ފަންވަތް ދިވެހި މާދަރީބަސް އާ ރިފިއްޔެއްގެ ބަދަލު ޢާރިފުސޭޓު ކޯޓަށް ގެންގޮހޮފި!
ބެލި ޢަދަދު: 1264
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
އާ ރިފިއްޔެއްގެ ބަދަލު ޢާރިފުސޭޓު ކޯޓަށް ގެންގޮހޮފި! ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
23 ފެބްރުވަރީ 2011، 23:00 ބުދަ

ފާޠިމަތު އަމްނާ ޢަޒީޒު (މާވަށް)

ނޯޓް: މިއީ ތަފާތު ބަހުރުވައިގެ މުއްސަނދިކަން ދައްކައިލުމުގެ ގޮތުން ހައްދުންމަތީ ބަހުރުވައިން އަޅުގަނޑު ލިޔުނު ސަމާސާ އަދަބުގެ ލިޔުމެކެވެ. ހައްދުންމަތީ ކޮންމެ ރަށެއްގައިވެސް ބަހުރުވައިގެ ކުދިކުދި ތަފާތު ހުންނާތީ އެ ނުކުތާއަށް ވިސްނެވުން ހުއްޓެވެ. މި ލިޔުން ބިނާވެފައި ވަނީ މާވަށު މީހުން ވާހަކަދައްކާ ބަހުރުވައިގެ މައްޗަށެވެ.

ލ. ކުޑަފުއްޓު ކުނިކަހަންގޭ ތައްޚާނު ބެޔަކޫ އެންމެ ދޮހާވީ އެއް ޤާޟީ އެވެ. އެންމެ އިންސާފުވެރިކަމާއެކީ މައްސަލަތެއް ބަލަން ޤާޟީއަކޫ ވެސް އެޔޯ އެވެ. އުމުރުން ދޮހާވެފައި ހުއްޓަކަސް ކޮންމެ ދޮހާކު ހަތަރަދަމު މި ތައްޚާނުބެއިގެ މަސެއްކަތަކޫ ހަމަ މައްސަލަބެލުމެވެ.

އެއްދޮހާ ހެނދުނެވެ. އިރަވެސް އަރައިފިއެވެ. ސައިބޮން ގަޑި ނުޖެހެންދެކަށް، ސައިބޯންވެސް ނޯޅީ ދިޔައު ކޯޓަށެވެ. އަދުގެ މަސެއްކަތަކޫވެސް ހަމަ މައްސަލަ ބެލުމެވެ. މުޅި މޫނަށް ފެެތެންވަރަވަން ދެގަނޑަ ބޮޑަވަން ބިއްލޫރި، ދުނިގަނޑަކު ހަރަކޮށްގެން ނޭފަތު ބާއްވައިގެން މިހާރު އިނޫ ފޮތަކުތެރެ ބަލަމުން އެއްޗެއް ލިޔާށެވެ. ލިޔަމުން ގެންދަނޫ މައްސަލައެއްގެ ޙުކުމެވެ.

ކުއްލިޔަކަށް ކެރާން އިންކަންތެއް ހުއްޓައިލައިފި އެވެ. ވޫ ކޮންކަމެއް ކަމެއް ނެނއިގެ އެވެ. އަޅޭ ކަމަކުދާކަށް ނެތެވެ. ވީ ކަމަކޫ، އެސުރު ލިޔާން ގެންގޮޅުނު ގަލަމުގެ ދެލިހުސްވޫއެވެ. ލަހަ ނުކޮށް އަޑު ނެތް ތަނަށް "އޭތް! ޕިޔޯނާ" އޭ ކިޔައިފައި ހަޅޭއްލަވައިގަތެވެ. ހީވޫ އަޑަގަދަކެރަން މެގަފޯނަކުން ރައްޔިތުނަށް ގޮވައިލޫހެންނެވެ.

ތައްޚާނުބެއި ރުޅިގަދަވެފައި އިންކަމަށް ހީކޮށް، އަދި އެޔޯ ވަރަށް ރުޅިގަދަ މީހެއްކަން އެނގެންތިން، ޕިޔޯނު ދުއްވައިގަތޫއެވެ. ބޮޑަ ބިރެއް ފެނުނޫމާ އަންނަ ކަހަލަ ގޮތަކަށް އަހޯ މޭޒު ކައިރީ ހުއްޓިއްޖެ އެވެ. ތައްޚާނުބެއި ބޮނެފިއެވެ. "ކައިރީ ހުރީ ފިހާރައަކުން، އާ ރިފިއްޔެއް އަވަހަށް ގެނޮހޮބެލާށެވެ. މި އޮޅެނޫ ގަލަމު ދެލި ހުސްވެގެންނެވެ." މި ޕިޔޯނު ކަލޭގެޔަކޫ އަޑަ އިވުމުގެ މައްސަލަ ކުޑައިކޮށް ހުންނަ ގޮލައެކެވެ. އެހެންވެގެން ކެރަން ކަންތެއް ގިނަ ފަހަރަށް ވާނޫ ބޮނަން ގޮތާ ދިމާ އިދިކޮޅަށެވެ. އަދުވެސް ޤާޟީ "އާރިފިލެކޭ" ބޮނެ ނުނިމީގެން އޮޅެނިކޮށް، ދުއްވައިގެންފި އެވެ. އެޔޯ ބިޔަ ވަރަގަދަ އަދި އެހައި މުސަޅަކޮށް ހުންނަ ފަލަ ގޮލަޔަކަށް ވަންތިން، އެ ސުރު ދުއްވައިގަތޫމާ ވެލިގަނޑަ ދިޔައު ބުރައިގެންނެވެ. އެޔޯ އެ ސުރު ދުއްވއިގަތްލެއް ބާރަކަމުންނެވެ. ގޮހޮ ފިހާރަޔަށް ވަންއިރު ހުރޫ ދާހިއްލައި ފޯވެފައެވެ. އަރައިގެން ހުރި ފައިވާންގަނޑަ ވެސް ހީވަނޫ ހިރަފުސްބޮޅަލެއްހެންނެވެ. ރަނގަޅަށް ނޭވާވެސް ނުލެވެއެވެ. ދިޔަ ގޮތަށް ގޮހޮ ސޭޓުކައިރީ ބޮނެފި އެވެ. "ޅޭއި އިނބަ އަވަހަށް ކޯޓަށް އަންނާށެވެ. އެހެން ބުނޫމާ ސޭޓުކަލޭގެ ހީވޫ ބިރުން ރޯމަހެއް ތެޅެންހެންނެވެ. ދެލޯ ހީވަނޫ ކުންޓި ކާއްޓެއްގެ ބޮޑަލޯ ހެންނެވެ. ނިއްކުރިޔަށް އެރީ ރުލުން ގޮށްޖެހިއްޖެ އެވެ. "ޅޭއި ސޭޓާ އަވަހަކެރާށެވެ." ޕިޔޯނަކަށް މަޑެއް ނުކެރުވުނެވެ. އަނެއްކާ ބޮނެފި އެވެ. " ޤާޟީ ބުނޫ ފިހާރަޔަށް ގޮހޮ އަވަހަށް އާރިފު ގެންނާށޭ އެވެ." އަދި ޢާރިފަކޫ އިނބައެއް ނޯންހޭ ސުވާލު ވެސް ކޮށްފި އެވެ.

ސޭޓު ޢާރިފު އިނޫ ހދާންވީ ގޮތެއް ނެއިގީގެން ހާސްވެފައެވެ. މިހެން އެ ސުރު ހިމޭނުން އިންދައި "އިނބަ ކޮން ހައިރާނެއް ވާންހޭ؟ ތިޔާހެން ދެލޯ ބޮޑަކެރޫމާ ތައްޚާނުބެއިގެ މައްސަލަތެއް ނިންމާނޫ ކިހިނެއްހޭ" ކިޔައިފައި، ޢާރިފު ސޭޓު ނަގައި ކޮނޑަށް ލައިގެން، ގެންގޮހޮ ތައްޚާނުބެއި ކުރިމަތީ ބަހައްޓައިފި އެވެ. ވެގެން އޮޅެން ގޮތެއް ތައްޚާނުބެޔަށް ވެސް ނެއިގީގެން ހިމޭނުން އިންދައި ޕިޔޯނު ބޮނެފި އެވެ. "ލަހަވޫ ޢާރިފު ނާންނާންވެގެން އޮޅުނޫމާ އެވެ. އެހެންވެގެން މި ގެނައު ވެސް ގަދަކަމުން ކޮނޑަށް ލައިގެންނެވެ. މާފުކެރާށެވެ!"

މި ވީ ގޮތް ޤާޟީއަށް ވެސް ރޭކައިލޫ ދެނެވެ. ރުޅިއަހޯ ފުފީގަނެފައި ބޮނެފި އެވެ. "އިނބަ ގައު އެސުރު ނުޖެހީކަން ރަނގަޅަތާ އެވެ. މަބުނޫ ގަލަމަށް ލައްވަން ރިފިއްޔެއް ގެނެހެށޭ ނޯންހޭ، ޢާރިފު ސޭޓްގެނޭށޭ އިނބަ ގާތަކު މަޔެއް ނުބޮނަމެވެ. އެހެން ބުނޫ ކޮން މީހެއް ހެވެ." މިހެން ކިޔައިފައި ޢާރިފު ގާތު މާފުކެރާށޭ، މި ކަހަލަ ބީރަ މީހަކު ލައިގެން މި ކަމެއް ނުވާޅޭ ބޮނެފައި ތެދުވެގެން ގެޔަށް ދާން ހިނގައިގެންފި އެވެ.
----------------
(ނިމުނޫ)
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (15)Add Comment
...
ލިޔުނީ އިއްބެ, 2011-02-23 16:49:08
މިއީ ހުވަދޫ ބަހާއި މެދު ރާއްޖެތެރޭގެ ބަހާއި ދެމެދުގެ ބަހެއްކަން މިލިޔުމުން ފާހަގަވެއެވެ. ބައެއް ބަސްތައް ހުވަދޫ ބަހުގައި ކިޔާގޮތަށް ހުންނަ އިރު އަނެއްބައި ބަސްތައް ހުރީ ރަސްމީ ބަހުގައި ހުންނަ ގޮތަށްކަން ފާހަގަ ކުރަމެވެ. މިކަހަލަ ތަފާތު ލިޔުންތައް ކިޔާލަން ލިބޭނެ ކަމުގައި އުންމީދު ކުރަން.
...
ލިޔުނީ Ali, 2011-02-23 18:34:48
އައްނޫ ވެސް މިހާރު ހާދަ މޮޅުވެއްޖޭ ދޯ؟ ބައްޕަޔާ ވާދަކުރަންފެށީދޯ؟ ސަޅި!
...
ލިޔުނީ ފަޒޫ, 2011-02-24 01:16:30
ވަރަޓެ މަޖާހީ! އަހަންނޭ އަތޮޅު( ހުވަދު އަތޮޅު )ބަހާއި ވަރަށް އެއްގޮތެކަމެކެ ބަހުއްޓީ ! އަމްނާއަށްކޫ އަދީބު އަޒީޒުގެ ދަރިކަނބަލަކެ؟ އެގީގެފެހޭ ވަރަށް ރަނގަޅެ!
...
ލިޔުނީ މުޙައްމަދު, 2011-02-24 05:58:51
މިއީވެސް ދިވެހިބަސް ކުރިއަރުވަން ކުރެވިދާނެ ވަރަށް މުހިންމުކަމެއް. އެކި ރަށްރަށުގައި ވާހަކަ ދައްކާއުޅޭ ބަހުރުވައިން މި ސައިޓްގައި ލިޔަމުން ދިޔުމަކީ ދިވެހިބަހުގެ މުއްސަނދިކަން ފެނިގެންދާނެ ކަމެއްކަމުގައި ދެކެން. ވަރަށް ކިޔާހިތުން ކިޔާލެވިއްޖެ. ގިނަބަޔަކަށް އިވޭވަރަށް ބާރަށް ކިޔާލީމަ އަދި މާމަޖާ!
...
ލިޔުނީ Naani, 2011-02-25 15:32:16
ހެހެހޭ، ކޮންމެ ބަހުރުވައަކުން އޮތަސް ލިޔުން ވަރަށް ފުރިހަމަ ވަރަށް ރީތި
...
ލިޔުނީ manaaf, 2011-02-25 15:51:26
(: enjoyed reading this one
...
ލިޔުނީ އާދަމުގެ ދަރި, 2011-02-25 20:26:19
އަމްނާގެ މަސެއްކަތަށް ސާބަސް ދެމެވެ. ވަރަށް ފުރިހަމައެވެ. މާދަރީ ބަހުގެ ދޮހަޔާ ދިމާކޮށް ރަށުބަހުރުވައިގެ ލިއުމެއް ވަރަށް ދެކެން ހިތުން ހުއްޓައި މިލިއުން ފެނުނޫމާ ވަރަށް މޮޅަވެސް ވެއްޖެއެވެ. ގިނަގިނައިން ރަށުބަހުރުވައިން ލިޔާން ވެސް ވޫއެވެ. ލިޔުމުގައިވެސް ބަހުރުވަ ފެނޭނޫ އޭރުންނެވެ. ގިނަބަޔަކަށް ފެނޭނޫވެސް އޭރުންނެވެ. އިނބަންނަށް ލިޔެވީދާޅެކަން މިހިރޯ ފެނޭށެވެ.
އެންމެ ފަހު ޖުމްލަޔު ފާހަގަ ވަން ދެބަހަ އެބައިނެވެ. އެޔޯ "ބީރު" އާއި "ނުވާނޭ" މިދެބަހެވެ. ފަހުތަންކޮޅަށް ވިސްނައިނުލެވީ އަތްދަށުން ގޮހޮފައި ހެން ހީވެއެވެ.
...
ލިޔުނީ މޫސާ ޝަރީފް , 2011-02-27 02:48:11
ވަރަށް މޮޅަ ލިޔުމެއް...އަދިވެސް މިފާޑުގެ ލިޔުން ފެންނާނެކަމަށް އުއްމީދުކެރަން.
...
ލިޔުނީ ‰™‹‹‰™‰™ޝާހިދު, 2011-02-27 10:33:21
/ރިފިލި/ ވަރަށް ރީތި ލަފުޒެއް.
ވަރަށް ގަޔާވި ލިއުމެއް. އަމްނާގެ އިތުރު ލިއުންތަކަށް އިންތިޒާރުކުރަން.
...
ލިޔުނީ ތުއްތުބެ, 2011-02-27 17:44:27
އަމްކޮގެ ލިޔުން ވަރައް ފުރިހަމަ އަދިވެސް ތިކަހަލަ އިތުރު ލިޔުންތައް ފެންނާނެ ކަމައް އުންމީދު ކުރަން.
...
ލިޔުނީ އަނިލް, 2011-02-28 05:43:05
މައް މިލިޔުން ފެނެނޫ އޮފީސް މީހަކު ކާރީ ހައްދުންމަތީ ބަހުރުވައިގެ ވާކަހަ ދައްކަމުން ދަނިކޮށް. ދެން އެސޮރައް މިލިޔުން ދައްކާލޫމާ އޮސަރަވެސް މިލިޔުމާ ދޭތެރޭ ވަރަށް ހިތްހަމަ ޖެހެނަ. މިޔޯ އަސްލު ވަރަށް ރަނގަޅަ ކަމެއް ރަށުބަހުން މިކަހަލަ ލިޔުންތެއް ލިޔުން.
...
ލިޔުނީ އިއްބެ, 2011-03-03 05:16:05
އާރިފިލަކީ ކޮބައިތަ؟؟
...
ލިޔުނީ ޝަހޫ , 2011-03-06 02:49:10
މިކަލަ ސައިޓަކުން ރަށުބަހުން ލިޔެފައި އޮތް ލިޔުމެއް މި ކިޔައި ލެވުނޫ ފުރަތަމަ ފަހަރަށް. ވަރަށް ކަމުހިނގައްޖެ. އަމްނާގެ އިތުރު ލިޔުންތެކެއް ފެންނާނެކަމަށް އުންމީދު ކެރަން.
...
ލިޔުނީ މާވަށު މީހެއް, 2011-03-06 15:41:57
މިޔޯ ހައުދަހާ ފައްކާ ވައްތަރަކު ލިޔުމެކޭ ތަޅެ.
...
ލިޔުނީ ސާފް, 2011-03-07 13:43:51
އަމްގެ ލިޔުން ވަރައް ފުރިހަމަ އަދިވެސް ތިކަހަލަ އިތުރު ލިޔުންތައް ފެންނާނެ ކަމައް އުންމީދު ކުރަން.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1264
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone