަދު: 950
އިޞްލާޙުވާންވީ މީހުންނެވެ! ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ދިވެހި - އިޖުތިމާޢީ
10 ފެބްރުވަރީ 2009، 00:28 އަންގާރަ

ލިޔުނީ: މުޙައްމަދު އިމްރާން/ ސަމާމަންޒިލް- ހއ.އިހަވަންދޫ
 

ވައްކަމެއް ނުކުރާދުވަހެއް، މިދިވެހި ޖައްވަކުން ނުދެއެވެ. ކޮންމެވެސް މާރާ މާރީއެކެވެ. ބަދު އަޚްލާޤީ ޢަމަލެކެވެ. މިކަމުގެ ސަބަބުން ނަފުސާނީ އެތައް ގެއްލުންތަކެއް ދިވެހި މުޖުތަމަޢުއަށް މިދަނީ ކުރަމުންނެވެ. ޖިސްމާނީ ގޮތުން އެތައް ހަށިތަކަކަށް މިހިރަ ގެއްލުން ވަނީއެވެ. އެތައް ދިވެހިންނެއްގެ ފުރާނަތައް ގެއްލެނީއެވެ. ދެރަވާނީ ކިތައް މައިންބަފައިންތޯއެވެ؟ ހިތާމަކުރަނީ ކިތައް ދިވެހިން ތޯއެވެ؟

ހިތާމަހުއްޓެވެ.  މިހާހިސާބުންވެސް، އިނގިލި ދިއްކުރެވެނީ މި ޤައުމަށެވެ. ދިވެހި ރާއްޖޭގައި އަމާންކަމެއް ނެތެވެ. އިސްލާޙުވާންވީ ރާއްޖެތޯއެވެ؟ ނޫނީ މިކުޑަކުޑަ މުޖުތަމަޢު ހެއްޔެވެ؟ ވިސްނާބަލާށެވެ. ފިކުރު ހިންގާށެވެ. އަސަރުތައް ދެނެގަންނާށެވެ. ބަދަލު ތަކަށް ތަންދޭށެވެ. ބަދަލުތައް ގެންނާށެވެ. ފަހުމުވޭ ހެއްޔެވެ؟ ނުވިތޯއެވެ؟...... ޒަމާން ބަދަލު ވަނީއެވެ. ތަރައްޤީއޭ މިކިޔާ އޮއިވަރުގެ ތެރެއަށް މުޖުތަމަޢު ގެނބެނީއެވެ. ތަރައްޤީއަށް ތަންދޭށެވެ. ބަދަލުތައްވެސް މި މުޖުތަމަޢަށް،  ބޭނުންވެއެވެ. އެފަދަ ބަދަލުތަކަކީ ލާބަހުރި، މުޖުތަމަޢަށް މަންފާހުރި ބަދަލުތަކަކަށް ހަދާށެވެ.

ނިކަން މުޖުތަމަޢު ތެރެއަށް ޖެހިލާށެވެ. އަމާންކަން އެބައޮތްތޯއެވެ؟ ރަނގަޅު ބަދަލުތަކެއް ތިބާއަށް ފެނޭތޯއެވެ؟ ތިބާ ތިޔަހުރީ ކޮންތާކުހެއްޔެވެ؟ ތަރައްޤީއޭ މިކިޔާ އޮއިގެ ތެރެއަށް ނުރަނގަޅު އާދަތައް ވަދެ މައްސުނި ވެފައިވާ މުޖުތަމަޢު އެއްގައި ހެއްޔެވެ؟  ނިކަން އެފަދަ މުޖުތަމަޢެއްގެ ތެރެއަށް ނިކުމެލާށެވެ. ތިބާއަތުގައި ފޯނު އެބައޮތް ހެއްޔެވެ؟ ނިކަން އަހަރެންނާ ގުޅައިލާށެވެ. ކުރިއަށް ހިނގާށެވެ. ފަހަތުން ބަޔަކު ފާރަ ނުލާތޯއެވެ؟ ތިބާއާ ދިމާ އެބަ ބަލައި ނޫންތޯއެވެ؟ އެމީހުން އެބަލަނީ ތިބާއާއި ދިމާއަށްތޯއެވެ؟  ނޫނީ، ތިބާގެ ފޯނަށްތޯއެވެ؟

