ފަންވަތް ދިވެހި މާދަރީބަސް ރަނގަޅު ލިޔުމެއް ލިޔާނީ....
ބެލި ޢަދަދު: 1180
ރަނގަޅު ލިޔުމެއް ލިޔާނީ.... ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
22 އޮކްޓޫބަރ 2009، 00:37 ބުރާސްފަތި


އަޙްމަދު ޝަމީނު ދޮންމަނިކު (2006)

ކިއްސަރު ހެޔޮ އޮޑިއެއް ބަންނަން، ފަށަން ބެހެއްޓުމާހަމައިން، އެ ނެރުން ނިކުމެ ތަމަލަ ކަނޑު ކަފަން ފެށުމާ ދެމެދު ވަރަށް ގިނަ މަޑޫތަކެއް އިންދަންޖެހެއެވެ. ވަރަށް ގިނަ މަލަރުކުރުންތަކެއް މަލަރުކުރަންޖެހެއެވެ. އާދޭހެވެ. ހަމައެފަދައިން ރަނގަޅު ލިޔުމެއް ލިޔަން ގަލަން ކަރުދާސްގަނޑުގައި ޖައްސާލުމާ ހަމައިން އޭގެ ބުގިސް ބަސްތައް ހިތްތަކުގެ ދަރަކަށް ފޯރުމާ ދެމެދު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. މާވަޑިޔާ ވެސް އަދި ލިޔުންތެރިޔާވެސް ވަރަށް ގިނަ އޮޅިތަކެއް ގިރާކުރަން ޖެހެއެވެ. އަދި ވަކިން ޚާއްޞަކޮށް ލިޔުން ތެރިޔާ ލިޔަނީ އަދަބީ ލިޔުމެއްނަމަ ވިސްނަންޖެހޭ ތަފާތު ދާއިރާތަކެއް ހުރެއެވެ. މިލިޔުމުގައި އަޅުގަނޑު ބަލައިލާނީ ރަނގަޅު އަދަބީ ލިޔުމެއް ލިޔާނެ ގޮތަށެވެ.

މައިގަނޑު ގޮތެއްގައި ލިޔުންތެރިޔާ ފަސް އޮޅިއެއް ގިރާކުރަން ޖެހޭނެއެވެ. އެއީ (1) ލިޔަން ފަށައިގަތުމުގެ ކުރިން ކުރަންޖެހޭ ކަންތައްތަކާއި، (2) ލިޔުމުގެ ދެލިކޮޕީ ތައްޔާރުކުރުމާއި، (3) "ހިރަފުސްފޮޅުމާއި"، (4) "ކޮށާމެށުން" އަދި (5) ޝާއިޢުކުރުމެވެ.

ލިޔަން ފަށައިގަތުމުގެ ކުރިން އެންމެ އިސްކަމެއް ދޭންޖެހޭނީ މައުޟޫޢާބެހޭގޮތުން އެނގެން ޖެހޭ އެންގުންތައް އެނގުމަށެވެ. ޚާއްޞަކޮށް އެލިޔުމެއް ލިޔުމުގެ މަޤްޞަދަކީ ނުވަތަ ބޭނުމަކީ ކޮބައިކަން ދަތުމެވެ. ސަބަބަކީ ލިޔުމުގެ ވައްތަރުތަކުގެ ތެރެއިން އެންގުމެއް އެންގުން، އޮޅުންފިލުވައިދިނުން، މުނިފޫހިފިލުވުން ފަދަ ކޮންމެ ވައްތަރެއްވެސް އޭގެ ޒާތުގައި ލިޔުންތެރިޔާއަށް ތަފާތު ފިކުރިއްޔާތެއް ގެނަސްގަތުމަށް މަޖްބޫރުކުރުވައެވެ. އަދިހަމައެހެންމެ އެލިޔުމެއް އެ ހުށަހަޅާ ބާވަތަށްވެސް އޭނާގެ ވިސްނުމުގެ ދާއިރާއިން ޖާގަދޭންޖެހެއެވެ. އެބައެއް ކިޔުމަށް ލިޔުން ތައްޔާރުކުރާ ބައެއްގެ ޢިލްމީ ފެންވަރާ ފުށުއަރާ ބަހުރުވައެއް ނުވަތަ އުސްލޫބެއް ގެންގުޅެވިއްޖެނަމަ، އެކުރެވުނު މަސައްކަތް ފަނުފުލުން ލައިގެން ދިއުން ވަރަށް ކައިރިއެވެ. އާދޭހެވެ. އަޅުގަނޑުމެނަށް ކިތައްމެ މީރަސް ފަސްމަހުގެ ކުއްޖަކަށް