ފަންވަތް ދިވެހި އިޖުތިމާޢީ ދެމަފިރިންގެ ދެމެދަށް ވަންނަ ވައިރަސްތައް
ބެލި ޢަދަދު: 1130
ދެމަފިރިންގެ ދެމެދަށް ވަންނަ ވައިރަސްތައް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ދިވެހި - އިޖުތިމާޢީ
01 އެޕރީލް 2009، 20:23 ބުދަ

ލިއުނީ: އެމް


ދެމަފިރިންގެ ދެމެދަށް ވަންނަ ނުރައްކާތެރި ވައިރަސްތަކަކީ، ޒަވާޖީ ޙަޔާތް ބަނގުރޫޓުކޮށްލާ އެއްޗެކެވެ. ތިރީގައި މިވަނީ، އެފަދަ ބައެއް ވައިރަސްތަކާއި އޭގެ ސަބަބުތަކާއި އެއިން ސަލާމަތްވާނެ ގޮތެވެ.

1. ޣީރަތްތެރިކަން
ވައްތަރު: ޒަވާޖީ ޙަޔާތް ފަނާކޮށްލާ ވައިރަހެއް.

ސަބަބުތައް:
މިލްކުކުރާހިތްވުން.
ޙަޔާތުގެ ބައިވެރިޔާއާ މެދު ޝައްކު ކުރުން.
ޞަރީޙަކަން ނެތުން.



ފަރުވާ:
ޙަޔާތުގެ ބައިވެރިޔާގެ ޚުޞޫޞިއްޔަތު (ޕްރައިވެސީ) އާއި މިނިވަންކަމަށް އިޙުތިރާމުކުރުން.
ޣީރަތް އުފެދޭ ކަމާ ގުޅޭ ގޮތުން ތެދުވެރިކަމާއި ޞަރީޙަކަމާއެކު ވާހަކަ ދެއްކުން.
ޙަޔާތުގެ ބައިވެރިޔާގެ ހިތުގައި ޣީރަތް އުފެދޭ ފަދަ ކަންތައްތައް ނުކުރުން.
(ފިރިހެނެއް ނަމަ، ހިލޭ އަންހެނުންނާ ގައިގޯޅިވެ ނޫޅުން. އަންހެނެއް ނަމަ ހިލޭ ފިރިހެނުންނާ ގައިގޯޅިވެ ނޫޅުން.)


2. ދޮގުހެދުން
ބާވަތް: ވަރިފަށަށް އަރުވާ ވައިރަހެއް.

ސަބަބުތައް:
ބިރުގަތުން.
ވާޖިބު އަދާނުކުރެވުން.
ކުރިމަތިލާން ނުކެރުމާއި ރެކުން.


ފަރުވާ:

ހަޔާތުގެ ބައިވެރިޔާއަށް ކުރެވޭ ކުދިކުދި ކުށްތަކާމެދު އަޅާނުލުން.
ދެމަފިރިންކުރެ ކޮންމެ މީހެއްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ދަތުން.
ކުށެއް ކުރެވިއްޖެނަމަ، ޞަރީޙަކަމާއެކު އެކަން ވަގުތުން ޤަބޫލުކުރުން.


3. އަނިޔާކުރުން.
ބާވަތް: ކަށި ބިންދާ ވައިރަހެއް.

ސަބަބުތައް:
ހަރުކަށިވުމާއި ޗެލެންޖުކުރުމާއި ޖަދަލުކުރުމާއި އާޑަ ފުރައްސާރަކުރުން.
ދެމަފިރިންކުރެ، އެކަކު ބަލިކަށިވެފައި، ބާރުގެ ގޮތުން ދެމަފިރިން ހަމަހަމަ ނުވުން.

ފަރުވާ:
ކެތްތެރިވުން، ދޫދިނުން، މާފުކުރުން، ޤަނާޢަތްތެރިވުން.
ޒަވާޖީ ގުޅުންތަކުގައި ކުލުނާއި އޯގާތެރިކަމާއި ގާތްކަން އިތުރުކުރުން.
ތެދުވެރިކަމާއި ޞަރީޙަކަން، ހުރިހާ ޙާލަތެއްގައި ގެންގުޅުން.


4. ދެމަފިރިންގެ ދެމެދުގައި ހިނގާ ކަންކަމުގެ ތެރެއަށް ތިމާގެ މީހުން ވަނުން.
ބާވަތް: ފިތުނަ ފަސާދައިން ރަތްލާޖެހި ވައިރަހެއް.

ސަބަބުތައް:
ދެމަފިރިންގެ ދެމެދުގައި ހިނގާ ކަންތައްތައް، ދެމަފިރިންގެ ސަރަޙައްދުން ބޭރުވުން.
ގާތްތިމާގެ މީހުންގެ ގާތަށް މާގިނައިން ދިއުން.
ދެމަފިރިންގެ ދެމެދުގައި ހިނގާ ކަންތައްތަކުގެ ތަފުސީލުތައް ތިމާގެ މީހުންނަށް ކިޔާދިނުން.

ފަރުވާ:
ޒަވާޖީ ޙަޔާތުގެ ސިއްރުތަކާއި ޚުޞޫޞިއްޔަތު ދެމެހެއްޓުން.
ގާތްތިމާގެ މީހުންގެ ގާތަށް ދިއުން މެދުމިނެއްގައި ހިފެހެއްޓުން.
ގެއާއި ޢާއިލާގެ ކަންތައްތަކަށް ފަރުވާތެރިވެ އެކަންކަމަށް ބޮޑަށް އިސްކަން ދިނުން.


