ފަންވަތް ދިވެހި އިޖުތިމާޢީ ލޯބި ޙާޞިލުކުރާނެގޮތްތައް!
ބެލި ޢަދަދު: 2510
ލޯބި ޙާޞިލުކުރާނެގޮތްތައް! ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - އިޖުތިމާޢީ
19 މާރޗް 2009، 00:54 ބުރާސްފަތި

ޝިފްޒާން އަޙްމަދު

ބައެއްމީހުންގެ ނަޒަރުގައި ލޯތްބަކީ ހަމައެކަނި އެދުމެކެވެ. އަނެއްބައިމީހުން ދެކޭގޮތުގައި ލޯތްބަކީ ފަށައިގަންނަން އުދަގޫ ނިންމަން ފަސޭހަ ހަނދާންނައްތާ ނުލެވޭނެ ހަނގުރާމައެކެވެ. އަނެއްބައިމީހުން ބުނާގޮތުން ލޯބީގެ މިސާލަކީ އަލިފާންގަޑެއްގެ މިސާލެވެ. ރޯކުރާކަށް މާދައްޗެއް ނޫނެވެ. އެހެނަސް ނިއްވާލުމަކީ އުނދަގޫކަމެކެވެ. ނިއްވައިލެވިއްޖެނަމަ އަލަކުން އެއަލިފާންގަޑު އިޢާދައެއްނުވާނެއެވެ. މިހުރިހާ އެންމެން އެއްބަސްވާ އެއްކަމެއް އެބައޮތެވެ. އެކަމަކ ީ ލޯތްބަކީ އިންސާނާގެ ކިބައިގައި ﷲ ލައްވައިފައިވާ ފިޠުރީ ޞިފައެއްކަމެވެ. އެއީ ކޮންމެ އިންސާނެއްގެ ކިބައިގައިމެ ހުންނާނެ ޣަރީޒާއެއްކަމެވެ. ޝަހުވަތްތެރިކަން އިންސާނާގެ ކިބައިގައި ލެއްވިބީދައިން އަނެއްޖިންސުގެ މީހަކަށް ޝައުޤުވެރިވުމަކީ އިންސާނީ ޠަބީޢަތުގެ ބައެކެވެ.

ހަށިގަނޑުގެ ޖަޒުބާތީ ރާޅުތަކަށް ހިމޭންކަން ގެންނާނެ  ހަމަތަކެއް އިސްލާމްދީން ހޯދައިދިން ބީދައިން ލޯބި ހޯދާނެ ހަމަތަކެއްވެސް އިސްލާމްދީން ގެނެސްދިނެވެ. އަދި އެންމެހާ ކަންކަމެއް ފުރިހަމައަށް ހިމެނިފައިވާ އިސްލާމީ ޝަރީޢަތް މިމުހިންމު ޣަރީޒާ އިހުމާލުކޮށެއް ނުލައެވެ. ދޫކޮށްނުލައެވެ. ލޯބި ހޯދުމަށް ޚިޠުބާގެ މަތިވެރި ހަމައާއި ކާވެނީގެ ގުޅުން ޝަރުޢުކުރެއްވިއެވެ. އަދި އަންހެނާއަށް ލޯބި ޙާޞިލްކުރެވޭނެ މަގުތައްވެސް ތަނަވަސްވެފައިވެއެވެ. ކާވެނީގެ ކުރިން އޭނާގެ ރުހުން ހޯދަންޖެހެއެވެ. އަދި ކާވެނީގެ ފަހުން އޭނާއަށް ފިރިމީހާ ދެކެ ލޯބިނުވެވުނުނަމަ ޚުލުޢުވަރި އެކަމުގެ ޙައްލެއްގެ ގޮތުގައި ޝަރުޢުކުރެވިފައިވެއެވެ. އެހެންކަމުން ލޯބި ހޯދުމުގެ ރިވެތި ހަމަތަކެއް އިސްލާމްދީންމިވަނީ އިންސާނުނަށް ފަހިކޮށްދީފައެވެ.

ޚިޠުބާ:

އިސްލާމީ ހަމަތަކުގެ މަތިން ދެމީހެއްގެ ދެމެދުގައި ލޯބީގެ ގުޅުމުގެ ބިންގާ އެޅޭނެ އެންމެ މުހިއްމު ހަމައަކީ ޚިޠުބާގެ މަތިވެރިހަމައެވެ. ނުވަތަ އުޞޫލެވެ. މިއުޞޫލަކީ އަޅުގަނޑުމެންގެ ތެރޭގައި ފެތުރިފައިވާ ރައްޓެހިވުމުގެ އާދައާ ތަފާތުކަމެކެވެ. އަދި އިނގެރޭސިބަހުން މިކިޔާ "ޑޭޓިންގ"އަކީ ތަފާތުކަމެއްމެއެވެ. ޚިޠުބާގެ އުޞޫލުތަކަށް ބަލާއިރު ދެމީހުންނަށް ބައްދަލުވެވެނީ ތިންވަނަ މީހެއްގެ ގޮތުގައި އަންހެންކުއްޖާގެ މަޙްރަމެއް ބަހައްޓައިގެނެވެ. އެހެނީ ސަލަމާއި ޞަލަވާތްލެއްވުނު ނަބިއްޔާގެ ނަބަވީ އިރުޝާދުފުޅުތަކުން ދޭހަވާގޮތުގައި އަންހެނަކާއި ފިރިހެނަކު ވަކިން ބައްދަލުކޮށްފިނަމަ ތިންވަނަ މީހެއްގެ ގޮތުގައި އެބައްދަލުވުމުގައި ބައިވެރިވާނީ ޝައިޠާނާއެވެ. އަދި ޚިޠުބާގެ ގުޅުމުން ބަދެވިފައިވާ ދެމީހުން އެކަނި ތަންތަނަށް ގޮސް ނޫޅޭނެއެވެ. އަދި މައިންބަފައިންނަށް ވަގަށް ސިއްރިޔާތުގައި އުޅެންވެސް ނުޖެހޭނެއެވެ. ސަބަބަކީ ޚިޠުބާގެ އެންމެ މުހިންމު އެއްއަޞްލަކީ މައިންބަފައިންގެ ރުހުމެވެ. އަދި ހަމައެއާއެކު ބައްދަލުކުރުމާއި އެކަކު އަނެކަކަށް ބެލުމުގެ ހަމަތަށްވެސް އިސްލާމްދީންވަނީ ބަޔާންކޮށްދީފައެވެ. މިހަމަތަކުގެ ވާހަކަތަކުގެ މަޙައްލުކަމަށް ނުފެންނާތީ މިވާހަކަތަށް އިހަށް ފަސްކޮށްލީމެވެ.

ޚިޠުބާގެ މާނަ ޢަރަބި އިނގެރޭސި ރަދީފަކުން ބައްލަވައިފިނަމަ އެބަހުގެ  ލަފްޒީ މާނައަކީ އެންގޭޖުމެންޓުކަމުގައި ފެނިވަޑައިގަންނަވާނެއެވެ. އެހެންނަމަވެސް އިސްލާމީ ޚިޠުބާއާއި ޔޫރަޕުގެ އެންގޭޖުމެންޓު ހާސްފަށުންތަފާތެވެ. އެންގޭޖުމެންޓަކީ އަޖުމަބެލުމުގެ ދުވަސްތަކެކެވެ. އެދުވަސްތަކުގައި ހިތުހުރި ކޮންމެ ކަމެއް ދެމީހުންކުރަންވީއެވެ. މިކަމުގެ ސަބަބުން އެތައް ފިތުނައެއް އުފެދެއެވެ. ބައެއްފަހަރު ކާވެނީގެ ކުރިން ދަރިންލިބޭ ހިސާބަށްދެއެވެ. އެހެންކަމުން މިއީ އިސްލާމީ ނަޒަރަކުން ބަލައިފިނަމަ ޒިނޭއަށް ކޮށޭމަގެކެވެ. ފިތުނައިގެ ކޮޅިގަޑެއް އުފައްދާ ފިތުނައިގެ އަޞްލެކެވެ. އެކަމަކު އިސްލާމީ ޚިޠުބާއަކީ ހަމައެކަނި މިޒާޖު އެގިގަތުމުގެ މަޤްޞަދުގައި ކުރެވޭކަމެކެވެ. އަޖުމަބެލުމުގެ ބޭނުމުގައި ކުރެވޭކަމެއްނޫނެވެ.
ޚިޠުބާގެ އުޞޫލުން ގުޅޭ ދެމީހެއްގެ ދެމެދުގައި ނުބައި ފާޙިޝް ޢަމަލުތައް ހިގުމުގެ ފުރުޞަތަކީ ކުޑަ ފުރުޞަތެކެވެ. އެކަމަކު މިޚިޠުބާގެ ސަބަބުން އެކަކު އަނެކަކުގެ މިޒާޖުދަސްކުރުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެއެވެ. އެހެންކަމުން އިސްލާމްދީނުގައި ލޯބި ހޯދުމަށް އަޅަންޖެހޭ އެންމެ ފުރަތަމަ ފިޔަވަޅަކީވެސް ރައްކައުތެރި ނަތީޖާ ނެރެދެވޭ ފިޔަވަޅެކެވެ. މިމަރުޙަލާއަކީ އިސްލާމީ ނަޒަރަކުން ބަލާއިރު ލޯބި ހޯދައިގަތުމަށް ކަޑައްތުކުރަންޖެހޭ އެންމެ ފުރަތަމަ މަރުޙަލާއެވެ.

ކާވެނި:

ޚިޠުބާގެ މަރުޙަލާގެ ނިމުމަކީ ކާވެންޏެވެ. ކާވެންޏަކީ ޚިޠުބާގެ މަންޒިލް މަޤްޞޫދެވެ. ޚިޠުބައިގައި ޖެހޭ އަންހެންކުއްޖާއާއި ފިރިހެންކުއްޖާއަށް އެކަކު އަނެކަކު ކަމުދިޔުމުން ދެން އޮންނާނީ ފަސްކުރުމެއްނެތި ކާވެނިކުރުމެވެ. ލޯބީގެ އަޞްލުގުޅުމުން ދެމީހުން ގުޅުމެވެ. ކީރިތި ޤުރުއާނުގެ އާޔަތްތަކުން އެގޭގޮތުގައި ކާވެނީގެ ގޮތުން ގުޅޭ ދެމަފިރިންގެ މިސާލަކީ ދެލިބާހުގެ މިސާލެވެ. ފިރިމީހާއަކީ އަނބިމީހާގެ އަންނައުނެވެ. އަދި އަނބިމީހާއަކީ ފިރިމީހާގެ އަންނައުނެވެ. މާނައަކީ އެދެމީހުންގެ މެދުގައި އޮންނަ ގާތްކަން އެހާވެސް ބޮޑެވެ. އެކަކުއަނެކަކަށް އެހީތެރިވުމުގައި އަބަދުވެސް ދެމިތިބެންޖެހެއެވެ.
ކާވެނީގެ ގުޅުން ހުއްދަކުރެއްވުމާއެކު ކާވެނީގެ ގުޅުމުން ގުޅޭ ދެމީހުންގެ މަސްއޫލިއްޔަތުތަކާއި ޙައްޤުތައް އިސްލާމްދީން ބަޔާންކުރިއެވެ. އެގޮތުން އަނބިމީހާ ފިރިމީހާއަށް އަދާކުރަން ޖެހޭ ޙައްޤުތަކާއި ފިރިމީހާ އަނބިމީހާއަށް އަދާކުރަންޖެހޭ ޙައްޤުތަކެވެ. އަޅާލުމާއި ލޯބިދިނުމެވެ. އަނބިމީހާ އުޅޭނެތަނަކާއި އުޅޭނެ ފަދައެއް ތަނަވަސްކުރުމެވެ. މިހިރީ ކާވެނީގައި ލޯތްބާއި އަޅާލުން ހަރުލެއްވުމަށް ކޮންމެހެންވެސް މުހިންމު ކަންތައްތަކެވެ.

ހަމައެފަދައިން މައްސަލަތައް ޖެހޭ ހިނދު އެކަންކަން ޙައްލުކުރާނެ ގޮތްތަކެއްވެސް އިސްލާމްދީންވަނީ ދައްކައިދީފައެވެ. ތަޙްކީމުކުރުން ނުވަތަ ފިރިމީހާގެ ޢާއިލާއިން އަނދި އަނބިމީހާގެ ޢާއިލާއިން އިތުބާރު ކުރެވޭ ފަރާތެއްގެ އެހީހޯދުމެވެ. ހަމައެފަދައިން ވާހަކަދައްކައިގެން ޙައްލުކުރުމަށް އިސްލާމްދީންވަނީ ބާރުއަޅާފައެވެ. އަދި މިހުރިހާ ގޮތްތަކެއް ބޭނުންކޮށްގެން ޙައްލެއް ނުހޯދިއްޖެނަމަ އެންމެ ފަހުގެ މަގެއް ކަމުގައި ވަރިކުރުން ހުއްދަކޮށްދެއްވިއެވެ. މިނިޒާމުތަކުގެ ބޭނުމަކީ ދެމަފިރިންގެ ދެމެދުގައި އޮންނަ ލޯބި ހަރުދަނާކުރުމެވެ. އިތުރަށް ބާރުގަދަކުރުމެވެ.

އަންހެނުންނަށް ލޯބި:

ޚިޠުބާގައި ޖެހުމަށް ދާނީވެސް ފިރިހެންމީހާއެވެ. ކާވެނި ހޯދުމަށް އުޅޭނީ ފިރިހެން މީހާއެވެ. އެހެންކަމަށްވާނަމަ ލޯބި ހޯދުމަކީ އިސްލާމްދީނުގައި ހަމައެކަނި ފިރިހެނުންގެ ޙައްޤަކީތޯއެވެ؟ އެހެނެއްނޫނެވެ. ލޯބިހޯދުމުގެ ޙައްޤު އިސްލާމްދީން އަންހެނުންނަށްވެސް ހޯދައިދީފައިވެއެވެ. އެކަބަލުން ލޯބި ޙާޞިލުކުރާނެ ހަމަތަކެއްވެސް ބަޔާންކުރައްވާފައިވެއެވެ. އެހަމަތަކަށްބަލާއިރު އިސްވެ ފިރިހެނުންގެ ކައިރިއަށް ދިއުމަކީ އަންހެނަކަށް އެންމެ ރަނގަޅު ގޮތެއްނޫނެވެ. އެހެނަސް އެގޮތްވެސް ހުއްދައެވެ. އެކަމަކު އެގޮތަކީ އަންހެނުންގެ ޠަބީޢަތާއި ފުށުއަރާގޮތެކެވެ. އަންހެނުން އިސްވެ ފިރިހެނުންކައިރިޔަށް ދިޔުމަކީ ބޮއްކުރާކައިރިއަށް ދޯނި އައުންފަދަ ނޭކަށޭނެކަމެކެވެ. އިސްލާމީ ހަމަތަކުން ބަލާއިރު އަންހެނެއްގެ ކާވެނި ފިރިހެނަކަށް ލިބޭނީ އެކަނބުލޭގެ އެކަމަށް ރުހުމާލައިގެނެވެ.  ނުރުހުންވެ، އެކަމާ ދެކޮޅުހަދައިފިނަމަ އެކަމުގެ މައްޗަށް އެކަބުލޭގެއަށް މަޖުބޫރުކުރުމަކީ ރަނގަޅުގޮތެއްނޫނެވެ.

ކާވެންޏަށް ފަހު އެކަބުލޭގެއަށް ފިރިމީހާދެކެ ލޯބިނުވެވިއްޖެނަމަ، ނުވަތަ ހިތްހަމަނުޖެހޭ ޞިފައެއް ހުރިނަމަ ވަރިވެވޭނެ މަގުތަކެއްވެސް ތަނަވަސްވެފައިވެއެވެ. އެހެންކަމުން ލޯބި ހޯދުމުގެ ބާރު އަންހެނުންނަށްވެސް ފިރިހެނުންނެކޭ އެއްފަދައިން އިސްލާމްދީންވަނީ ހޯދައިދީފައެވެ.

ނިންމުން:

އިސްވެދިޔަ އިންތަކުގެ ބޭރުން ލޯބި ހޯދަންއުޅުމުގެ އެންމެ ފަހުގެ ނަތީޖާއަކީ ޝަހުވަތުގެ ކަނޑަށް މީހާގެނބި، ނުބައި ޢަމަލުތަކުގެ ދަންތުރައިގައި މީހާޖެހުމެވެ. އެއިރުން ލޯތްބަކީ ހިތި ޒަހަރުކަމުގައި ބެލެވިދާނެއެވެ. ނުވަތަ ލޯތްބަކީ އެއަލިފާނެއްގެ ހޫނުކަމުން މީހުން ހަނާވާފަދަ ހޫނުކަންގަދަ އަލިފާންގަޑެއްކަމުގައި ބެލިދާނެއެވެ. އެކަމަކު މިއިންތަކުގެ ތެރެއިން ލޯބި ޙާޞިލްކުރުމުން ލޯތްބަކީ ރަޙްމަތެއްކަމުގައި މެނުވީނުވާނެއެވެ. ލޯތްބަކީ މީހާގެ ކިބައިގައި ހިތްވަރު އުފައްދައިދޭ ބާރެއްކަމުގައި ވާނެއެވެ. އެހެންކަމުން ލޯތްބަށް އިންތިޒާރު ކުރާ ޒުވާން އަންހެންވެރީންނާއި ފިރިހެންވެރީން ލޯބިހޯދުމަށް އިސްލާމްދީން ބުނެދޭ ހަމަތަކުގެތެރެއިން ލޯބިހޯދަން އުޅޭނެކަމަށް އުންމީދުކުރަމެވެ. އެއިރުން ނުބައި ޢަމަލުތަކުގެ ޝިކާރައަކަށްނުވެ ލޯބި ހޯދޭނެއެވެ.
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ bunan, 2009-03-19 19:14:29
miliyun kamudhey, ekamaku liyuntheriyaage dhaleeluthah sareehakoh genes nudhehvumakee balifauyeh. miliyumuge style maa rahmaytherieh nun. ekan rangalhu kohlaa
...
ލިޔުނީ mauhadhy} taalib} , 2009-04-04 16:24:19
liyun ragalhu .ottaru ebahuri. ekamaku genes dhyfaivaa vattafaalhi ragalhe noon

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2510
extra avandia and congestive heart failure