މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ގޭތެރެ އަވަސްކަމާ އެކު ސާފު ކޮށްލާނެ ގޮތެއް |
|
|
| ދިވެހި - އިޖުތިމާޢީ | |||
| 25 ޖޫން 2009، 00:07 ބުރާސްފަތި | |||
|
ލިޔުނީ: ސްނޯ ޑްރޮޕް ސާފުތާހިރުކަމަށް އެންމެންވެސް ލޯބި ކުރެއެވެ. ތިމާ އުޅޭ ގެ ރީތިކޮށް ސާފުކޮށް ބެހެއްޓުމަކީ އެންމެންވެސް އެދޭނެ ކަމެކެވެ. އެކަމަކު ސާފުކޮށް ބެހެއްޓުމާ ސާފުކުރުމާ މިއީ ދެވާހަކައެއް އެހެން ނޫން ތޯ އެވެ؟ ހަފުތާގެ ބުރަ މަސައްކަތަށް ފަހު ލިބޭ ބަންދު ދުވަހަކީ ގިނަ ބަޔަކު ގެ ސާފުކުރުމުގެ މަސައްކަތަށް ވަގުތު ހުސްކުރާ ދުވަހެކެވެ. އެހެން ނަމަވެސް މި ދުވަސް ވެގެން ދަނީ މިފަދަ އެތައް ކަމަކަށް ހުސްކުރެވޭ ދުވަހަކަށް ކަމުން ކޮންމެ ބަޔަކުވެސް ލިބިފައިވާ ކުޑަ ވަގުތުކޮޅުގެ ތެރޭ އެހުރިހާ ކަމެއް ކޮށް ނިންމާލެވޭތޯ މަސައްކަތް ކުރަމުން ދެއެވެ. މިގޮތަށް ކުރިއަށް ދާ އިރު އެތައް ކަމެއް ބޯ މަތީގައި ކުރަން ޖެހިފައިވުމާ އެތައް ކަމެއް ނިންމަން އޮތުމުން ބޯހާސްވެ އަތުން ފައިން ގޯސް ހެދޭ ހިސާބަށްވެސް އާދެވޭ ފަހަރު އާދޭ. ފުރަތަމަވެސް ހިތަށްއަރާ ސުވާލަކީ މި ހުރިހާ މަސައްކަތެއް ފަށާނެ ހިސާބެއް ނުވަތަ ފުރަތަމަ ކުރަން ވީ ކީއްކަމެއް ނޭނގުމެވެ. ތިބޭފުޅުންގެ އަގުހުރި ވަގުތު ބޭކާރުވިޔަ ނުދީ ފަސޭހަ ކަމާ އަވަސް ކަމާއެކު ގޭތެރެ ސާފުކޮށްލާނެ 4 ގޮތެއް ޙިއްސާކޮށްލާނަމެވެ. 1. ސާފުކުރަން ބޭނުންކުރާ އެއްޗެހި އެއްތަނެއްގައި ބެހެއްޓުން. މިއީ އަޑު އަހަން އުނދަގޫ ވާހަކައަކަށް ވެދާނެ އެވެ. އެކަމަކު ސާފުކުރަން ގެންގުޅޭ ހުރިހާ އެއްޗެއް މިސާލަކަށް މޮޕް، ޑިޓޯލް، ކްލީން ކްލީން ފަދަ ގޭތެރޭގައި ސާފުކުރުމަށް ބޭނުންކުރާ ހުރިހާ އެއްޗެއް ބާލީދީއެއްފަދަ އެއްޗެއްގައި ބެހެއްޓުމުން އެއްޗެހި ހޯދަން ދުވަން ޖެހޭ ވަގުތު ސަލާމަތްވެ މަސައްކަތް ފަށައިގަތުމަށް އަވަސްވޭ. 2. ގޭތެރޭގައި އެއްޗެހި އެކި ތަންތަނަށް ފުނި ޖަހާފައި ނުބެހެއްޓުން. އަޅުގަޑުމެން ކުޑައިރު މަންމަމެން އަބަދު ބިންމަތީގަޔާ އެކިތަންތަނަށް އުކާލާފަ ހުންނަ ކުޅޭ އެއްޗެހި ނުބަހައްޓާށޭ ފޮތްތައް ނަގާށޭ ބުނާ ދުވަސް މަތިން ހަދުމަކޮށްލައްވާ. މިއޮތީ ހަމަ އެކަންތައް ތަކުރާރުވެފަ. ހެދުންތައް އެނދުމަތީގަޔާ، ގޮނޑިމަތިން، ކުދިންގެ ފޮތްތައް މޭޒުމަތީގަޔާ އެކިތަންތާގައި ބަހައްޓާފައި ހުންނަނަމަ ގޭތެރެ ސާފުކުރަން އުނދަގޫވާ ގޮތް މެދުވެރިވާނެ. މިގޮތަށް ނަގަން ޖެހޭ އެއްޗެހި މަދުކޮށް ގަވައިދުން އެއްޗެއް އޮންނަންވާ ތަނުގައި ބެހެއްޓޭނަމަ މިއީ ތަރުތީބުކުރުމަށް ނަގާ ވަގުތު ކުޑަކޮށް ސާފުކުރުމުގެ މަސައްކަތަށް އަވަސްކަމެއް ގެނުވާނެ ކަމެއް. 3. މަސައްކަތަށް ބުރޫ އެރުވިއަ ނުދެއްވުން ނުވަތަ މަސައްކަތުގެ ސަމާލުކަން ގެއްލޭ ފަދަ ކަންތައްތަކުން އެއްކިބާވުން. ކުދިން ބޭރަށް ނުވަތަ ގޯތި ތެރެއަށް ކުޅެން ފޮނުވާލެވިދާނެ. އަދި ފޯނެއް އައުމުން އެމަޖެންސީ ފޯނެއް ހެން ހިވާފަދަ ފޯނެއް ނޫންނަމަ ފަހުން ގުޅާލުމަށް ފޯނު ނުނެގުމުން ވާހަކައިގަ ޖެހި ހުސް އަނގަތަޅަން ހުންނަ ވަގުތު، މަސައްކަތަށް ހުސްކުރުމުގެ ސަބަބުން އަވަސް ކަމާއެކު މަސައްކަތް ނިންމާލެވޭނެ. 4. އަވަސް މިއުޒިކެއް އަޑުއަހާލުން ސުވާލަކީ މިއުޒިކް އަޑު އެހުމާ ގޭތެރެ ސާފުކުރުމާ އޮތީ ކޮން ގުޅުމެއްތޯ؟ ގިނަ ބަޔަކު އެއްބަސްވާ ގޮތުގައި މިއުޒިކަކީ މީހާ ކަންތައް ކުރުމަށް ހިތްވަރު ދޭ އެއްޗެއް. އިތުރު ޖޯޝެއް އުފައްދައިދޭ އެއްޗެއް. ވިސްނަންވީ ތަންކޮޅަކީ މަޑުމައިތިރި މިއުޒިކެއްގެ ބަދަލުގައި ތަންކޮޅެއް އަވަސް މިއުޒިކެއް އަޑުއެހުން. މީގެ ބޭނުމަކީ ވަރުބަލިކަން އިޙްސާސް ވިޔަ ނުދިނުން. ހައިރާން ވާހާ އަވަސްކަމާއެކު މަސައްކަތް ނިމިގެންދާނެ. މިދެންނެވުނީ ގޭތެރެ އަވަސް ކަމާ ފޫހިކަމެއްނެތި ނިންމާލާނެ ހަތަރު ގޮތެއްގެ ވާހަކައެވެ. މި ހުރިހާ ވާހކަތަކަކީވެސް އަޅުގަނޑުމެންނަށް އާ ވާހަކަތަކެއް ނޫނެވެ. އެހެނެނަމަވެސް ފަރުވާކުޑަކޮށްލެވެނީ ނުވަތަ މާބޮޑު ކަމަކަށް ނަހަދާ ދޫކޮށްލެވޭތަން މެދުވެރިވަނީ އެވެ. ނަތީޖާއެއްގެ ގޮތުން ކުރަންޖެހިފައިވާ ގިނަ ކަންތައްތައް ނުކޮށް ދޫކޮށްލެވި ފަސްކުރެވޭތަން އާދެ އެވެ. ގޭތެރޭގައި ކުރަން ހުންނަ ކޮންމެ ކަމަކީ ފަރުވާތެރިކަމާއެކު ކުޑަ ހިނދުކޮޅެއްގެ ތެރޭ ކޮށް ނިންމާލެވިދާނެ ކަންކަންކަމުގައިވިއަސް ކަމާނުގުޅޭ ބޭކާރު އެތައް ކަމެއް އެދެމެދަށް ވަނުމުގެ ސަބަބުން މިފަދައިން ކަންތައް ހިނގަން މެދުވެރިވެ އެވެ. އަޅުގަޑު ހިތުން ކޮންމެ ކަމެއް ކުރާއިރުވެސް އެކުރާ ކަމަކަށް ތިމާ މުޅިން ހުސްވެގެން ހުރެ ކުރުމަކީ މުހިއްމު ކަމެކެވެ. ސާފުކުރާ ވަގުތަކީ ހަމަ ސާފުކުރާ ވަގުތެވެ. އެއީ ޓީވީ ބަލާ ވަގުތެއް ވެސް ނޫނެވެ. ނޫސް ކިޔާ ވަގުތެއްވެސް ނޫނެވެ. އަދި ފޯނުގައި ހުންނަންވީ ވަގުތެއްވެސް ނޫނެވެ. މި ގެނެސްދެވުނީ ގޭތެރެ ސާފުކުރުމުގައި އެހީތެރިވުމުގެ ގޮތުން ގެނެސްދެވުނު ބައިތަކެއް ކަމުގައިވިއަސް މި ފަދަ ކިތައްމެ ކަމެއް މިކަމާ ގުޅި ލާމެހިފައިވޭ. ވިސްނަންވީ ވަގުތަކީ އަގުހުރި އެއްޗެއްކަމާ އެންމެ ހިނދުކޮޅަކީ ވެސް ބޭކާރުގޮތުގައި ހޭދަކުރަންވީ ވަގުތު ކޮޅެއް ނޫންކަމެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)
![]()
...
ލިޔުނީ ސްނޯ ޑްރޮޕް, 2009-06-25 03:35:10
އަޅުގަނޑު ހީކުރަން ކިއުންތެރިންނަށް އަޅުގަނޑުގެ ފުރަތަމަ ހުށަހެޅުން ކަމުދާނެ ކަމަށް! ތިބޭފުޅުންގެ ފާޑު ކިއުންތަކަކީ އަޅުގަނޑުގެ ލިޔުންތައް ފުރިހަމަ ކުރުމަށް ލިބޭ އިތުރު ނުކުތާއެއް.
...
ލިޔުނީ މުހައްމަދު ސާޢިފް, 2009-06-25 15:23:17
އެހާ ފައްކަލެއް ނޫނެވެ. އަވަސް އަރުވާލުމުން ނުވަތަ އަވަހަށް ކަމެއް ކުރަން އުޅުމުން އެކަމެއް ފުރިހަމައަށް ރަނގަޅަކަށް ނުކުރެވޭނެއެވެ. މިކަންތައްތައް ކުރުމުން ލިބޭފައިދާތަކާއި އެއްވަރަށް ލިބޭ ގެއްލުންތައްވެސް ބަޔާންކުރަން ވާނެއެވެ. ކަމުގެ ދެކޮޅު ލިޔަންވާނެއްވެ. ހަމައެހެންމެ މިޔުޒިކް ޖެހުމަކީ އެހާ ބުއްދިވެރި ކަމެއްގެ ގޮތުގައެއް އަޅުގަނޑަކަށް ނުފެނެއެވެ. އެކަމަކު މި Article ރަނގަޅެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|