މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ދިވެހިބަހުގެ އަސްލާއި މެދު... |
|
|
| ދިވެހި - މާދަރީބަސް | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 09 މާރޗް 2009، 12:30 ހޯމަ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
ޝަކީލާ ޙާމިދު ބިޖިލީގެ ހއ. ކެލާ ބަސް ބަހަކީކޮބައިހެއްޔެވެ؟ މިއީ ޢިލްމުވެރިންގެ މެދުގައި އުފެދޭ ސުވާލެކެވެ. ބަހަކީކޮބައިކަމާއި، އޭގެމާނަޔާއި މެދުގައެވެ. ކޮންމެއަކަސް ދިވެހިބަހުގައި "ބަސް" މިލަފުޒު ނުވަ މާނައެއްގައި ބޭނުން ކުރެވެއެވެ. އޭގެތެރެއިން މިމަޒުމޫނުގައި ވާހަކަދައްކަން މިއުޅޭ ބަހަކީ ދިވެހިބަސްފޮތް (2008) ގައިބުނާ މީހެއްގެ ހިތުގައި އުފެދޭ ޝުޢޫރެއް އަޑު ނުވަތަ އިޝާރާތް ބޭނުންކޮށްގެން ވަކި ހަމަތަކެއްގެ މަތިން ފާޅުކުރާ ކުރުމަށެވެ. ތިރީގައި މިވަނީ ބަހާއިމެދު ތަފާތު ބޭބޭފުޅުން ވިދާޅުވެފައިވާ ވިދާޅުވުންތަކެވެ.މުޙައްމަދު ޝާހިދު ޙަލީމް (2008) ހާމަކުރައްވާގޮތުގައި ބަހަކީ އިންސާނާ، އޭނާގެ ބޭނުންތަކާއި، ޚިޔާލުތަކާއި، ޝުޢޫރުތައް އަނެކާއަށް ހާމަކުރުމަށް ބޭނުންކުރާ ހަތިޔާރެކެވެ. އަދިއެއީ އިންސާނުން މުވާޞަލާތުކުރުމަށް ވަކި ހަމަތަކެއްގެމަތީން އަނގައިން ބޭރުކުރާ، މާނަދޭހަވާ ގުޅިފައިވާ އަޑުތަކެއްވެސްމެއެވެ. އެހެނަސް ވިކްޓޯރިޔާ ފުރޮމްކިންގް، ޑޭވިޑް ބްލެޔަރ، ޕީޓަރ ކޯލިންސް (1999) ކަށަވަރު ކޮށްދެއްވަނީ ބަހަކީ އިންސާނުންނާއި ޙައިވާނުން ވަލިކޮށްދޭ ޚާއްޞަ ސިފައެއްކަމުގައެވެ. ހަމައެފަދައިން ވެބްސްޓަރ ނިއުވޯލްޑް އެންސައިކޮލަޕީޑިއަރ (1992) ބަޔާންކުރާގޮތުގައި ބަހަކީ އިންސާނީ ބޭނުންތައް ފުއްދުމަށްޓަކައި ފާޅުކުރާ ޚިޔާލުތަކަކާއި، ޝުޢޫރުތަކެކެވެ. މައުމޫނު ޢަބުދުލް ޤައްޔޫމް (1989) ވިދާޅުވަނީ ބަހަކީ ތިމާގެ ބޭނުންތައް އަނެކުންނަށް އަންގައިދޭ އެއްޗެކެވެ. އެއް އިންސާނެއްގެ ހިތުގައިވާ ޚިޔާލާއި ޝުޢޫރު އަނެއް އިންސާނަކަށް ހާމަކޮށްދޭ ވަޞީލަތެކެވެ. އެކެއްގެ ވިސްނުމާއި ފިކުރު އަނެކާޔާ ހަމަޔަށް ގެންގޮސްދޭ ސަވާރީއެއް ކަމުގައެވެ. އެޑްވަޑް ފިނެގަން (1999) ވިދާޅުވަނީ ބަހަކީ ހިތުގައި އުފެދޭ ޚިޔާލުތަކާއި، ޝުޢޫރުތަކާއި، ޖަޒުބާތުތައް އެކަކު އަނެކަކާއި ހަމަޔަށް ފޯރުކޮށްދިނުމަށް އަޑު ނުވަތަ ނިޝާން ނުވަތަ ޙަރަކާތް އެކުލެވޭގޮތަށް ބޭނުންކުރާ ނިޒާމެއް ކަމުގައެވެ. ކައިޗިރޯ މަޓްސޫރާ (2008) ވިދާޅުވަނީ "އިންސާނުންގެ އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމުގައްޔާއި، އެބައިމީހުންގެ ވަށައިގެންވާ ޙަޤީޤަތްތަކާއި އެބައިމީހުން ގުޅުވާލުމުގައި ބަހަކީ އިންސާނުންގެ އަސާސީ ސިފައެކެވެ. ވުމާއިއެކު ބަސް އިންސާނުންގެ އިޖުތިމާޢީ ގުޅުންތައް ގާއިމްކުރުމުގައި މުހިއްމު އަސާސީ ރޯލެއް އަދާކުރެއެވެ. މަތީގައި ބަޔާންކުރެވިފައިވާ ބުނުންތަކުން ހާމަވަނީ އިންސާނީ ބޭނުންތަކާއި ބަހާއިހުރި ގުޅުމެވެ. އިންސާނުންގެ މާއްދީ ބޭނުންތަކާއި ބަހާއި ގުޅުންވާފަދައިން އިންސާނީ ޝުޢޫރުތައް ފާޅުކުރުމަށް ހަމަތަކަކާއި، ޤަވާޢިދުތަކެއްވެސް ބޭނުންވެއެވެ. އެގޮތުން ކޭމްބުރިޖު އިންޓަނޭޝަނަލް ޑިކްޝަނަރީއޮފް އިންގުލިޝް (1996) ބުނާގޮތުން ބަހަކީ ވަކި ޤަވާޢިދެއްގެމަތިން މާނަދޭހަވާގޮތަށް އަނެކާއަށް އަންގައިދިނުމަށް ބޭނުންކުރެވޭ އަޑުތަކެކެވެ. މީގެއިތުރުން ބަހަކުން ވާހަކަދައްކާ ލިޔެކިޔާ ހެދުމަށްޓަކައި އެބަހަކަށް ލަފުޒުތަކެއްވެސް ބޭނުންވެއެވެ. އެހެނީ ބަހަކީ މުޢާމަލާތު ކުރުމަށްޓަކައި އިންސާނުން ލިޔެގެން ނުވަތަ އަނގަބަހުން ބޭނުންކުރާ ލަފުޒުތަކުގެ ނިޒާމެއްކަމުގައި ވަރލްޑް އިގްލިޝް ޑިކްޝަނަރީ (އަހަރު ނެތް) ހާމަކުރައްވައެވެ. މީގެއިތުރުން ދަ ނިއުލެކްސިކޯން ވެބްސްޓަރ ޑިކްޝަނަރީ އޮފްދަ އިންގްލިޝް ލެންގްއޭޖު (1988) ސާބިތުކޮށްދެއްވާ ގޮތުގައި ބަހަކީ ވަކިނިޒާމެއްގެ މައްޗަށް އެކުލެވޭގޮތަށް ފާޅުކުރާ ޚިޔާލުތަކާއި، ޝުޢޫރުތަކާއި، އަޑާއި ހަށިގަނޑުގެ ޙަރަކާތްތައް، އަދި ނިޝާންތަކެއްގެ މައްޗަށް ބިނާވެގެންވާ މާނައެކުލެވޭ އެއްޗެކެވެ. ބަހާއިބޭހޭގޮތުން އެކިއެކި ބޭބޭފުޅުންގެ ޚިޔާލާއި ރައުޔު ތަފާތުވިކަމުގައިވިޔަސް ޖުމްލަކޮށް ދަންނަވާނަމަ ދެންނެވޭނީ ބަހަކީ އިންސާނުންގެ މާއްދީ ބޭނުންތަކާއި، ޝުޢޫރުތައް ފާޅުކުރުމަށް ވަކިހަމަތަކަކާއި ޤަވާޢިދުތަކެއްގެ މަތިން ބޭނުންކުރާ އަޑުތަކަކާއި، ޙަރަކާތްތަކެއް ކަމުގައެވެ. އަދި މިއީ އިންސާނުންގެ ދިރިއުޅުމަށް ބޭނުންވާ އަސާސީ ސިފައެއްކަމުގައެވެ. ބަހުގެ އަސްލުއިންސާނުން ބޭނުންކުރަމުން މިދާބަހަކީ ކޮންތާކުން ކިހިނެއް އައި އެއްޗެއް ބާވައެވެ؟ ކޮންގަތަކުން ވާރުތަވެ ކިހިނެއް ދަސްވި އެއްޗެއް ބާވައެވެ؟ މީގެ އެތައްހާސް އަހަރެއް ކުރިންވެސް ބަހުގެ އަސްލަކީ ކޮބައިތޯ ހޯދަން ކުރެވުނު މަސައްކަތްތަކުން، މިއަދާ ހަމަޔަށްވެސް ބަސްއުފެދުނީ މިވެނިގޮތަކަށޭ، ބަހުގެ އަސްލަކީ ކަނޑައަޅާ ވަކިމިވެނި ބަހެކޭ ބުނެވޭވަރުގެ ހެކިތަކެއްވަނީ ނުހޯދިފައެވެ. ނަތީޖާއެއްގެ ގޮތުން އެކިއެކި ލިންގްއިސްޓުން (ބަހަވީ އެދުރުން) ބަސްއުފެދުނު ގޮތާއިމެދު ވިދާޅުވާ ވިދާޅުވުން ތަފާތެވެ. އެގޮތުން ބަހަވީ އެދުރެއް ކަމުގައިވާ ޖޯޖް ޔޫލޭއާއި (1996) މުޙައްމަދު ވަޙީދު ނަދުވީއަށް (2001) ޙަވާލާދެއްވާ ޢަޒީޒާ ޢަފީފު (2008 ވިދާޅުވެފައިވާ ހަތަރު ނަޒަރިއްޔާތިރީގައި މިވަނީއެވެ. ތާވަލު: 1
ބަހަވީއެދުރުން ޤަބޫލުކުރައްވާކަމަށް މިދެބޭފުން ވިދާޅުވަނީ ގާތްގަނޑަކަށް ހަމަ ދާދި އެއްގޮތް ނަޒަރިއްޔާތަކެކެވެ. ތަފާތުވެފައިވަނީ ހަމައެކަނި ދެވަނަ ނަޒަރިއްޔާއެވެ. އެހެނަސް ޖުމްލަގޮތެއްގައި ވިދާޅުވަނީ އެކައްޗެކެވެ. ނަދުވީގެ ދެވަނަ ނަޒަރިއްޔާ ސާބިތުކުރެވޭނެ އެއްވެސް ހެއްކެއް ދަލީލެއް ލިބިފައެއްނެތެވެ. ޖޯޖު ޔޫލޭގެ ތިންވަނަ ނަޒަރިއްޔާއާއި، ނަދުވީގެ ހަތަރުވަނަ ނަޒަރިއްޔާއަށް ބަލާއިރު މިއީވެސް ގަބޫލުކުރެވޭ ނަޒަރިއްޔާތަކެއްނޫނެވެ. ސަބަބަކީ ބަހަކީ އިންސާނާގެ ބޭނުންތަކަށްވުރެ ދޮށީއެއްޗަކަށްވާކަމެވެ. ދެން ޖޯޖު ޔޫލޭގެ ދެވަނަ ނަޒަރިއްޔާއަށް ބަލާއިރު އެއީވެސް ޤަބޫލުކުރެވޭ ވާހަކައެއްނޫނެވެ. ސަބަބަކީ އިންސާނާ މަޢުނަވީ ކަންތައްތަކަށް ބޭނުންވުމުގެކުރިން އޭނާ (އިންސާނާ) މުވާޞަލާތުކުރިކަން ކީރިތި ޤުރުއާނުގެ ބަޤަރާސޫރަތުގެ ބައްތިރީސްވަނަ އާޔަތުން