މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| މިނިވަންކަމުގެ އަސްލު |
|
|
| ދިވެހި - އިޖުތިމާޢީ | |||
| 12 ފެބްރުވަރީ 2009، 01:19 ބުރާސްފަތި | |||
|
ލިޔުނީ: އަލިފުޝީނު އަޙްމަދު ޝަމީނު ދޮންމަނިކު، ފިނިވާގެ އއ. ތޮއްޑޫ ޝަރުޢީ އަދި އިޖްތިމާޢީ އެކި އެކި ނިންމުން ތަކުގައި މިޒަމާނުގައި ތިޔަ ފެނިވަޑައިގަންނަވާ ވަޟަޢީ މަންހަޖުތަކުގެ ނިންމުން ތަކުގައި ދީނުގެ ކުލަ ޖެހިފައި ހުއްޓައި ފެނިވަޑައިގަންނަވާނީ ވަރަށް ފަނޑުކޮންނެވެ. ނުވަތަ ދީނުގެ ކުލަވަރު އެއްގޮތަކަށްވެސް ނުފެންނާނެއެވެ. ސަބަބަކީ، މިގޮތް މާ ތަނަވަސް ވެފައި ފުޅާކަމުގައި ބަޔެއް މީހުންގެ ވިސްނުމަށް ފެނުމެވެ. އެއްވެސް ޤައިދެއްގެ ތެރޭގައި ފިކުރު ހިންގުން ހައްޔަރު ކުރެވިގެން ނުވާނެތީޔޯލައެވެ. މިގޮތުގެ މަތިން މިނިވަންކަމަށް ތަޢާރަފެއްދީ އޭގެ އިން މިން ތަކާ މެދު ދެކެވޭ ވާހަކައިގެ ޚުލާޞާއަކީ އެއީ އިންސާނީ ޠަބީޢީ ސިފައެއްކަމުގައި ކަނޑައެޅުމެވެ. އަދި އެއީ ހަމަ ކޮންމެހެންވެސް ލިބިދޭން ޖެހޭ ހޯދަންޖެހޭ ޙައްޤެއްކަމުގައި ކަނޑައެޅުމެވެ. ނަމަވެސް އިސްލާމް ދީން މިނިވަންކަމުގެ ވާހަކަ ފަށައިގަންނަނީ އަދި އެހާ ތިލަ ހިސާބަކުންނޫނެވެ. މި މާތް ދީން މިނިވަންކަމުގެ ތަޢާރަފު އެކުލަވައިލަން ފަށަނީ ހަމަ ބުއްދި ރުހި ޤަބޫލުވާ، ދުންޔަވީ ހެކިތައްވެސް ތާއީދުކުރާ އެޔަށްވުރެ މާ ހޭޖެހޭ ތަރަހައެއްގެ މަތީގައެެވެ. އިންސާނާ އަކީ މަޚްލޫޤެކެވެ. އިންސާނާއަކީ އަޅެކެވެ. އެއީ ނިކަމެތި ފަރާތެކެވެ. އެހެންކަމުން އޭނާގެ ކިބައިގައިވާ ހުރިހާ ސިފަތަކެއްގެވެސް އަސްލު މަސްދަރަކީ ޚާލިޤެވެ. އަޅުވެތިވެވޭ ފަރާތެވެ. ބާރުތަކުގެ ވެރި ﷲއެެވެ. އާދޭހެވެ. އިންސާނާއަށް ސަޖިދަކުރުމަށް މާލާއިކަތުންނަށް އެންގެވުނެވެ. އެ އިންސާނާއަށް ހުރިހާ ނަންތަކެއް ދަސްކޮށްދެެއްވުނެވެ. އުޑުތަކާއި ބިމުގައިވާހާ އެއްޗެއް އެ އިންސާނާއަށް ކިޔަމަންކޮށް ދެއްވުނެވެ. މިއީ ފެށުމުގައި ކަންހުރި ގޮތެވެ، މިއާ ދެންވެސް ހުރި ހުރިހާ ކަމެއް އެއީ މި އިންސާނާގެ ޠަބީޢީ ސިފައެއްކަމުގައި ޤަބޫލުކުރަން ހަމަ ވިސްނުން އުޒުރުވެރިވެއެވެ. އަދި ކިއެއްތޯއެވެ. މިއީ ހައްތާވެސް ދީލަތިވަނަތަ ކީރިތި ﷲގެ މޫރިތި މިންޙާއެވެ. މި ރީތި ހަމައިގެ އާޚިރު ނަތީޖާއަކީ ޝާމިލު އިސްލާމީ ޝަރީޢާ އެއީ އެންމެހާ ޙައްޤެއްގެ އަސްލު އަސާސްކަމުގައި ވެގެން ދިއުމެވެ. އަދި އިންސާނީ ޙައްޤުތަކުގެ ބާރުވެރިކަންއެއީ ޝަރުޢު ނުވަތަ ހެޔޮނުބައި ކަނޑައަޅާ އަސްލުކަމުގައި ވެފައި އޮތްއޮތުމުގެ ދޯހަޅި ކަން ވަޅުޖެހުމެވެ. އެހެނީ މި ޝާމިލް މަފުހޫމުގައި ޙައްޤަކީ ޙާސިލް ކުރަން ބޭނުންވާ މަޤުޞަދަށް ވާސިލްވާން ބޭނުންކުރާ ވަސީލަތެކެވެ. ޙައްޤަކީ ހާސިލް ކުރަން ބޭނުންވާ މަޤުޞަދެއް ނޫނެވެ. ކަންމިހެން އޮތުމުން ޙައްޤު އެއީ އިޖްތިމާޢީ ވާޖިބުތަކެއް ބޮލުއަޅއަިގެން ހުރި މަސްއޫލުވެރިއެއް ކަމުގައި ވެދެއެވެ. އަދި ޙައްޤު ހޯދައި ލިބިދިނުން އެއީ މުޖުތަމަޢުގެ ވަޒީފާ ކަމުގައި ވެފައިވުން ވެސް ފިލައި ދެއެވެ. މަޢުލޫމާތު: ޖަމާލުއްދީން މުޙައްމަދް މަޙްމޫދް(1992). އުޞޫލުލް މުޖްތަމަޢުލް އިސްލާމީ. ޤާހިރާ. ދާރުލް ކުތުބުލް މިޞްރީ. ޢިމާދުއްދީން އަޙްމަދް(2001). އިސްލާމް އެންޑް ދަ ޑިސްކަވަރީ އޮފް ފްރީޑަމް. ބެލްސްވިލް. މިނަރެޓް އޮފް ފްރީޑަމް އިންސްޓިޓިއުޓް. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)
![]()
...
ލިޔުނީ ކަލޯ, 2009-02-12 01:38:30
މަސްތުވާ ކޮންމެ އެއްޗަކީ ރާ އެވެ. ރަލަކީ ހަރާމް އެއްޗެކެވެ. ރާބޯމީހުންނަށް ދީނުގައި ހައްދެއް އެބައޮތެވެ. އެކަމަކު މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދީނުގައި އޮންނަ ހައްދެއް ގާއިމުކުރާ ތަނެއް ނުފެނެއެވެ. ދީނުގައި ހައްދެއް އޮތްކަމަކަށް އަރައިގަތްކަމަށް ދައުވާކުރާ ތަނެއްވެސް ނުފެނެއެވެ. ހުކުމްކުރާ ތަނެއްވެސް ނުފެނެއެވެ. ފެންނަނީ ބޮޑެތި ސެންޓަރުތައް ހަދައިގެން ފަރުވާ ދޭ ތަނެވެ. ދެން ފެންނަނީ ސިޔާސީވެފައި ހުއްޓައެވެ. ސުވާލަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ގައިގައި ހައްދު ނުޖަހަން އޮތީ ބާވައެވެ. ރަނގަޅަށް އޮޅުންފިލުވައިދޭނެ ކަމަށް ހީކުރަމެވެ.
...
ލިޔުނީ ހޯވީސް, 2009-02-12 12:30:07
ވަރަށް ކުރު ނަމަވެސް ރިސާޗް ފުން ލިޔުމެއް. ނަމަވެސް މީގައި ގިނައީ ފަލްސަފީ ވާހަކަތަކެއް ކަމަށް ފެނޭ... ލިޔުންތެރިޔާއަކީ ޢަރަބި ފަސްމަންޒަރެއްގެ ވެރިޔެއްކަން ބޭނުންކޮށްފައިވާ ލަފުޡުތަކުން އެނގޭ... ބަސްބަހުގެ މާނަ ބުނެދީފައި ވާއިރު މިންޙާގެ މާނަ ނެތީ ކީއްވެބާ؟
ވަރަށް ރީތި ލިޔުންކޮޅެއް ކޮންމެއަކަސް
...
ލިޔުނީ އަޒުމީ, 2009-02-13 15:44:26
ހިތުގައި ސުވާލު އުފެދޭކަމެއް. ޢަރަބި އިސްލާމީ ތަޢުލީމު ޙާޞިލްކޮށްފި ކޮންމެ ދިވެއްސަކުމެ އުޅޭތަން ފެންނަނީ، މުޖުތަމަޢު ރަނގަޅު ކުރަން. ގައުމީ ލޯބި އިތުރު ކުރަން. ދިވެހި ބަސް އާލާކޮށް ބަސް ދިރުވަން. ދިވެހި ވަންތަކަން ހިފަހައްޓަން. އެކަމަކު އިނގިރޭސި ބަހުގެ އަހުލުވެރިންގެ ދައުރެއް ނުފެނޭ. ލިޔުންތަކެއް ނުފެނޭ. ގައުމީ ލޯބި، ގައުމުގެ ބަސް، ގައުމުގެ އަގު، މި ފަދަ ނަންތައް އެމީހުން ކިޔާތީއެއް ނީވޭ. މިވަނީ ކީއްބާ؟ ޝަމީނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ، އިތުރު ލިޔުއްވުންތަކަށް އިންތިޒާރު ކުރާ އެކަމަކު އޭލެވެލް ފެންވަރުގެ މީހެއް.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|