ފަންވަތް ދިވެހި އިޖުތިމާޢީ ފަސާދަ ކުޅައުމަށް ބުނާ ތެދަށްވުރެ...
ބެލި ޢަދަދު: 1050
ފަސާދަ ކުޅައުމަށް ބުނާ ތެދަށްވުރެ... ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ދިވެހި - އިޖުތިމާޢީ
15 ޖޫން 2009، 00:39 ހޯމަ


      ފަސާދަ ކުޅައުމަށް ބުނާ ތެދަށްވުރެ، ޞުލްޙަކުޅައުމަށް ހަދާ


    ދޮގުވެސް ރަނގަޅެވެ.



ފަޟީލަތުއްޝައިޚު އަލްމަރުޙޫމު ޙުސައިން ޞަލާޙުއްދީން


އެއްދުވަހަކު ރަސްކަލަކުގެ ދަރުބާރަށް ޙާޟިރު ކުރެވުނު ބޮޑު ކުށްވެރިޔަކު ޤަތުލު ކުޅައުމުގެ އަމުރުފުޅު އެ ރަސްގެފާނުން ނެރުއްވައިފި އެވެ.

މި ކަން އެނގިގެން ކުށްވެރި ކަލޭގެ ދިރިހުރުމުން އެދުން ކެނޑިގެން ދިޔަ ވަގުތުގައި ރަސްގެފާނަށް ވަރަށް ނުބައި ބަސްތަކެއް ގޮވައިގެންފި އެވެ. މީނާގެ ބަހެއް ރަސްގެފާނަކަށް އެނގިވަޑައެއް ނުގަންނަވަ އެވެ.

ވިދާޅުވެޖެޔޭ. އޭނާ އެ ކިޔަނީ ކީކޭހެއްޔެވެ.  އެ ތާނގައި ހުރި ވަޒީރަކު ދަންނަވައިފިޔޭ  އޭނާ އެ ކިޔަނީ ރުޅިމަޑު ކުޅައުމާއި ޢަފޫ ކުޅައުމުގެ މައްޗަށްހުރި  އިތުރު ސަވާބުތަކުގެ ވާހަކަ އެވެ.  ރަސްގެފާނުން ވިދާޅުވެއްޖޭ. ރުޅިމަޑުކޮށް ޢަފޫކޮށްފީމޭ. އެކަލޭގެ ދޫކޮށްލާށެވެ.  މިތާނގައިމެ ހުރި އަނެއް ވަޒީރަކު ހުރެފައި ދަންނަވައިފި އެވެ. އޭ މާތްވެގެންވާ ރަސްގެފާނެވެ.  އަޅުގަނޑަކަށް މަނިކުފާނުގެ އަރިހުގައި ދޮގުހެދުމެއް ނުފެނެ އެވެ.  އެ ކަލޭގެ އެ ގޮވީ މަނިކުފާނަށް ވަރަށް ނުބައި ބަސްތަކެކެވެ. އެ ވަޒީރު ދެންނެވީ މަނިކުފާނުގެ ދަރުބާރުގައި ހުސް ދޮގެވެ. ރަސްގެފާނުން ހިތްޕުޅާ ހަމަ ނުކުރައްވާފައި ވިދާޅުވިޔޭ. އެ ވަޒީރުގެ ދޮގަށް ވުރެ ކަލޭގެ ތިޔަ ބުނި ތެދު މާ ނުބައިވެއްޖެ އެވެ.

ދެ މީހަކު ދޭތެރެ ފަސާދަ ކުޅައުމަށް ބުނާ ތެދުގެ ނުބައިކަން، ޞުލްޙަކުރުވާން ބުނާ ދޮގުގެ ނުބައިކަމަށްވުރެ މާ ބޮޑެވެ.
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ ސަމީޢު, 2009-06-17 03:20:31
ފަސާދަ ކުޅައުމަށް ބުނާ ތެދަށްވުރެ، ޞުލްޙަކުޅައުމަށް ހަދާ ދޮގުވެސް ރަނގަޅެވެ. މިއީ ވަރަށް ރަނގަޅުވާހަކައެކެވެ. ނަމަވެސް ދަންނަވަމެވެ. ބޮޑު ކުށްވެރިޔަކު ޤަތުލު ކުޅައުމުގެ އަމުރުފުޅު ނެރުމުން ކުށްވެރި ކަލޭގެ ރަސްގެފާނަށް ވަރަށް ނުބައި ބަސްތަކެއް ގޮވުވުން މިއީ ދޮގެއްހަދައިގެން އެދެމީހުން ޞުލްހަކުރަންވީ ވަގުތެއްކަމަކަށް އޅުގަނޑަކަށް ގަބޫލެއްނުކުރެވުނެވެ.
...
ލިޔުނީ ކިޔުންތެރިއެއް, 2010-06-09 05:18:15
ވެދާނެއނު އެއީ އޭނަގެ ތިމާގެ މީހެއް ކަމަށް، އެހެންވް ދޮގު ހަދާގެންވެސް ސަލާމަތް ކުރާނެއްނު

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1050
extra avandia and congestive heart failure