ފަންވަތް ދިވެހި މާދަރީބަސް ތާނައިގެ ތިކިޖެހި އަކުރު
ބެލި ޢަދަދު: 1413
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ތާނައިގެ ތިކިޖެހި އަކުރު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
21 ނޮވެމްބަރ 2008، 17:55 ހުކުރު

ޢަބްދުލްމުޢީދު ޙަސަން

ތާނައިގެ ތިކި ޖެހި އަކުރަކީ، ވަކި ތާނައެއް ނޫނެވެ. އެއީ ހަމަ ތާނައިގެ ތެރޭގައި ހިމެނޭ އަކުރުތަކެކެވެ. ތިރީގައިވާ ތާވަލުގައި އެވަނީ، ތާނައިގެ ތިކިޖެހި އަކުރުތަކެވެ. ތިކިޖެހި އަކުރުތައް، ތާނައިގައި ބޭނުންކުރަނީ، ހަމައެކަނި ޢަރަބި ލަފުޒުތައް ލިއުމަށްޓަކައެއް ނޫނެވެ. އެނޫން ބަސްތަކުގައި ހިމެނޭ އަޑުތައް ޙާޞިލުކުރުމަށްޓަކައި ވެސް ތާނައިގެ އަކުރުތަކުގައި ތިކި ޖެހެއެވެ.

ޢަރަބި އަކުރުތިކި ޖެހި އަކުރުމިސާލު
ثޘއަޘަރު،
حޙޙަސަން، ޙުސައިން.
خޚޚާލިދު، ޚަބަރު، ޚައިރާތު، ޚިޔާލު، ޚަލީލު، ޚާލިދާ، ޒަޚަމް، ޚަޒުރަޖު، ޚިތާނު، ޚިދުމަތް، ޚަބަރުދާރު،
ذޛޛިކުރު، އަލްއުސްތާޛު،
شޝޝަރީފު، ޝައުޤު، ޝުހުރަތު،
صޞޞަމަދު، ނަޞީބު،
ضޟޟާމިރު، ޥުޟޫ، ޟަމީރު، ޙަޟުރަތަށް، އަލްފާޟިލު، އަލްފާޟިލާ،
طޠޠާހިރު،
ظޡމުޡާހަރާ،
عޢޢަމަލު، ޝާއިޢު، މަޢާފު، އިޢުލާން،
غޣޣާފިލު،
قޤޤައުމު،
وޥޥުޟޫ،
-ޜޓެލެވިޜަން،
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ ކައްޕި, 2008-12-14 16:37:19
ބައެއް ބަސްބަހަކީ، އެބަހެއް ދިވެހިން ގިނައިން ބޭނުންކުރާގޮތަށް ލިޔަންޖެހޭނެ ބަސްބަހެވެ. މިސާލަކަށް، އެއްވެސް ދިވެއްސަކު މުޡާހަރާ ނުކިޔާނެއެވެ. ކިޔާނީ މުޒާހަރާ އެވެ. މިފަދަ ބަސްތައް ލިޔަންވާނީ ދިވެހިން ކިޔައިއުޅޭ ގޮތަށެވެ. ނަޞީބަކީވެސް އެފަދަ ބަހެކެވެ. ދިވެހިން ކިޔަނީ ނަސީބެވެ. އެހެންވީމާ ބައެއް ބަސްތައް އެހުރީ ޤަމީޞް، ގަމީހަށް ވީގޮތަށް ދިވެހިވެފައެވެ. އެކަމަކު ޝަރީފު، ޝުރުރަތު ފަދަ ބަސްތައް ލިޔަންވާނީ އެގޮތަށެވެ. ދިވެހިން ކިޔަނީވެސް އެގޮތަށެވެ. ދިވެހިން ވާހަކަ ދައްކާނީ ދިވެހިބަހުންނެވެ. ދިވެހިބަހުން ލިޔާނަމަ ލިޔަންވާނީ ދިވެހިން ކިޔާގޮތަށެވެ. އެހެންނަމަވެސް، އިނގިރޭސިބަހުގައި އިރެގިއުލަރ ބަސް ހުންނަގޮތަށް ދިވެހިބަހުގައިވެސް މިފަދަ ބަސްތައް ހުރެއެވެ. މިސާލަކަށް، ޢަމަލު، އަމަލު. ދިވެހިން ދެބަސް ބޭނުންކުރާއިރުވެސް ކިޔަނީ އަމަލު މިގޮތަށެވެ. ނަމަވެސް، ލިޔުމުގައި ތަފާތު ނުކުރިނަމަ ޢަމަލުކުރަނީ ކަމެއް ނުވަތަ އަމަލުވަނީ ކަމެއް ބައެއް ފަހަރަށް ނޭނގޭގޮތް ދިމާވެދާނެވެ. މިފަދަ ބަސްތަކަށް ރައްކާތެރިވެ ލިޔުމަކީ މުހިންމު ކަމެކެވެ.
...
ލިޔުނީ ފަލި, 2008-12-14 17:24:53
އިނގިރޭސި ބަސް ލިޔަން ބޭނުންކުރާ ލެޓިން އަކުރުގައި ވެސް ތިކިޖެހި އަކުރު ހުރޭ ދޯ. ތާނައިގައި ހުރީމާތަ ބައެއް މީހުންނަށް މައްސަލައަކަށް ވަނީ؟

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1413
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone