ފަންވަތް ދިވެހި ތާރީޚް ޚިދުމަތުގެ ތިލަފަތުގައި ޤައުމީ ދެ ޝަޚުޞިއްޔަތެއްގެ ބުރަދަން (1)
ބެލި ޢަދަދު: 782
 ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފަންވަތުގެ އެންމެހާ ކިޔުންތެރިންނާއި ލިޔުން ތެރިންނަށް އަރިސްކުރަން...


"ހެލްޕް ޕާކިސްތާން" ފަންޑަށް އެސްއެމްއެސް މެދުވެރިކޮށް ފައިސާ ހަދިޔާ ކުރަށްވާ:

ވަތަނިއްޔާ ޕްރީޕެއިޑް ކަސްޓަމަރުން
5   ރުފިޔާ ހަދިޔާ ކުރެއްވުމަށް 4511 އަށް ހުސެސްއެމްއެސް އެއް ފޮނުއްވާ.
10  ރުފިޔާ ހަދިޔާ ކުރެއްވުމަށް 4512 އަށް ހުސެސްއެމްއެސް އެއް ފޮނުއްވާ.
50  ރުފިޔާ ހަދިޔާ ކުރެއްވުމަށް 4513 އަށް ހުސެސްއެމްއެސް އެއް ފޮނުއްވާ.
100 ރުފިޔާ ހަދިޔާ ކުރެއްވުމަށް 4514 އަށް ހުސެސްއެމްއެސް އެއް ފޮނުއްވާ.

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން
HP  ޖައްސަވާފައި ހަދިޔާކުރަށްވަން ބޭނުންފުޅުވާ ފައިސާގެ ޢަދަދު (5، 20، 50، ނުވަތަ 100) ޖައްސަވާފައި 355 އަށް ފޮނުއްވާ.

BANK ACCOUNT DETAILS
PRIME MINISTER’S FLOOD RELIEF FUND 2010
HABIB BANK LTD., MALE’
ACCOUNT NO.: 2343‐56

ޚިދުމަތުގެ ތިލަފަތުގައި ޤައުމީ ދެ ޝަޚުޞިއްޔަތެއްގެ ބުރަދަން (1) ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - ތާރީޚް
19 ޖެނުވަރީ 2010، 00:34 އަންގާރަ

عـبدالعـزيزجمال أبوبكر (މާވަށު އަޒީ)


މި ލިޔުމަކީ އެންމެފަހުން، ރާއްޖޭގެ އެންމެ އިސް މަޤާމު ފުރުއްވި ދެޝަޚްޞިއްޔަތުގެ ޤައުމީ ޚިދުމަތުގެ މައްޗަށް އެކުލަވައިލެވިފައިވާ ތާރީޚީ، ޢިލްމީ ދިރާސާއެކެވެ.



1-    ފެށުން:

ދިވެހިރާއްޖޭގެ 2 ވަނަ ޖުމްހޫރިއްޔަތުގެ ފުރަތަމަ ރައީސާއި 2 ވަނަ ރައީސަކީ ދިވެހި ޤައުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ 2 ޒަޢީމުންނެވެ.

އެހެންނަމަވެސް ސުމުއްވުލްއަމީރުލްމަރުޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ، ކޭސީއެމްޖީ އާއި އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަކީ ވަރަށް ތަފާތު ދެ ޝަޚުޞިއްޔަތުކަން އަޅުގަނޑު ފާހަގަކުރަމެވެ.

ރައީސް ނާޞިރަކީ ބަސްފުޅު މަދު، ކަނޑައެޅުއްވި ކޮންމެ ގޮތެއް އަވަހަށް ތަންފީޒު ކުރެއްވުމަށް އިސްކަންދެއްވާ ބޭފުޅެކެވެ. އެޔާ ޚިލާފަށް ރައީސް މައުމޫނަކީ އެ މަނިކުފާނުގެ ޚިޔާލުފުޅުތައް އެހެން މީހުންނާ ޙިއްޞާކުރައްވައިގެން އަވަސްވެވަޑައިނުގެން ފެންވަރަށް އިސްކަންދެއްވައިގެން ކަންކަން ނިންމަވާ ބޭފުޅެކެވެ. މިކަމުގެ އެއް މިސާލަކީ ރައީސް ނާޞިރުގެ އަމުރުފުޅަށް 1975 ވަނަ އަހަރު ތަރުޖަމާކުރެއްވި [ކީރިތި قران ގެ ދިވެހި ترجمة ] އާއި ރައީސް މައުމޫންގެ އެންގެވުމަށް ތަރުޖަމާ ކުރެވުނު [القران الكريم ގެ ދިވެހި ތަރުޖަމާ] އެވެ. މި ދެންނެވި ދެ މަސައްކަތުގައިވެސް ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަތް ޢިލްމުވެރިޔެއް ކަމަށްވާ ފަޟީލަތުއްދުކްތޫރު މުޙައްމަދު ޒާހިރު ޙުސައިން (2009) ވިދާޅުވާ ގޮތުގައި ތަރުޖަމާ ކުރުމުގެ މަސައްކަތް ރައީސް ނާޞިރު ޙަވާލުކުރެއްވީ އެކި ޢިލްމުވެރިންނަށް އެކި ބައިބައި ވަރަށް ކުރުމުއްދަތެއްގައި (ތިން ހަފުތާގެ ތެރޭގައި) ނިންމެވުމަށް އަންގަވައިފައެވެ. އެޔާ ޚިލާފަށް ރައީސް މައުމޫން ޢިލްމުވެރީންގެ ކޮމިޓީއާ އެ މަސައްކަތްޙަވާލުކުރެއްވީ ވަކި މުއްދަތެއް ކަނޑައެޅުއްވުމަކާ ނުލައި ވެވަޑައިގަތް އެންމެ ފުރިހަމަޔަށް މޮޅަށް ތަރުޖަމާކުރައްވައި ނިންމެވުމަށެވެ. (ލިޔުންތެރިޔާ ގާތު ވިދާޅުވި ވާހަކަފުޅެއް)

މި ފަދަ އަނެއް މިސާލަކީ ދިވެހިބަސް އިނގިރޭސި (ލެޓިން) އަކުރުން ލިޔާ ގޮތަށް ރައީސް ނާޞިރު ނިންމަވައި 3 މަސް ދުވަހުގެތެރޭގައި ލެޓިންއަކުރުން ލިޔަންކިޔަން ދަސްކުރުމަށާއި މިކަމުގެ ސަނަދު ނެގުމަށާއި މިކަން މިމަގަށް ނުކުޅަ މީހެއްގެ މުސާރައިން 3/1 އުނިކުރާނެކަމަށް ސަރުކާރުގެ މުވައްޒިފުންނަށް އަންގަވައި މިކަން މި މަގަށް ތަންފީޒުކުރެއްވި ކަމެވެ. އަނެއްކޮޅުން ދިވެހިރާއްޖޭގައި 2007 ވަނަ އަހަރު ނިމުމުގެ ކުރިން ޤައުމީ ޔުނިވަރސިޓީއެއް އުފައްދަވާނެކަން އިޢުލާންކުރައްވައި ރައީސްގެ ޤަރާރަކުން އެކަން ކުރެއްވެން އޮތްއިރުވެސް، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފޭތޭ ގޮތަށް ނޫނީ އެކަން ކުރައްވަން ރައީސް މައުމޫން ބޭނުންފުޅު ނުވާތީ އަދި އަދަށްދާންދެންވެސް އެކަން ލަސްވެފައި އޮތްކަމެވެ. އެކަމާބެހޭ ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްވެގެން ނޫނީ މުސްތަޤިއްލު ގޮތެއްގައި ޔުނިވަރސިޓީ ނުހިންގޭނެތީއެވެ. (ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ބެހޭ ބިލު މިހާރު މަޖިލީހުގެ ތަޅުމަށް އައިސްފައި އޮތްކަން އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކުރަމެވެ. އަދި އެ ބިލު ފާސްވެ 2010 ވަނަ އަހަރު އެ ޔުނިވަރސިޓީ ވުޖޫދަށް އަންނާނެކަމުގެ ޔަޤީންކަން ވަރަށް ބޮޑެވެ.)

މިކަންކަން އަޅުގަނޑު މި ފާހަގަކޮށްލީ، سموّالأميرإبراهيم ناصر އާއި الأستاذ مأمون عبدالقيّوم ގެ ޚިދުމަތްތައް އަޅައިބަލައި ކިރައި، ވަޒަންކުރަމުން ދާއިރު، އެ ދެބޭފުޅުންގެ ޚިދުމަތުގެ ދިގު ތާރީޚުގައި މިކަމުގެ އަސަރު ވަރަށް ބޮޑަށް ހުންނާނެތީއެވެ.

ކޮންމެއަކަސް ޚިދުމަތްތެރި 2 ޒަޢީމެއްގެ ޚިދުމަތްތައް ތިލަފަތަކަށް ލައި ކިރައި ވަޒަންކޮށް ވަކި ގޮތެއް ނެރުމަކީ އުނދަގޫކަމެއްކަން ދެނެހުރެ މާތްﷲ ގެ ވާގިފުޅާއެކު މި މަސައްކަތް ފަށައިގަންނަމެވެ.

2-    މާނަކުރުން:

މި މަޒުމޫނުގައި އަޅުގަނޑު ބަލައިލާނީ ރައީސް މައުމޫނަށްވުރެ [ދިވެހި ޤައުމަށް] [ފައިދާހުރި] [މާ ގިނަ ޚިދުމަތްތަކެއް] ރައީސް ނާޞިރު  ކޮށްދެއްވައިފައިވޭތޯ ނުވަތަ ނޫންތޯ އާއި އެ ދެ ޒަޢީމުންގެ ޤައުމީ ބަޔެއް ޚިދުމަތްތަކުގެ މައްޗަށެވެ. އެހެންކަމުން ދިވެހި ޤައުމަކީ ކޮބައިކަމާއި [ފައިދާހުރި] އާއި [މާ ގިނަ] އާއި [ޚިދުމަތްތައް] އަޅުގަނޑު މާނަކުރާ ގޮތް ދަންނަވައިލުމަކީ ކުރަންޖެހޭނެކަމެއްކަމަށް ދެކެވެ.

ދިވެހިބަސްފޮތް (2006) ބަޔާންކުރާ ގޮތުގައި [ދިވެހި] މި ނަންއިތުރުގެ މާނައަކީ [ދިވެހި ގޮތްހުރި] ނުވަތަ [ދިވެހިރާއްޖޭގެ މީހުންނާ ނިސްބަތްވާ] އެވެ. [ޤައުމު]ގެ މާނައަކީ [ކަނޑައެޅިފައިވާ ވަކި ސަރަޙައްދެއްގައި އެއް ވެރިކަމެއްގެ ދަށުގައި އުޅޭ ބަޔެކެވެ.] [ރާއްޖޭ] ގެ މާނައިގައިވެސް [ޤައުމު] ބޭނުންކުރެއެވެ. މި މާނަޔަށް ބަލާއިރު [ދިވެހި ޤައުމަކީ] ސިޔާސީ ގޮތުންނާއި ޖުޣުރާފީ ގޮތުން ދިވެހިރާއްޖެއަށް ނިސްބަތްވާ ސަރަޙައްދުގައި ދިރިއުޅޭ ނުވަތަ ދިވެހިރާއްޖެއަށް ނިސްބަތްވާ އެންމެހައި މީސްތަކުންނާއި މުޅި ދިވެހިރާއްޖޭގެ ސަރަޙައްދެވެ. [ފައިދާ] އަކީ [ނަފާ] އާއި [ލާބަ] އާއި [މަންފާ]އެވެ. [ހުރުމަކީ] [އެއްޗެއް ކޮންމެވެސް ތަނެއްގައި ވުމެވެ.] [ގިނަ] މި ނަން އިތުރުގެ މާނައަކީ [ޢަދަދުގެ ގޮތުން އިތުރު]ވުމެވެ. [މާ] ބޭނުންކުރަނީ [ހުންނަ ތަފާތު ބެލުމުގެ ގޮތުން ނުވަތަ އަޖުމަ ބެލުމުގެ ގޮތުން] ކަމަށް ދިވެހިބަސްފޮތް(2006) ބަޔާންކުރެއެވެ.

މި މާނަތަކަށް ބަލައިގެން އަޅުގަނޑު މި މަސައްކަތްކުރަނީ ރައީސް މައުމޫން ދިވެހީންނަށް، ދިވެހިރާއްޖެއަށް ކޮށްދެއްވި ލާބަޔާއި މަންފާހުރި ކަންތައްތަކަށްވުރެ އެތައް ގުނައެއް ގިނަ ކަންތައްތަކެއް ރައީސް ނާސިރު ކޮށްދެއްވިކަމަށް ބުނެވިދާނެތޯ ނުވަތަ ނޫންތޯ ބެލުމަށެވެ. އަދި އެ ދެ ބޭފުޅުން ކޮށްދެއްވި މުހިއްމު ޤައުމީ ބައެއް ޚިދުމަތްތައް ފާހަގަކޮށްލުމަށެވެ. މި ގޮތުން ބަލާއިރު ހަމަ ޙަޤީޤަތުގައިވެސް [الأستاذمأمون عبــدالقيـّوم އަށްވުރެ سموّالأميرإبراهيم ناصر ދިވެހި ޤައުމަށް ފައިދާހުރި މާގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައި ވާކަމަށް ބުނެވިދާނެހެއްޔެވެ؟] މިއީ އުފެދޭ ސުވާލެކެވެ.

3-    ســــموّالأمـــيرإبراهيم ناصر ރަންނަބަނޑޭރި ކިލެގެފާނު:

4.1 ޛާތީ ބައެއް މަޢުލޫމާތު:

ރައީސް ނާޞިރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެން ތުއްޕުޅު އިރުގެ ޙަޔާތްޕުޅު ވޭތުކުރެއްވީ ޏ. ފުވައްމުލަކު ގައެވެ. [ދުނިޔޭގެ އަލިކަމަށް ވަޑައިގަތީ 2 ސެޕްޓެމްބަރ 1926 (24 ޞަފަރު 1345) ދުވަހު އެވެ.] (މުޙައްމަދު ނަޞީރު، 2008) ބައްޕާފުޅަކީ ވެލާނާގޭ އަޙުމަދު ދީދީ އެވެ. މަންމާފުޅަކީ ފުވައްމުލަކު ކަރިއްޔާ ގަނޑުވަރު މޫސާ ދީދީގެ ޢާއިޝަތު ދީދީއެވެ.  

އިބްރާހީމް އަޙުމަދާއި އަޙުމަދު ޖަދުޢާން (2008)، އާފަތިސް ނޫހުގައި ލިޔުއްވައިފައިވާ ގޮތުގައި އިބްރާހީމް ނާޞިރު ތުއްޕުޅުއިރު އުޅުއްވީ ވަރަށް ދަތި ޙާލުކޮޅުގައެވެ. ނަމަވެސް ފަހުން އެ މަނިކުފާނު ގެންގުޅުއްވައި ބޮޑުފުޅުވަންދެން ގެންގުޅުއްވީ އެ މަނިކުފާނުގެ ބޮޑުބޭބޭފުޅު ވެލާނާގޭ އިބްރާހީމްދީދީ އެވެ.

ނާޞިރުގެ ހޮބީއަކީ ރިޔަލުދޯނި ދުއްވުމާއި (sailing) ރޭގަނޑުގެ މަސްވެރިކަމާއި(night fishing)  ގޯތިތެރޭގައި ގަސްހެއްދުން (home gardening) ކަމަށް އަޙުމަދު ޖަދުޢާނާއި އިބްރާހީމް އަޙުމަދު (2008) ހާމަކުރައްވައެވެ.

4.2 ތަޢުލީމީ ފެންވަރު:

އަލްމަރުޙޫމް އިބްރާހީމް ނާޞިރުގެ ތަޢުލީމީ ޙަޔާތުގެ ފެށުން ގުޅިފައިވަނީ އެ މަނިކުފާނުގެ މަންމާފުޅު ފަރާތުގެ ޢާއިލާގެ ތަޢުލީމީ އެކިއެކި ބޭބޭފުޅުންނާއެވެ. ފަހުން މާލެވަޑައިގެން މަޖީދިއްޔާ ސްކޫލާ ގުޅިވަޑައިގަތެވެ. އެއީ ކުރީގެ މަދްރަސަތުއްސަނިއްޔާ އެވެ. މަޖީދިއްޔާއިން ތަޢުލީމު ޙާޞިލުކުރެއްވުމަށްފަހު ސަރުކާރުގެ ސްކޮލާރޝިޕެއްގައި ވަޑައިގަތީ ސިލޯނަށެވެ. އެއީ މީލާދީ ސަނަތުން 1945 ވަނަ އަހަރު މާރޗް މަހު 23 ވަނަ ދުވަހުއެވެ. ސިލޯނުގައި އެތާނގެ ސެންޓް ލޯރެންސް ސްކޫލުން އެކަށީގެންވާ ވަރަކަށް ތަޢުލީމު ޙާޞިލުކުރައްވައިގެން 4 ވަރަކަށް އަހަރަށްފަހު މާލެ ވަޑައިގަތީ 18 ޖެނުއަރީ 1949 ގައެވެ.

ރައީސް ނާޞިރު އިނގިރޭސިބަހުން ތަޢުލީމު ޙާޞިލުކުރެއްވިޔަސް އެ މަނިކުފާނު ފުރިހަމަކުރެއްވި އިމްތިޙާނެއް އެއްވެސް ލިޔުމަކުން އަޅުގަނޑަކަށް ނުފެނުނެވެ. އަދި މަތީ ތަޢުލިމު ޙާޞިލުކުރެއްވިކަން އެނގޭކަށްވެސް ނެތެވެ. މިކަމާ ބެހޭ އެއްވެސް މަޢުލޫމާތެއް އެއްވެސް ބޭފުޅެއްގެ އަރިހުން ލިބޭ ގޮތެއްވެސް ނުވި އެވެ.

4.3 ނާޞިރުގެ މުހިއްމު ބައެއް ޚިދުމަތްތައް:

4.3.1 އިނގިރޭސި ތަޢުލީމު ތަޢާރުފްކުރެއްވުން:

[ރާއްޖޭގައި ޒަމާނުއްސުރެ ދެވެމުން އައި ތަޢުލީމީ ޚިދުމަތް، އެދުރުގެތަކުން، މަކުތަބުތަކުން މަދަރުސާތަކަށް ބަދަލުވެ މި ޒަމާނުގެ އިނގިރޭސި ތަޢުލީމާ ދިމާއަށް މިޞްރާބު ޖެހީ މީލާދީ ގޮތުން 1957 ވަނަ އަހަރުގެ ތެރޭގައެވެ. ސަރުކާރުގެ ފަރާތުން ބިދޭސީ ޓީޗަރަކު ފުރަތަމަ ފަހަރަށް ރާއްޖެ ގެންނެވުމާ ގުޅިގެންނެވެ. މރ. އެތަލް ރީޑިއަސް އާއި މިސިޒް އޭ.އެމް ފެނާންޑޯއާއި މިސް ރާމް އާއި މިސް އެމް.އެލް ނަމަތުންގަ ރާއްޖެ ގެނެވުނީ ހިޖްރީ ގޮތުން 1377 ވަނަ އަހަރު ޝަޢުބާން މަހު 4 ވަނަ ދުވަހު (23 ފެބްރުއަރީ 1958 ގައި) އެވެ. ސިލޯނުން ގެނެވުނު މި ހުރިހާ ޓީޗަރުންވެސް ކިޔަވައިދެއްވީ މަދުރަސަތުލް މަޖީދިއްޔާ އާއި މަދުރަސަތުލް އަމީނިއްޔާގައެވެ. 1960 ގެ އަހަރުތަކަށް އަޅައިގަތްއިރު ރާއްޖޭގެ އިސް މަސްއޫލުވެރިން ތަޢުލީމީ ކަންކަމަށް ވިސްނެވުމަށްފަހު ރާއްޖޭގެ އޭރުގެ ބޮޑުވަޒީރު ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ނިންމެވީ ރާއްޖޭގެ ތަޢުލީމީ ނިޒާމު ހުޅަނގުގެ ތަޢުލީމީ ނިޒާމަށް ބަދަލުކުރައްވައި އިނގިރޭސި މީޑިއަމަށް ކިޔަވައިދެއްވަން ފެއްޓެވުމަށެވެ. އެއީ ސަރުކާރު ހިންގުމަށް ބޭނުންވާ ޤާބިލު ހުނަރުވެރިން އުފެއްދެވުމުގެ މަޤްޞަދުގައި އެޅުއްވި ފިޔަވަޅެއްކަމަށް ބައެއް މުއައްރިޚުން ދެކެވަޑައިގަންނަވައެވެ. މި ގޮތުން ސަރުކާރުގެ 2 މަދުރަސާ ކަމަށްވާ މަދުރަސަތުލްމަޖީދިއްޔާ އާއި މަދުރަސަތުލްއަމީނިއްޔާގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދެއްވުމަށްޓަކައި ބޭނުންވާ އިންތިޒާމުތައް ހަމަޖައްސަވަން ފެއްޓެވިއެވެ. އަދި 1961 ވަނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ސްރީލަންކާގެ މރ. ޖޭ.ވީ ހިލް މަޖީދިއްޔާގެ ނާޒިރެއްގެ ގޮތުގައި މަސައްކަތްކުރައްވަން ފެއްޓެވިއެވެ. އަދި 21 މާޗް 1961 ން ފެށިގެން ޢަމަލީ ގޮތުން ރާއްޖޭގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދޭން ފެށުނެވެ. އެހެންވީމާ ރާއްޖެއަށް އިނގިރޭސި ތަޢުލީމު ތަޢާރުފުކުރެއްވި މޭސްތިރިއަކީ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރުކަމުގައި ދެންނެވުމަކީ ތާރީޚަށްޓަކައި ފާހަގަކުރާންޖެހޭނެ ކަމެކެވެ.](މިނިސްޓްރީ އޮފް އެޑިޔުކޭޝަން)

4.3.2 އައްޑު އަތޮޅު ގަން ސަތޭކަ އަހަރަށް ކުއްޔަށް ދީފައި އޮތް އޮތުން އުވައިލެއްވުން:

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށްވެސް އެނގުމަކާ ނުލައި ވަރަށް ސިއްރުވެރި ގޮތެއްގައި ސިލޯނުގައި އެއްބަސްވެވުނު އެއްބަސް ވުމެއްގެ ދަށުން ސ. ގަން 100 އަހަރަށް އިނގިރޭސީންނަށް ކުއްޔަށް ދިނުމަށް އެމްއޯޔޫއެއްގައި ސޮއިކުރެވުނީ 1956 ވަނަ އަހަރުގައި ކަމަށް [20 ވަނަ ޤަރުނުގައި ދިވެހިރާއްޖެ 4] (2006) މި ފޮތުގައި ބަޔާންކޮށްފައިވެއެވެ. މިކަމާބެހޭ ރަސްމީ އެއްބަސްވުމުގައި ސޮއިކޮށް ކީރިތި މަހާރަދުން ތަޞްދީޤުކުރެއްވުމުގެ ކަންކަން ނިންމެވުމަށްޓަކައި މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނީ މާފަހުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި މިކަމާ ދެކޮޅަށް ފިސާރި ކެރި ހުންނަވައިގެން ވަކާލާތުކުރައްވަންފެއްޓެވީ އިބްރާހީމް ނާޞިރުކަން ފާހަކަކޮށްލެވެއެވެ. އެ އެގްރީމެންޓަކީ އެއް ގޮތަކަށްވެސް ކުރެވިގެންވާނޭ އެގްރީމެންޓެއް ނޫންކަމަށާއި އެކަން އެ ގޮތަށް ކުރެވިގެން ނުވާނޭކަމަށާއި އެ އެމް.އޯ.ޔޫ. ގެ ކޮޕީއެއް ލިބިގެންނޫނީ މަޖްލިސްގައި އެވާހަކަ ދެކެވިގެންވެސް ނުވާނޭކަމަށް އަޑު އުފުއްލަވައި އެކަން ނާކާމިޔާބުކޮށްލެއްވިއެވެ.

4.3.3 ރާއްޖެއަށް ސިޔާސީ މިނިވަންކަން ހޯއްދެވުން:

ދިވެހި ތަޢުލީމީ ޒުވާނުންތަކެއްގެ ހިތުގައި އިނގިރޭސީންގެ ޙިމާޔަތާމެދު އުފެދުނު އާ ވިސްނުމެއްގެ ސަބަބުން އިނގިރޭސީންގެ ޙިމާޔަތުންވަކިވެ މިނިވަން ޤައުމަކަށްވުމުގެ ޙަރަކަތްތައް ފެށިގެން ދިޔައެވެ. އިބްރާހީމް ނާޞިރު އިސްވެ ހުންނަވައިގެން ރަސްމީ ގޮތެއްގައި ފެއްޓެވި މި މަސައްކަތުގެ ނަތީޖާއަކަށްވީ ދިވެހި ރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުމެވެ. އިނގިރޭސި ދައުލަތާއި ދިވެހި ސަރުކާރާ ދެމެދު ވެވުނު މި ތާރީޚީ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދިވެހި ދައުލަތުގެ (އޭރުގެ) ވަޒީރުލްއަޢުޡަމް ޞާޙިބުއްދައުލާ އިބްރާހީމް ނާޞިރެވެ. އިނގިރޭސި ދައުލަތުގެ ފަރާތުން މި އެގްރީމެންޓްގައި ސޮއިކުރެއްވީ ސިލޯނުގައި ހުންނެވި އިނގިރޭސި ހައިކޮމިޝަނަރ ސަރ މައިކަލް ވޯކަރ އެވެ. ހައިކޮމިޝަނަރ ގެ ގެކޮޅުގައި އޮތް މި ތާރީޚީ ރަސްމިއްޔާތު ބޭއްވުނީ 1965 ވަނަ އަހަރު ޖުލައި މަހުގެ 26 ވަނަ ދުވަހު 10:00 ގައެވެ.

(ނުނިމޭ)

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)Add Comment
...
ލިޔުނީ ނަސްރުﷲ ޖަމީލް, 2010-01-18 18:59:46
ސެއިލިންގ އާއި ނައިޓް ފިޝިންއާއި ހޯމް ގާޑްނިންގ ފަދަ ބަސްބަސް ބްރެކެޓެއްގައި އިނގިރޭސީން ބޭނުން ކުރައްވާފައިވާ ތަން ފެނުމުން ހައިރާންވެއްޖެއެވެ. މިފަދަ ތާރީޚީ ޢިލްމީ ލިޔުންތަކުގައި ދިވެހި ބަހުގެ ލަފުޒުތައް ނޫން ލަފުޒުތައް ބޭނުންކުރުމަކީ ލިޔުމުގެ ހައިބަތު އަޅުގަނޑަށް ގެއްލޭކަމެކެވެ. މިސާލަކަށް ރިޔަލު ދޯނި ދުއްވުމޭ ނުވަތަ ރޭގަނޑު މަސްވެރިކަން ކުރުމޭ ނުވަތަ ގޯތީގައި ބަގީޗާ ނުވަތަ ގަސް ހެއްދުމޭ ބުނުމުން އެ ބުނަނީ ކޮން އެއްޗެއްކަން ނޭނގޭ މީހަކުނު ހުންނާނޭ ކަމަށް ނުފެނެއެވެ.
...
ލިޔުނީ ‰‰‰މުސްލިހު މުޙައްމަދު އިސްމާޢީލް, 2010-01-19 02:10:39
މިލިޔުން ލިޔުއްވަމުން ގެންދަވާ ލިޔުންތެރިޔާއަށް ދަންނަވާލަން އޮތީ މިލިޔުން ލިޔުއްވުމުގައި ސިޔާސީ ވެވަޑައިނުގެން، އަޅުގަނޑުމެންގެ އަންނާން އޮތް ޖީލުތަކަށްވެސް، ޢިލްމީ ގޮތުން ބޭނުން ހިފޭނެ ކަހަލަ ބުރަދަން ހުރި މަޢުލޫމާތު އެކުލެވޭ ލިޔުމަކަށް ހެއްދެވުމެވެ. ސަބަބަކީ އެޚިދުމަތްތަކާއި މެދު އިންޞާފު ކުރައްވަމުން ތިޔަގެންދާ ދެ ޚިދުމަތްތެރިންގެ ޚިދުމަތަކީ، ދިވެހި ފަހުގެ ތާރީޚުގެ ގިނަ ސަފްޙާތަކެއް، ޤައުމު އެންމެ އުސްކުންނުގައި ހުންނަވައިގެން ޙިއްޞާ ކުރައްވައިފައިވާ ދެބޭފުޅެއްގެ ޚިދުމަތްތަކެއް ކަމަށް ވާތީއެވެ. މިލިޔުން ވާންވާނީ މާޒީގެ ޞަފްޙާތަކުގައި، ފަނޑުވަމުންދާ އިބްރަތްތެރި ފިލާވަޅުތައް ފުހެވުނަ ނުދީ އަލުން ފަވާލެވޭ ފަވާލުމަކަށެވެ. ސަބަބަކީ ފަވާނުލެވިއްޖެ ނަމަ، މާޒީގެ މިފަދަ އިބްރަތްތެރި ފިލާވަޅުތަކަކީ، މިއަދުގެ ޒަމާނުގައި، ބޭނޫން ނުކުރެވި މަތާރަންފިލާގެ މަތީގައި ހަނދުމަތި ނެތިގެން ބެހެއްޓިފައިވާ އަގުބޮޑު އަސާރުތަކަށްވެ، މީގެ ޒަމާންތަކެއް ފާޢިތުވެ ދާފަހުން ހޯދަން ބަލާއިރު އަސަރުވެސް ފެންނާން ނެތް ތަކެއްޗަށްވެ ޤައުމުގެ ތަރީޚުގެ އަގުބޮޑު ސަފްޙާތަކަށް އުނިކަން އަތުވެދާނޭ ކަމަކަށް މިކަން ވެދާނެކަމަށްޓަކައެވެ. ވީމާ ހަމަކަމާއި، އިންޞާފުމަގުން ކަސިޔާރު ވެވަޑައިނުގެން، ޤައުމުގެ ތާރިޚަށްޓަކައި ކޮށްދެވޭ ޞަދަޤާތެއް ކަމަށް ދެކެވަޑައިގެން އަމާނާތްތެރި ވެލެއްވުމަށް ދަންނަވަން. ދިވެހި ޒަމާންވީ ތާރީޚުން މިހައިހިސާބަށް އައިސްފައިވާ ތަކެތި، އެލިޔުނުމީހުން އަމިއްލަ ރައުޔަށްބުރެވެފައިވުމުގެ ސަބަބުން ތަރީޚުގެ ހަޤީޤަތް ވަނީ ބާޠިލާއި އޮޅި މަސްހުނިވެ ހިސާބަކަށް ކިލަނބުވެސް ވެފައެވެ. އެހެންވީމާ މިފަދަ ކަންކަމުން ތަރީޚީ ތިޔަފަދަ ލިޔުއްވުންތައް އެއްކިބައި ވެފައިވުމަކީ ތާރީޚުގެ ރައްކައުތެރިކަމަށްޓަކައި ނުހަނު ބޭނުން ބޮޑު ކަމެއް މެއަ.
ލިޔުމާއިގެން ކުރިއަށް ވަޑައިގަންނަވާ ތިޔަ ބޭފުޅާއަށް ނަޞީޙަތުގެ މަގުން ދަންނަވާލި އެއްޗެއް ފިޔަވައި އެހެން އެއްޗެއް މީގައި ނުވެއެވެ.
...
ލިޔުނީ ކިޔުންތެރިއެއް, 2010-01-19 02:46:09
ނުނިމެނީސް ނިންމާލީމަ ދެރައީ. ހާދަހާވާ ކިޔާހިތުންނޭ މިއިނދެވުނީ.
...
ލިޔުނީ aakh, 2010-01-19 03:41:30
feshun varahves reethi. namaves mikahala liyuhvunthah liyuhvumugai adhuluverikamaai ikhulaastheri vumakee varahves muhimmukameh. thibaage thi liyuhvun kuriah gendhevumuge thaufeegu allah minvaru kurahvaashi
...
ލިޔުނީ ކިޔުންތެރިއެއް, 2010-01-19 04:48:05
ވަރަށް ބޭނުންތެރި ލިޔުމެއް ކަމުގައި ޤަބޫލުކުރަމެވެ. އިނގިރޭސި ބަސްތައް ލިޔުއްވާފައިވާކަމީ، ޢިލްމީ ގޮތުން މިލިޔުން މުއްސަނދިވެގެން ދިޔަ ކަމެކެވެ. އޭގެ ފައިދާ އެންމެ ބޮޑަށް ކުރާނެ ބަޔަކީ، ދިވެހި ބަހުން އިނގިރޭސި ބަހަށް ތަރުޖަމާ ކުރާ މީހުންކަން ކަށަވަރެވެ. ދެން ލިޔުއްވާ ބައިގައި ވެސް، ދިވެހި ބަހާ ގުޅޭ އިނގިރޭސި ބަސްތައް ހިމަނުއްވައި ދެއްވުން އެދެމެވެ. އަޅުގަނޑު އުންމީދުކުރަނީ، ޚިޔާލު ހުށަހަޅުއްވާ ބޭފުޅުންގެ ހަވާނަފުސަށް، ދީލާނުލައްވާ، ލިޔުންތެރިޔާ ކުރިޔަށް ގެންދަވާ އުސްލޫބުން މިލިޔުން ކުރިޔަށް ގެންގޮސް ދެއްވުމެވެ. މިތަނުގައި އަޅުގަނޑު ވާން ބޭނުންވަނީ، ދަރިވަރަކަށެވެ. ދެން އޮތްބައި ތަންކޮޅެއް އަވަހަށް ފަންވަތުގައި ޖެއްސެވުން އެދެމެވެ.
...
ލިޔުނީ ހަސަނު, 2010-05-26 04:11:25
ނަސްރުﷲ ޖަމީލް, ގެ ޚިޔާލަށް ތާއީދުކުރަން، ރިޔަލުދޯނި ދުއްވުން، ރޭގަނޑުގެ މަސްވެރިކަން، ގޯތިތެރޭގައި ގަސްހެއްދުން ، މިފަދަ ބަސްތަކުގެ އިނގިރޭސި މާނަ އެއްގޮތަކަށްވެސް ލިޔާނެކަމެއްނެތް!
ތަރުޖަމާކުރާމީހާގެ ކަމެއް އެއާގުޅޭބަސްތައް ހޯދުމަކީ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން

މިވަގުތު ފަންވަތުގައި

މިވަގުތު 100 ކިޔުންތެރިން އޮންލައިން

އެންމެ ދީލަތި 20 ގަލަން

ޢަބްދުލްމުޢީދު ޙަސަން: 366
އާދަމް ނަޞީރު އިބްރާހީމް: 142
އެޑްމިނިސްޓްރޭޓަރ: 109
ޢަބްދުﷲ ފާރޫޤު ޙަސަން: 52
ބިންމާ އިބްރާހީމް ވަޙީދު: 50
ޢަބްދުﷲ ނަޢީމު އިބްރާހީމް: 45
މުޚްތާރު ޢަބްދުއްރަޙްމާނު: 36
ޢަބްދުﷲ ފިރާޤު: 35
އިބްރާހީމް ރަޝީދު މޫސާ: 33
ޝަމްސުލްފަލާޙު: 29
އަޙްމަދު ރަޝީދު: 23
އަޙްމަދު ފަހުމީ: 23
މުޙަންމަދު ޝާހިދު ޙަލީމް: 22
ޙުސައިން ޝާކިރު: 22
ޙުސައިން ޞަލާޙުއްދީން: 22
އިބްރާހީމް ނަޢީމު : 19
މުޙަންމަދު ވަޙީދު - މަޑުލު : 19
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު: 18
އަޙްމަދު މާޖިދު: 16
އިބްރާހީމް އަޙްމަދު : 16

މެހުމާނުނުންގެ އަދަދު

މިހާތަނަށް : 1444019

ފަންވަތުގެ ޖަވާހިރު


"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ."

(ޙަދީޘްފުޅެއްގެ މާނަ)

ދެކޭގޮތް

މިވެބްސައިޓް
 
free counters
ބެލި ޢަދަދު: 782