Skip to content
Skip to main navigation
Skip to 1st column
Skip to 2nd column
މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
ފުޅަފި
ފޮންޓްޑައުންލޯޑް
ގުޅުއްވުމަށް
ފަންމާފާނު
ފަންވަތް
ދިވެހި
މުނިފޫހި
ސިއްހަތު
ސައިންސްޓެކް
މިޔުޒިކް
ކުޅިވަރު
ދީން
ޝަޚްޞިއްޔަތު
ދުނިޔެ
ފަންވަތުގެ ހަމަތައް
އާދަކާދަ
ތާރީޚް
މާދަރީބަސް
ވާހަކަ
ޖޯގްރަފީ
ތިމާވެށި
ޅެންބަހުރުވަ
އިޖުތިމާޢީ
ސަމާސާ އަދަބު
ތަޢުލީމާއި ތަރުބިއްޔަތު
އަރުޝީފު
އޯޑިއޯ
ވީޑިއޯ
ނެށުން
ހެއްވާމަޖާ
އެހެނިހެން
އަރަތް
އައިޓީ
ސައިންސް
ޓެކްނޮލޮޖީ
މޮބައިލްފޯން
ޤުރުއާނާއި ސައިންސް
ފިޤުހު
ޢަޤީދާ
ޤުރުއާން އެމް.ޕީ3
ސިޔަރަތު
އިސްލާމީ ތާރީޚް
ދިރާސާ
ދިވެހި
ދިވެހިނޫން
ޚާއްޞަ
ފަންވަތް
ދިވެހި
އިޖުތިމާޢީ
ކޮޕީކުރާށެވެ.
ބެލި ޢަދަދު
: 1052
ކޮޕީކުރާށެވެ.
ކިޔުންތެރިން ދެކޭގޮތް
/ 4
ދެރަ
ވަރަށްމޮޅު
ދިވެހި
-
އިޖުތިމާޢީ
25 މެއި 2009، 01:04 ހޯމަ
ކޮޕީކުރާށެވެ.
ނަމަވެސް ރަނގަޅު ގޮތްތަކެވެ.
މުޙަންމަދު ޢިމްރާން (އިއްމަ)
ވިހިވަނަ ޤަރުނުނިމި އެކާވީސް ވަނަ ޤަރުނާއި މުޅިދުނިޔެވެސް ކުރިމަތިލީ ބަދަލުތަކަކާއި އެކުގައެވެ. އިޖުތިމާއީގޮތުންނާއި އުމްރާނީ ގޮތުން މުޅިދުނިޔެވެސް މިވަނީ ހީނުކުރާފަދަ ބަދަލުތަކަކާއި ކުރިމަތި ލާފައެވެ. މިބަދަލުތައް އެއްމެބޮޑަށް ފެންނަ އެއްތަނަކީ ދިވެހިރާއްޖެއެވެ. މިކުޑަކުޑަ ދިވެހި މުޖުތަމައެވެ. މީގެތެރެއިން ގިނަބަދަލުތަކަކީ، ރަނގަޅު ހެޔޮ ބަދަލުތަކެކެވެ. ނަމަވެސް، އަނެއްބައި ބަދަލުތަކަކީ..........
އަހަރެމެންގެ މިކުޑަކުޑަ ދިވެހިރާއްޖެއަކީ، ވަކިވަކި ކުދިކުދި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވީ ޖަޒީރާ ޤައުމެކެވެ. ނަމަވެސް، ޤުދުރަތީގޮތުން ވަކިވެފައިމިވާ ވަކިވުން ހުރިހާ ދިވެހިން އެއްބާވަންތަ ބަޔަކަށް ހަދާދެނީ ދިވެހިންގެ އަޚުވަންތަކަމެވެ. އެކިއެކި ފަލްސަފާގައި ދިވެހިން އެއްބައިވަންތަ ބަޔަކަށް ހަދައިދެނީ ދިވެހިންގެ އެކުވެރިކަމެވެ. މުޅިދުނިޔޭގައި ދިވެހިރާއްޖެ ޖަންނަތުގެ ގޮތުގައި ނުވަތަ ދުނިޔެމަތީގެ ސުވަރުގޭގެ ގޮތުގައި މަޝްހޫރުވެފައިވަނީ ހަމައެކަނި ދިވެހިރާއްޖެ ރީތިކަމަކުންނޫނެވެ. މިތަނުގައި އޮތް އަމާންކަމާއި އިޖުތިމާޢީ ހަމަޖެހުމުގެ ސަބަބުންނެވެ. ނަމަވެސް، މިހާރު މިއީ އަމާންތަނެކޭ ދެންނެވެން އެބައޮތް ހެއްޔެވެ؟
ސަބަބުތަކެއް އެބަހުއްޓެވެ. މިއަދު އަޅުގަނޑުމެންގެ ދިރިއުޅުމަށް މިވަނީ ބަދަލުތަކެއް އައިސްފައެވެ. ބަދަލުތައް އަންނާންޖެހެއެވެ. ބަދަލުތައް ގެންނާންވެސް ޖެހެއެވެ. އެ ގެނެވޭ ބަދަލުގެ ސަބަބުން މުޖުތަމަޢުގެ އެއްކަނުން ބާގަނޑެއް ހެދޭކަށް އެކަކުވެސް ބޭނުމެއް ނުވާނެއެވެ. އަދި އެބާގަނޑުގެ ސަބަބުން އެއްބަޔަކު މުޖުތަމަޢުން ބޭރުވާކަށްވެސް ނޭދޭނެއެވެ. އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ އެއްބައިވަންތަކަމާއި އަޚްވަންތަކަމަށް ފަސްލެވޭކަށްވެސް ބޭނުމެއްނުވާނެއެވެ. ނަމަވެސް، މިއަދު އެއަޚުވަންތަކަން ނެތިއްޖެއެވެ. އެއްބައިވަންތަކަން ގެއްލިއްޖެއެވެ. އެކުވެރިކަން ވަޅުޖަހައިފިއެވެ. ސަބަބުތައް ބައިވަރެވެ. ވިސްނަލާމާހިނގާށެވެ.
މިއަދު އަޅުގަނޑުމެންގެ ތެރޭގައި އާންމުވެފައިވާ އެއްމެބޮޑު އެއްމައްސަލައަކީ، މަސްތުވާތަކެތީގެ މައްސަލައެވެ. އެކަމަކީ ހުޅަނގުގެ ނާތަހުޒީބީ މުޖުތަމަޢުގެތެރެއިން އަޅުގަނޑުމެން ގެނައި ކަމެކެވެ. މުޖުތަމަޢުގެ ތެރޭގައި އެއްމެބޮޑުވެފައި އެއްމައްސަލައަކީ އެއީއެވެ. ނަކަލުކުރުމުގެ މައްސަލައެވެ. ނަކަލުވެސް ކުރާންޖެހެއެވެ. އަދި ކުރަންވެސް ޖެހޭނެއެވެ. ނަމަވެސް، ނަކަލުކުރަންވީ އެމީހުންގެ މުޖުތަމަޢުގައި ހުންނަ އާދަ ފޫވައްޓާލަނިވި ދަގުޔެއްނޫނެވެ. އާރޯތާޒާ ދަނޑުބިމެއްގައިވެސް، ބޭނުންނުހިފޭ ވިނަހުންނާނެއެވެ. އަޅުގަނޑުމެންނަށް އެދަނޑުން މުޑުވަކުގެ ގޮތުގައި ގެންނާންވީ އެއްޗަކީ އެއީއެއްނޫނެވެ. ހޯދާބަލަންވީ ރަނގަޅުގޮތްތައް ފެނޭތޯއެވެ. އޭރުން ނަކަލުކުރުމުގެ ބެނުންތެރިކަން އެނގިދާނެއެވެ.
އެމީހުންނަކީ ޣައިރު މުސްލިމުންނެވެ. އެމީހުންގެތެރޭގައި އަހަރެމެންމުސްލިމުން ގާތްވުން ހެޔޮނުވާވަރުގެ ކަންތައްތައް ހުންނާނެއެވެ. އަދި އަޅުގަނޑުމެން އޭގެބެނުން ހިފައިފިނަމަ އޭން ފައިދާކުރުވަނިވި ބޭނުންތެރިކަންތައްތައްވެސް ހުންނާނެއެވެ. ވިސްނާލަމާތޯއެވެ؟ މިއަދު އަޅުގަނޑުމެންގެތެރޭގައި ތަފާތު ގޮތްގޮތައް ތަފާތު ސުޓައިލް ތަކަށް ބޯހަދާ ހެދުން އަޅައިގެން ހުޅަނގުގެ ކޮންމެވެސް މަޝްހޫރު މީހަކު ކޮޕީކޮށްގެން އުޅޭމީހުން ފެންނަނީ މަދެއްކޮށެއްނޫނެވެ. ހިތާމައަކީ، ޢަރަބި ދުނިޔޭގެ މަޝްހޫރު މީހުން ކޮޕީކުރަން ނޭނގޭތީއެވެ. އަހަރެމެންގެ ރަސުލާ (ޞ) ކޮޕީކުރަން ނޭނގޭތީއެވެ.
މިވަރުން އަދި ފުދެނީކީނޫނެވެ. އެންމެ ރީތީ، އެންމެ ފުރިހަމައީ، ރާއްޖޭންބޭރުގައި އުޅޭ ގޭންގު ގުރޫޕުތަކުގެ އުޅުމެވެ. އެހެންކަމުން ތަފާތު ނަންނަމުގައި މާލޭގައާއި އަތޮޅުތެރޭގެ ކޮންމެ ރަށެއްގައި، ކޮންމެ ތަންގަޑެއްގައި ކަހަލަ ގޮތަކަށް، ބައިގަނޑުގަނޑަށް މިފަދަ ގުރޫޕުތައް ދަނީ ފެންނަމުންނެވެ. ކޮންމެ ގުރޫޕެއް ކޮންމެގުރޫޕަކާއި އޮންނަނީ ޒާތެއްގެ ޙަސަދަވެރިކަމެއް ލައިފައެވެ. ދެގުރޫޕު ދުވަހަކުވެސް އެއްގަލަކަށް ނާރާން ހުވައިކޮށްފައި ތިބޭފަދައެވެ. ދެން ފެންނާނި ދެގުރޫޕުދެގުރޫޕަށް ތަޅައިގަންނަތަނެވެ. ގައިގައި އަޅާނީ ކަޓަރެވެ. ބޮލުގައި ޖަހާނީ ބޮޑު ފަތިބުރިއަކުންނެވެ. ދެންއުފެދެނީ މާރާމާރީއެކެވެ. ނިންކުންނާނީ، ދަގަނޑުބުރި ބުރިއާއި ފަތިބުރިބުރިބުރި ހިފައިގެންނެވެ. ފޭހިލައިފައިވާ ދަގަނޑު އޫތަކެވެ. ތޫނުކޮށްފައިވާ ކަނޑިތަކެވެ. މިވެސް ބިރުވެރިކަމެކެވެ.
މިއަދު އަޅުގަނޑުމެންގެ އަމިއްލަ ގޯތިގެދޮރު މިވަނީ ރައްކާތެރި ކުރާންޖެހިފައެވެ. ވައްކަންކުރުމަށް ދެވިހިފިހިފީނުންގޮސް އެކަމުގައި ހައްދުފަހަނަ އަޅައިފައެވެ. ގޭމޭޒުމަތީގައި އޮންނަ ބަރުފަދަ ތަކެތި ވަގަށް ނަގަނީއެވެ. ސިޓިންރޫމުގައިހުއްނަ ސީޑީ ޕުލެޔަރާއި ޓިވީ ވަގަށްގެންދަނީއެވެ. ގޭގެ އަލަމާރީގެ ވަތްގަނޑުގައި ރައްކާކޮށްފައި ހުންނަ ގަހަނާކޮޅު ގެއްލެނީއެވެ. ގޭގެ ތިޖޫރިފަޅައިލާ ފައިސާކޮޅު ނަގަނީއެވެ. މިއަދު އަމިލިއްލަގޭވެސް ވަގަށްނުގެންދާނޭ ކަމުގެ އުއްމީދެއް ނެތެވެ. އެގެވެސް ފޮރުވަން ފޮށްޓަކަށްލާން މިވަނީޖެހިފައެވެ. އަނެއްކައި އެފޮށިފޮރުވަން އެހެންފޮށްޓެކެވެ. އެފޮށި.........
ހިތާމަކުރަންޖެހޭ ކަމަކީ މިކަންކަން އަޅުގަނޑުމެންނަށް ކޮޕީކުރެވޭއިރު އެމީހުންގެތެރޭގައި ހުންނަ ރަނގަޅުކަންތައްތައް ކޮޕީނުކުރެވުމެވެ. އެމީހުންނަކީ، އުފެއްދުންތެރިކަމުގެ ރޮގުން ހޯދުންތައް ހޯދާ ބައެކެވެ. ބެލުންތައް ބަލާ ބައެކެވެ. ތަޢުލީމީ ރޮނގު ގިނަގުނަ ކުރިއެރުންތަކެއް އެމީހުން ހޯދައެވެ. އަޅުގަނޑުމެން ވެސް ބަލަންވީ އެމީހުންގެ ތެރޭގައިހުރި މިފަދަ ރަނގަޅު ކަންތައްތައް ކޮޕީކުރެވޭތޯ އެވެ. ކޮޕީ ކުރަންވީ އެފަދަ ގޯސް އަމަލުތަކެއް ނޫނެވެ.
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު
(2)
...
ލިޔުނީ މުޢާވިން, 2009-05-25 03:12:30
އިންމަގެ ތި ލިޔުމަކީ ޙަޤީޤަތުގައިވެސް މިޖީލަށް ވަރަށް ބޭނުންތެރި ލިޔުމެއް ކަމުގައި ފެނޭ..
...
ލިޔުނީ ރޭޝް, 2009-05-25 05:32:10
ލިޔުމުގެ އަދަބީ ފެންވަރު ވަރަށް ދެރަ! ބަސް ކޮށާރާއި އަދި ބައެއްބަސްބަސް ބޭނުން ކޮށްފައިވަނީ އެހާ މުނާސަބުކޮށެއް ނޫން! މައުލޫމާތު މަދުކަން ފާހަގަ ކުރެވޭ!
ޚިޔާލު ހުށަހަޅާ
ހުށަހަޅާ
ނަން
ޚިޔާލު
ލިޔާބައި ކުޑަކުރޭ
|
ލިޔާބައި ބޮޑުކުރޭ
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ
ޚިޔާލޔ ހުށްހެޅުވުމަށްޓަކައި ޖާވާސްކްރިޕްޓް ބޭނުންކުރެވޭގޯތް ހައްދަވާ.
ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ
< ފަހަތަށް
ކުރިއަށް >
ހަމަ މި ގަލަމުން
ބެލި ޢަދަދު
: 1052
extra
avandia and congestive heart failure