ފަންވަތް ދިވެހި ތާރީޚް ގާސަންދޯކުގެ ޙަޤީޤަތް
ބެލި ޢަދަދު: 1689
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ގާސަންދޯކުގެ ޙަޤީޤަތް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދިވެހި - ތާރީޚް
08 ޑިސެމްބަރ 2008، 09:59 ހޯމަ


މިއީ އަލްމަރްޙޫމް ޢަބްދުލްޙަކީމް ޙުސައިންމަނިކު، ފަތްތޫރައިގެ 297 ވަނަ ޢަދަދުގައި ލިއުއްވާފައިވާ މަޒުމޫނެކެވެ. މާތްﷲ، އެ މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ! އާމީން!

ޢަބްދުލްމުޢީދު ޙަސަން


ދިވެހިންގެ ތެރޭގައި ޢާއްމުވެފައި އޮންނަނީ، ހަދި ރަސްގެފާނުގެ ސަންދޯއްފުޅު ކަމަށެވެ. އެހެންވީ ގޮތަކީ، އެ ރަސްގެފާނު އުޅުއްވިލެއް ނުބައިކަމެވެ. ޙައްޖަށް ވަޑައިގަތެވެ.

އެނބުރި ވަޑައިގަތީ، ހަތްދިހަ ބަބުރުން ބައްލަވައި ގަނެގެންނެވެ. ހީވަނީ ދެ ޖިންސުން ކަމަށެވެ. ގަނޑުވަރުތެރެ އޮންނަނީ، މުޅިން ފާޙިޝްވެފައެވެ. ރަސްގެފާނުގެ އުޅުއްވުން ވަރަށް ވެސް ނުބަޔެވެ. އުޅުއްވާ ގޮތާމެދު އެއްޗެއް ބުނި މީހަކަށް ވަރަށް ބޮޑު އަދަބު ދެއްވައެވެ. ޔޯލަ ވާހަކައިގައި މާބަނޑު އަންހެނުން ކަނދަށް އަޅުއްވައިގެން ގުރާބެއް ބޭލުއްވި ވާހަކަ ވެސް އޮވެއެވެ.

ފަނޑިޔާރަކަށް ހުންނެވީ ވަރަށް ދީންވެރި ތަޤުވާވެރި ބޭކަލެކެވެ. ފާރިސްކަރައިގެ ޝީރާޒު ކިޔާ ރަށުގެ ބޭކަލެކެވެ. ކިޔަނީ، ޝީރާޒީ ފަނޑިޔާރު ކަލޭގެފާނެވެ. ފަނޑިޔާރު ކަލޭގެފާނު ގަނޑުވަރަށް ވަޑައިގެންފިއެވެ. މި ނުލަފާ ކަންތައް ހުއްޓާލައްވަން ދަންނަވައިފިއެވެ. ރަސްގެފާނު ހެއްދެވި ގޮތަކީ، ފަނޑިޔާރު ކަލޭގެފާނު މުޅި ގައިކޮޅުގައި ކަފައޮޅުއްވާފައި ތެޔޮ އަޅުއްވާފައި ރޯކޮށްލެއްވީއެވެ. އެކަލޭގެފާނު ދުވެވަޑައިގެން ވެއްޓުނު ތާނގައި ޒިޔާރަތް އޮއްވައި މިގަލަމުގެ ވެރިޔާ ދުށީމެވެ. މީހުން ދެކެނީ އެއީ ވަރަށް ބޮޑު ވަލީވެރިޔެއް ކަމަށެވެ. ޒިޔާރަތް ހިމަނުއްވާފައި އޮންނަނީ، އިރުވައި މައުލޫދު ކިޔާ ޒިޔާރަތްތަކުގެ ތެރޭގައެވެ. ބޮޑު ދުންދޭ ފަންސަވީސް ޒިޔާރަތު ތެރޭ ވެސް މި ޒިޔާރަތް ހިމެނެއެވެ.

