މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އެކަށައެޅުން، ކަނޑައެޅުން، ހުށަހެޅުން |
|
|
| ދިވެހި - މާދަރީބަސް | |||||||||||||||||||||||||||||||||||||||
| 06 ޖޫން 2009، 00:08 ހޮނިހިރު | |||||||||||||||||||||||||||||||||||||||
![]() ޢަބްދުﷲ ޞާދިޤު ތާނަލިޔުމުގައި "ހާ"، "އަލިފު" މިދެއަކުރުން ކުރެ އަކުރަކުން ފެށޭ، ކަމާއި، މަސްދަރުގެ ކުރިޔަށް، ނަފީގެނޫނު އަންނައިރު، އެނޫނުގެ ފިލި، ތިރީގައިމިވާ ދެތާވަލުގައިވާގޮތް ގޮތަށް ބޭނުން ކުރުވެމުން ދެއެވެ. (1)
"ހާ"
ގެތާވަލު
(2)
"އަލިފުގެ"
ގެތާވަލު
މިތާވަލުގައިވާ "ނާނދާނެ"، "ނީންނާނެ"، "ނޫޅޭނެ"، "ނޭހުން"، "ނޭދޭނެ"، "ނޯޅުން". "ނޯޅޭނެ" މި މިސާލުތަކަށް ވިސްނާވަޑައިގަތުމުން މިގޮތަށް ބަދަލުވެގެން ގޮސްފައި މިހިރީ ހައްތާވެސް އަލިފުގެ ތަފާތު ފިލިފިލިން ފެށޭބަސްބަސް ކަން އޮޅުމެއްނެތި އެނގިވަޑައި ގަންނަވާނޭއެވެ. ހ. އިން ފެށިފައިވާ އެއްވެސް ބަހަކަށް މިފަދަ ބަދަލެއް ގެނެވިފައެއް ނެތެވެ. ހ.ގެ އެބެފިލިން ފެށިފައި މިވަނީ ހެރުމެވެ. ނަފީވާ އިރު ބަދަލުވަނީ ނުހެރުމަށް، ނުވަތަ ނެހެރުމަށެވެ. އަދި ހެފުން، ނުހެފުން ނެހެފުން، ހެދުން، ނުހެދުން، ނެހެދުން، މިގޮތަށް މެނުވީ ބަދަލުވެގެންނެއް ނުދެއެވެ. އަލިފަށް ވާހެން ހ ގެއްލިގެން ނުވަތަ ކެނޑިގެންދާތަނެއް ނާދެއެވެ. އާދެ، ނޭރުން، ނޭފުން، ނޭދުން މިހެންނެއް ނުކިޔެއެވެ. މިހާރު، އަޅުގަނޑު މިއިޝާރަތް ކުރާ ބާވަތުގެ އެހެން ބަހެއް ބަލާލަމާ ހިންގަވާށެވެ. އާދެ، އެނގުން، ނުއެނގުން، ނޭނގުމެވެ. އެނދުން، ނުއެނދުން ނޭނދުމެވެ. ބަހަކީ ހުށަހެޅުން ކަމަށްވާނަމަ، ކިޔަންޖެހޭނީ، ހުށައެއް ނެހެޅުނެވެ. ހުށައެއް ނެހެޅޭނެވެ. ހުށައެއް ނެހެޅޭނެއެވެ. މިހެންނެވެ. ނަމަވެސް ޢާއްމުކޮށް ލިޔެކިޔައިއުޅެނީ، ހުށައެއް ނޭޅުނޭ ހުށައެއް ނުއެޅުނެވެ. މިހެންނެވެ. އެހެން ކަމުން އެބައހަކީ، އެކަށައެޅުން، ކަނޑައެޅުން ފަދައިން ހުށައެޅުމެވެ. މިއީ އަޅުގަނޑުގެ ޚިޔާލެވެ. ދެން އޮތް އަނެއް ގޮތަކީ، ޒަމާނުއް ސުރެ އަޅުގަނޑުމެން ލިޔަމުން އަންނގޮތަކީ ހުށަހެޅުން، ނުވަތަ ހުރަހެޅުން ކަމަށްވާތީ އެގޮތަށް ބޭއްވުމެވެ. އެއީ އެހެން ބަސްބަހުގައިވެސް ހުންނަ ފަދައިން ޤަވާޢިދަށް އިސްތިސްނާއެއްގެ ގޮތުގައެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)
![]()
...
ލިޔުނީ ޖަމާލު§, 2009-06-05 19:52:15
ނަފީކުރުމުގެ އުޞޫލުތަކުން މިސާލު ދައްކަވަމުން ތިޔަދެއްކެވި ހަމަތަކަކީ އަޅުގަނޑުމެން ހިތުގެ އަޑިން ތާއީދުކރާ ހެކިތަކެކެވެ. އެހެން ނަމަވެސް ހުށައެޅުން ކިޔާ ގޮތަށް އިސްތިސްނާ ގަވާއިދެއްގެ ގޮތުން ހުށަހެޅުންވެސް ބޭނުންކުރުމްކީ ހަމަ "ހަމަ" ގޮތެއްކަމަށް މުދައްރިސުވެސް ގަބޫލުފުޅުކުރައްވާނެ ކަމަށް އުންމީދުކުރަމެވެ. ތިޔަ ކުރައްވާ ޢިލްމީ ޚިދުމަތަށް ހިތުގެ އަޑިން ޝުކުރުދަންނަވަމެވެ. މާތް ﷲ ތިޔަ އުސްތާޛަށް ހެޔޮ ރަޙުމަތްލައްވައި ޢުމުރުފުޅު ދަންމަވާށިއެވެ! އާމީން!
... ލިޔުނީ އަޒީޒު ޖަމާލު, 2010-06-25 15:14:21
އަޅުގަނޑުގެ ޚިޔާލުގައި "ހުށައެޅުން" އެއީ ހަމަތަކަށް ބަލާއިރު އޮންނަންވާ ގޮތް. ނަމަވެސް ޒަމާނުއްސުރެ "ހުށަހެޅުން" ވެސް ކިޔާތީ އެ ދެ ގޮތަކީވެސް "ހަމަ" ދެ ގޮތް ކަމުގައި ބަލައިގަތުމަކީ އެންމެ މަޞްލަޙަތު ހުރި ގޮތް. އަޅުގަނޑު ލިޔަނީ "ހުށައެޅުން" މި ގޮތަށް. އެކަމަކު "ހުށަހެޅުން" ވެސް އެއީ ކުށް ގޮތެއް ކަމަކަށް ނުބަލަން.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
ވީމާ މުދައްރިސަށް ފަށް ފަށުން ޝުކުރިއްޔާ އެވެ. އަޅުގަނޑު މުދައްރިސޭ މި ދަންނަވަނީ ފަހަރެއްގައި ވެސް އަޅުގަނޑަށް ކިޔަވައި ދެއްވާފައިވާތީ އެއްނޫނެވެ. އަޅުގަނޑުމެން ރަށަށް މުދައްރިސް ދުރުވި ކަމެއް ވެސް ނޭނގެ އެވެ. އެކަމަކު އަޅުގަނޑަށް މިހެން ލިބޭ މަދު ލިޔުންކޮޅާއި ލިޔުއްވާފައިވާ ބައެއް ފޮތްތަކުން ލިބޭ މައުލޫމާތުން ވެސް މުދައްރިސަކަށް ތިޔަ ބޭފުޅާ ވަނީ އެވެ. ވަރަށް ހެޔޮ އެދެމެވެ.