ފަންވަތް ދިވެހި މާދަރީބަސް
މާދަރީބަސް
"އުޖާލާވި ރަންތަރީ"ގެ އުޖާލާ އަލިކަން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
15 ޖެނުވަރީ 2012، 03:01 އާދީއްތަ


ފާޠިމަތު އަމްނާ ޢަޒީޒު- ލ. މާވަށް



   "އެންމެ ދީލަތިވަންތަ ކީރިތި  ޖައްލަ ރައްބީއަށް ދުލުން،
                      ދެންނެވުން އެކަށޭނަހެން އަދު  ރަމްޒުކޮށް  ކިޔަމޭ  ސަނާ
   އެންމެހައި  ޢާލަމްތަކަށް  ބޮޑު ރަޙުމަތެއްކަމުގައި އެވާ
                      ނަން އިތުރު ކައު މުޞްޠަފާއަށް  ރަމްޒުކޮށް ކިޔަމޭ ސަނާ
   ޢިއްޒަތާ އަބުރާ  މި ދީނަށް  ދެއްވި ހޯދައި  މިންނަތުން
                      އާލުނާ  އަބްދާލުނަށް  މޮޅު  ރަމްޒުކޮށް  ކިޔަމޭ  ސަނާ"
 
މަޒުމޫނުގެ މައިގަނޑު ބައިތައް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
07 ޖެނުވަރީ 2012، 07:33 ހޮނިހިރު


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


މަޒުމޫނުގެ ތަޢާރަފުގައި ލިޔުންތެރިން ތަފާތު ތަޢުރީފުތައް ލިޔުއްވައިފައި ހުރެއެވެ.  މި ތަޢުރީފުތަކުގައި ޢިބާރާތުގެ ކުދިކުދި ތަފާތު ހުއްޓަސް ކޮށްފައިވަނީ ހަމަ އެއް މާނައެކެވެ.

ލަފުޒީގޮތުން ބަލާއިރު މަޒުމޫނުގެ މާނައަކީ އެއްޗިހިތަކެއް އެއްކޮށްގެން ޖަމާކުރެވިފައިވާ އެކައްޗެވެ. އަޅުގަނޑުމެން މަޒުމޫނޭ މި ކިޔަނީ އެއް މައިގަނޑުނަމަކަށް ބިނާކޮށްގެން ހޯދައިފައިވާ އެތައް ބައިވަރު މަޢުލޫމާތުތަކެއްގެ މައްޗަށް ލިޔެ އެއްކޮށްފައިވާ ޕެރެގުރާފުތަކަކަށެވެ.
 
ދިވެހި ބަސްފޮތް ނެރެވުނު ޙަފުލާގައި ޑރ. ޙަސަން ޙަމީދު ދެއްކެވި ވާހަކަފުޅު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
15 ޑިސެމްބަރ 2011، 00:31 ބުރާސްފަތި


الحمد لله رب العالمين اللهم صل وسلم على نبينا محمد وعلى آله وأصحا به أجمعين

ނާއިބު ރައީސް ޑރ މުޙަންމަދު  ވަޙީދު ޙަސަން މަނިކު، ބަސްކޮމިޓީގެ ރައީސް އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން،

ޗާންސެލރ ޑރ މުޞްތަަފާ ލުޠުފީ

ވަޑައިގެން ތިއްބެވި އެންމެހާ ހާޒިރީން

އައްސަލާމް އަލައިކުމް.
 
ގޮބޮޅިއެއްގެ ދުލުން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 9
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
21 ނޮވެމްބަރ 2011، 06:24 ހޯމަ

ޢަބްދުއްޝަހީދު ޢަބްދުއްލަތީފް

އަހަރެން އުފަންވިތާ ކިތަންމެ ދުވަހެކެވެ. ޅަކަމުން ކަންނޭނގެއެވެ. ގެއިން ބޭރަކަށް ނުވެއް ނިކުމެވެއެވެ. ކަނު އަނދިރީގައި ފިތި ބާރުވެ އޮންނަންޖެހުމުން ހިތްދަތި އިޙްސާސް ތަކެއް ކުރެވެއެވެ. ބޭރުން އިވޭ ނާމާން އަޑުތަކާއި އެކުވެސް ބޭރުގެ ޚަބަރުތައް ބަލާލުމަށް އެދެވެއެވެ. ދުވަހެއްދުވަހަކަށް އަހަރެން ބޮޑުވަމުން އާދެއެވެ. ވާއުނދަގޫ ވަނީ ހައްތަހާ ބޮޑެވެ. ފިތޭފިތުން ހައްތަހާވަނީއިތުރެވެ. އަހަންނަށް މިތަނުން ބޭރަށް ނުކުމެވޭނީ ކޮން ދުވަހަކުން ބާވައެވެ؟
 
