ފަންވަތް ދިވެހި އިޖުތިމާޢީ ބުއްދިޔާ ފިކުރު ނެތިއްޔަކާ ޢިލްމަކުން ފައިދާއެއް ނުކުރާނެއެވެ.
ބެލި ޢަދަދު: 736
ބުއްދިޔާ ފިކުރު ނެތިއްޔަކާ ޢިލްމަކުން ފައިދާއެއް ނުކުރާނެއެވެ. ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ދިވެހި - އިޖުތިމާޢީ
11 ފެބްރުވަރީ 2009، 11:56 ބުދަ

ފަޟީލަތުއްޝައިޚުލްމަރުޙޫމު ޙުސައިން ޞަލާޙުއްދީން


ވަރަށް ޢިއްޒަތްތެރިކަންބޮޑު ރަސްކަލަކު އަރިހުގައި އުޅޭ އެރަސްގެފާނުންގެ ޚާއްޞަ ޙަކީމަކީ، ވަރަށް ބޭސްވެރިކަމަށް މޮޅު، ބުއްދިއާއި ފިކުރުހުރި ކުޅަދާނަ މީހެކެވެ.

މީނާއަށް ލިބުނު ފިރިހެން ދަރިޔަކު ބޮޑުވެ ފަނަރަ ސޯޅަ އަހަރުވަމުން އެބައާދެއެވެ.


މިކުއްޖާއަށް ޙަކީމުކަން ދަސްކޮށްދޭ ކަށެއް ޙަކީމު ކަލޭގެފާނެއް ނޫޅުއްވައެވެ.

މިކަމާ ރަސްގެފާނު ހިތްޕުޅާނުވެ އެއްދުވަހަކު އެޙަކީމު ކަލޭގެފާނަށް ވިދާޅުބަސްފުޅު އިއްވެވިޔޭ. ކަލޭގެފާނުންގެ ކިބައިގައި ތިޔަހުރި ބޭސްވެރިކަމުގެ ހުނަރުތައް ކަލޭގެފާނުން ދަރިޔަށްވެސް ފަހެ ބުނެދީގެން ނުވަނީހޭ؟ ތިޔައީ ކިހައިދެރަ ގޮތެއް ހެއްޔެވެ. އޭނާއަށް ބުނެދީ އޭނާ ލައްވައި ކަންތައް ކުރުވައި އުޅޭށެވެ.

ޙަކީމް ދަންނަވައިފިޔޭ މާތްރަސްކަލާނގެ މަނިއްޕުޅުގެ ޢުމުރުފުޅު ދަންމަވައި، ނަޞްރު ގަދަކުރައްވާ ނެތެވެ. ނިކަމެތި އަޅާގެ ދަރީގެ ކިބައިގައި ޙަކީމަކަށް ފުދޭހާ ބުއްދިއެއް ފިކުރެއް ނެތެވެ.

ރަސްގެފާނު ކޯފާ އިސްކުރައްވާފައި ވިދާޅުވިއެވެ. ތިޔަކަމަކާއި ކަލޭގެފާނަކާ ވާކަމެއްނޫނޭ. ކަލޭގެފާނުގެ މައްޗަށް އޮތީ. ދަސްކޮށްދީފައި ކަންތަކުގެ ތެރެއަށް ނެރުމެވެ. ޙަކީމު ކަމަކީ ބުއްދިއަކުން ކުރާ ކަމެއްހޭ؟ ބަލަ އެއީ ބޭހުގެ އުޞޫލުތަކާއި ބަލިބައްޔާއި މިޒާޖުތައް ދަސްކޮށްގެން ކުރާ ކަމެކެވެ.

ޙަކީމު ކަލޭގެފާނު ކުރުނީސް ކޮށްފައި. އާދޭސް މަސާހިބާއޭ ދަންނަވައިފިއެވެ.

މިއަށްފަހު ޙަކީމު ކަލޭގެފާނުން އޭނާގެ ދަރިޔަށް ބޭސް ދަސްކޮށްދީ ކަންކަމުގެ ތެރެއަށް ނެރެ އެބައުޅެއެވެ. ރަސްގެފާނުންގެ ގަނޑުވަރަށް ދިޔަޔަސް ދަނީ ގޮވައިގެންނެވެ. މިހެން އުޅޭތާ ދުވަސްތަކެއް ވީފަހުން ރަސްގެފާނު އެއްފަހަރަކު ހުންފުޅެއް އައިސްގެން އުޅުއްވަނިކޮށް ބޭސްކޮޅެއް ހަދާން ޙަކީމް ކަލޭގެފާނުން ގަނޑުވަރަށް ދުރުވިއިރު އެކުގައި ހިނގައްޖެއެވެ. މިދުވަހު ދިމާވި ގޮތަކީ، ރަސްގެފާނުންގެ ހުންފުޅުކުރީ ދުވަހަށްވުރެ ތަންކޮޅެއް ގަދަވެފައި އުނދަގޫފުޅުވީ ބޮޑުކަމުގައެވެ. ޙަކީމް ކަލޭގެފާނު ދަންނަވައިފިއެވެ. މިއަދު މިވީގޮތަކީ މަނިކުފާނުން އިއްޔެގެ ފަހުގައި ފޮނިނާރިނގު ހިއްޕެވިކަމުގެ ސަބަބުން ތަންކޮޅެއް ގަދަވީއެވެ. މާތްރަސްކަލާނގެ ރުއްސެވިއްޔާ މާދަމާ ލުއިފުޅު ވެދާނެއެވެ.

ރަސްގެފާނު ވިދާޅުވިޔޭ. ތިޔައީ ތެދެކޭ. ތިޔަ ކެވުނުމެޔޭ. އެކުން ކެވުނީ ކަލޭގެފާނުން މަނާ ކުރައްވާފައިވެސް ނުވާތީއެވެ. ޙަކީމް ދަންނަވައިފިޔޭ. އާދޭހޭ. އަޅުގަނޑު މިއުޅެނީ މަނިއްޕުޅަށް މީރުހައި އެއްޗެތިކޮޅު މަނާވެސް ނުކޮށް އިރާދަކުރެއްވިއްޔާ ވެވިދާނޭ ކަމެށެވެ.

ދެން ދެބަފައިން ނުކުމެގެން ދަމުން ދަރިފުޅު އަހައިފިޔޭ. ބައްޕާޔޭ. ރަސްގެފާނު ފޮނިނާރިނގު ފަރިއްކުޅުއްވިކަން އެނގުނީ ކިހިނަކުން ތޯއެވެ؟ ޙަކީމު ކަލޭގެފާނު ބުނުއްވައިފިޔޭ. އެކޮޓަރިކޮޅުގެ ތެރޭގައި ނާރިނގު ތޮށި ހުރުމުގެ ސަބަބުންނެވެ.
މިކަން މިހެން ހިނގައި ދިޔަތާ. އެތައް ދުވަހެއް ފަހުން އަނެއްކާ ރަސްގެފާނު އާލާސްކަންފުޅެއްގައި އުޅުއްވަނިކޮށް ޙަކީމު ކަލޭގެފާނުންވެސް ބައްޔެއްވެ އުޅެމުން ދަރިފުޅު ގާތުގައި ބުނުއްވައިފިޔޭ. ގަނޑުވަރަށްގޮސް ރަސްގެފާނުގެ ޙާލުކޮޅު ބަލައި މިހާރު ހުންފުޅު ހުރިމިންވަރެއް އޮޅުން ފިލުވައިގެން އަންނާން ދާށެވެ. މީނާ ގަނޑުވަރަށް ގޮސް ބެލިއިރު އިއްޔެއަށްވުރެ ހުންފުޅު ގަދައެވެ. މީނާ ދަންނަވައިފިއެވެ. މިހެން ނުވާނީ ކިހިނަކުންތޯޔޭ. މިއަދުވެސް ތިޔަ އޮންނެވީ ހިމާރެއްގެ މަސް ފަރީއްކުޅުއްވައިގެން ވިއްޔާޔޭ. ރަސްގެފާނު ވިދާޅުވިޔޭ. ތިޔަ ކިޔަނީ ކީކޭހޭ. މީނާ ދަންނަވައިފިޔޭ. މިކިޔަނީ މިހެންނޭ. ތިޔަ އޮންނެވީ ހިމާރެއްގެ މަސް ފަރީއްކުޅުއްވައިގެންނޭ. އެހެންވީމާ ހުންފުޅު ގަދަވީއޭ. ރަސްގެފާނު އެތާގައި ތިބި މީހުންނަށް ވިދާޅުވިޔޭ. އަވަހަށް މިކަލޭގެ މިތަނުން ބޭރުކުރާށޭ. މިހިރީ މޮޔައެކޭ. މިބައިމީހުން މީނާ ދަމައި ނެރުނީމާ ގެއަށް އަތުވެއްޖެޔޭ. އައުމުން ޙަކީމު ކަލޭގެފާނު އައްސަވައިފިޔޭ. ދަރިފުޅާ ޚަބަރަކީ ކޮބައިހޭ؟ މީނާ ބުނެފިޔޭ. އަސްތާ. ބައްޕާޔޭ. ކަންތައްބޮޑޭ ރަސްގެފާނު އޮންނެވީ ހިމާރެއްގެ މަސް ފަރީއްކުޅުއްވައިގެން މޮޔަފުޅު ވެފައެވެ. މިކަލޭގެފާނު ގަތްބިރުން އަވަސް އަވަހަށް ގަނޑުވަރަށް ދުރުވެއްޖެއެވެ. ދުރުވީމާ ރަސްގެފާނު މިވާހަކަފުޅު ދައްކަވައިފިއެވެ. ދެން މިތަނަށް އެކުއްޖާ ގެންނަވައިފައި އައްސަވައިފިޔޭ. ރަސްގެފާނުން ޙިމާރެއްގެ މަސް ފަރީއްކުޅުއްވިކަން އެނގުނީ ކޮންގޮތަކުން ހެއްޔެވެ. މީނާ ބުނެފިޔޭ. އެގޮތަކީ ރަސްގެފާނު ފޮނި ނާރިނގު ފަރިއްކޮޅުއްވި ދުވަހު ބައްޕައަށް އެނގިލެއްވި ގޮތުންނެވެ. އަޅުގަނޑު މިއަދު ގަނޑުވަރަށް އައިސް ވަންއިރު ދޮރޯށީގެ އެތެރޭގައި ހިމާރެއްގެ ހަން އޮތެވެ.

