ފަންވަތް ދިވެހި އިޖުތިމާޢީ ރާއްޖެ އިސްލާމްވީ ދުވަހު ފިކުރު ހިންގައިލާން ޖެހޭ ކަމެއް.
ބެލި ޢަދަދު: 1214
ރާއްޖެ އިސްލާމްވީ ދުވަހު ފިކުރު ހިންގައިލާން ޖެހޭ ކަމެއް. ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދިވެހި - އިޖުތިމާޢީ
29 މާރޗް 2009، 19:31 އާދީއްތަ


ޢަބްދުﷲ ނަޢީމު އިބްރާހީމް

މިއަދަކީ ރާއްޖެ އިސްލާމްވީ ދުވަހެވެ. މިއަދުގެ ވަހަކަ ދައްކާއިރު އަޅުގަނޑުގެ ހިތަށް އުނދަގޫވާ ކަމެއްގެ ވާހަކަ ދަންނަވައިލާނެމެވެ. މިއީ ހަމައެކަނި އަޅުގަނޑުގެ ޚިޔާލެވެ. އަޅުގަނޑުގެ ވިސްނުމުގެ އުނިކަމެއްގެ ސަބަބުން ބައެއް ކަންތައްތައް ނޭނގުމަކީ ދުރުކަމެއް ނޫނެވެ. މިލިޔުންކޮޅު އަޅުގަނޑު މިލިޔަނީ ފަންވަތުގެ ޒަރީޢާއިން މިކަމާ ގުޅޭ ކުޑަވަރެއްގެ ބަހުސެއް ފެށޭނެ ކަމުގެ އުއްމީދުގައެވެ. މިލިޔުންކޮޅު ވިދާޅުވާ ބޭފުޅުން އެބޭފުޅުންގެ ޚިޔާލު ދެއްވަން ފައްޓަވައިފިނަމަ އަޅުގަނޑަށާއި، އެހެން މީހުންނަށް ކުޑަނަމަވެސް ފައިދާއެއް ކޮށްފިއްޔާ އެލެއްވީ ވަރަށް ބޮޑު ނަސީބެކެވެ. 
ކީރިތި ރަސޫލާ އަކީ މި ދުނިޔެއަށް ފޮނުއްވި އެންމެ މާތް އިންސާނާއެވެ. އެކަލޭގެފާނު ފޮނުއްވުނީ ޢާލަމްތަކަށް ރަޙްމަތެއްގެ ގޮތުގައެވެ. ﷲ އަންގަވައިފައިވާ ގޮތުގައި އެކަލޭގެފާނުގެ ކިބައިގައި ވަނީ އަޚްލާޤީ އެންމެ ރީތި ސިފަފުޅުތައް ލައްވައިފައެވެ.

އިތުރު އެކަލޭގެފާނު އުފަންވެވަޑައިގަތީ މައްކާ އަށެވެ. ރަސޫލުކަން ބާވައިލެއްވީ އެތާނގައެވެ. ރަސޫލުކަމަށް ގޮވައިލައްވާން ފެއްޓެވީ އެތާނގައެވެ. އެ ދުވަސްވަރަކީ ޖާހިލުގެ ކަމުގެ އަނދިރީގައި ދުނިޔެ އޮތް ދުވަސްވަރެކެވެ. އަންހެން ދަރިން ޤަތުލުކުރުމާއި، ޒިނޭ ކުރުމާއި، ރާ ބުއިމާއި، ޖުވާކުޅުން ފަދަ ހުރިހައި ކަމެއް އޮތީ ޢާއްމު ވެފައެވެ. އަޅުކަން ކުރަމުން ދިޔައީ ބުދަށެވެ.

މި ދެންނެވި ފަދަ ޖާހިލުކަމެއްގެ ތެރެއަށް ވަޑައިގެން އޭރު ތިބި މީސްމީހުންގެ ދީން ނުބައިކަމުގެ ވާހަކަފުޅު ދައްކަވަން ފެއްޓެވީއެވެ. އެ މީހުންގެ ކަލާނގެ ތަކަށް އަޅުކަން ކުރުން ދޫކޮށް، އެއްކައުވަންތަ ކަލާނގެއަށް އަޅުކަން ކުރަން ގޮވައިލެއްވީއެވެ. އަޅުންނާއި، ވެރިން ހަމަހަމަ ކަމުގައި ވިދާޅުވާން ފެއްޓެވީއެވެ.

ވިސްނާވަޑައިގެން ބައްލަވާށެވެ. މިއީ އޭރު ތިބި މުޝްރިކުން ކިހައި ބޮޑަކަށް ރުޅި އަންނާނެ ކަމެއްތޯއެވެ؟ ރުޅި އައި ވަރަކީ އެންމެ ފަހުން އިތުރު އެކަލޭގެފާނު އަވަހާރަކޮށްލަން ވެސް އުޅުނީއެވެ.

އެހައި ބޮޑަށް މީހަކު ދެކެ ރުޅި އަންނަން ފަށައިފިއްޔާ، އެ މީހަކާ އަނގައިން ބުނަންވެސް މީހަކު ބޭނުމެއް ނުވާނެއެއް ނޫންތޯއެވެ؟ އެކަމަކު މަންޒަރު ފެނުނީ އެހެންނެއް ނޫނެވެ. ދީނާއި، ކަލާނގެތަކާ ބެހިވަޑައިގަންނަވާތީ ރުޅި އައި ނަމަވެސް އިތުރުއެކަލޭގެފާނާ ވާހަކަ ދައްކާ ހިތްވުމަކީ އޭރުގެ ހަރުކަށި މުޝްރިކުންގެ މެދުގައިވެސް އޮތް ކަމެކެވެ. އެކަލޭގެފާނުގެ އަތްޕުޅުގައި މުދާ ރައްކާ ކުރަން ބެހެއްޓުމަކީ ޔަހޫދީންވެސް ކުރި ކަމެކެވެ.

މިއީ ކިހިނެއް ވެގެން ވީ ކަމެއްތޯއެވެ؟ މުޝްރިކުންނަށް އިތުރުއެކަލޭގެފާނުގެ ފަރާތްޕުޅުން އަޚްލާޤީ ރީތި ސިފަފުޅުތަކެއް ނުފެނުނު ނަމަ ހަމަ ޔަގީނުންވެސް މިހެންނެއް ނުވީހެވެ.

މި ކަންތައްތަކުގެ މަތީން ހަނދާން ކުރެވުނީމާ ހިތަށް އަރައެވެ. އަޅުގަނޑުމެންގެ މި ޒަމާނުގެ ދާޢީންނާއި، މުޞްލިޙުން ދެކެ މީހުން ރުޅި އަންނަނީ ކީއްވެގެން ބާވައެވެ؟ އެ މީހުންނާ ވާހަކަ ދައްކަން ނުރުހެނީ ކީއްވެގެން ބާވައެވެ؟ ކީރިތި ރަސޫލާގެ ދުވަސްވަރު އުޅުނު މުޝްރިކުންނަށް ވުރެ އަޅުގަނޑުމެންގެ ނުބައިކަން ބޮޑީ ބާވައެވެ؟ ނުވަތަ އަޅުގަނޑުމެންގެ ދާޢީންގެ ކިބައިގައި ކޮންމެވެސް ސިފައެއް އުނި ވެގެން އުޅެނީކީ ނޫންބާވައެވެ؟

މިއީ އަޅުގަނޑުނމެން ވިސްނާލަން ޖެހޭ ކަމެއް ކަމަށް ފެނެއެވެ.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ އިބްތިސާމް, 2009-03-29 17:02:39
ވަރަށް ރަނގަޅު ޚިޔާލު ފުޅެކެވެ. އަޅުގަނޑަށް ވިސްނޭ ގޮތުގައި ދީން ކުރިއަރުއްވާން މަސައްކަތް ކުރައްވާ ވަރަށް ގިނަ ބޭފުޅުންނަކީ ވަރަށް ތަޤުވާވެރި، އަދި ދީން ދެކެ ލޯބިވާ ބޭފުޅުންނެވެ. އެކަމަކު އެބޭފުޅުންގެ ތަޤުވާވެރިކަމުގެ ތެރެއަށް ވަރަށް ބޮޑު ކަމެއް ގެއްލިގެން ގޮސްފައިވެ އެވެ. ވަރަށް ގިނަ މަޢުލޫމާތުތަކެއް އެ ބޭފުޅުންގެ ސިކުނޑިފުޅަށް ބީރައްޓެވި ވެފައިވެއެވެ. ދުނިޔެއަށް އަންނަ ބަދަލެވެ. ދީނުގެ ޢަދާވާތްތެރިންގެ ހީލަތްތެރި ރޯލެވެ. ސައިކޮލޮޖިކަލް ގޭމެވެ. ނަތީޖާއަކީ، އަދާވާތްތެރިން ފަސާދަކުރަން ބޭނުން ކުރާ ހަތިޔާރާއި، ދީންވެރިން އިޞްލާޙު ކުރަން ބޭނުންކުރާ ހަތިޔާރުގެ ފެންވަރު ތަފާތުވުމެވެ. އޭގެ ސަބަބުން ޢަދާވާތްތެރިން ކުރި އަރައިދަނީ އެވެ. އެމީހުންގެ ދަޅަގަދަ ކުލަތައް މުޖުތަމަޢަށް ރީތިވަނީ އެވެ.

ދެވަނަ އަށް ދަންނަވާލަން އޮތީ ދީންވެރިކަމެއް ނެތި ނަޢީމު ތިޔަ ވިދާޅުވާ ފަދަ މަސައްކަތުގައި ބައެއް މީހުން އުޅޭކަމެވެ. އެފަދަ މީހުން ޙަޤީޤަތުގައި ދީނަށް ލޯތްބެއް ނުކުރެ އެވެ. ނުވަތަ ދީނަށް ލޯބިކުރަން ބޭނުން ވިޔަސް އެކަން ކުރާނީ ކިހިނެއްކަމެއް ނުދަނެއެވެ. ދީން ފަތުރަންވާނީ ޙިކުމަތްތެރި ކަމާއެކީގައި ކަމަށް ކީރިތި ޤުރުއާނުގައި އޮންނަ އާޔަތް ހަމަ އެންމެން ވެސް ކިޔަވައެވެ. އެކަމަކު އޭގެ ސާފު މަފުހޫމު އެނގެނީ ކިތައް މީހުންނަށް ބާވައެވެ؟

އަދި ވެސް އެއްވާހަކަ ދަންނަ ވާލާނަމެވެ. ކީރިތި ރަސޫލާ އަޅުގަނޑު މެންނަށް ދެއްކެވީ ސާފު މަގެކެވެ. ތެދުމަގެކެވެ. އެކަލޭގެފާނުގެ ދޫފުޅުވެސް ސާފެވެ. ހިތްޕުޅުވެސް ސާފެވެ. ނިޔަތްވެސް ސާފެވެ. ތެދުވެރިއެވެ.

ރާއްޖޭގެ ޙާލަތަށް ބަލާއިރު، މި ސިފަތައް ފެންނަނީ ކިތައް ޢިލްމުވެރިންގެ ކިބައިންތޯ ވިސްނާލަން ޖެހެ އެވެ. މުސްލިމަކީ ތިމާގެ އަތާ ދުލުގެ ނުބައިކަމުން އަނެއް މުސްލިމަކަށް ސަލާމަތްކަން ދޭ މީހާކަށް ބައެއް ބޭފުޅުން ވިދާޅުވަނީ އެއީ ކީރިތި ރަސޫލާގެ ބަސްފުޅެއްކަމަށް ދަލީލު ދައްކަވަމުންނެވެ. އެހެން ކަމަށް ވާނަމަ، އެކަމަށް ޢަމަލު ކުރުން ލާޒިމު ވެއެވެ. އެކަމަކު، މި ނަމޫނާ ފެންނަނީ ކިތައް ޢިލްމުވެރިންގެ ކިބައިންބާވަ އެވެ؟

ދެން އޮތީ އަޅުގަނޑުގެ އެންމެ ފަހު ވާހަކަ އެވެ. މި ރާއްޖެއަކީ ގިނަ ދީނީ ޢިލްމުވެރިންތަކެއް އުޅުއްވާ އަވަހާރަ ވެފައިވާ ރާއްޖެ އެކެވެ. އެބޭފުޅުންގެ ވީޑިއޯ ތަޤުރީރުތައް ނެތަސް ފޮތްތައް އެބަހުއްޓެވެ. އަޅުގަނޑުމެން ކުޑަ އިރު މަންމަ މެން އެބޭފުޅުންގެ ނަންފުޅު ގަންނަނީވެސް ޤަދަރާ އިޙްތިރާމާ އެކުގައެވެ. އެ ނަންފުޅުތަކަށް ވެސް ޝައުޤުވެރި ވެވެ އެވެ. އޭން ބޭފުޅެއްގެ ލިޔުއްވުމެއްގައި ދުވަހަކުވެސް އެހެން ޢިލްމުވެރިޔަކަށް އެހެން މުސްލިމަކަށް އައިބު ބަހެއް ވިދާޅުވެފައެއް ނެތެވެ.
...
ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2009-03-29 18:11:51
އިސްލާމީ ރިވެތި މަގުގައި ވިސްނާށެ ކުރި ހޯދުމުގައި
.......... ދަސްކުރާށޭ ހެޔޮގޮތުގައި އިސްނަގައި އުޅެން މިކަމުގައި
ފަސްނަމާދު ހަމަ ވަޤުތުގައި ފަސްނުވާނެހެން ކުރުމުގަައި
.......... ޤަޞްދުކޮށް މާތް ޢަޒުމުގައި ޖިސްމު ހާނުވާށެ އެގޮތުގައި

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1214
extra avandia and congestive heart failure