އެސް. އެސް. ސީ އިމްތިޙާނުގައި ދަރިވަރުންގެ ދިވެހި ނަތީޖާ ދަށްވަނީ ކީއްވެ؟ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 7
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
15 ނޮވެމްބަރ 2011، 01:29 އަންގާރަ
ެ        
އާދަމް ނަޞީރު އިބްރާހީމް (2011)

މަދަރުސާގައި ކިޔަވަމުންދާ، ތިބާގެ ދަރިފުޅު ކޮންމެ ދުވަހަކު ކެމިސްޓްރީގެ އާ ''އެކްސްޕެރިމަންޓެއް'' ނުހަދަ އެވެ. އެކަމަކު ކޮންމެ ދުވަހު ދިވެހި ބަހުން އާ ވާހަކައެއް ދައްކަ އެވެ. އެ ދަރިވަރު ކޮންމެ ދުވަހަކު ''އެކައުންޓިންގ'' ގެ  އާ ނަންބަރު ތަކެއް ނުހަދަ އެވެ. އެކަމަކު ކޮންމެ ދުވަހަކު ދިވެހި ބަހުން އާ ޖުމުލަތަކެއް ހަދަ އެވެ.  ކޮންމެ ދުވަހަކު ބަޔޮލޮޖީގެ އާ ފިލާވަޅުތަކެއް ނުނަގަ އެވެ. އެކަމަކު ދިވެހި ބަހުން އާ ލަވައެއް ނުވަތަ އާ ވަހަކަ އެއް ނުވަތަ އާ ޚަބަރެއް އަޑު އަހަ އެވެ.
 
އަމީނީ ދައުރާއި ދިވެހި އަދަބީ ކުރިއެރުން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
29 އޮކްޓޫބަރ 2011، 01:32 ހޮނިހިރު

ދިރާސީ މަޒުމޫނު:


މުޙަންމަދު އަމީނު ދައުރުގެ އަދަބީ ޚިދުމަތްތަކުގެ ސަބަބުން، ދިވެހި އަދަބިއްޔާތަށް ކުރިއެރުންތަކެއް ލިބިފައިވެ އެވެ.

އާދަމް ނަޞީރު އިބްރާހީމް (2011)

ބަހެއްގެ އަދަބީ ޙަރަކާތްތެރިކަމަށް  ބަދަލުތައް އައުމުގައި އެ ބަހެއްގެ އަހުލުވެރިންގެ ސިޔާސީ ޙާލަތު ވަރަށް ގިނަ ފަހަރަށް އިސް ދައުރެއް އަދާކުރެ އެވެ.  ސިޔާސީ ގޮތުން އަންނަ ބަދަލުތައް ވެސް ފެށެނީ، އިންސާނީ ފިކުރާ ހަމައިން ކަމަށްވެފައި، އަދަބިއްޔާތަކީ ވެސް އިންސާނީ ފިކުރުން އީޖާދުވާ ފަންނަކަށްވާތީ އެވެ. މި ގޮތުން ޤައުމެއްގެ ނިސްބަތުގައި ސިޔާސީ ބާރުވެރިކަން ލިބިފައިވާ އެންމެ އިސް ފަރާތުގެ ވިސްނުމާއި ފިކުރުގައި،
 
ބުޅަލެއްގެ ޑައިރީން ގަނޑެއް..... ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
25 އޮކްޓޫބަރ 2011، 17:29 އަންގާރަ

އެއްރޭގެ ހަތަރުދަން


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އަހަންނަށް ގޭ ހުރިހާ އެންމެންވެސް ވަރަށް ހެވެވެ. އެހެންވެ އަހަރެންގެ އަޞްލު ޠަބީޢަތް ހާމަ ކުރާކަށް ނުކެރެއެވެ. އަހަރެން ނިދަނީ ގޭ ކައިރީ އަސްކަންޏެއްގެ ދަށުގައެވެ. އެއީ އެ ގޭ މީހުން ހިކިމަސް ގުދަން ކޮށްފައި ހުންނަ ތަނެވެ. ޖެހިގެން ހުންނަނީ ވަގުތީ ބަދިގެއެވެ. އެ ގެއަށް ގެންނަހައި މަހެއް ކައްކައި ހިއްކާއިރު އޭގެ ގަރުދިޔަގަނޑުން ރިހާރުކުރުހަދަނީ އެ ބަދިގޭގައެވެ. ނަތީޖާއެއްގެ ގޮތުން އަހަރެން ނިދާ ޖަގަހައިގައި އޮންނައިރު އަންނަ ވައިރޯޅިން ތަފާތު ވަސް ދުވައެވެ. ބައެއް ފަހަރު ގަރުދިޔަ ވަހެވެ. ރިހާކުރުވަހެވެ. ފިއްލެޔޮ ވަހެވެ. ހިކިމަސްވަހެވެ. ލޭކުނި ވަހެވެ. މަދު ފަހަރެއްގައި ބަތާއި ރިހަވަސްވެސް ދުވައެވެ. މިއީ އަހަންނަށް އެންމެ މީރު ބާވަތްތަކެވެ. މި ވަސްތައް މަށަށް ދުވާތީ ރޭގަނޑު ހަމަނިދި ނުނިދެއެވެ. މި ވަހުންވެސް ހިތްދަތިކަމާ އެއްވަރަށް ހިތް ހަމަ ޖެހުން ލިބޭތީއެވެ. ފަހަރެއްގައިވެސް ގުދަނުގެ ދޮރުފަތް ހަނދާން ނެތިގެން ނުލައްޕައި ގޭ މީހުން ނިދައިފިނަމަ މަސްގަނޑެއް ކައިލާނެ ފުރުޞަތުވެސް ލިބިދާނެކަމަށް ކުރެވޭ އުންމީދު ބޮޑެވެ.
 
ރޭޑިއޯ ޕްރޮގްރާމަކަށް "އެނަލޮގް" ލިޔާނެ ގޮތުގެ ނަމޫނާއެއް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 5
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
22 އޮކްޓޫބަރ 2011، 00:00 ހޮނިހިރު

 

ލޯފަން ކުއްޖެއްގެ އިޙްސާސް


މިއޮތީ އަހަރެން އެކަނިމާ އެކަންޏެވެ؟ ގާތުގައި އެކަކުވެސް ނެތެވެ. އަހަރެންގެ މި އެކަނިވެރިކަން އިޙުސާސްކުރަނީ ކާކުހެއްޔެވެ؟

މިހާރު އެއްވެސް މީހެއްގެ އަޑެއް ބަޑެއް ނީވެއެވެ. އެންމެން ދިޔައީ ކޮންތާކަށް ހެއްޔެވެ؟ ކޮޓަރިތަކަށް ވަދެ ތިބީ ހެއްޔެވެ؟ އަހަންނަށް ވެސް ވަރުބަލިކަން އެބަ އިޙްސާސްކުރެވެއެވެ. ނިދުމަކީ ވާނުވާ ނޭނގި ތިބުމަށް ކިޔާ ނަމަކީތާއެވެ؟ އެހެންވީއިރު އެންމެން ނިދީބާވައެވެ؟ މަންމަމެން އެ ކިޔާ ރޭގަނޑު އައީކަން ނޭނގެއެވެ. ރޭގަނޑާއި ދުވާލަކީ ކޮބައިހެއްޔެވެ؟ ދުވާލާއި ރޭގަނޑު ވަކިކުރަނީ ކިހިނެއްބާވައެވެ؟ ރޭގަނޑު ވީމާ އިރުއޮއްސެނީއޭ ބުނާތީ އިވެއެވެ.
 
ވާހަކަދެއްކުމުގެ އަދަބުތަކުގެ ތެރެއިން....... ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 5
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
15 އޮކްޓޫބަރ 2011، 00:00 ހޮނިހިރު

ލެއްވުމާއި ވިދާޅުވުން


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މި ލިޔުން އަޅުގަނޑު ޚާއްޞަކޮށްލާނީ ވާހަކަދެއްކުމުގެ އަދަބުތަކުގެ ތެރޭގައި ހިމެނޭ، މާތްދަރަޖަ އާއި އެންމެ މާތް ދަރަޖަ ބޭނުންކުރެއްވުމުގައި ގިނަ ބޭފުޅުންނަށް އެންމެ އޮޅުން އަރާކަމަށް އަޅުގަނޑަށް ފާހަގަކުރެވޭ ނުކުތާއެއްގެ މައްޗަށެވެ.
        
ކަމަކާ ގުޅިގެން ޢާއްމު ގޮތެއްގައި "ލެއްވުން" މި މަޞްދަރު އިތުރުކުރެވެނީ ދެވަނަ ދަރަޖަ ކަމުގައިވާ މާތް ދަރަޖައިން ވާހަކަދައްކާއިރު އެވެ. އެންމެ މާތް ދަރަޖައިން ވާހަކަދައްކާއިރު ޢާއްމު ގޮތެއްގައި އިތުރުކުރެވެނީ "ވަޑައިގަތުން" މި މަސްދަރެވެ.
 
ދިވެހީންގެ ޚާއްޞަ މަޚުރަޖް ގެއްލެނީއެވެ. ދެރައެއް ނުވޭހެއްޔެވެ؟ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
14 އޮކްޓޫބަރ 2011، 11:33 ހުކުރު


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ޢަރަބީން އެ އަޑަކާ މެދު ފަޚުރުވެރިވާ އަޑަކީ "ض" ގެ އަޑެވެ. ދިވެހީންގެ ވެސް އެފަދަ އަޑެއް އޮތެވެ. އެ އަޑުގެ ރަމްޒު ތާނައިގައި އޮތަސް އެ އަޑު ދިވެހީންގެ ތެރޭގައި މިހާރު ޢާއްމުކޮށް ބޭނުންކުރެވެޔެކޭ އަޅުގަނޑު ދަންނަވާހިތެއް ނެތެވެ. އަޅުގަނޑަށް އެ އަޑު އިވޭލެއް މަދުކަމުންނެވެ. ވަރަށް މަދު ބޭފުޅަކަށް އެ އަޑު ބޭނުންކުރައްވަން އެނގިވަޑައިގަތަސް މި ޖީލުގެ ޒުވާނުން އެ އަޑާ ބީރައްޓެހި ކަމުންނެވެ.

އަޅުގަނޑު މި ދަންނަވަނީ "ށ"ގެ އަޑުގެ ވާހަކައެވެ. މިއީ ދިވެހީންނަށް ޚާއްޞަ އަޑެކެވެ. އެހެން ބަހަކުން އަޅުގަނޑަށް ހަމަ ގައިމުވެސް ފާހަގަކުރެވިފައިވާ އަޑެއް ނޫނެވެ. ނެތެކޭ ދަންނަވާކަށް ނުކެރޭނެ އެވެ. އެކަމަކު ބުނެވޭ ގޮތުގައި މިއީ ހަމަ ދިވެހީންނަށް ޚާއްޞަ އަޑެކެވެ.
 
ރާނާ ސިމެންތިޖެހުން އަދި މަޢުލޫމާތު ހޯދާ ލިބިގަތުން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 8
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
10 އޮކްޓޫބަރ 2011، 17:34 ހޯމަ


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އަޅުގަނޑު މި މަޒުމޫނުގައި މި ބަޔާންކުރަނީ މަޢުލޫމާތު ހޯދުމުގެ ވާހަކައާއި އެ މަޢުލޫމާތު ލިބިގަތުމުގެ ވާހަކައެއް ވެސް ނޫނެވެ. އަދި ރޭނުމާއި ސިމެންތި ޖެހުމުގެ ވާހަކައެއް ވެސް ނޫނެވެ. މިއީ ބަހުގެ ހަމަތަކުގެ ތެރެއިން މުހިއްމު ހަމައަކާ ބެހޭ ގޮތުން އަޅުގަނޑު ފާޅުކުރާ ޚިޔާލެކެވެ. މީގެ ކުރީން ވެސް ތަފާތު މައުޟޫޢުތަކަށް އަޅުގަނޑު އިންސާފުކޮށްފައިވާ ވާހަކައެކެވެ. ނަމަވެސް މިކަމަށް މުދައްރިސުންނާއި ލިޔުންތެރީންނާއި ކާތިބުންނާއި ޓައިޕިސްޓުންގެ ސަމާލުކަން އެހާ ބޮޑަށް އޮތް މައްސަލައެއް ނޫނެވެ. ހިތާމަހުއްޓެވެ!!
 
ތިކިޖެހިތާނަ ނުވަތަ ތާނައިގައި ހުންނަ ތިކިޖެހި އަކުރުތައް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 7
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
02 އޮކްޓޫބަރ 2011، 12:19 އާދީއްތަ


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
        

1- ތާނަ ލިޔުމުގައި ބައެއް އަކުރުގައި ތިކިޖަހައިގެން ލިޔުން

ދިވެހިބަހަކީ މުއްސަނދި ބަހެކެވެ. ދިވެހީންނަކީ ދޫ ފަސޭހަ ބަޔެކެވެ. އެހެނީ ގިނަ ބަސްބަހުން ވާހަކަދައްކާ އަޑު އަހާއިރު، މާދަރީ ބަސް ނޫން ބަހެއްގެ އަކުރުތައް ކިޔަން އެމީހުންނަށް ވަރަށް އުނދަގުލެވެ. ނަމަވެސް ދިވެހީންނަށް ދިވެހި ބަހުގެ އަހުލުވެރީންނަށް އެއީ ހަމަ ދާދި ފަސޭހަކަމެކެވެ.

މިސާލަކަށް: ޖަޕާނު މީހުން އަޅުގަނޑު ނުވަތަ މޯލްޑިވްސް ކިޔަން އުޅޭއިރު "ޅ"ގެ ބަދަލުގައި އަދި "ލ"ގެ ބަދަލުގައި "ރ" ގެ އަޑު ނުކުމެއެވެ.
 
ދިވެހިބަހުގައި ކަންއިތުރު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
28 ސެޕްޓެމްބަރ 2011، 20:15 ބުދަ


ޢަބްދުﷲ ޢިމްރާން،  އދ. ހަންޏާމީދޫ

ކަންއިތުރަކީ ކަމަކަށް އިތުރު ސިފައެއް ނުވަތަ ބަޔާނެއް ގެނެސްދޭ ކޮންމެ ލަފުޒެއް ނުވަތަ ލަފުޒުތަކެކެވެ. އެހެނީ ކަންއިތުރުގެ ގޮތުގައި ލަފުޒެއްގެ އިތުރުން ބަޔާންވެސް އާދެއެވެ. މިހާތަނަށް ޝާއިޢު ކުރެވިފައިވާ ޤަވާއިދު ފޮތްތަކުގައިވެސް ބަޔާންކޮށްފައި ހުންނާތީ ފެންނަނީ ކަމަކަށް އިތުރު ސިފައެއް، ނުވަތަ ބަޔާނެއް ގެނެސްދޭ ކޮންމެ ބަހަކީ ނުވަތަ ބަސްތަކަކީ ކަންއިތުރުގެ ގޮތުގައެވެ. މިގޮތަށް ކަންއިތުރު އައުމުގައި ކަމުގެ ކުރިއަށް އަދި ފަހަތަށްވެސް ކަންއިތުރު އާދެއެވެ. ވީމާ ކަންއިތުރަކީ ހިނގި، ހިނގާ، ހިނގައިފި، ހިނގާނެ ނުވަތަ ހިނގައިފާނެ ކަމަކަށް އިތުރު ސިފައެއް ގެނެސްދޭ ކޮންމެ ލަފުޒެއް ނުވަތަ ލަފުޒުތަކެއް ކަމަށް ދެންނެވިދާނެއެވެ.
 
މުޅި އޮޑީގައި ޙަސަނު ދެފައި ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
10 ސެޕްޓެމްބަރ 2011، 12:37 ހޮނިހިރު

ޢަބްދުﷲ ޞާދިޤު
     
މިއީ މިސާލު ބަހެކެވެ. މިސާލު ބަހޭ ކިޔަނީ ހިނގާފައި އޮތް ކަމަކަށް ނިސްބަތްވާގޮތަށް ޖަހާ މިސާލަށެވެ. މިކަން ވީގޮތް މި ދަންނަވަނީއެވެ.

ދަތުރު އޮޑީގެ މީހުން ރަށެއްގައި ޖައްސާފައި ފެން ބަލައި ރަށަށް ފައިބަމުން އޮޑީގައި ބޭއްވީ ޙަސަނެވެ. ބޮއްކުރާގައި އެމީހުންނަށް އެއްގަމަށް ފޭބުނީ ވަރަށް ގިނައިރުވީ ފަހުންނެވެ. އެއީ ފަޅު ބޮޑު ކަމުންނާއި ފަޅު ދަތިކަމުންނެވެ.
 
"ނަމަވުން"، މިއީ ޒަމާނުގެތެރޭގައި ހިމަނަންޖެހޭ ބައެއްކަމަށް ޤަބޫލުކުރަންތަ؟ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
01 ސެޕްޓެމްބަރ 2011، 00:10 ބުރާސްފަތި

ނަމަވުމާއި އެހެންޒަމާންތަކާ ހުރި ފުށުއެރުންތައް


މުސާ ޝަރީފު ޢަލީ ޝަރީފު، ދުންފިނިގެ، ލ. މާވަށް

1.    ތަޢާރުފު

ބަހުގެ ގަަވާއިިދާ ބެހޭގޮތުން، އެންމެ ފުރަތަމަ ވާހަކަދައްކައިފައި ވާ ކަމަށް ބެލެވެނީ ގާތްގަނޑަކަށް 4 ވަނަ ޤަރުނުގެ ތެރޭގައި ގްރީކްގެ ބަސްވާރުންނެވެ. އޭގެ ފަހުން މިއަދާ ހަމައަށް އައިއިރު ވެސް ދުނިޔޭގައި ވާހަކަދެކެވެމުން އަންނަ އެކި ބަސްބަހުގެ ޤަވާޢިދާމެދު ބަސްވެރިންނާއި ބަސްވާރުންނާއި ޢިލްމުވެރިން އަންނަނީ ޤަވާޢިދު ފޮތްތަކެއް ލިޔަމުންނެވެ. މި ގޮތުން، ދިވެހިބަހުގެ ގަވާއިިދާ ބެހޭގޮތުން ލިޔެފައިވާ އެންމެ އިހުގެ ލިޔުމެއްކަމަށް ބެލެވެނީ، ނައިބު ތުއްތު ލިޔުއްވާފައިވާ ތަޤްވީމުއްލިސާނިއެވެ. ނުވަތަ ތާނަލިޔުމުގެ ގަވާއިދެވެ. ނުވަތަ މި ދެ ފޮތެވެ.
 
الله، إلـه، ربّ، މާތްރަސްކަލާނގެ، ރަސްކަލާނގެ، މާތްކަލާނގެ، އިނބަރަސްކަލާނގެ، އިނބަސުވާމީންގެ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
08 އޮގަސްޓް 2011، 00:00 ހޯމަ


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


މި މަޒުމޫނުގެ މައިގަނޑުނަން ފެނިވަޑައިގަތުމުން މިއީ ދީނީ މަޒުމޫނެއްކަމަށް ހީފުޅުވެދާނެ އެވެ. މަޢާފުކުރެއްވުން އެދެމެވެ. މިއީ ހަމަ އަދަބީ މަޒުމޫނެކެވެ. ވީމާ މި ނުކުތާއަށް ސަމާލުކަންދެއްވައިގެން މި މަޒުމޫނު ވިދާޅުވެދެއްވުން އެދެމެވެ.

އަޅުގަނޑުމެން މުސްލިމުން ހިތުގެ އަޑިން ޤަބޫލުކުރާ ފަދައިން އަޅުގަނޑުމެން އެންމެން ހައްދަވައި ގެންގުޅުއްވައި ބަލަހައްޓަވައި ބޮޑުކުރައްވައި އަޅުގަނޑުމެންނަށް އެންމެހައި ނިޢުމަތްތައް ދެއްވަނީ  الله سبحانه وتعالى އެވެ.
 
ދިވެހިބަހުގެ މަސައްކަތު ލަފުޒުތައް ނުވަތަ އަކުރު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 7
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
23 ޖުލައި 2011، 14:39 ހޮނިހިރު

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


(ހ) އަކުރަކީ ކޮބާ؟
    ދިވެހިބަހުގައި އަކުރަކީ ބަހުގެ އަޑުތައް ލިޔުމުން ފާޅުކުރުމަށް ބޭނުންކުރާ ރަމްޒުތަކުގެތެރެއިން "ފިލި" ނޫން އެހެން ނިޝާންތަކެވެ.
    މިސާލު:  ހ، ށ، ނ، ރ، ބ، ކ، އ، . . . .

    މީގެ އިތުރަށް އެހެން ލަފުޒަކާ ގުޅިގެން ނޫނީ މާނައެއް، އާދެ! ފުރިހަމަ މާނައެއް ދޭހަނުވާ ލަފުޒުތަކަކީވެސް ދިވެހިބަހުގެ ގަވާއިދުގައި އަކުރެވެ. މިއީ ދިވެހިބަހުގައި ހިމެނޭ އަށް ބައިގެ ތެރެއިން އެއް ބަޔެވެ. މި ޒަމާނުގެ ޢިބާރާތުން ދަންނަވާނަމަ މި ފަދަ ލަފުޒުތަކަކީ މަސައްކަތު ލަފުޒެވެ.
 
ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމަށްޓަކައި، ދިވެހިބަސް ތަރައްޤީކުރުމުގައި ފަރުދުންގެ ޙިއްޞާ ވަރަށް މުހިއްމެވެ. ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
22 ޖުލައި 2011، 12:05 ހުކުރު


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ލ.މާވަށް

ދިވެެހި ޤައުމު އޭގެ އެންމެ ހަލުވި ދުވެލީގައި ތަރައްޤީގެ ހަރުފަތްތައް ގިރާކުރަމުން ކުރިއަށްދިޔުމަށް މަސައްކަތްކުރާ މިންވަރާ ކައިރި މިނެއްގައި ވެސް، ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިއްމު ބައިކަމުގައިވާ ދިވެހިބަހުގެ ތަރައްޤީއަށް ދިވެހީން ސަމާލުކަން ދޭބާވައެވެ! ދިވެހިބަހާ ނުލައި ދިވެހި ޤައުމިއްޔަތު ދެމެހެއްޓޭނެބާވައެވެ! ބަސް ތަރައްޤީކުރުމަކީ ޤައުމީ ތަރައްޤީއަށްޓަކައި މުހިއްމު ކަމަކަށް ނުވޭބާވައެވެ!

ދިވެހިބަހާއި ބަހުގެ ހުރިހައި ފަންނުތަކެއް ދިރުވައި އާލާކޮށް, ތަރައްޤީކުރުމަށް
 
މޮޅު ޢިބާރާތަކީ މިއީއެވެ. ރީތި ސިފަކުރުންތަކަކީ މިހިރީއެވެ. ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 10
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
28 ޖޫން 2011، 00:39 އަންގާރަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ކުށެއް ނެތް ރީތި މޮޅު ޢިބާރާތްތަކަކީ؛ ޢިޝްޤީ، ޖިންސީ، އަދި ސަމާސާ ވާހަކަތައްވެސް އައިބު ނުވާފަދަ ރީތި، ބަލާޣާތްތެރި ފަށުވި ޢިބާރާތުން ބަޔާންކުރެވިފައި ހުންނަ ޢިބާރާތެވެ. ދިވެހިބަހުން، "ބެރެކި ނުކޮށް" ބަލާޣާތްތެރިކަމާއި ފަޞާޙާތްތެރިކަމާއެކު ކޮންމެ ޚިޔާލެއްވެސް ބަޔާންކޮށް ހާމަކުރެވިދާނެކަން މޮޅު ލިޔުންތެރީން ވަނީ ސާބިތުކޮށްދެއްވައިފައެވެ. އެހެންނަމަވެސް މި ޒަމާނުގެ ބައެއް ލިޔުންތަކަކީ ދިވެހިބަހާއި އަދަބަށް ހުތުރުއަރާފަދަ ފޭރާންދެރަ، ދެރަވަރުގެ "ބަރަހަނާ" ޢިބާރާތްތަކެވެ.
 
މި ފޮނި ދިވެހިބަސް ހިތިވަމުން ދާތީ.. ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
25 ޖޫން 2011، 01:52 ހޮނިހިރު
          
ކަނީރު ޢަބްދުއްރަޙީމު
                     
މިނިވަން ކަމަކީ ކޮބައިހެއްޔެވެ.   އެއްވެސް ހިފެހެއްޓުމެއްނެތުމޭ ބުނެފިނަމަ އެއީ ރަނގަޅުޖަވާބެއް ހެއްޔެވެ.  އެކަމަކު އެއީ މިނިވަންކަމޭ ބުނާ ގިނަބަޔަކު މިތިބަ އުޅެނީއެވެ. ގާނޫނުގައިވެސް އޮންނަންވާގޮތަކީ ކުރެވޭގޮތަށެވެ. ގަވައިދުތައް ހަދަންވާނީ ހުއްދަވާ ގޮތަށެވެ.
 
އިތުރު ...


ސަފްހާ 1 ގެ 8
ހަމަ މި ގަލަމުން
extra avandia and congestive heart failure