ސާބިތުވާތީއެވެ. ޤުރުއާނުގެ ބަޤަރާސޫރަތުގެ ބައްތިރީސްވަނަ އާޔަތުގެ ތަރުޖަމާކަމުގައި މުޙައްމަދު ޖަމީލް (1977) ވިދާޅުވަނީ "ދެން އާދަމްގެފާނު މަލާއިކަތުންނަށް އެތަކެތީގެ ނަންތައް ދަސްކޮށްދެއްވިއެވެ". ވީމާ އިންސާނީ ބޭނުންތަކާއި ޝުއޫރު ފާޅުކުރުމުގެ ކުރިންވެސް ބަސް ބޭނުންކުރެވިފައިވާކަން މިއާޔަތުން ސާބިތުވެއެވެ. ހަމައެއާއިއެކު މިދެބޭފުޅުން ވިދާޅުވާ ބަހަކީ ޤުދުރަތީ ގޮތުން އިންސާނާއަށް ޚާއްޞަކުރެވިފައިވާ ވާހަކަދެއްކުމުގެ ޤާބިލްކަމެކެވެ. މިނަޒަރިއްޔާއަށް ތާއީދު ކުރެވެއެވެ. ސަބަބަކީ ކީރިތި ޤުރުއާނުގެ މިދަލީލުތަކުގެ އަލީގައި ﷲތަޢާލާ އާދަމްގެ ފާނަށް ބަހުގެ ޤާބިލުކަން ދެއްވުމަށްފަހު އެކަލޭގެފާނަށް ބަސް އުނގަންނައި ދެއްވިކަމަށް ޤަބޫލުކުރެވޭތީ، ބަހަކީ އިލާހީ އެއްޗެކޭ ބުނާ ތިޔަރީއާއި، ބަހަކީ ޤުދުރަތީގޮތުން އިންސާނާއަށް ޚާއްޞަކުރެވިފައިވާ ޣަރީޒާއެކޭ ބުނާ ނަޒަރިއްޔާއަށް ތާއީދު ކުރެވެނީއެވެ. އަދި މިއީ އެންމެސާބިތު ކަންބޮޑު އެންމެ ވަރުގަދަ ހެކިތައް ލިބެންއޮތް ނަޒަރިއްޔާވެސް މެއެވެ. ބަހަކީ އިލާހީއެއްޗެކޭ ބުނާނަޒަރިއްޔާއަށް ދީނީ ގޮތުންލިބެންއޮތް އެންމެ ބާރުގަދަ ހެއްކަކީ ކީރިތިޤުރުއާނުގެ ބަގަރާސޫރަތުގެ 31 ވަނައާޔަތެވެ. އެގޮތުން ޤުރުއާނުގެ ބަޤަރާސޫރަތުގެ އެއްތިރީސްވަނަ އާޔަތުގެ ތަރުޖަމާކަމުގައި މުޙައްމަދު ޖަމީލް (1977) ހާމަކުރައްވަނީ "އާދަމްގެ ފާނު އުފައްދަވާ އެކަލޭގެފާނަށް ހުރިހާ ނަންތަކެއް ދަސްކޮށްދެއްވީމެވެ"(ޞ. 7). މިހެންނެވެ. ވީމާ އިންސާނާ އުފެއްދެވުމާއިއެކު އެކަލާގެ އެއިންސާނާއަށް މިވަނީ ބަހެއްގެ ޒަރީއާއިން އުނގަންނަވައި ދެއްވާފައެވެ. ވީމާ މިހާހިސާބުން އިތުރު ޝައްކަކާއިނުލައި ބަހަކީ އިލާހީ އެއްޗެއްކަން ކޮންމެ މުސްލިމަކަށްވެސް ސާބިތުކުރެވޭނެއެވެ. ހަމައެއާއިއެކު މިނަޒަރިއްޔާ އިތުރަށް ވަރުގަދަވަނީ ﷲތަޢާލާ އާދަމްގެފާނު އުފެއްދެވުމަށްފަހު އެކަލާންގެ އިންސާނާއަށް (އާދަމްގެފާނަށް) ބަސްމޮށުންތެރިކަން އުނގަންނަވައި ދެއްވިކަން ކީރިތި ޤުރުއާނުން ސާބިތުވާތީއެވެ. ޤުރުއާނުގެ ރަޙުމާނު ސޫރަތުގެ ހަތަރުވަނަ އާޔަތުގެ ތަރުޖަމާކަމުގައި މުޙައްމަދު ޖަމީލު (1977) ވިދާލުވަނީ "އެކަލާނގެ އިންސާނާ އުފައްދަވާ އެއިންސާނާއަށް ބަސްމޮށުންތެރިކަން އުގަންނައިދެއްވިއެވެ" (ޞ. 926). ވީމާ މިހާހިސާބުން ބަހަކީ އިލާހީ އެއްޗެއްކަމާއި ބަސްމޮށުންތެރިކަން އުނގަންނަވައި ދެއްވީ ﷲ ތަޢާލާކަން އެއްވެސް ޝައްކަކާ ނުލައިސާބިތުވެއެވެ. ފުރަތަމަބަހަކީކޮބައި؟ދެވަނަ ސުވާލަކީ ބަހުގެ އަސްލާއިމެދު (އެންމެ ފުރަތަމަ ބަހަކީ ކޮބައިކަމާމެދު) އުފެދޭސުވާލެވެ. މިއީވެސް ޚިޔާލުތަފާތުވާ މައްސަލައެކެވެ. ޢަޒީޒާ ޢަފީފު (2008) ވިދާޅުވާގޮތުގައި އެންމެ ފުރަތަމައުފެދުނު ބަހާމެދުވެސް އެކިއެކި ޢިލްމުވެރިން ވިދާޅުވަނީ އެކިގޮތަށެވެ. އެގޮތުން ޤްރީކުގެ ޢިލްމު ވެރިއެއްކަމަށްވާ ހެރެޑޯޓަސް ވިދާޅުވަނީ ފުރަތަމަ ބަހަކީ ފިރީޖިއަން ބަސްކަމުގައެވެ. ސްކޮޓްލޭންޑްގެ ޖޭމުސް IV ވިދާޅުވަނީ ފުރަތަމަބަހަކީ އެބްރޫ ނުވަތަ ހިބްރޫ ބަސްކަމުގައެވެ. ނޯހް ވެބްސްޓާރ ހާމަކުރައްވަނީ އެންމެ ފުރަތަމަ އުފެދުނީ އާރާމީބަސް ކަމުގައެވެ. ޖޯސެފް އެލްކިން ވިދާޅުވަނީ ފުރަތަމަބަހަކީ ޗައިނީސް ބަސްކަމުގައެވެ. ބަޔާންކުރެވުނު ނަޒަރިއްޔާތަކަކީވެސް އެބޭފުޅުން ދިރާސާތަކެއް ކޮށްގެން ހޯއްދަވާފައިވާ ހޯއްދެވުންތަކެއްގެ ނަތީޖާއެވެ. ވީމާ އެބޭފުޅުންގެ މަސައްކަތް ޕުޅުތަކަށްވެސް ތަޢުރީފު ޙައްޤެވެ. އެހެނަސް ދީނީގޮތުންބަލާއިރު އެބޭފުޅުންނާއި، އެއްބަސް ނުވެވޭވަރުގެ ހެއްކެއް ކީރިތި ރަސޫލާގެ ސިޔަރަތުން ލިބެން އެބައޮތެވެ. އެއްވެސް ކަމެއްގައި ކީރިތި ޤްރުއާނާއި، ރަސޫލާގެ ސުންނަތުން އެކަން ސާބިތުވާން އޮއްވައި އެހެންގޮތަކަށް ބުރަވުމަކީ މުސްލިމުންނާ އަޅާބަލާއިރު މުސްތަޙީލުކަމެކެވެ. ޙުސައިން ޞަލާޙުއްދީން (1938) ވިދާޅުވަނީ "އާދަމްގެފާނު އުފައްދަވައި ފުރާނަ އަޅުއްވައިފިހިނދު އެކަލޭގެފާނު ބޯއުފުއްލެވުމުން ފެނިވަޑައިގަތީ ޢަރުޝީގެ އެތަންމިތާގައި (ލާއިލާހަ އިލަﷲ މުޙައްމަދުން ރަސޫލުﷲ) މިފަދައިން ލިޔެވިގެން ވަނިކޮންނެވެ" (ޞ. 25) މިކަމުން ދޭހަވަނީ އިންސާނާ އުފެއްދެވުމުގެ ކުރިންވެސް ﷲތަޢާލާގެ ކުޅަދުންވަންތަކަމުން އެކަލާންގެ ލިޔުމުގެނިޒާމެއް ޤާއިމް ކުރައްވާފައިވާކަމެވެ. ލިޔުމަކީ ބަހަށްވުރެ ހަގުއެއްޗަކަށްވާތީ ލިޔުމުގެ ނިޒާމެއް އުފެދޭނީ ބަހަކުންކަން ސާބިތުވެއެވެ. ހަމައެއާއިއެކު ބަހުގެ އަސްލަކީ ކޮބައިކަން ކީރިތި ރަސޫލާގެ ސިޔަރަތުން ޞައްޙަކަން ބޮޑުގޮތަކަށް ސާބިތުވެއެވެ. އެނީ ޙުސައިން ޞަލާޙުއްދީން (1938) ވިދާޅުވަނީ "ސުވަރުގޭގެ އަހުލުވެރިންގެ ބަހަކީ ޢަރަބިބަހެވެ" (ޞ. 17) މިކަމުންދޭހަވަނީ އާދަމްގެފާނު ދުނިޔެއަށް ފޮނުންވިއިރުވެސް ﷲތަޢާލާ ބަސް ލައްވަފައިވާކަމެވެ. އަދި އެއީ ޢަރަބި ބަސްކަމެވެ. ސަބަބަކީ އާދަމްގެފާނު ފުރަތަމަ އުޅުއްވީ ސުވަރުގޭގައިކަން ކީރިތި ޤްރުއާނުން ސާބިތުވާކަމެވެ. ޤުރުއާނުގެ ބަޤަރާސޫރަތުގެ ތިރީސް ފަސްވަނަ އާޔަތުގެ ތަރުޖަމާކަމުގައި މުޙައްމަދު ޖަމީލް (1979) "ދެންފަހެ ޝައިތާނާ އެދެކަނބަލުން އެގަހުގެ ފަރާތުން ކުށުގައި އަޅުވައި ސުވަރުގޭގައި އެދެކަނބަލުން އުޅުއްވި ނިޢުމަތްތަކުން އެދެކަނބަލުން ބޭރުކޮށްފިއެވެ. އަދި ތިމަން ސުވާމީންގެ ވަޙީކުރެއްވީމެވެ. ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކާއި ޢަދާވާތްތެރިން ކަމުގައިވާޙާލު ތިޔަބައިމީހުން ބިމަށް ފައިބާށެވެ" (ޞ. 36). ވީމާ މިދަލީލުތަކުގެ އަލީގައި ދުނިޔޭގެ ބިމުގައި އިންސާނީ ދަރިފަސްކޮޅު އާބަދުވުމުގެ ކުރިން ސުވަރުގޭގައި އާދަމްގެފާނާއި، ޙައްވާގެފާނު އުޅުއްވިކަމާއި، ސުވަރުގޭގެ އަހުލުވެރިންގެ ބަހަކީ ޢަރަބިބަސްކަން ސާބިތުވެއެވެ. އެހެންކަމަށްވާއިރު އާދަމްގެފާނާއި، ޙައްވާގެފާނު ދުނިޔެއަށް ފޮނުއްވުމުން ދުނިޔޭގެ ބިމުގައިވެސް ވާހަކަފުޅު ދައްކަވާނީ ޢަރަބިބަހުންކަން އެއީ ސާބިތުކުރެވޭ ހަރުދަނާ ހެއްކެކެވެ. ވުމާއެކު ފުރަތަމަބަހަކީ ޢަރަބިބަސް ކަމުގައި ދެންނެވިދާނެއެވެ. ދިވެހިބަހުގެ އަސްލު ތަނެއްގެ ބަހުގެ އަސްލު ހޯދާ ބަލާއިރު އެތަނެއްގެ ފުރަތަމަ އަހުލުވެރިން (ވަޒަންވެރިން) ނަކީ ކޮންތާކުންއައި ކޮންބައެއްތޯ ބަލަންޖެހެއެވެ. ސަބަބަކީ ތަނެއްގެ ބަސްގުޅޭނީ އެތަނެއްގެ ފުރަތަމަ ވަޒަންވެރިންނާއި، އެމީހުން ވާހަކަދެއްކި ބަހަކާއި ކަމުގައިވާކަމެވެ. އެގޮތުން ލިބިފައިހުރި ހެކިތަކަށް ބަލާއިރުރާއްޖޭގައި ބަޔަކު ވަޒަންވެރިވެގެން ދިރިއުޅޭތާ ގާތްގަނޑަކަށް 2500 އަހަރު ވެދާނެކަމަށް ލަފާކުރެވޭ ކަމުގައި ނަސީމާ މުޙައްމަދު (1998) ހާމަކުރައްވައެވެ. ޢީސާގެފާނުގެ 500 އަހަރުކުރިއަކީ ތާރީޚަށްބަލާއިރު ވަރަށްކުރިއެވެ. ވީއިރު ދިވެހީންގެ ބަހުގެ އަސްލު ގުޅިފައިވާނީ މާކުރީ ޒަމާނެއްގައި ދިވެހިރާއްޖޭގައި ވަޒަންވެރިވި ރާއްޖޭގެ ފުރަތަމަ ވަޒަންވެރިންނާއެވެ. އެމީހުންގެ މުސްކުޅިބަހާއެވެ. ކުރީގެ ދުވަސްވަރަކީ ތާރީޚު ލިޔެވިފައިވާ ދުވަސްވަރަކަށް ނުވާތީ ސާބިތު ހެކިތަކެއް ފެންނާކަށް ނެތެވެ. އެހެނަސް ރާއްޖޭގެ ބިމުގައި ފޮރުވިފައިވާ ބައެއްތަކެތިން ކޮންމެވެސް ވަރަކަށް ޢީސާގެފާނުގެވެސް ކުރީގެ އެވޭލާއެއްގައި މިބުމުގައި މީހުންއުޅުނުކަމުގެ ހެކިލިބެންއެބަހުއްޓެވެ. މިފަދަތަކެއްޗަކީ ރާއްޖޭގެ ތާރީޚުގެ އިތުރުން ދިވެހީންގެ ޒަމާންވީ ދިވެހި ބަހުގެ މަޢުލޫމާތުވެސް ލިބޭނެތަކެއްޗެވެ. ރާއްޖޭގެ ފުރަތަމަ ވަޒަންވެރިންނާ ބެހޭގޮތުން ޖޯންސްޓޭންލީ ގާޑިނަރ (1899) ކުރެއްވި ސައިންޓިފިކް ތަޙުލީލަކާއި ޙަވާލާދެއްވާ ނަސީމާ މުޙައްމަދު (1998) ވިދާޅުވަނީ ދިވެހިރާއްޖޭގެ އަހުލުވެރިންގެ ނަސްލު ގުޅިފައިވަނީ އިންޑިޔާގެ ސަބުކޮންޓި ނެންޓާއި، އޮޅުދޫކަރައާއި، ޢަރަބިކަރަ، އެފްރިކާ އަދި އަސޭކަރައިގެ މީހުންނާ ކަމުގައެވެ. ވިމާ ރާއްޖޭގެ ފުރަތަމަ ވަޒަންވެރިންނަކީ މިރައްރަށުގެ އަހުލުވެރިންނަށްވުން އެކަށީގެންވެއެވެ. ކޮންމެއަކަސް ރާއްޖޭގެ ފުރަތަމަ ވަޒަންވެރިންނަކީ ކޮންމެބައެއް ކަމުގައިވިޔަސް އެބަޔަކުރާއްޖެއަށް އައިއިރު ވާހަކަދެއްކިބަސް ބަދަލުވެ ތަރައްޤީވަމުންގޮސް ދިވެހިބަސް އުފެދުނީއެވެ. ޔަޤީންކަމާއެކު ބުނަންނޭގިގެން މިއުޅެނީ އެއީ ކޮންބަހެއްކަމެވެ. ކަންމިހެން ހުރުމާއެކު ދިވެހިބަހުގެ އަސްލަކީ ކޮބައިތޯބަލާ ދިރާސާކުރުމަށް ކުރިމަސައްކަތުން އެނގުނުގޮތުގައި މިއީ ޢިލްމުވެރިންގެ މެދުގައި ވަރަށްބޮޑަށް ޚިޔާލު ތަފާތުވެފައިވާ މައްސަލައެކެވެ. ބައެއްބޭފުޅުން ވިދާޅުވަނީ ދިވެހިބަހުގެ އަސްލަކީ ސާންސްކްރިތު ބަސް ކަމުގައެވެ. އަނެއްބައި ބޭފުޅުން ވިދާޅުވަނީ ސިންގަޅަބަސް ކަމުގައެވެ. މަދުބޭފުޅުންތަކެއް ޕާލީބަހާއި، އިންޑިކް ބަސް ކަމުގައިވެސް ވިދާޅުވެއެވެ. ހަމައެފަދައިން އިންޑޯ ޔޫރަޕިއަން ގްރޫޕްގެ ބަހެއްކަމަށާއި، އިންޑޯ އީރޭނިއަން ގްރޫޕުގެ ބަހެއް ކަމަށާއި، އިންޑޯ އާ ރިޔަން ބަސްތަކުގެ ބަހެއްކަމަށާއި، ސިންގަޅަބަހެއްނޫން ކަމަށް ވިދާޅުވާ ބޭފުޅުންވެސް އެބަތިއްބެވިއެވެ. ހަމައެފަދައިން ދިވެހިބަހުގެ އަސްލު ތިންހަތަރު ބަހާ ގުޅިފައިވާކަމަށް ވިދާޅުބާ ބޭފުޅުންވެސް އުޅުއްވައެވެ. ތިރީގައި މިވަނީ ބައެއް ޢިލްމުވެރިންގެ އަރިހުގައި ދިވެހިބަހުގެ އަސްލުކަމަށް ބަހުސް ކުރެވެމުންދާ ރައުޔުތަކެވެ. އެބޭފުޅުންގެ ބުނުންތަކާއި، އެބުނުންތައް ޝާއިޢު ކުރައްވާފައިވާ ފޮތްތަކާއި، ތާރީޚުތަކެވެ. ތާވަލް:2 ޢިލްމުވެރިންގެ މެދުގައި ދިވެހި ބަހުގެ އަސްލުކަމަށް ބަހުސް ކުރެވެމުންދާ ރައުޔުތައް
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
...
ލިޔުނީ އާދަމް ނަޞީރު އިބްރާހީމް, 2009-03-10 15:44:30
ޝަކީލާގެ މި މަސައްކަތްޕުޅުތައް ވަރަށް އިޚްލާޞްތެރިކަމާ އެކުބަލައިގަނެވެ އެވެ. ކޮޅު ނެތް ކޮޅަށް ސާބަސް އަރުވަމެވެ، ޝުކުރު ދަންނަވަމެވެ. މި ފަދަ ލިޔުމެއްގެ ބޭނުން ހިފައިފި ކިޔަވާ ކުއްޖަކަށް ދަސްވާނީ ހަމަ އެކަނި، ބަހުގެ އަސްލާބެހޭ މަޢުލޫމާތުތަކެއް ނޫނެވެ. އޭގެ އިތުރަށް ދަސްވާނެ ކަންކަން ވަރަށް ގިނަ އެވެ. ދިރާސާ ހުށަހެޅުމުގެ ވައްޓަފާޅި އެވެ. ހަވާލާ ދިނުމުގެ އުސޫލުތަކެވެ. ޢިލްމަކީ ކޮންމެ ދާއިރާ އެއްގައިވެސް އޭގެ ކޮޅެއް ފެންނަން ނެތް އެއްޗެއް ކަމެވެ. ކުރިޔަށް ގެންދަވާށެވެ! އަންހެން ބޭފުޅަކު، ދިވެހި ބަހާބެހޭ ގޮތުން މި ފަދަ ބިނާ ކުރަނިވި މަސައްކަތްޕުޅެއް ކުރައްވާފައިވާތީ ފެންނަނީ، މާ ގިނައެއް ކޮށް ނޫނެވެ!
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|