ފަންވަތް ދިވެހި އިޖުތިމާޢީ މިއީ ކޮރަޕްޝަންތޯއެވެ؟
ބެލި ޢަދަދު: 538
މިއީ ކޮރަޕްޝަންތޯއެވެ؟ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - އިޖުތިމާޢީ
31 މާރޗް 2009، 18:59 އަންގާރަ

މުޙަންމަދު ވަޙީދު- މަޑުލު

އޮފީހުގައި ހުސްވެފައިވާ މަޤާމަކަށް ވަރަށްގިނަ މީހުން ކުރިމަތިލައިފިއެވެ. އޭގެތެރޭގައި އެ މަޤާމަށް ވަރަށް އެކަށީގެންވާ މީހުންނާއި އެހައި އެކަށީގެންނުވާ މީހުން ތިއްބެވެ. މި އެންމެނާ އިންޓަވިއު ކުރުމަށްފަހު، ވަޒީފާދިނީ ވެރިޔާގެ އަނބިކަނބަލުންގެ ކޮއްކޮއަށެވެ. މިއީ ކޮރަޕްޝަންތޯއެވެ؟
      
ހުވަފަތްވެފައި އިން އަންހެނަކު، ރަށުން ގޯއްޗަކަށް އެދުމުން އެކަންނުވެ ލަސްވަނީއެވެ. އޭނާއަށްވުރެ ފަހުން ސިޓީލީ މީހުންނަށްވެސް ގޯތި ލިބިއްޖެއެވެ. މިކަމުގެ ޝަކުވާ ރަށު އޮފީހުގެ ވެރިޔާ ގާތުގައި ކުރީމާ ބުނީ ތިޔަކަމާ ގޮތެއްނިންމުމަށް ވާހަކަދައްކާލަން މިރޭ ގެއަށްދާނެކަމަށެވެ. ވެރިޔާ އެއަންހެންމީހާގެ ގެއަށް ދެއެވެ. ވާހަކަދެއްކުމުގެ ބަދަލުގައި އޭނާއުޅެންފެށީ އެހެންކަހަލަ ގޮތަކަށެވެ. ހުވަފަތްވެފައި އިންޒުވާން އަންހެނެއްގެ އިއްފަތްތެރިކަމަށް އަރައިގަތުމަށެވެ. މިއީ ކޮރަޕްޝަންތޯއެވެ؟

ކުންފުންޏަކުން ޙިއްޞާ ގަންނަން މީހަކުދިޔައިރު ޙިއްޞާ ވިއްކުން ނިމިއްޖެއެވެ. ދެން ވިއްކަންފަށާނެ ދުވަހެއް ނޭގޭކަމަށް ކުންފުނިން ވާހަކަ ދެއްކިމީހާ ބުންޏެވެ. ޙިއްޞާ ގަންނަން ބޭނުންވި މީހާ އެދުނީ އެއްވެސް ގޮތެއްއޮތްތޯ ބަލައި ދިނުމަށެވެ. އިރުކޮޅެއް ކޮށްލައިފައި ޖަވާބު ލިބުނީ (ސަޔެއް) ދެނިކޮށް ޙިއްޞާ ގަންނަން ލިބިދާނެކަމަށެވެ. މިއީ ކޮޕްޝަންތޯއެވެ؟

އޮފީހުގައި އުޅޭ މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ދިނުމުގައި އިސްކަންދެނީ ވެރިޔާއާއި "ގާތްކޮށް" އުޅޭ މުވައްޒަފުންނަށެވެ. މިއީ ކޮރަޕްޝަންތޯއެވެ؟

އަންދާސީ ހިސާބުތައް ހުށަހަޅައިފިއެވެ. ދެދުވަހެއް ކޮށްލައިފައި އެމަސައްކަތް ޙަވާލުކުރީ އެންމެ އަގުހެޔޮކޮށް ހުށަހަޅާފައިވާ ފަރާތަކަށް ނޫނެވެ. އެންމެ މުއްދަތުކުރު ފަރާތަކަށްވެސް ނޫނެވެ. އެންމެ ތަޖުރިބާހުރި ފަރާތަކަށްވެސް ނުމެ ނޫންމެއެވެ. މަސައްކަތް ލިބުނީ ބަޖެޓް ބަލަހައްޓާ ވެރިޔާގެ "ޚާއްޞަ" މީހަކަށެވެ. މިއީ ކޮރަޕްޝަންތޯއެވެ؟

        ބޭރުދަތުރަކު ދާންވެގެން އޮފީހެއްގެ ވެރިޔަކަށް ސަރުކާރުން ދޫކުރި ފައިސާގެ ހިސާބުތައް ދަތުރުން އެނބުރި އައިސް ހުށަހެޅީ އޮޅުވާލައިގެންނެވެ. ބާކީވި ފައިސާ ކަމުގައި ދެއްކީ ދައްކަންޖެހޭ ވަރެއްނޫނެވެ. މިއީ ކޮރަޕްޝަންތޯއެވެ؟

        ސިޔާސީ ޕާޓީތައް އުފެދިގެން ދިޔުމަށްފަހު ވަޒީފާލިބެންފެށީ ވަކި ޕާޓީއެއްގެ މީހުންނަށެވެ. މިވެނި ޕާޓީއަކަށް ވަނުމުން ވަޒީފާ ލިބޭނެއޭ ބުނަންވެސް ބުނެއެވެ. މިއީ ކޮރަޕްޝަންތޯއެވެ؟

        ރަސްމީގަޑީގައި އޮފީހުގައި އިނދެގެން އަމިއްލަ މަސައްކަތްކޮށް އަމިއްލަ ބޭނުމުގައި އޮފީހުގެ ފޯނު ބޭނުންކޮށްގެން އަމިއްލަ މަސައްކަތް އޮފީހުގެ މުވައްޒަފުން ލައްވައި އޮފީހުގެ އެއްޗެތީގައި ކުރުވުން މިއީ ކޮރަޕްޝަންތޯއެވެ؟

        މިހެންގޮސް މިކަހަލަ އެތައް ސުވާލެއް ކުރެވިދާނެއެވެ. ވިސްނަވާލައްވަ ބައްލަވާށެވެ. މިދެންނެވީ ކޮރަޕްޝަންގެ ސުވާލުތަކެއްތޯއެވެ. އާދޭހެވެ. އެއީ ހައްތަހާވެސް ކޮރަޕްޝަނެވެ.

        ކޮރަޕްޝަނަކީ ކޮބައިތޯއެވެ؟ އާދޭހެވެ ކޮރަޕްޝަނަކީ މަޤާމުގެ ބޭނުން ތެދުވެރި ނޫންގޮތުގައި ބޭނުންކޮށްގެން ފައިދާ ނެގުމެވެ. ޚާއްޞަކޮށް ފައިސާއިން ނުވަތަ ތަކެތީން ނާޖާއިޒުކޮށް އެއްޗެހި ހޯދުމެވެ.

        ކޮރަޕްޝަނަކީ ހަމަތަކާއި ޤަބޫލުކުރާ ރަގަނޅު އާދަތަކާއި އުސޫލުތަކާއި ޤަވާޢިދު ތަކާއި ޚިލާފްވުމެވެ. އެމީހަކަށް ލިބިފައިވާ ބާރެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން އަމިއްލަ ފައިދާއަށް ކަންތައްތައް ކުރުމެވެ.

        ކޮރަޕްޝަނަކީ ބާރުލިބިފައިވާ މަޤާމެއްގައި ހުންނަ މީހަކު ކުރާކަމެކެވެ. އެމީހެއްގެ ނުފޫޒާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާމީހުންނަކީ ކޮރަޕްޝަން ދަމަހައްޓާ މީހުންނެވެ.

        މިކަން އާންމުވުމުން ޤައުމުގެ ކުރިއެރުމަށް ބުރޫއަރައެވެ. ނިކަމެތިންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ނުދެވި ލިބޭ އެއްޗަކަށްވުރެ ހިނގާ ޚަރަދުތައް ބޮޑުވެއެވެ.

        ކޮރަޕްޝަންގެ ތަފާތު ވައްތަރުތައް ހުރެއެވެ. ސިޔާސީ ކޮރަޕްޝަނެވެ. އަމިއްލަ ފައިދާއަށް މަޤާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމެވެ. މަޢުލޫމާތުގެ ކޮރަޕްޝަނެވެ. ތަފާސް ހިސާބުތައް ތިމާގެ ބޭނުންތަކަށް ފަހިވާ ގޮތަށް ބަދަލުކުރުމެވެ. ބަހުގެ ކޮރަޕްޝަނެވެ. ޙަޤީޤަތް އޮޅުވައިލާގޮތަށް ބަސްބޭނުންކުރުމެވެ. ދޮގު މައުލޫމާތު ފެތުރުމެވެ. އޮޅުވައިލުމެވެ.

        ކޮރަޕްޝަން ހިގަނީ ހަމައެކަނި ސަރުކާރުގެ މުއައްސަސާތަކުގައި އެކަންޏެއް ނޫނެވެ. އަމިއްލަ ފަރާތަތަކުގެ އޮފީސްތަކާއި ވިޔަފާރިތަކާއި ކުންފުނިތަކުގައިވެސް ކޮރަޕްޝަން ހިގައެވެ.

        ކޮރަޕްޝަން ހިނގަނީ ހަމައެކަނި ތަންތަނުގައި ތިބޭ ވެރިންގެ ފެންވަރުގެ މީހުންގެ ތެރޭގައި އެކަންޏެއް ނޫނެވެ. ކާތިބުންނާއި ޕިއޯނުން ފެންވަރުގައިވެސް އެމީހެއްގެ މަޤާމުގެ ބޭނުން އަމިއްލަ ފައިދާއަށް ހިފާނަމަ އެވާނީ ކޮރަޕްޝަނަށެވެ.

        ކޮރަޕްޝަންގެ މާނައިގެ ތެރޭގައި ތެދުވެރި ނުވުމާއި ޚިޔާނާތްތެރި ވުމާއި އޮޅުވާލުމާއި ނާޖާއިޒް ފައިދާ ނެގުންފަދަ ނޭދެވޭ ހުރިހައި ބަލިތަކެއް ހިމެނެއެވެ.
        ކޮރަޕްޝަނަކީ ޤައުމުގައި އަޅާ ފަންޏެކެވެ. އެއީ ޤައުމަށް ހެޔޮގޮތުގައި ލިބެންވާ އާމްދަނީ އަންދައި ހުލިކުރާ އަލިފާނެކެވެ. ކޮރަޕްޝަނަކީ ސަރުކާރުން އިތުރު ހޮސްޕިޓަލްތައް އެޅުމަށް ހުރަސްއަޅާ ބަލިމަޑުކަމެކެވެ.

        ކޮރަޕްޝަނަކީ މިހާރުގެ އެކަނި ކަމެއްނޫނެވެ. ޤަދީމީ ގްރީސްއާއި ރޯމުގައިވެސް މިކަން ހިނގައިފައިވެއެވެ. އެއީ ސިޔާސީ ކޮރަޕްޝަންގެ ގޮތުގައެވެ. އެމެރިކާގެ ތާރީޚުގައިވެސް ކޮރަޕްޝަންގެ އެތައްކަމެއް ހިނގައިފައިވެއެވެ.

        ދިވެހިރާއްޖޭގައިވެސް އެކި ޒަމާނުގައި އެކިވަރަށް ކޮރަޕްޝަން އޮންނަކަން ފާހަގަކުރެވެއެވެ. ސަޔަކުން ކަންތައްތައް ނިންމައިލުމާއި ގާތްތިމާގެ މީހުންނަށް މަޤާމުތައް ދިނުމާއި ކަމިޝަންނެގުމަކީ ހުއްދަ ކަމެއްކަމަށްހީވެ ޢާންމުވުމެވެ. 1991 ވަނަ އަހަރު އައިއިރު އޮތީ ކޮރަޕްޝަން ނައްތައިލުމަށް ސަރުކާރުން ވަކި އިދާރާއެއް އުފައްދަވައި ހިސާބަކަށް ކަންތައްތައް ގޮސްފައެވެ. މިދެންނެވި އަހަރުގެ އެޕްރީލް 21 ގައި އެންޓިކޮރަޕްޝަން ބޯޑެއް އުފެއްދެވިއެވެ. މަޤްސަދަކީ ދިވެހި މުޖުތަމަޢަކީ ކޮރަޕްޝަންގެ ނުބައި ޢަމަލުތަކުން ސަލާމަތްވެފައިވާ މުޖުތަމަޢަކަށް ހެދުމެވެ.

        ކޮރަޕްޝަންގެ ގެއްލުންތައް ހީނުކުރާހާ ބޮޑެވެ. އެކަމުގެ ގެއްލުންތައް ފެތުރިގެންދަނީ އެންމެންނަށެވެ. އިޤްތިޞާދީ ކުރިއެރުމުގެ ދުވެލި މަޑުޖެހި އިޤްތިޞާދީ ވަޞީލަތްތައް އިސްރާފްވެގެން ދެއެވެ. ދިމިޤުރާޠީ ކުރިއެރުމަށް ހުރަސްއެޅި އެ ނިޒާމަށް އާންމުންކުރާ އިތުބާރު ގެއްލެއެވެ. ސަރުކާރުގެ އަމުރުކުރުންތަކަށް އިޙްތިރާމްކުރުން ކުޑަވެއެވެ. ސަރުކާރުގެ މަސައްކަތްތައް ހަރުދަނާ ވުމުގެ ބަދަލުގައި އަމިއްލަ މަންފާ އާ ދިމާއަށް މިސްރާބު ޖަހައެވެ. އެކަކު އަނެކަކަށް ކުރަންޖެހޭ އިތުބާރު ނެތިގޮސް ޝައްކާއި ވަހުމް ޢާންމުވެއެވެ. ސަރުކާރުގެ ޚިދުމަތްތަކުގެ ފެންވަރު ދަށަށްގޮސް ނަމަކަށް ކަންތައްކުރާ ގޮތް ވެއެވެ. ސަރުކާރާއިމެދު ރައްޔިތުންގެ އިތުބާރުކުޑަވެއެވެ. ސަރުކާރަށް ކުރަންޖެހޭ އިޙްތިރާމާއި ޤަދަރު ކުޑަވެއެވެ.

        2000 ވަނަ އަހަރު އޮގަސްޓް 21 ގައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާބެހޭ ޤާނޫނެއް ފާސްކޮށްފައެވެ. އެ ޤާނޫނުގައި ބުނެފައިވަނީ " ވަކި ފަރާތަކަށް ލުޔެއް ނުވަތަ އެއްވެސް ބާވަތެއްގެ މަންފާއެއް ލިބިދިނުމަށްޓަކައި ނުވަތަ ވަކި ފަރާތަކަށް ބުރައެއް ޖެއްސުމަށް ނުވަތަ އުދަނގުލެއް ކުރުމަށް ނުވަތަ އެއްވެސް ބާވަތެއްގެ ގެއްލުމެއް ދިނުމަށްޓަކައި ނުވަތަ މިއިން ކަމެއް ކުރުމަށް ޝައުޤުވެރި ކުރުމަށްޓަކައި ނުވަތަ މިއިން ކަމެއް ކުރުމުން ދޭ އިނާމެއްގެ ގޮތުން ނުވަތަ މިނޫން ގޮތަކުން ވިޔަސް ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތެއްގެ މުވައްޒަފަކު އަމިއްލައަށް ނުވަތަ އެހެންމީހަކު މެދުވެރިކޮށް ނުވަތަ އެހެންމީހެއްގެ ފަރާތުންވިޔަސް ރިޝްވަތު ހިފުމާއި ރިޝްވަތު ލިބިގަތުމަށް އެދުމާއި ލިބިގަތުމަށް އެއްބަސްވުމާއި އެފަދަ މުވައްޒަފަކަށް ރިޝްވަތު ދިނުމާއި ދިނުމަށް އެއްބަސްވުމަކީ ކުށެއްކަމުގައެވެ." ކުރުކޮށް ދަންނަވާނަމަ ކޮރަޕްޝަނަކީ ޚިޔާނާތެވެ. ތިމާގެ ނަފްސަށާއި ތިމާގެ ވާޖިބް ތަކަށާއި ތިމާގެ ޤައުމަށްވާ ޚިޔާނާތެވެ.

        ޤައުމުގެ ތަރައްޤީއަށް ކޮރަޕްޝަނުން ހުރަސްއެޅޭ ގޮތަކީ ސަރުކާރުން ލިބެންޖެހޭ ފައިސާ ލިބެންޖެހޭ މިންވަރަށް ނުލިބުމުން ކަންތައްތައް ކުރުމަށް ދަތިވުމެވެ. ދޭންވާ ޢާންމު ޚިދުމަތްތައް ނުދެވުމެވެ. ސަރުކާރުގެ އެއްޗެތީގެ ބޭނުން އަމިއްލަ ކަންތަކުގައި ބޭނުން ކުރުމަށް ސަރުކާރުގެ ޚަރަދު ބޮޑުވުމެވެ.
        ކޮރަޕްޝަނުގެ ސަބަބުން ޤައުމަށް ލިބޭ ގެއްލުމަކީ އެކި މީހުންނަށް އެކި ގޮތަށް ކަންތައް ވާންފެށުމުން އާންމު ހިތްހަމަނުޖެހުން ބޮޑުވެ ވެރިކަމާ ރައްޔިތުންނާ ދެމެދު އޮންނަންވާ ގުޅުމަށް ބުރޫއަރައި ޤައުމު ނުސިޔާންވުމެވެ.

        މިނުރައްކާތެރި ބަލިމަޑުކަމުން ސަލާމަތްވޭތޯ މަސައްކަތްކުރަންވީ އެންމެންވެގެންނެވެ. ޤާނޫނަށް ބޯލަނބައި ޤާނޫނަށް ތަބާވުމުގައެވެ. ބޭއިންސާފުން ކަންތައްތައް ކުރުން ހުއްޓައިލުމުގައެވެ. އަމިއްލަ ވަގުތީ ފައިދާއަށްވުރެ ޤައުމީ މަސްލަޙަތު ކުރިއަށް ނެރުމުގައެވެ. މިކަންކަމަށް އެންމެ ފުރަތަމަ އިސްނަގަންވީ ވެރިންނެވެ. އެއަށްފަހު ވެރީންގެ ދަށުގައި މަސައްކަތްކުރާ މުވައްޒިފުންނެވެ.

        ކޮރަޕްޝަން ނައްތައި ނުލައިފިނަމަ އަޅުގަނޑުމެން ޤަބޫލުކުރާ ރިޒުޤުގެ ބަރަކާތް ކެނޑިގެން ހިގައިދާނެއެވެ. ކިތަންމެ ގިނަ އެއްޗިއްސެއް ލިބުނަސް އެއިން ދެކޮޅު ނުޖެހިގެން އުޅެންޖެހިދާނެއެވެ. ޤައުމު ފަސާދަވެ ތަދުމަޑުކަން ޢާންމުވެދާނެއެވެ. ބަޖެޓުން ދެކޮޅުނުޖެހިގެން އުޅެންޖެހިދާނެއެވެ. ޤައުމު ފަސާދަވެ ތަދުމަޑުކަން ޢާންމު ވެދާނެއެވެ. ވިސްނާށެ ޤައުމު! ވިސްނާށެ ޤައުމު!
        

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ ިޮިޮްެްޮއައްޔަ, 2009-03-31 15:23:02
ވަރަށް ވަރަށް ފުރިހަމަ ލިޔުމެއް. މީ މިހާތަނަށް ފަންވަތުން ފެނުނު އެންމެ ފުރިހަމަ ލިޔުން. މަޢުލޫމާތު ވަރަށް ފުރިހަމަ. ކޮރަޕްޝަނާ ބެހޭ ވަރަށް ގިނަ މައުލޫމާތު މި ލިޔުމުން ލިބިއްޖެ. އިތުރު ލިޔުންތަކަށް އިންތިޒާރު ކުރަން. ޝުކުރިއްޔާ.
...
ލިޔުނީ Hussain Shareef (Zeck), 2010-08-18 22:06:45
ސާބަސް !!މަޑުލު ވަހީދު . އާދަޔާ ޚިލާފަށް މޮޅު، ޝަޢުޤުވެރިކުރުވި އަދި މަޢުލޫމާތު ލިބުނު ލިޔުމެއް.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން

މިވަގުތު ފަންވަތުގައި

މިވަގުތު 57 ކިޔުންތެރިން އޮންލައިން

އެންމެ ދީލަތި 20 ގަލަން

ޢަބްދުލްމުޢީދު ޙަސަން: 365
އާދަމް ނަޞީރު އިބްރާހީމް: 183
އެޑްމިނިސްޓްރޭޓަރ: 76
ޢަބްދުﷲ ފާރޫޤު ޙަސަން: 51
ބިންމާ އިބްރާހީމް ވަޙީދު: 50
ޢަބްދުﷲ ނަޢީމު އިބްރާހީމް: 42
މުޚްތާރު ޢަބްދުއްރަޙްމާނު: 36
ޢަބްދުﷲ ފިރާޤު: 35
އިބްރާހީމް ރަޝީދު މޫސާ: 33
ޝަމްސުލްފަލާޙު: 29
އަޙްމަދު ރަޝީދު: 23
އަޙްމަދު ފަހުމީ: 23
ޙުސައިން ޝާކިރު: 22
މުޙަންމަދު ޝާހިދު ޙަލީމް: 21
ޙުސައިން ޞަލާޙުއްދީން: 21
އިބްރާހީމް ނަޢީމު : 18
މުޙަންމަދު ވަޙީދު - މަޑުލު : 18
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު: 17
އަޙްމަދު މާޖިދު: 16
އިބްރާހީމް އަޙްމަދު : 16

މެހުމާނުނުންގެ އަދަދު

މިހާތަނަށް : 1429801

ފަންވަތުގެ ޖަވާހިރު


"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ."

(ޙަދީޘްފުޅެއްގެ މާނަ)

ދެކޭގޮތް

މިވެބްސައިޓް
 
free counters
ބެލި ޢަދަދު: 538