ފިހާރައެއްގެ ތެރެއަށް ވަދެލާށެވެ. ތަރައްޤީގެ ކުލަ ހޭކިފައިވާ ޒުވާނެއް ފިހާރައިގެ ތެރޭގައި ނެތް ހެއްޔެވެ؟ އެފަދަ ޒުވާނެއް ހޯދާށެވެ. ފެނިއްޖެތޯއެވެ؟ އޭނާގެ ޢަމަލު ތަކަށް ފާރަލައި ބަލާށެވެ؟ އޭނަ، ފިހާރައިގެ ކެމެރާތަކާއި ފިލާ ކުދިކުދި އަގުހުރި ތަކެތި ނުފޮރުވާހެއްޔެވެ؟ ޖީބަކަށް ނުލާތޯއެވެ؟ ތިބާ ފިހާރައިގެ ކައުންޓަރު ކައިރިއަށް ދިޔުމުން ތިބާގެ ވޮލެޓަށް ނޫނީ އަތްދަބަހަށް އޭނާގެ ނަޒަރު ނުހުއްޓޭހެއްޔެވެ؟

ދެންނިކަން ﷲ ގެ ހުރުމަތް ތެރިވެގެންވާ ގެކޮޅަށް ތިބާގޮސްލާށެވެ. އެފަދަ ޒުވާނެއް އޮޅިގެންވެސް މިސްކިތަށް އަރައި ހުރެދާނެއެވެ. އަވަހަށް އެފަދަ ޒުވާނެއް ހުރި ސަފުގެ ކުރިމަތިން އޮތް ސަފުގައި އޭނާއާއި ސީދާ ވާނޭ ފަދައަކުން ހުއްޓޭށެވެ. ތިބާނަމާދަށް ފެށުމުގެ ކުރިން ތިބާގެ ފޯނު ނަގައި ގުދުވެ ތިބާގެ ކުރިމަތީ ބާއްވާށެވެ. ތިބާގެ ނަމާދު ކުރަމުންގޮސް ފުރަތަމަ ސަޖިދައިން ތެދުވާށެވެ. މިހާރު ތިބާގެ ފޯނު ކޮބައިތޯއެވެ؟ ނަމާދު ބާޠިލް ވީނަމަވެސް ފަހަތަށް އެނބުރި އެއްކަލަ ޒުވާނާ ހުރިތޯ ބަލައިލާށެވެ. ނެތްތޯއެވެ؟ އެޒުވާނާ އޭނާގެ ނަމާދުން އޭނާއަށް ލިބުނު ސަވާބު ހިފައިގެން އެދިޔައީއެވެ.  މީﷲ ގެ ގެކޮޅަށް ނަމާދަށް އަރާހުރެ ކުރާ ޢަމަލެވެ.

ވިސްނާށެވެ. އަދިވެސް އިސްލާހު ވާންވީ ޤައުމު ތޯއެވެ؟ އިސްލާހު ކުރަންވީ ޤައުމު ތޯއެވެ؟ ތިބާގެ ފޯނަށް ފާރަލަމުން ފަހަތުން އެހިނގަނީ ޤައުމުތޯއެވެ؟ ތިބާގެ އަތްދަބަހަށް ފާރަލައި ބަލަހައްޓައިގެން އެހުރީ ހަމަ މިޤައުމު ތޯއެވެ؟  ފިހާރައިގެ ކެމެރާތަކަށް ފިލަމުން އެއުޅުނީ ހަމަ މި ޤައުމުތޯއެވެ؟ ނަމާދަށް އަރާ ލިބުނު ސަވާބައިއެކު އެނބުރި ދިޔައީ ހަމަ މި ލޮބުވެތި ޤައުމުތޯއެވެ؟ އިޞްލާޙުވާންވީ ޤައުމުތޯއެވެ؟ ނުވަތަ މީހުންގެ މުދަލަށް އަރައިގަނެ، މީހުންގެ ގައިގާ ކަޓަރު އަޅަމުން ދުވާ މީހުންތޯއެވެ؟ މަގުފޭރޭ ވަގުންތޯއެވެ؟ ވިސްނާމީހާއަށް އިބުރަތްތައް ހުއްޓެވެ. އިސްލާހުވާންވީ މީހުންނެވެ.
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ ކިޔަވާކުއްޖެއް., 2009-02-09 17:54:08
ވިސްނޭ ގޮތުގައި ވަރަށް ރަނގަޅު ޚިޔާލެއް. ޢިބާރާތްތައް ވެސް ވަރަށް ސާފު. ބަހުގެ ހަމަތައްވެސް ރަނގަޅުކަމަށް ލަފާކުރެވޭ. އެކަމަކު، އެއްވެސް ތަފާސް ހިސާބެއް ނެތީމާ، އޮއްޓަރުގެ ގޮޅި ހަމަ މުޅިން ހުސްކޮަށް އޮތްކަން ފާހަގަ ކުރެވޭ. އެއީ މިޒަމާނަށް ބަލާއިރު، ލިޔުމެއްގައި ވަރަށް އުނިކަމެއް. ލިޔުންތައް ބިނާވާންޖެހޭނީ ބިނާކުރަނިވި އަސާސެއްގެ މައްޗަށް. ސާބިތު ހެއްކާއި ފެކްޓުގެ މައްޗަށް. ދެވަނަ ނުކުތާއަކީ، ޚިޔާލު ތަރުޖަމާކޮށްދެވިގައި އޮތް ގޮތާމެދު އޮތް ޚިޔާލެއް. ހަގީގަތުގައި ގައުމު އިޞްލާޙު ވުމޭ ބުނެވޭ ބަހުގެ މާނައަކީ، މީހުން އިސްލާޙުވުން. ގައުމާ މީހުންނާ އެއީ ދެ އެއްޗެއް ނޫން. އެއީ އެކަށްޗެއް. މި ދެބައި ދެ އެއްޗެއްގެ ގޮތުގައި މާނަ ކުރެވިފައި އޮތީމާ، އަމާޒު ފުށުއަރާ ކަމަށް ބެލެވޭ. އޭގެ ބަދަލުގައި މަޒުމޫނުގެ ދާއިރާތައް ކަނޑައަޅައި، ފުޅާކޮށްލި ނަމަ ...... މި ސާލަކަށް މައިންބަފައިންގެ ދައުރު، ޤާނޫނީ މީހުންގެ ދައުރު... ފައިސާވެރީންގެ ދައުރު.. ތައުލީމީ ދާއިރާގެ ދައުރު، ދީނީ ޢިލްމުވެރިންގެ ދައުރު، ސިޔާސީ މީހުންގެ ދައުރު... މި ބައިތައް ސާބިތު މައުލޫމާތާއި އޮއްޓަރު ހިމަނައިގެން މުއްސަނދި ކޮށް މައުޟޫޢު ވަށައި ޖައްސައިލެއްވި ނަމަ، ވަރަށް ފުރިހަމަ ވީސް... އިމްރާނުގެ މި ޚިޔާލަކީ ވަރަށް ބޭނުންތެރި މޮޅު ޚިޔާލެއް.. ޝުކުރިއްޔާ! އަޅުގަނޑުގެ އަދަބީ ފިކުރު ހިއްސާކޮށްލީ...

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 950
extra avandia and congestive heart failure