ފަންވަތް ދިވެހި މާދަރީބަސް "ހީނަރުވަމުންދާ" ދިވެހިބަސް
ބެލި ޢަދަދު: 1247
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
"ހީނަރުވަމުންދާ" ދިވެހިބަސް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
06 މާރޗް 2011، 22:10 އާދީއްތަ


ޢަބްދުﷲ ޒަމީރު، ކޯޒީކޯނަރ / ލ.މާވަށް

ދިވެހިބަސް ހީނަރުވަމުންދާ ވާހަކަ އަކީ އަޅުގަނޑުމެންގެ ތެރޭގައި މިހާރަކަށް އައިސް ވަރަށް ގިނައިން ދެކެވޭ ވާހަކައެކެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. އެއީ މިހާރަކަށް އައިސް ދިވެހިބަސް މަރުވެދާނެކަމުގެ ޢަލާމާތްތައް އަޅުގަނޑުމެންގެ ތެރެއިން ދުވަހެއް ދުވަހަކަށް އިތުރުވެ ހާމަވަމުންދާތީ އެވެ. ބަހުގެ ޢިލްމުވެރިންގެ ނަޒަރުގައި ބަހެއް ނެތިފަނާވުމަށް މެދުވެރިވެދާނެ އޮންނަނީ މައިގަނޑު ދެ ގޮތެކެވެ. އެއް ގޮތަކީ އެ ބަހަކުން ވާހަކަދައްކާ އެންމެން ނެތި ފަނާވެދިޔުމެވެ. އަނެއްގޮތަކީ އެ ބަހަކުން ވާހަކަ ދައްކާ މީހުންގެ ޢަދަދު މަދުވަމުން ގޮސް މުޅިން ހުސްވުމެވެ.

މި ދެންނެވި ސަބަބާ ގުޅިގެން ބަހުގެ މާހިރުން އިތުރަށް ހާމަކުރައްވާ ގޮތުގައި، ބަހެއް ނެތި, ފަނާވެދާނެ ކަމުގެ އެންމެ ފުރަތަމަ ޢަލާމާތަކީ އެ ބަޔެއްގެ މާދަރީ ބަހުގެ މައްޗަށް ނުފޫޒު ހިންގާ ބޭރުބަސް، އާދަޔާ ޚިލާފަށް ގިނައިން ބަހުގެ ތެރެއަށް ވަދެ އެ ބަހަކާ މަސްހުނިވެ، އެ ބަސް ޢާއްމުކޮށް ބޭނުންކުރެވެން ފެށުމެވެ. މިއީ އަޅުގަނޑުމެންނަށް މިހާރަކަށް އައިސް އަބަދާއި އަބަދު ފާހަގަކުރެވޭ ކަމަކަށް ވާތީ މި ގޮތަށް ދިމާވާން މެދުވެރިވާ ސަބަބުތަކަށް ބަލައިލާނަމެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން އަޅުގަނޑުމެންގެ މުޅި އާބާދީގެ ތިންބައިކުޅަ ދެ ބަޔަކީ ކިޔަވާ ކުދިންނެވެ. އެންމެ ތުއްތު ކުދީންގެ ތުއްތުކުދީންގެ ތަޢުލީމުން ފެށިގެން އެންމެ މަތީ ކިލާސްްތަކަށް ދާނދެން ކިޔަވައިދޭން ބޭނުންކުރަނީ އިނގިރޭސި ބަހެވެ. ދިވެހިބަހުން ކިޔަވައިދެވެނީ ހަމައެކަނި ދިވެހިބަހާއި އިސްލާމީ ތަރުބިއްޔަތެވެ. ކަންމިހެން ހުރުމާއިއެކު ދަރިފުޅު ލިޔެކިޔަން ދަސްކުރަންފަށާ އުމުރުންސުރެ މައިންބަފައިންނާއި ބެލެނިވެރިން މަސައްކަތްކުރަނީ ދަރިފުޅު އިނގިރޭސިބަހަށް އަހުލުވެރި ކުރުވާށެވެ. ނަތީޖާއެއްގެ ގޮތުން އަލަށް މުޖުތަމައަށް ތަޢަރުފުވާ ކޮންމެ ކުއްޖަކީ ދިވެހިބަހަށް ވުރެއިނގިރޭސި ބަސް އިސްކުރުމަށް މަސައްކަތްކުރާ ކުއްޖަކަށް ދަނީ ވަމުންނެވެ. ދަންނަވަން މިއުޅޭ ވާހަކައަކީ އަޅުގަނޑުމެންގެ މައިބަސް ނަގައި ދުރަށް " ހޫރައިލައިފައި" މާ ދުރުން އައި އިނގިރޭސިބަސް ނަގައި "އުނގަށްލުމަކީ" ދިވެހިބަހާއިމެދު ފަޚުރުވެރިވާ އެއްވެސް ދިވެއްސަކު ކުރާނެކަމެއް ނޫނެވެ.

އެއްގޮތަކަށް ވެސް މި ދަންނަވަނީ އިނގިރޭސި ބަސް ނުކިޔަވާށެކޭ ނުވަތަ އިނގިރޭސި ބަހުން ވާހަކަ ނުދައްކާށޭ އެއް ނޫނެވެ. މި ދަންވަނީ ދިވެހިބަސް މުޅިން ދޫކޮށްލީއޭ ހީވާ ވަރަށް، ނުވަތަ ހުރިހާ ކަމެއްގައި އެންމެ އިސް ބަހެއްގެ ގޮތުގައި އިނގިރޭސި ބަސް ބޭނުންކުރުމަކީ ދިވެހިބަހުގެ ކުރިއެރުމަށް އެޅޭ ވަރަށްބޮޑު ހުރަހެކެވެ. މީގެ ބަދަލުގައި ދިވެހިބަސް ބޭނުންކުރެވޭ ހުރިހާ ކަމެއްގައްޔާއި ވަގުތެއްގައި އެންމެ އިސްކަމެއް ދިވެހބަހަށް ދޭންވީއެވެ.

ދިވެހިބަސް މަރުވެދާނެކަމަށް ވިސްނޭ އަނެއް ސަބަބަކީ ދިވެހިބަހުން އުފައްދައިފައިވާ އުފެއްދުންތައް މަދުވުމެވެ. ބަހުގެ ފަންނުވެރިން މަދުވުމެވެ. މީގެ ނަތީޖާއެއްގެ ގޮތުން ދިވެހި ކިޔަވާ ކުދިން ބޭނުންކުރާނެ މާ ގިނަ ވަސީލަތްތަކެއް ދިވެހިބަހަކުން އުފެއްދިފައެއް ނެތެވެ. އެހެންކަމުން އެ ކުދިންނަށް ޖެހެނީ އެންމެ ފަސޭހައިން ލިބެން ހުރި ރަނގަޅު އެއްޗެއް ބޭނުންކުރާށެވެ. އެގޮތުން އިނގިރޭސި ބަހަކީ އެ ބަހަކުން ވަރަށް ގިނަ މަޢުލޫމާތުތަކެއް ލިޔެވި އަދި ތަރުޖަމާކުރެވިފައިވާ ބަހަކަށްވާތީ އާއީ އެ ބަހުގެ ނުފޫޒުގެ ސަބަބުން އެބަހަށް އެނބުރެވެނީ އެވެ. ވީމާ މިކަމުން ވެސް ހާމަވަނީ ދިވެހިބަސް މިއަދު މި ވަނީ އިނގިރޭސި ބަހުގެ ނުފޫޒުން ސަލާމަތްކޮށް، ބަސް ދިރުވައި ތަރައްޤީކޮށް، އާ ވަސީލަތްތަކެއް އެ ކުދިންނަށް ނުވަތަ ބަހުގެ އަހުލުވެރިންނަށް ފޯރުކޮށްދޭން ޖެހިފައިވާކަމެވެ.

ޙަޤީޤަތުގައި ދިވެހިބަހުގައި މުއްސަނދިކަން ނެތީކީ ނޫނެވެ. ހިތްވަރު ހުރި، ދިވެހިބަހާ މެދު ފަޚުރުވެރިވާ އަދީބުން ނުވަތަ ބަހުގެ ފަންނުވެރިން މަދީއެވެ. ދަންނަވަންތޯއެވެ؟ އަޅުގަނޑުމެން "ކަންބޮޑުވެގެން" މިއުޅޭ އިނގިރޭސި ބަހަކީ ވެސް މީގެކުރިން ދިވެހިބަސް ފަދައިން އެކަހެރިކޮށް އޮތް ބަހެކެވެ. ނަމަވެސް އެބަހުގެ އަހުލުވެރިންގެ ތެރެއިން އެކި ދުވަސްވަރު އުފެދުނު ގިނަ އިލްމުވެރިންނާއި އަދީބުންގެ ބުރަ މަސައްކަތުން އިނގިރޭސިބަސް މިވަނީ މުޅިދުނިޔެއަށް ތަޢާރަފްވެ ބަހުގެ އިންޤިލާބެއް ގެނެސްފައެވެ. މިފަދަ ކަންކަމުން އިބުރަތް ޙާޞިލްކޮށް އަޅުގަނޑުމެން ވެސް ދިވެހިބަހުން ގިނަ އުފެއްދުންތައް އުފައްދައި މުހިއްމު އެކިފޮތްފޮތް  ދިވެހިބަހަށް ތަރުޖަމާކޮށް ބަހަށް އިސްކަންދޭން ވެއްޖެއެވެ. ދިވެހިބަސް ސިއްޙަތު ރަނގަޅުވެ ކުރިއަރައިދާނީ އޭރުންނެވެ.

ދިވެހިބަސް ބޭނުންކުރަނީ ހަމައެކަނި ކިޔަވާކުދިންނެއް ނޫނެވެ. ނުވަތަ ދިވެހިބަސް ތަރައްޤީކުރެވޭނީ ވެސް ހަމައެކަނި އެ ކުދިންނަކަށް ނޫނެވެ. ޙަޤީޤަތުގައި ދިވެހިބަސް ކުރިއަރުވައި ތަރައްޤކުރެވޭނީ މަތީތަޢުލީމު ޙާޞިލްކުރުމަށްފަހު ދިވެހިޤައުމަށް ޚިދުމަތްކުރަން ނުކުންނަ ޒުވާނުން ދިވެހިބަހާ މެދު ދެކޭގޮތް ބަދަލުކޮށް ދިވެހިބަސް ދެކެ ލޯބިވެގެންނެވެ. ބައެއް މީހުންނަށް ހީވާ ގޮތުގައި މަތީތަޢުލީމަކީ އެމީހާގެ އަމިއްލަ ބޭނުމަކަށް ޙާޞިލްކުރަންޖެހޭ އެއްޗެކެވެ. ނަމަވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ކޮންމެ ޤައުމެއްގައި ތިބޭ އިލްމުވެރިންނަކީ އެ ޤައުމެއްގެ ތަރައްޤީ އާއި ކުރިއެރުމަށް މަސައްކަތްކުރުމުގައި އެންމެ އިސްވާންވީ މީހުންނެވެ.

އަޅުގަނޑުމެންގެ ތެރޭގައި ދުނިޔޭގެ ފެންވަރުގައްޔާއި ސަރަޙައްދީ ފެންވަރުގެ މޮޅު ޢިލްމުވެރިން ހަމަ އެކަށީގެންވާ ވަރަކަށް ވަރަކަށް އެބަ ތިއްބެވި އެވެ. މިއިން ކޮންމެ ބޭފުޅަަކީ ވެސް އެ ބޭފުޅެެއްގެ ދާއިރާއިން ބަހަށް ޚިދުމަތްކުރެއްވޭނެ ފެންވަރުގެ ބޭފުޅުންނެވެ. ނަމަވެސް  ހިތާމައާ އެކު ދެންނެވޭނީ އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ގިނަ އިލްމުވެރިންނަކީ ދިވެހިބަހާ މެދު ފިކުރުކުރައްވައި އެއާ މެދު ފިކުރުހިންގަވާ ބޭފުޅުންނެއްނޫނެވެ. އެކަމުގެ ސާބިތު ހެކި އަޅުގަނޑުމެންގެ ކުރިމަތިން މިއޮތީ ހާޔަށް ފެންނާށެވެ. ދިވެހިބަހުން ކިޔާނެ އެއްޗިއްސާއި ވާހަކަދައްކާ މީހުން ހިތްހަމަޖައްސާލެވޭ ވަރަކަށް އިތުރެއްނުވެއެވެ. ވީމާ ވެދިޔަތަން ދޫކޮށްލައިފައި، އަލުން މި ދިވެހިބަހަށް ކޮންމެވެސް އަގުހުރި ޚިދުމަތެއް ކޮންމެ ދިވެހި ދަރިއަކު ވެސް ކުރަންވީއެވެ. އެ މީހަކު ޚާއްސަވެފައިވާ ރޮނގަކުން ބަހަށް ޚިދުމަތްކުރުމަކީ އަމިއްލަ ވާޖިބެއް ކަމަށް ދެކެންވީ އެވެ. އަލުން އާ ފެށުމަކުން ދިވެހިބަސް ދިރުވައި އާލާކުރާން މަސައްކަތް ފަށަންވީ އެވެ.

