|
ދިވެހި -
ތާރީޚް
|
|
13 ޖުލައި 2010، 19:15 އަންގާރަ |
|
ޝަހީދުންގެ ދުވަހުގެ ތަހުނިޔާ، ދިވެހި ލޮބުވެތި އަޚުންނާއި އުޚުތުންނަށް އަރިސްކުރަމެވެ.
މި އަދަކީ ދިވެހިރާއްޖޭގެ މި އަހަރުގެ ޝަހީދުންގެ ދުވަހެވެ. ޝަހީދުންގެ ދުވަހު އާ ކުރެވެނީ، ޕޯޗުގީޒުން މާލެ އަރާ ދިވެހި ރަސްކަން ފިރުކައިގެން، އަލިރަސްގެފާނު ޝަހީދު ކުޅަ ހިތާމަވެރި ޒިކުރާ އެވެ. ނުވަވަނަ ޙަސަން ރަސްގެފާނު ދިވެހިންގެ ދީން ދޫކޮށްލައްވާ ނަޞާރާދީނުގެ ޒުވާން އަންހެން ކުއްޖަކާ ހިތްޕުޅާވެ ޤައުމަށް ވެވަޑައިގަތް ބޮޑު ޚިޔާނާތުގެ ހިތްދަތި ނަތީޖާގެ ޢިބްރަތްތެރި ފިލާވަޅުތަކެވެ. މާތް ﷲ އަޅުގަނޑު މެންނަށް ހެޔޮ ވިސްނުން ދެއްވާށި އެވެ. މި ފަދަ ކަންކަމުން މި ލޮބުވެތި ވަޠަން އަބަދުމެ ސަލާމަތް ކުރައްވާށި އެވެ.
|