ދެން ރަސްގެފާނުން ހިނިފުޅު ވަޑަވަމުންގޮސް ހުންފުޅު ވިހެލައިފިޔޭ. ވިދާޅުވިޔޭ. މީނާއަށް ބޭސް ދަސްކޮށްދޭކަށެއް ނުވާނެޔޭ. ބުއްދިއާއި ފިކުރު ނެތިއްޔަކާ ޢިލްމަކުން ފައިދާއެއް ނުކުރާނެއެވެ.
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން

މިވަގުތު ފަންވަތުގައި

މިވަގުތު 74 ކިޔުންތެރިން އޮންލައިން

އެންމެ ދީލަތި 20 ގަލަން

ޢަބްދުލްމުޢީދު ޙަސަން: 365
އާދަމް ނަޞީރު އިބްރާހީމް: 183
އެޑްމިނިސްޓްރޭޓަރ: 76
ޢަބްދުﷲ ފާރޫޤު ޙަސަން: 51
ބިންމާ އިބްރާހީމް ވަޙީދު: 50
ޢަބްދުﷲ ނަޢީމު އިބްރާހީމް: 42
މުޚްތާރު ޢަބްދުއްރަޙްމާނު: 36
ޢަބްދުﷲ ފިރާޤު: 35
އިބްރާހީމް ރަޝީދު މޫސާ: 33
ޝަމްސުލްފަލާޙު: 29
އަޙްމަދު ރަޝީދު: 23
އަޙްމަދު ފަހުމީ: 23
ޙުސައިން ޝާކިރު: 22
މުޙަންމަދު ޝާހިދު ޙަލީމް: 21
ޙުސައިން ޞަލާޙުއްދީން: 21
އިބްރާހީމް ނަޢީމު : 18
މުޙަންމަދު ވަޙީދު - މަޑުލު : 18
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު: 17
އަޙްމަދު މާޖިދު: 16
އިބްރާހީމް އަޙްމަދު : 16

މެހުމާނުނުންގެ އަދަދު

މިހާތަނަށް : 1429290

ފަންވަތުގެ ޖަވާހިރު


"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ."

(ޙަދީޘްފުޅެއްގެ މާނަ)

ދެކޭގޮތް

މިވެބްސައިޓް
 
free counters
ބެލި ޢަދަދު: 736