5. އަނާނީވުން.
ބާވަތް: މޭގަނޑު ތޮރުފާލާ ވައިރަހެއް.

ސަބަބުތައް:
އަމިއްލަ ނަފުސު ދެކެ މާ ބޮޑަށް ލޯބިވުން.
މަސްއޫލިއްޔަތު ނުއުފުލުން.

ފަރުވާ:
އަނެކާގެ ތަކެއްޗާއި ބޭނުންތަކަށް އިޙުތިރާމުކުރުން.
އުފަލާއި ހިތާމައިގައި ދެމަފިރިން އެކަކު އަނެކަކާ ބައިވެރިވުން.




6. ދަހިކަން.
ބާވަތް: އަނަރޫފަކޮށްލާ ވައިރަހެއް.

ސަބަބުތައް:
މުދަލާއި ފައިސާއަށް ދެވިހިފުން.
މަރުވާނެކަން ހަނދާންނެތުން.
ޝުކުރުވެރި ނުވުން.
ޙަލާލު ނޫން ގޮތްގޮތުން މުދާ ހޯދުން.
މުށް ބާރުކަމުގެ ނޭދެވޭ ސިފަ ހުރުން.

ފަރުވާ:
މާތްﷲ އަށް ޙަމްދާއި ޝުކުރު ކުރުން.
އެކަލާނގެ ދެއްވާފައިވާ ތަކެތިން ހެޔޮގޮތުގައި ހޭދަކުރުމަށް އާދަކުރުން.
ޙަލާލު ގޮތުގައި މުދަލާއި ފައިސާ ހޯދުން.
ދުނިޔޭގެ އުފަލާއި އަރާމު، ހެޔޮގޮތުގައި ހޯދުން.
މަރު ހަނދުމަކުރުމާއި އާޚިރަތަށް ތައްޔާރުވުން.




7. ފޫހިކަން.
ބާވަތް: ޒަވާޖީ ޙަޔާތުގެ ދިރުން ނައްތާލާ ވައިރަހެއް.

ސަބަބުތައް:
އަބަދު އެއްގޮތަކަށް ދިރިއުޅެން އާދަކުރުން.
ދިރިއުޅޭ ގޮތް ތަރައްގީކޮށް އާގޮތްތައް ނުހޯދުން.
ހުސްވަގުތު ގިނަވުން.

ފަރުވާ:
ޙަޔާތުގެ ކުދިކުދި ކަންތައްތަކުގައި ވެސް އާ ގޮތްތައް އީޖާދުކުރުން.
ދިރިއުޅުމުގެ ވައްޓަފާޅި އާކުރުން.
ތިމާ ދިރިއުޅެނީ އެންމެ ފުރިހަމަ ގޮތުގައި ކަމަށް ޤަބޫލު ނުކޮށް އަބަދުވެސް އާކުރުން.
ފައިދާހުރި ކަމެއް ކުރުމުގައި ހުސްވަގުތުތައް ހޭދަކުރުން.


8. ކަންނެތްކަން.
ބާވަތް: ބަރުހެލިކުރުވާ ވައިރަހެއް.

ސަބަބުތައް:
ކަންނެތްކަމުގެ ސިފަ ލިބިފައިވުން.
އެހެން މީހުންނަށް ޑިޕެންޑްވުން.

ފަރުވާ:
ދުވަސް ހޭދަކުރާނެ ގޮތް އިންތިޒާމުކުރުން.
އަމިއްލަ ނަފުސަށް ޑިޕެންޑްވުން.
މަސްއޫލިއްޔަތު އަދާކުރަންޖެހޭކަން ޤަބޫލުކުރުން.
ޒިންމާދާރުވުން.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން

މިވަގުތު ފަންވަތުގައި

މިވަގުތު 57 ކިޔުންތެރިން އޮންލައިން

އެންމެ ދީލަތި 20 ގަލަން

ޢަބްދުލްމުޢީދު ޙަސަން: 365
އާދަމް ނަޞީރު އިބްރާހީމް: 183
އެޑްމިނިސްޓްރޭޓަރ: 74
ޢަބްދުﷲ ފާރޫޤު ޙަސަން: 51
ބިންމާ އިބްރާހީމް ވަޙީދު: 50
ޢަބްދުﷲ ނަޢީމު އިބްރާހީމް: 40
މުޚްތާރު ޢަބްދުއްރަޙްމާނު: 36
ޢަބްދުﷲ ފިރާޤު: 35
އިބްރާހީމް ރަޝީދު މޫސާ: 33
ޝަމްސުލްފަލާޙު: 29
އަޙްމަދު ރަޝީދު: 23
އަޙްމަދު ފަހުމީ: 23
ޙުސައިން ޝާކިރު: 22
ޙުސައިން ޞަލާޙުއްދީން: 21
މުޙަންމަދު ޝާހިދު ޙަލީމް: 20
އިބްރާހީމް ނަޢީމު : 18
މުޙަންމަދު ވަޙީދު - މަޑުލު : 18
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު: 17
އަޙްމަދު މާޖިދު: 16
އިބްރާހީމް އަޙްމަދު : 16

ފަންވަތުގެ ޖަވާހިރު


"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ."

(ޙަދީޘްފުޅެއްގެ މާނަ)

ދެކޭގޮތް

މިވެބްސައިޓް
 

މެހެމާނުނުންގެ އަދަދު

މިހާތަނަށް : 1416705
free counters
ބެލި ޢަދަދު: 1130