ފަންވަތް ދިވެހި މާދަރީބަސް ނާޤާބިލްކަމުގެ ނިޝާނެކެވެ.
ބެލި ޢަދަދު: 1413
ނާޤާބިލްކަމުގެ ނިޝާނެކެވެ. ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 5
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
02 މާރޗް 2009، 01:42 ހޯމަ

ދިވެހިބަސް ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ ފެޝަނެއް ނޫނެވެ.
އެއީ އެ މީހެއްގެ ނާޤާބިލުކަމުގެ ނިޝާނެކެވެ.

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

ތެދެކެވެ. ބަހަކީ ބަދަލު އަންނަ އެއްޗެކެވެ. އެކަމަކު އޭގެ މާނައަކީ ބަސް ހަލާކުކުރުމެއް ނޫނެވެ. ބަހުގެ ރީތި ހަމަތަކާއި އުޞޫލުތައް އުވައިލުމެއް ވެސް ނޫނެވެ. އެމީހަކު ބޭނުންހައި ގޮތަކީ ގަވާއިދު ކަމަށް ގަބޫލުކުރުމެއް ވެސް ނޫނެވެ. އެ ބަދަލެއްގެ ސަބަބުން ބަހަށް ގެއްލުން ލިބޭ ނުވަތަ އުނިކަމެއް އަތުވެދާނޭ ބަދަލަކީ ރަނގަޅު ބަދަލެއްކަމަކަށް ހަމަގައިމުވެސް ހެޔޮ ވިސްނޭ މީހަކު ގަބޫލެއް ނުކުރާނެއެވެ.

މި ޖީލުގެ ބައެއް ޒުވާނުން އެ މީހުންގެ ތަޢުލީމީ ފެންވަރު ހާމަކުރުމަށްޓަކައި ދިވެހިބަހުގެ ރީތި ލަފުޒުތައް ދޫކޮށް ދިވެހިބަހާ ބީރައްޓެހި ބައެއް ލަފުޒު ބޭނުންކުރާ ކަމީ އެންމެންގެ މެދުގައި މަޝްހޫރުކަމެކެވެ. އަދި ދިވެހިބަހުން ވަކި ކަމެއް ބަޔާންކޮށްދޭން ނޭނގޭ ކަމަށް އަމިއްލަޔަށް އިޢުތިރާފު ވުމަކީ ބައެއް މީހުން އެ މީހުންގެ ގާބިލުކަން ދެއްކުމަށް ކުރާ ކަމެކެވެ. ނަމަވެސް ތިމާގެ އަމިއްލަ ބަހުން ޝުޢޫރެއް ހާމަކުރަން ނޭނގުމަކީ ލަދުވެތިކަމެކެވެ. އެހެނީ ދިވެހި ބަހަކީ ޚިޔާލާއި ޝުޢޫރު ފާޅުކުރުމުގެ ފުރިހަމަ ޤާބިލުކަން ލިބިފައިވާ ބަހެއްކަން ދިވެހި ކާބަފައިން ވަނީ ސާބިތުކޮށްދީފައެވެ. އެހެންވީމާ އަޅުގަންޑުމެން ބޭނުން ވާހަކައެއް ދިވެހި ބަހުން ހާމަކޮށްދޭން ނޭނގުމަކީ ދިވެހިބަހުގެ ފަޤީރު ކަމެއް ނޫނެވެ. އެއިން ދައްކައިދެނީ ތިމަތިމާމެންގެ ކިބައިގައި ހުރި ބަހަށް ކޮށިކަމެވެ. އަދި ތިމާމެންގެ ނާޤާބިލުކަމެވެ.

އަނެއްކޮޅުން ބަލާއިރު ދިވެހިބަހުގެ މުއްސަނދިކަމާއި ޤާބިލުކަމާއި އަސަރުގަދަކަން ދޭހަކޮށްދޭ ބައެއް ލަފުޒުތައް އެއްވެސް މާނައެއް ނެތް ގޮތެއްގައި ބޭނުންކުރުމަކީ ފެޝަނެއްގެ ގޮތުން ބައެއް މީހުން ކުރާ ކަމެކެވެ. ނަމަވެސް އެއީ ތަހުޒީބު ޢަމަލެއް ނޫނެވެ. އަދީ ކީއްތޯއެވެ؟ އެއީ ބަހަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތެކެވެ.

މިސާލަކަށް ދިވެހިބަހުގައި އޮންނަ "ދޯ" އަކީވެސް ވަރަށް މާނަހުރި ގޮތެއްގައި ވަރަށް އަސަރުގަދަ ކޮށް ބޭނުންކުރަން އޮންނަ އަދި ބޭޏުންކުރެވޭ ލަފުޒެކެވެ. އެކަމަކު މިޒަމާނުގެ ގިނަ ޒުވާނުން ދައްކާ ވާހަކައިގައި ބޭނުންކުރާ ގިނަ "ދޯ"ތަކަކީ މާނައެއް ނެތް ހާސަރުތަކެކެވެ. އޭގެ ސަބަބުން އަޑުއަހާ މީހާއަށް ނުތަނަވަސްކަމެއް ލިބުން ފިޔަވައި އެހެން ކަމެއް ނުވާނެއެވެ. ވާހަކަދައްކާ މީހާގެ ހަށިގަނޑުންވެސް ހަކަތަ އިސްރާފުވުން ނޫންކަމެއް ނުވާނެއެވެ. ބަހަށް ގެއްލުން ލިބުން ފިޔަވައި އެހެން ކަމެއް ޙާޞިލެއް ނުވާނެއެވެ. އެހެންވީއިރު ދޯ ބޭނުންކުރަން ޖެހެނީ ކޮން ގޮތަކަށް ހެއްޔެވެ؟
އެއްވެސް ޝައްކެއް ނެތެވެ. "ދޯ" އަކީ އާނބަސް ބުނުވުމުގެ ގޮތުން ސުވާލުކުރުމަށް ބޭނުންކުރާ އަކުރެކެވެ. މި ސުވާލުކުރަން ޖެހޭނީ އަޑުއަހާ މީހާއަށް އެނގޭ މަޢުލޫމާތަކުންނެވެ. ދޯ ބޭނުންކުރަންޖެހޭނީ ބުނާ މީހާ ބުނި ބުނުމަށް ތާއީދު ހޯދުމަށް ނުވަތަ އެއްބަސް ކުރުވުމުގެ ގޮތުން އަހާ އެހުމެއްގެ ގޮތުގައެވެ. އެހެން ވީމާ، މީހަކަށް އެކަމެއްގެ މައުލޫމާތު ނޭނގޭ ކަމަކާ ގުޅޭ ގޮތުން 'ދޯ' އޭ އެހީމާ ޖަވާބު ދޭން ފަސޭހައެއް ނުވާނެއެވެ. ސަބަބަކީ "ދޯ" އޭ އެހީމާ 'ނޫނނެކޭ'އެއް ނުބުނެވޭނެތީއެވެ. އެކަމަކު ނޭނގޭ ކަމަކަށް އާނއެކޭ ބުނާނީވެސް ފަހެ ކިހިނެއްހެއްޔެވެ؟

އާދޭހެވެ! "ދޯ" އަކީ ވަރަށް ފުރިހަމަ މާނައެއްގައި ޖުމުލައިގައި ބޭނުންކުރެވޭ ސުވާލެކެވެ. މިއަސަރާއި މި މާނައިގައި ބޭނުންކުރާ އިނގިރޭސި ލަފުޒެއްވެސް ޑިކްޝަނަރީއަކުން ފެންނާކަށް ނެތެވެ. ދިވެހިބަސް ފޮތް (2006) ބުނާ ގޮތުންވެސް "ދޯ" އަކީ މީހަކު ލައްވައި "އާނ ބަސް ބުނުވުމުގެ ގޮތުން ސުވާލުކުރުމަށް ބޭނުންކުރާ އަކުރެކެވެ." އެ މީހަކު ބުނި ބުނުމަށް އަނެކާގެ ތާއީދު ހޯދުމުގެ ގޮތުންނެވެ. މި ސުވާލަށް އަނެކާ ބުނަންޖެހެނީ އާނއެކޭ އެވެ. މި ފަދަ ("ދޯ"ގެ) ސުވާލަކަށް ނޫނެކޭ ބުނުމަކީ "ސެންސް ރިލޭޝަންސް" ތިއަރީ އާ ޚިލާފުކަމެކެވެ. އަދި އެއީ "ސްޕީޗް އެކްޓް" ތިއަރީއާ ބީރައްޓެހި ކަމެއްވެސް މެއެވެ.

ވީމާ، ދިވެހިބަސް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ތިމާގެ ޤާބިލުކަން ދެއްކުމަށް މަސައްކަތްކުރުމަކީ ވަރަށް ބޮޑު ގޯހެކެވެ. އެއީ ފެޝަނެއް ވެސް ނޫނެވެ. އެކަމުގެ ސަބަބުން ތިމާގެ ނާޤާބިލުކަން ހާމަވުން ފިޔަވައި އެހެން ކަމެއް ނުވާނެއެވެ. އަދި މީގެ އިތުރުން އެއީ ދިވެހިބަހަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތެއް ކަމުގައި ނޫނީ ނުވާނެއެވެ.
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (7)Add Comment
...
ލިޔުނީ ‰މ, 2009-03-02 08:57:23
ވަރަށް ތާއީދު. އެކަމަކު އަޅުގަނޑަކީ ބަހުގެ ޢިލްމުވެރިޔަކަށް ނުވާތީ ތިޔަ ވިދާޅުވި ދެ ތިޔަރީއެއް ނޭނގުނު. ކޮންމެވެސް މިންވަރަކަށް އަލިއަޅުވައިލަދެއްވިދާނެތޯ؟
...
ލިޔުނީ shiyaara, 2009-03-02 10:07:09
thankx for writing this speech it helped me to do my skool work...plx write more
...
ލިޔުނީ ފާޠިމަތު ދިފްލީން, 2009-03-02 14:32:37
ޢަބްދުލް ޢަޒީޒު ޖަމާލު ގެ އިރުޝާދުތައް ރޭޑިއޯއިން އަޑުއިވެއެވެ. ނަމަވެސް ލިޔުމުން ފެންނަ ގޮތަށް މިފަދަ ދަރުސްތައް ދެއްވަން ފެއްޓެވި ކަމަށް ޓަކައި ޝުކުރުވެރިވަމެވެ. މި ޖީލުގެ ބައެއް ޒުވާނުން ދިވެހިބަހަށް އަހުލުވެރިކުރުވުމަށްޓަކއި ދިވެހިބަހާމެދު ޝައުޤުވެރިކަން ހުންނަ ތިޔަފަދަ ބޭފުޅުންގެ ގިންގުނަ މަސައްކަތްޕުޅުތަކަށް ދިވެހި ޤައުމު ވަނީ ބޭނުންވެފައެވެ. އިތުރު ލިޔުންތައް މި ރޮނގުން ފެންނާނެ ކަމަށް އުންމީދުކުރަމެވެ
...
ލިޔުނީ އަހުމަދު, 2009-03-03 02:52:27
"ދޯ" ބޭނުން ކުރުމަކީ މިހާރު ވަރަށް އާނަމު ކަމެއް. ވާހަކަ ދައްކާއިރު ބޭކާރު ގޮތުގައި "ދޯ" ބޭނުންކުރީމާ ތިޔަވިދާޅުވިހެން ވަރަށް ބޮލަށް އުދަނގޫވޭ. މިކަން ހުއްޓުވުމަށް ވަރަށް ބޮޑެތި މަސައްކްތަތކެއް ކުރންވެއްޖެ. ނޫނީ މިމައްސަލަ ހައްލުކުރުމަކީ ނޫވާނެ ކަމަކަށް ވެދާނެ. ލިޔުން ވަރަށް ފުރިހަމަ.
...
ލިޔުނީ kujjeh, 2009-04-15 08:29:01
mihaarakah ais office thakuge verinves v ginain beynun kuravva gotheh dhannavaalaanan. meehaku naadhey bunan vegen " e beyfulhaku miadhu ofeehakah nuvadaiganey" mee alhe rangalhu gothehtha? alhugandah engifaivaa gothun bunan jeheyny " vadaehnugannavaa" meege rangalhu gothaky koba?
...
ލިޔުނީ ސަމީޢު, 2009-06-04 19:22:45
ދޯ އަކީ މިހާރުގެ ޒުވާންކުދިން ވާހަކަދައްކާއިރު ވަރަށް އާންމުއެއްޗަކަށްވެއްޖެ މިގޮތުން ގުޅުމެތްނެތް ތަންތާގައި ދޯ ބޭނުން ކުރަމުން އާދެއެެވެ. މިގޮތަށް ދޯބޭނުން ކުރުމުން ވަރަށް ބޮޑަށް މާނައޮޅޭ ގޮތް ދިމާވޭ އަދިބޮލަށްވެސް ވަރަށްއުނދަގޫވޭ އަދިބައެއްކުދިން ވާހަކަދައްކާއިރު ބަނޑުގަލުގެ ގޮތުގައިވެސް ދޯ ބޭނުންކުރާތަން ފެނޭ ..... އެރަށަށް ދޯ ދަތުރުގޮސްފަ ދޯ އުޅެނިކޮށް ދޯ ދިމާވިކުއްޖެއް ބުނީ ދޯ މިރަށަކީ ވަރަށްބިރުވެރި ރަށެކޭ ދޯ '' އެރަށަށް ދަތުރުގޮސް އުޅެނިކޮން ދިމާވި ކުއްޖަކުބުނީ މިރަށަކީ ވަރަށް ބިރުވެރިރަށެވެ. ކީއްކުރާ ދޯއެއް ދޮގެއްތޯ؟
...
ލިޔުނީ މަޙްފޫޒް, 2010-02-20 08:39:45
"އެމީހުން އެތަނަށްދިޔަ.. ދިޔަތަން އިބްރާޙީމަށް ފެންނާނެ..ދޯ މުޙައްމަދު" އެމީހުން އެތަނަށްދިޔަ މަންޒަރު އިބްރާޙީމްއަށް ފެނުނުކަން މުޙައްމަދަށް ނޭނގެންޏާ މުޙައްމަދު ބުނާނީ ކީކޭބާ!! "ނޭނގެ... އަހަރެންނަކަށް ހިއެއް ނުވޭ ފެންނާނެހެން" އެހެންނޫންތޯއެވެ.
މިދަންނަވާ ނުވަތަ ދެންނެވޭތޯ މަސައްކަތްކުރާ ވާހަކައަކީ، އަނެކާއަށް މަޢުލޫމާތު ލިބިހުރެދާނެ ކަމުގެ އުއްމީދެއްގައިވެސް "ދޯ" ބުނެވިދާނޭ ޙާލަތްތަކެއް ހުރިކަމަށް އަޅުގަނޑަށް ފާހަގަ ކުރެވޭ ވާހަކައެވެ. މިއީ ކުށްގޮތެއްނަމަ ރަނގަޅުގޮތް ސާފުކުރަން ބޭނުމެވެ.
މިހާރުގެ "ޒަމާނީ ޒުވާނުން" "ދޯ" ބޭނުންކުރަނީ އެކަށޭނަ އަދި މާނައެއް ދޭހަވާ ޙާލަތްތަކުގައި ނޫންކަން އަޅުގަނޑު ވެސް ޤަބޫލުކުރަމެވެ. އަދި ވާހަކަ ދެއްކުމުގައި މާގިނައިން "ދޯ" ބޭނުން ކުރުމަކީ "އަނެއްކަހަލަ" ޒުވާނެއްކަމަށް ދަލީލު ލިބޭ ކަމެއްކަމުގައި ދެކޭ މީހުންވެސް އުޅެއެވެ. އަޅުގަނޑަކަށް ނޭނގެއެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1413
extra avandia and congestive heart failure