|
ދިވެހި -
ސުފުރާ
|
|
22 މެއި 2010، 03:03 ހޮނިހިރު |
ތުއްތުކުދިންގެ ކާނާ
ޖުވައިރިޔާ ވަޖުދީ
ބޭނުންވާތަކެތި
4 އިންޗީގެ ދަނޑި އަލުވިކޮޅެއް ކޮށާފައި
4/1 ޖޯޑު ބޯކިރު (ކާށިކިރު)
2 އިންޗި ހުންނަހާ ކައްޓަލަ
1 މޭޒުމަތީ ސަމުސާ ރޯމަސް ކުދިކޮށް ކޮށާފައި
ތައްޔާރުކުރާނެގޮތް ކުޑަ ތެއްޔެއް އުނދުންން މައްޗަށް އުދާލާފައި ފެން ފޮދެއް އަޅާލުމަށްފަހު ކެކިގަތުމުން ދަނޑި އަލުވިކޮޅު އަޅާލާފައި ކައްކާށެވެ. މަޑުވާންފެށުމުން ކައްޓަލަކޮޅު ވެސ ްއަޅާފައި ރޯފިލަންދެން ކައްކާލާފައި އުނދުން މތިން ބޭލުމަށްފަހު މިކްސަރުން ޗަސްކޮށްފައި ކިރުފޮދު އެއްކޮށްފައި އޮލަމިން ހެޔޮވަރުކޮށްލާށެވެ. ދެން ތުއްތު ދަރިފުޅަށް ކާންދޭށެވެ.
(ނިމުނީ)
ބަކުން ބަކުން ތުއްތު ކުދިންގެ ކާނާ މި ފޮތުގައި މިލިޔަނީ 6 މަހާއި 1 އަހަރާއިދެމެދުގެ ކުދިންނަށް ކާންދޭން ތައްޔާރުކޮށްފައިވާ ރެސިޕީ ތަކެކެވެ.ފުޅި ފުޅިއާއި ދަޅު ދަޅު ގައި ހުންނަތައްޔާރީ ކާނާގެ ބަދަލުގައި ހަރަދުކުޑަކޮށް އަޅުގަނޑުު މެންނަށް ފަސޭހައިން ލިބޭ ބާވަތް ތައް ބޭނުންކޮށްގެން ތުއްތު ދަރިފުޅަށް ހަށިގަނޑަށް ބޭނުންވާ ބައިތައް ހިމެނޭގޮތަށް ކާނާ ތައްޔާރުކޮށް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން މިފޮތުގައިވާ ކާނާތަކުގައި ތުއްތު ދަރިފުޅަށް ކޮންމެހެން ބޭނުންވާ ބަައެއް ބާވަތް ތައް ހިމަނާފައި ވާނެ އެވެ. މި ކާނާ ތައްޔާރު ކުރާއިރު ނުވަތަ ކައްކާއިރު ބަލާނީ ވީހާވެސް މަދުން ފެން އަޅައިގެން ކިރިޔާ ރޯފިލާވަރުގެ ފެން ފޮދެއްގައި ކެއްކޭތޯއެވެ. އެއީ ފެން ގަނޑުގެ ތެރެއަށް ތަރުކާރީ ކޮޅުގައިވާ ވިޓަމިން ކޮޅު ދާނެތީ އެވެ. ޗަސްކުރާއިރު ރަނގަޅަށް އޮމާން ވާވަރަށް ވުރެ ހިކިނަމަ ކެއްކި ފެން ފޮދެއް ނުވަތަ މިނެރަލް ވޯޓަރ ފޮދެއް އެއްކޮށްލާށެވެ. ކައްކާއިރު އަބަދު ވެސް ބަލާނީ އާއްމުކޮށް ތުއްތު ދަރިފުޅު އެއްފަހަރަށް ނުވަތަ ދެ ފަހަރަށް ވާވަރުގެ އެތިކޮޅެއް ކެއްކޭތޯ އެވެ. އެއީ ގިނައިން ކައްކާފައި ބާކީ ގިނައިރުވުމުން ތާޒާކަން ކެނޑޭނެތީއެވެ.އަދި ކާށި ކިރު އަޅާ ބާވަތް ތައް ކައްކާނީ 1 ފަހަރަށް ވާވަރަށެވެ.
2 މާޗް 2009 ޝުކުރިއްޔާ
ޖުވައިރިޔާ ވަޖުދީ
|
މިވަގުތު ފަންވަތުގައި
މިވަގުތު 62 ކިޔުންތެރިން އޮންލައިން
އެންމެ ދީލަތި 20 ގަލަން
ޢަބްދުލްމުޢީދު ޙަސަން: 365
އާދަމް ނަޞީރު އިބްރާހީމް: 183
އެޑްމިނިސްޓްރޭޓަރ: 74
ޢަބްދުﷲ ފާރޫޤު ޙަސަން: 51
ބިންމާ އިބްރާހީމް ވަޙީދު: 50
ޢަބްދުﷲ ނަޢީމު އިބްރާހީމް: 40
މުޚްތާރު ޢަބްދުއްރަޙްމާނު: 36
ޢަބްދުﷲ ފިރާޤު: 35
އިބްރާހީމް ރަޝީދު މޫސާ: 33
ޝަމްސުލްފަލާޙު: 29
އަޙްމަދު ރަޝީދު: 23
އަޙްމަދު ފަހުމީ: 23
ޙުސައިން ޝާކިރު: 22
ޙުސައިން ޞަލާޙުއްދީން: 21
މުޙަންމަދު ޝާހިދު ޙަލީމް: 20
އިބްރާހީމް ނަޢީމު : 18
މުޙަންމަދު ވަޙީދު - މަޑުލު : 18
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު: 17
އަޙްމަދު މާޖިދު: 16
އިބްރާހީމް އަޙްމަދު : 16
އިތުރު ކޮލަމް
ފަންވަތުގެ ޖަވާހިރު
"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ." (ޙަދީޘްފުޅެއްގެ މާނަ)
|
|
|
މެހެމާނުނުންގެ އަދަދު
މިހާތަނަށް : 1416733