-------------------------
(ނިމުނީ)

މި ލިޔުން:

ފޮނުވުން:         އަލްފާޟިލު ޢަބްދުﷲ ޒަމީރު، ލ. މާވަށް
އަލުން ބެލުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ޝާއިޢުކުރުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)Add Comment
...
ލިޔުނީ ނޫނު. ޖަވިޔަނި, 2011-03-06 19:43:47
ބަސް އުނގަންނައި ދިނުމަކީ ބަސް މަރުވުމުން ސަލާމަތްކުރަން ކުރެވޭނެ އެއް ގޮތެވެ. ސާނަވީ އިމްތިހާނުގެ ނަތީޖާއިން ދައްކަނީ ދިވެހި ބަހަށް ކުދިންގެ ޝައުޤު ގެއްލި، ދަށްވަމުން އަންނަ މަންޒަރުކަމަށް ވީހިނދު، އެކަން ރަނގަޅު ކުރެވޭނެ ގޮތަކީ ކޮބައިތޯ ބަލަން އެބަ ޖެހެއެވެ. ބައެއް މީހުން ބުނާގޮތުގައި، ދިވެހި ބަހަށް ކުދިންގެ ލޯބި ޖެއްސުމަށްޓަކައި، މުޤައްރަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެބަޖެހެއެވެ. "ދިވެހި ބަސް" ވަކި މާއްދާއަކަށް ހަދައި "ދިވެހި ބަހުގެ އަދަބިއްޔާތު" ވަކި މާއްދާއަކަށް ހަދަން އެބަ ޖެހެއެވެ. ލިޔުންތެރިކަމާއި، ޅެންވެރިކަމާއި، ބަހުގެ ފުންމިން ހޯދަން ލޯބިކުރާ މީހުންނަށް އަދަބިއްޔާތު ދޫކޮށްލައި، އާދައިގެ އާއްމު ދިވެހިނަށް އާދައިގެ "ދިވެހި ބަސް" ދަސް ކޮށްދެވޭނެ ގޮތެއް ހަދަން އެބަ ޖެހެއެވެ.
...
ލިޔުނީ މުޙައްމަދު , 2011-03-08 08:51:48
ޢަބްދުﷲ ޒަމީރު ''ހީނަރުވަނުންދާ'' ދިވަހިބަސް މިނަމުގައި ލިޔުއްވި ކަމަށްޓަކައި ޝުކުރު ދަންނަވަން.
* ދިވަހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ އިދާރާގެ ނަމުގައި ތަނަނެއް ހެދިފައި ހުންނަކަން ދެނެހުރިން (.)
* އިނގެރޭސި ނުވަތަ ހިންދީ ފިލްފުން އެދެކެވޭ ވާހަކަ ދިވެހި ބަހަށް ތަރުޖަމާކޮށް، ފިލްމު ބަލަމުންދާއިރު އެކިޔާއެއްޗެއް ސްކްރީނުގެ ތިރިއަށް އަރާގޮތަށް އެންމެ ފިލްމެއްވެސް އުފެއްދިފައިވޭތޯ؟
* ރާއްޖެއަށް މައިގަނޑު ހުރިހާ މުދަލެއްވެސް އެތެރެކުރެވެނީ ރާއްޖެއިން ބޭރުންކަމަށްވެފައި، އެތެރެ ކުރެވޭ އެންމެ ކުޑަމިނުން ބޭސްފުޅިއެއްވެސް އެބޭނުންކުރަންވީގޮތް ލިޔެވިފައި އޮންނަނީ އިނގެރޭސިން ނުވަތަ ........... އެހެންބަހަކުން ކަމަށް ވީހިނދު، އެބޭނުން ކުރަންވީގޮތް ދިވެހި ބަހުން ލިޔެވުނީ ކިތައް ފުޅީގައިތޯ؟ ކިތައް އެތީގައިތޯ؟
* ރާއްޖެއިން ބޭރުން އެތެރެކުރެވޭ ކިތައް އެއްޗަށް ދިވެހިބަހުން ނަންކިޔުނުތޯ؟ އެތަކެއްޗަށް ކިޔާނެ ދިވެހިބަސް ނުހޯދެނީ ކީއްވެތޯ؟
މިހިރީ ހައްތަހާވެސް މައްސަލަ ..... މިހެންގޮސް ކިތެންނެ ބައިވަރެއްވެސް ލިޔެވިދާނެ
ޝުކުރިއްޔާ
...
ލިޔުނީ mal, 2011-03-26 05:50:48
ekuveriney. dhuvahakuves mi nikamethi ahaage nasey hathe gaboolu kuraakama vaanama minasey hath adu ahaashe.
evesmi haku emi hege izatha gadharu mee hun ge kurimathy ga nagaalaaka bey nume nu vaane. dhivehi baha key divehin ge izath gadhreve.mi nagaa nulaasheve dhivehi bahakey alhugadumen ge izatha gadhareve. eves mee haku

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1247
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone