ފަންވަތް ދިވެހި މާދަރީބަސް ވާހަކަ ލިޔުން
ބެލި ޢަދަދު: 999
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ވާހަކަ ލިޔުން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
07 އޮގަސްޓް 2010، 03:07 ހޮނިހިރު

އާދަމްޝަރީފު މުޙަންމަދު

ރަނގަޅު ވާހަކައެއް ލިޔާނީ ކިހިނެތް ހެއްޔެވެ؟ ބައެއް ކާމިޔާބު ލިޔުންތެރިންގެ ތިރީގައިވާ ބަސްކޮޅުތަކަށް ބަލައިލާށެވެ.
* ގިނައިން ލިޔުނު ވަރަކަށް ދަސްވާނެ އެވެ. ތާކުންތާކު ނުޖެހޭ ވާހަކައެއްވެސް ލިޔެވިދާނެ އެވެ. އެކަމަކު ރަނގަޅު ވާހަކައެއް ލިޔުމަށް ކޮށޭމަގަކަށް އެވާހަކަ ވާނެ އެވެ.  ( އިސަކް އެސިމޯވ )
* ލިޔާ ޖުމްލަތައް ބާރަށް ކިޔާށެވެ. ( ހެރީ )
މަސައްކަތް

ރަނގަޅު ވާހަކައެއް ލިޔުމަށްޓަކައި ފޫހި ކަމެއްނެތި އަމިއްލަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. ދުނިޔޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިންވެސް އެމީހުން ލިޔެފައިވާ ގިނަވާހަކަ ތަކުގެ ތެރެއިން ހިތްހަމަ ޖެހޭގޮތަށް ލިޔެވިފައިވަނީ ވަރަށް މަދު ވާހަކަ އެކެވެ.

ހަނދާން ކުރާށެވެ. ރަނގަޅު ވާހަކައެއް ލިޔެވޭނީ ޕްރެކްޓިސް ކޮށްގެންނެވެ. ރަނގަޅު ވާހަކައެއް ލިޔެވޭނީ ވަރަށްގިނަ ވާހަކަ ލިޔެގެންނެވެ.

1. ފުރަތަމަ ޕެރެގުރާފު ލޔުމަށް އެންމެ ބުރަ މަސައްކަތް ކުރާށެވެ.

'' އަހަރެންނަށް ލިޔަން ވަރަށްފަސޭހަކަމަށް މީހުން ބުނެއެވެ. އެކަމަކު ރަނގަޅު ވާހަކައެއް ލިޔެ ޝާއިޢު ކުރުމުގައި އަހަރެން އެ ކިތައްފަހަރު ލިޔާކަމެއް އެމީހުންނަކަށް ނޭނގޭނެ އެވެ. ފުރަތަމަ 2 ޞަފުހާ ނުވަތަ 3 ޞަފުހާ 40 ފަހަރު ނޫނީ 50 ފަހަރުވެސް ތަކުރާރުކޮށް ލިޔަމެވެ. ހިތްހަމަޖެހޭކަހަލަ އަސަރެއް އެއަށް އަންނަންދެން ތަކުރާރުކޮށް ލިޔަނީ އެވެ. މިހެން ހެދުމުން ކުރިއަށް އޮތްބައި ފަސޭހަ ކަމާއިއެކު ނިންމާލެވެއެވެ. '' ( ބްރެއިން މޫރް )

2. ކިޔުންތެރިން ޝަވްޤުވެރިކޮށްލާށެވެ.

އަހަރެމެން ވާހަކަކިޔަނީ ވާހަކައަށް ޝަވްޤުވެރިވާތީއެވެ. އޭގައި އުޅޭ ޝަޙުޞިއްޔަތުތަކަށް ޝަވްޤު ވެރިވާތީ އެވެ. ދެން ވާނެ ގޮތަކާއި މެދު އުފެދޭ ސުވާލުތަކަށް ޖަވާބު ހޯދަން ބޭނުން ވާތީ އެވެ. ރަނގަޅު ވާހަކައެއް ކިޔަމުންދާއިރު އެތައް ބައިވަރު ސުވާލު ތަކެއް ހިތުތެރޭގައި އުފެދޭނެ އެވެ. އަހަރެމެން ލިޔާ ވާހަކަތައް ކިޔާ މީހުންގެ ހިތުގައިވެސް މިފަދަ ސުވާލުތަކެއް އުފެދޭގޮތަށް ވާހަކަ ލިޔެވޭތޯ މަސައްކަތް ކުރަން ޖެހޭނެ އެވެ.

3. ވާހަކަ ކިޔައިދިނުމާއި އެކު ސިފަކޮށްދެވޭތޯ ބަލާށެވެ.

ވާހަކަ ކިޔައިދެމުންދާއިރު އޭގައި ހިނގާކަންތައްތައް ސިފަކޮށް ދެވިފައިވާނަމަ ވާހަކައާއިމެދުކިޔުންތެރިންގެ ޝަވްޤު  އިތުރު ވާނެއެވެ.
މިސާލަކަށް:

 އެއްދުވަސްވަރެއްގައި ފާތުމަ ނަމަކަށް ކިޔާ އަންހެން ކުއްޖަކު އުޅުނެވެ. އޭނާ ޖަންގަލީގެ ތެރެއިން ހިނގާފައި ދަނިކޮށް ދިއްލާ އަޅާފައިވާ ގެއެއް ފެނުނެވެ. އެއީ 3 ސާރިދޯޅު އުޅޭ ގެއެކެވެ.

ގެއާއި ކައިރިވަމުން ދިޔަވަރަކަށް އޭނާއަށް ފާހަގަ ކުރެވުނީ ގޭގެ ދޮރު ހުޅުވިފައިވާ ކަމެވެ. ޖަންގަލީގެ އަނދިރިކަން އިތުރުވަމުން ދެއެވެ. ގޭތެރެއިން ނިކުމެގެން އަންނަ ގަދަ އަލިކަން އެގެއަށް ދިއުމަށް އޭނާއަށް ދަޢުވަތު ދޭ ކަހަލަ އެވެ. އޭނާ އެގެއާއި ކައިރިއަށް ދިޔަ އެވެ. އަދި ގޭގެ ކައިރީގައި ހުރި ގަހެއްގެ ނިވަލުގައި ހުއްޓިލިއެވެ. ގޭތެރެއިން އެއްވެސް އަޑެއް އިވޭތޯ ބަލައިލުމުގެ ނިޔަތުގައެވެ.

4. ތަފްޞީލު ދޭށެވެ.

ވާހަކަ ލޔަމުންދާއިރު ވާހަކާގައި އުޅޭމީހުންނާއިބެހޭ މުހިންމު މަޢުލޫމާތު ދޭން ޖެހޭނެ އެވެ.
މިސާލަކަށް : ސޫޒަން އަކީ ނޫސް އޮފީހެއްގައި އުޅޭ ވަރަށް ގޮނޑު ކުއްޖެކެވެ.

ކަފާފައިވާ ކަރުދާސްކޮޅުތަކާއި ބޮނޑިކޮށްފައިވާ ކަރުދާސްތައް އޭނާގެ މޭޒުމަތިންނާއި މޭޒުގެ ވަށައިގެން ވެއެވެ. ގޮނޑިގައި އިށީނުމަށްފަހު ގަލަމެއް ހޯދުމަށް ފާޑެއްގެ ހަނގުރާމައެއް އޭނާ ކުރިއެވެ. ކުރިން ކޮންމެވެސް ތަނަކުން ގަލަމެއް ފެނުނު ހަނދާނެއް ވެގެން އެ ހޯދާ ކަހަލަ އެވެ.


މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ ޝަހީދު, 2010-08-13 10:40:25
މިހާރުވެސް ވާހަކަލިޔުމުގެ ފަންނުގެތެރޭގައި އުޅުއްވާ ކުދިންނަށް ރަނގަޅު ޚިޔާލެކެވެ. އަދިވެސް އިތުރަށް ކިޔުންތެރިން ޝައުޤުވެރިވާނެ ގޮތްތައް ގެނައުމަށްޓަކައި ވާހަކަލިޔާ ކުއްޖަކު ޢަމަލުކުރަންވީ ގޮތްތަކެއްގެ ތަފުޞީލުތަކެއް ހުށަހަޅައިންނަމަ!

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 999
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone