މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މިލާވޮހާތު |
|
|
| ދިވެހި - މާދަރީބަސް | |||
| 12 އޮކްޓޫބަރ 2010، 12:46 އަންގާރަ | |||
|
ޢަބްދުﷲ ނަޢީމު އިބްރާހީމް ލަވައަކީ ވަކި ރާގަކަށް ކިޔޭ ގޮތަށް އޮންނަ ޅެމެއް ކަމަށް ޅެމުގެ އަހުލުވެރިން ވިދާޅުވެއެވެ. އެހެން ކަމަށްވާނަމަ ލަވައިގެވެސް ހަމަތަކެއް ހުންނާނެއެވެ. ޤަވާޢިދުތަކެއް ހުންނާނެއެވެ.އަޅުގަނޑަކީ ޅެންވެރިއަކަށް ނުވާތީ ޅެމާމެދު މާގިނަ ވާހަކަ ދައްކާކަށް ނޭނގޭނެއެވެ. ޅެމާއި ލަވަ ހެދުމަކީ އެ ފަންނުގެ އަހުލުވެރިންގެ ކަމެކެވެ. އެކަމަކު ލަވައެއް ރީތިވީމާ އަޅުގަނޑަށްވެސް އެނގެއެވެ. އަދި ހުތުރު ލަވައެއް ހުތުރޭ ބުނަންވެސް އެނގެއެވެ. ބިސްގަނޑު މީރޭ ބުނަން ކުކުޅަކަށް ވާކަށް ނުޖެހެއޭ ބުނާ ބީދައިންނެވެ. އަޅުގަނޑަކީ ލަވައަށް ވަރަށް ލޯބިކުރާ މީހަކީމެވެ. ލަވަޖެހުމަކީ ވަގުތު ލިބުނު ވަރަކުން ކޮށްއުޅޭކަމެއްވެސް މެއެވެ. އަޅުގަނޑަށް ކަމުދަނީ ރާގު ރީތިވުމުގެ އިތުރަށް ލަވައިގައި މާނައެއް ދޭހަވާ ކަހަލަ ވާހަކަތަކެއްވެސް ހުރީމައެވެ. އެހެންނޫނީ ލަވައެއް، ލަވަޔަކަށް ވާކަމަކަށްވެސް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ. މިސާލަކަށް އަޅުގަނޑު އަޑުއެހި ލަވައެއްގައި ކިޔާ ޢިބާރާތެއް ދަންނަވާލަންތޯއެވެ؟ "... ހާދަ މީރު ހޫނެކޭ..." މި ޢިބާރާތުން ހަމަގައިމުވެސް އަޅުގަނޑަކަށް އެއްވެސް އަސަރެއް ނުކުރިއެވެ. މިއީ ލޯބީގެ ލަވައެއްގައި ކިޔާ އެއްޗެކެވެ. އަޅުގަނޑުގެ ހިތަށް އެެރިއެވެ. ހޫނު އެއީ މީރުވެ، ނުބައިވެ ވާ އެއްޗެއް ބާވައެވެ؟ ދިވެހި ލަވަތައް މިހާރު ވަރަށް ގިނައެވެ. އެހެންނަމަވެސް އޭގެ ތެރެއިން ގިނަ ލަވަލަވައިގައި ކިޔާ އެއްޗެއް އަޅުގަނޑަކަށް ނުވިސްނެއެވެ. ވަރަށް ބޮޑަށް މަޢާފް ކުރައްވާށެވެ. އަޅުގަނޑުގެ ވިސްނުން ކޮށީ ކަމަށްވެސް ވެދާނެއެވެ. އެހެންނަމަވެސް އަޅުގަނޑަށް އެއް ދުވަހަކު ޓީވީން ދައްކަނިކޮށް ފެނުނު ލަވައެއް ފެށިގެން ގޮސް ނިމުނު އިރުވެސް ކިޔަމުން ދިޔައީ އެކައްޗެކޭއެވެ. އެކި ރާގު ރާގަށް [ދެރަވަނީއޭ....] ކިޔަމުން ގޮސް ލަވަ ނިމިއްޖެއެވެ. ވީއެއް ނުވީއެއް އަޅުގަނޑަކަށް ނޭނގުނެވެ. މިހެން ދެންނެވި ނަމަވެސް ދިވެހި ލަވައިގެ ތެރޭގައި ރީތި، މާނަހުރި ލަވަތަކެއް ނެތެކޭ ނުދަންނަވަމެވެ. މިހާރުގެ ވާހަކަ މިހާރު ދެއްކި ނަމަވެސް މި ބާވަތުގެ ލަވަ ހެދުމަކީ މި ފަހަކަށް އައިސް ފެށިގެން އުޅޭ ކަމެއް ނޫނެވެ. މިއީ ޒަމާންވީ ބައްޔެކެވެ. މީގެ އެތައް އަހަރެއް ކުރިން ރާއްޖޭގެ މަޝްހޫރު ޝާޢިރެއް ކަމަށްވާ އަލްމަރްޙޫމް ޢަބްދުއްރަޝީދު ނިޒާރު އެ ދުވަސްވަރު ނުކުތް ހަމަ ނުޖެހޭ ޅެން ތަކާ ހެދި ފިކުރުފުޅު ބޮޑު ވެގެން ހެއްދެވި ލަވައެއް އޭނާ ގެ ޅެން ފޮތް [ ކޯދު] ގައި ހިމަނުއްވާފައި ވެއެވެ. މި ލަވަ އަކީ ހިންދީ ފިލްމު އަލްބޭލާގެ ލަވައެއް ކަމަށް ވާ [މެރެ ދިލްކި ގަޅީ] ގެ ރާގަށް ހައްދަވާފައިވާ ލަވަ އެކެވެ. ލަވަ ކިޔަނީ ސާރާ އާއި ދާރާ ސިންގާ ދެ މީހުންނެވެ. ލަވައިގެ ނަމަކީ މިލާވޮހާތު އެވެ. މި ބަހުގެ މާނަ އަކީ އެ އަތް ލިބިއްޖެ އެވެ. އަޅުގަނޑަށް ހީވާ ގޮތުގައި ޢަބްދުއްރަޝީދު ގަސްތު ކުރެއްވި ނަމަކީ މިލާއޮ ހާތު އެވެ. މާނަ އަކީ އަތުގައި ހިފާށެވެ. ނުވަތަ އަތާއި އަތް ގުޅުވާށެވެ. މި ލަވައިގެ ކުރީގައި ޢަބްދުއްރަޝީދު ލިޔުއްވާފައިވާ ޢިބާރާތްކޮޅުވެސް ނަކަލު ކޮށްލާނަމެވެ. (ޅެމުގެ އަރިމަތީ ސުރުޚީއެއްގެ ގޮތުގައި ޖައްސަވާފައި އޮތީ މި ޒަމާނުގެ ޅެންވެރިކަން މިހެންނެވެ.) [މީގެ ދޮޅަހަކަށް އަހަރު ކުރިން ދިވެހި ޅެންވެރި ކަމުގައި ޚާއްޞަކޮށް މާލޭގެ ބައެއް މަޝްހޫރު ޝާޢިރުންގެ ޅެން ތަކުގައި ވަރަށް ބޮލަށް އުނދަގޫ ކުލަތަކެއް ޖެހެމުން ދިޔަ އެވެ. ތިރީގައި އެވާ ޅެމަކީ މި ދެންނެވި ޝާޢިރުންނަށް ތަޙައްދީ ކުރުމުގެ ގޮތުން ހަދާފައިވާ ޅެމެކެވެ. ނުވަތަ ލަވަ އެކެވެ. އޭރު ޖެހެމުން އައި ކުލަ ތަކުގެ ނަމޫނާއެއް ވެސް މެއެވެ.] (ފ) ޖަހާފައި އެވަނީ ފިރިހެންމީހާ ނުވަތަ ދާރާސިންގ ކިޔާ ބައިގައެވެ. (އ) ޖަހާފައި އެވަނީ އަންހެންމީހާ ނުވަރަ ސާރާ ކިޔާ ބައިގައެވެ. ފ. މަގޭ ހިތުގެ ގަޑިން އަދު ޓިކްޓިކް ކިޔަމުން ޖެހީ މެންދަމުން ބާރާ، ހާތްތެރީ އަންނަނީ ސާރާ. އ. ފާނޫޒު ނިވާފާތޯއޭ؟ އެކި ރޭރޭ އެކި ގޮތްތޯއޭ؟ ވަކި ރޭރޭގެ ގޮތްތޯއޭ؟ މަރު ނިދި ނިދާފާ ވީބާއޭ އެކި އަޑު އަޑު އިވެޔޭ ރާރާ. ހާތްތެރީ ސިންގް އޭ ދާރާ. ފ. އާނ ބަހީ ހާދަ ފޮނި ކަމެކޭ، ފަރު ޖެހޭނެހޭ؟ ހުރި ގޮތެކޭ، ވަރުބަލިވެފަ ހުރި ގޮތެކޭ، ބަސް ބުނެވޭ، ނުއިވޭ، ނުނިދޭ، މަޖުބޫރު ކުރީ ބޭޗާރާ. ހާތްތެރީ އަންނަނީ ސާރާ. އ. ރަކި ވާންވީ ނިދި އައިމާހޭ؟ ފަންކާއިން ވިހެ ދޭންވީހޭ؟ ފަންކާއިން ވިހެ ދޭންވީހޭ؟ އަދު އާނއެކޭ ބުނެލާށޭ، ދެން އަލުން ބަލުން ފުމެ ނާރާ. ހާތްތެރީ ސިންގް އޭ ދާރާ (ނިމުނީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)
![]()
...
ލިޔުނީ ހާދަ މީރު ހޫނެކޭ, 2010-10-12 09:06:19
"ހާދަ މީރު ހޫނެކޭ" މީ ވަރަށް ބަލާޣާތްތެރި ޢިބާރާތެކެވެ. މިޔަށް ކިޔަނީ "ތަޝްބީހު ބަލާ" އެވެ. މިބެލުމަކީ ބަލާޣާތްތެރި ކަމެއް ނޫނެވެ. އާނއެކެވެ. ތަޝްބީހު ބަލީޣެއް ނޫނެވެ. އެކަމަކު "ޣެއް" ކަނޑާފައި ކިޔަސް މައްސަލައެއް ނެތެވެ. ބަލިޖެހިފައިވާ ތަޝްބީހެކެވެ. ނުވަތަ މުސީބާތަކަށް ވެފައިވާ ތަޝްބީހެކެވެ. ބަލާވެރިކަމުގެ ތަޝްބީހެކެވެ... އަޅުގަނޑަށް މިދެއްކުނީ ތަޝްބީހެއްގެ ވާހަކައެވެ. އެއީ ޢަރަބި ބަހަކަށްވާތީ އޭގެ މާނައެއް ނޭނގެއެވެ. ކިޔާއަޑުއިވެނީއެވެ. ބަހުގެ އެދުރަކު ތަޝްބީހުގެ މާނަ ވިދާޅުވެދެއްވައިފިނަމަ ހައުދަހައި ފައްކަލެއްވާނެ ދޯ!
...
ލިޔުނީ މުދިމު, 2010-10-12 20:34:00
ހާދަމީރު ކުޅިއެކޭ ކިޔާއަޑު އައްސަވަމުދޮގެއްތޯއެވެ. ބައެއްކަހަލަ މިރުސް ފަރިއްކުޅުއްވާފައި އެހެންވިދާޅުވެސް
ވަމު ދޮގެއްތޯއެވެ. ދަންނަވަންމިއުޅެނީ އެއެއްޗަކުން ތިމާއަށް އުފާވެރި، ހިތްގައިމު ނުވަތަ އަރާމު އިހުސާސެއް ލިބޭނަމަ މީރޭ ބުނެވިދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ ވާހަކައެވެ. ޚާއްސަކޮށް ޅެމުގައެވެ. ފޮނި އަނިޔާ، ހޫނު އެތިފަހަރު. ރަންލޯބި، ގިރިޓީލޯބި ފަދަ ވަރަށް ގިނަ އެކަހަލަ ސިފަކުރުން ފެންނާތީ އެވެސް ހަމަ އެކަހަލަ ސިފަކުރުމެކޭ ބުނެވިދާނެ ދޮގެއްތޯއެވެ. ޚިޔާލަކީ ތަފާތުވެސް އެއްޗެކެވެ. ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|