ރަސްގެފާނު ވިދާޅުވިޔޯލައެވެ. ނަރަކަ، ތިޔަ ބުނާހައި ބޮޑު ދަގަނޑު ގަނޑެއް ދޮންކޮށްފައި މަގޭ ފައިގައި ޖައްސާށެވެ. ޖެއްސީމާ ދިލަ ނަގާން ފަށައިފިއެވެ. ދެން ދަރިކަލުންނަށް ރަސްކަން ދެއްވައިފިއެވެ. މިކަމުން ދިލަ މަޑުވިޔޯލައެވެ. ޢިއްޒަތުގައި ދަރިކަލުން ވަޑައިގަންނަވާތަން ބައްލަވަން ހުންނަވާފައި ވިދާޅުވިޔޯލައެވެ. "މިއީ ދަރިޔަކަށް ވެސް ދީގެން ހުރެވޭ ވަރުގެ ކަމެއް ނޫނެވެ." އަނެއްކާ ރަސްކަމަށް އިސްވެއްޖެއެވެ. ހަމަ އިސްވުމާއެކު ދިލަނަގަން ފަށައިފިއެވެ.

ދެން ކިޔެވެނި ބޭކަލުންގެ އަށި ކުރިމަތީގައި ވަރަށް ރަނގަޅު ވެވެއް ހައްދަވައިފިއެވެ. އެ ވެޔޮ، މި ގަލަމުގެ ވެރިޔާ ވެސް ދުށީމެވެ. ރަސްގެފާނު ދެން އޮންނެވީ، އެ ވެވުގަޔޯލައެވެ. އެ ވެވުގެ މަޝްހޫރު ނަމަކީ، ދާންމަތީ ވެޔޮކޮޅެވެ. މާކަ ގިނަ ދުވަހެއް ނުވެ އަވަހާރަވެއްޖެއެވެ. ލަކުޑި ސަންދޯކެއްގައި އަޅައިފިއްޔާ ސަންދޯއް އަނދަނީއެވެ. ދެން ޖެހުނީ، ގާ ސަންދޯކެއް ހަދާށެވެ. މިއީ، ޙަޤީޤަތެއް ނޫނެވެ.

ވުޒާރަތުއްދާޚިލިއްޔާއިން އުފެއްދި ތާރީޚު ކޮމެޓީން ގާ ސަންދޯއް ބެލުން

އޭރު ހުންނެވި ބޮޑު ވަޒީރާއި ވަޒީރުއްދާޚިލިއްޔާ، ގާ ސަންދޯކުގެ ޙަޤީޤަތް ބައްލަވަން ބޭނުންފުޅު ވެއްޖެއެވެ. ކޮމެޓީގެ މެންބަރުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވީ، އަލްފާޟިލް ޢަބްދުއްސައްތާރު މޫސާ ދީދީ އާއި މިގަލަމުގެ ވެރިޔާ ޢަބްދުލްޙަކީމް ޙުސައިންމަނިކެވެ. އަދި ސެކްރެޓަރީ އަލްފާޟިލް ސައިކުރާ ނަޢީމެވެ. ދެން ކޮންމެއަކަސް މަސައްކަތު މީހުން ގޮވައިގެން ގޮސް އެ ބޮޑު މަތިގަނޑު ނަގައިފިއެވެ. ހުރީ ވަރަށް މޮޅަށް މެދު ބިތެއް ލައިގެން ހަދާފައެވެ. ދޮންވެލި އަޅައި ފުރާލާފައެވެ. ހުރިހާ ވެލިތައް މަޑުމަޑުން ނަގަމުން ގެންދިޔައިރު، ވަރަށް އަޑީގައި ހަށަމަށް އަތް ނާރުވާ ތިބި ދެމީހުން ރީއްޗަށް ކުނިފިލާފައި ތިއްބެވެ. ކޮމެޓީގެ ބޭފުޅުންނަށް ފެނިވަޑައިގަތީ ރީއްޗަށް ދޮންވެލި އަޅާފައި މަތިގަނޑު ޖަހާށެވެ.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް , 2009-04-04 19:01:25
މިލިޔުމުގެ ތަރީޚީ ޙަޤީގަތްތަކާއި އެފަދަ ލިޔުންތަކުގެ ޙަވާލާދެއްވައިފައި ހުރި ނަމަ ވަރަށް ރަނގަޅު ވީހޭ ހިތަށް އަރާ...
...
ލިޔުނީ Šފާތޭ, 2011-05-22 12:18:37
ތީގެމާނައަކީ ގާސަންދޯކުގައި އޮތީ ހަދި ޙަސަން ރަސްގެފާނެއްނޫނޭ. އެހެންވިއްޔާ އެސަންދޯކުގައި ތިބި ބައެއް އެނގޭނެ ގޮތެއްވެސް ނޯންނާނެބާ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1689
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone