މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ފުރަމާލެއަކީ ޙަޤީޤަތުގައި ވެސް..... |
|
|
| ދިވެހި - ތާރީޚް | |||
| 14 ނޮވެމްބަރ 2010، 00:52 އާދީއްތަ | |||
ފުރަމާލެއަކީ ޙަޤީޤަތުގައި ވެސް ގިރާވަރުމީހުން ހޮވި ރަށެއް ހެއްޔެވެ؟ޙުސައިން ޝާކިރު މާއިހު އެވޭލާ ޒަމާނުއްސުރެ ކިޔެމުން އަންނަ ގޮތުގައި މާލެއަކީ ގިރާވަރުމީހުން މަހަށް ނުކުމެ އުޅުމުގައި ހޮވިރަށެކެވެ. "ދަ މާލްޑިވް އައިލެންޑާރސް، އަ ސްޓަޑީ އޮފް ޕޮޕިއުލަރ ކަލްޗަރ އޮފް އޭން އެންޝަންޓް ކިންގްޑަމް" ގައި ޒޭވިއަރ ރޮމޭރޮ-ފްރިއާސް ބަޔާންކުރައްވާފައިވާ ގޮތުގައި ރާއްޖޭގެ ތާރީޚުން ނަން އެނގޭ ފުރަތަމަ ރަސްގެފާނު "މަލެއްފަދަ ކޮއި" ކޮއިމަލާ ކަލޯ އަކީ އިންޑިއާ މީހެކެވެ. ކޮއިމަލާ ކަލޯ ރާއްޖެއައިސް މާލޭގައި ވަޒަންވެރިވީ ގިރާވަރުމީހުންގެ އަތުން ހުއްދަ ހޯއްދަވައިގެންނެވެ.
އޭނާ މި ވާހަކަ ބަޔާން ކުރައްވާފައިވަނީ ދޫދޫމަތިން ކިޔެމުން އައިގޮތަށް އޭނާ އަޑު އެއްސެވި ގޮތަށެވެ.ސްރީ ލަންކާގެ "މަހަވަންސާ" ގައި ސްރީ ލަންކާގައާއި ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވި ބައެއްކަމަށް ލިޔެފައިވަނީ ހުޅަނގު އިންޑިޔާއިން ފޮނުވާލި ބަޔަކު ދަތުރުކުރި ދެ ނަވުން އެއްނަވުގެ މީހުންނަށް ރާއްޖެ އާދެވި އެނަވުގެ މީހުން ރާއްޖޭގައި ވަޒަންވެރިވީކަމުގަ އެވެ. އަދި އަނެއް ނަވަށް ދެވުނީ ސްރީ ލަންކާއަށްކަމަށާއި އެ ނަވުގެ މީހުން ސްރީލަންކާގައި ވަޒަންވެރިވީ ކަމުގަ އެވެ. މިހާދިސާއެއް ހިނގާފައިވަނީ ގާތްގަނޑަކަށް ބީސީގެ (ސަލާމްލެއްވި ޢީސާގެފާނުގެ) 300 އަހަރު ކުރީން ކަމުގަ އެވެ. އަދިވެސް ތަކުރާކޮށް ދަންނަވަމެވެ. ފަހަރުގައި، ދޫދޫމަތިން ކިޔެމުން މިއަންނަ ކޮއިމަލާ ކަލޯ ވާހަކައިގެ ފެށުމަކީ "މަހަވަންސާ" ގައި މިބުނާ ނަވެއް ރާއްޖެ އައިވާހަކަ ކަމުގައިވެދާނެ އެވެ. އަދި އެހެންކަމުގައިވަނީނަމަ އޭރު މި ރާއްޖޭގައި އެއްވެސް ބަޔަކު ނޫޅޭނެ އެވެ. އެހެންމިދެންނެވީ ފުރަތަމަ ވަޒަންވެރިވި ބަޔަކީ އެ ނަވުން ދަތުރުކުރި ދަތުރުވެރިން ކަމުގައި "މަހަވަންސާ" ގައި ލިޔެފައިވާ ކަމަށް ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުން ލިޔުއްވާފައި ހުންނަ ލިޔުންތަކަށް ބުރަވެހުރެ އެވެ. ވީމާ، ވަކި ރަށެއްގައި ވަޒަންވެރިވުމަށް ވަކިބައެއްގެ އަތުން ހުއްދަހޯދަންޖެހޭނެކަމަށް އަޅުގަނޑަށް ގަބޫލުނުކުރެވޭތީ އެވެ. ކޮއިމަލާ ކަލޯ ވާހަކައިގެ ފެށުމަކީ އުތުރުކަރައިގެ ކަލިންގާ ގެ ރަސްގެފާނު ބްރަހާމަދިއްތިޔާ އޭނާގެ ދަރިކަލުން އަމީރު ސްރީ ސޫރުދަސަރުނަ އާދީއްތިޔަ އާ ކޮންމެ ވެސް ކަމެއްގައި ހިތްޕުޅުހަމަޖެހިވަޑައިނުގެން ފޮނުއްވާލެއްވި ފޮނުއްވާލުންކަމުގައި ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެހެންކަމުގައި ވަނީނަމަ އޭރު މި ރާއްޖޭގައި މީހުން ވަޒަންވެރިވެ އުޅޭނެ އެވެ. މ.ޕޮންޕިޔާ ޢަލީ ޙުސައިންގެ ތަޞްނީފެއްކަމުގަވާ "ފުރަމާލޭގެ ބޮޑުފާރުން އެއްގަން" ފޮތުގައި ލިޔުއްވާފައި ވެއެވެ. "އިހުޒަމާނުގައިވެސް ގިރާވަރުމީހުން ބުނެއުޅެޔޯލަ އެވެ. ފުރަމާލެއަކީ އަފުރެމެންގެ ރަށެކޭ އެއީ އަފުރެމެން އެންހިފަން ނުކުމެއުޅުމުގައި ހޯދިރަށެކެވެ. ގިރާވަރު ރައްޔިތުންނަށް މަހަށްދާން ދޯނިފަހަރު ދެއްވައި ރިއާކަނޑާފޮތިދެއްވައި އެކިއެކިބޭނުންތައް ފުއްދާދެއްވަ އެވެ. އަލްއަމީރު މުޙަންމަދު ފަރީދުގެ ރަސްކަން ނިމެންދެން ގިރާވަރުގެ ރައްޔިތުންނަށް ކޮންމެ މަހަކު ފައިސާގެ އެހީދެއްވުމާއި އެމީހުންގެ މުހުތާދުތައް ފުއްދައިދެއްވަ އެވެ". ކިޔެމުން އަންނަ މިބާވަތުގެ ވާހަކަތަކަށް ބަލާއިރު މި ވާހަކަ ކިޔުމުގައި ކުދިކުދިތަފާތުހުރިނަމަ ވެސް އަސްލަކީ އެއްވާހަކައެއް ކަމަށް ހީކުރެވެ އެވެ. އެހެނީ، އެއިން އެއްވެސް ވާހަކައެއް ކޮއިމަލާ ކަލޯއަށްވުރެ ދުރަށް ނުދާކަމެވެ. ދިވެހިން އިސްލާމް ދީން ރަސްމީގޮތުން ޚިޔާރުކުރިކަމަށް ފެންނަންހުރި ތާރީޚުތަކުން ދައްކާކަމަށް ތާރީޚް ދިރާސާކުރައްވާ މުއައްރިޚުން ލިޔުއްވަނީ 1153 ވަނަ އަހަރުގައި ކަމަށެވެ. ދިވެހިރާއްޖެ އިސްލާމް ދީން ރަސްމީގޮތުން ގަބޫލުކުރި އިރު ރާއްޖޭގެ ރަސްކަމުގައި އޭރު އިންނެވި ބޭފުޅަކީ ކޮއިމަލާ ކަމަށާއި އެ ރަދުން ޣައިރު ދީނަށާއި އިސްލާމްދީނަށް ޢަދުލުވެރި ވެރިކަމެއް ކުރެއްވިކަމަށާއި އެ އަށްފަހު އެ ރަދުން ޙައްޖު ދަތުރުފުޅެއްގައި ފުރާވަޑައިގަތުމާއެކު ދިވެހިންގެ ލޯތަކުން ޣާއިބުވެގެން ދިޔައީކަމަށް މުއައްރިޚުން ބަޔާންކުރައްވަ އެވެ. އެހެންނަމަ ވެސް މި ޒަމާނުގެ ހޯދުންތަކުގެ އަލީގައި ތާރީޚުގެ ޢިލްމުވެރިން ހާމަކުރައްވާގޮތުގައި ދިވެހިރާއްޖެ އިސްލާމް ދީން ޚިޔާރުކުރި އިރު ރާއްޖޭގެ ރަސްކަމުގައި އިންނެވި ރަސްގެފާނުގެ ނަންފުޅަކީ ތްރިބުވަނަ އާދީއްތިޔަ އެވެ. މިއީ، ތީމުގޭ ދަރިކޮޅުގެ ބޭފުޅެކެވެ. އެހެންކަމުގައި ވަނީނަމަ މިރަދުންނަކީ ދޫދޫމަތިން ކިޔެމުން އެ އަންނަ ފަދައިން ރާއްޖެއިން ބޭރުން ވަޑައިގަތް ބޭފުޅެއް ނޫނެވެ. އަޅުގަނޑަށް ގަބޫލުކުރެވޭގޮތުގައި މި ބޭފުޅަކުވާނީ ހަމަ ސާފު ދިވެހި ނަސްލުން އުފަންވެ ވަޑައިގެން ދިވެހިރާއްޖޭގެ ރަށަކަށް މަތިފުށުން ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅަކަށެވެ. މި ރަދުން ރާއްޖޭގެ ރަސްކަންކުރެއްވުމަށް މާލޭގައި ހުންނެވުމަށް ގިރާވަރުމީހުންގެ ރުހުން ހޯއްދަވަން ޖެހިވަޑައިގަންނަވާނެކަމަށް ގަބޫލެއް ނުކުރެވެ އެވެ. އުތުރުކަރައިން އައި ބަޔަކު ރާއްޖޭގެ އުތުރުގެ ރަށްފުށުގައި ވަޒަންވެރިވިފަހުން އިންޑިއާގެ ކަލިންގާގެ ރަސްގެފާނު ބްރަހާމަދިއްތިޔާ ގެ ދަރިކަލުން ބްރަހަމަދައްތާ ދެކެ ހިތްޕުޅާހަމަ ނުކުރައްވައި، ދީވާ މާރީ (ދިވެހިރާއްޖެ) އަށް ފޮނުވާލެއްވުމުން އެ މަނިކުފާނު ރާއްޖޭގައި ފުރަތަމަ ރަސްކަމެއް ގާއިމުކުރެއްވީކަމަށް ޝިހާބުއްދީން 1658-1658 އޭ ޑީ ހަވާލާދެއްވާ ނަސީމާ މުހަންމަދު "އެސޭ އޮން އާރލީ މޯލްޑިވްސް" ގައި ލިޔުއްވާފައިވެ އެވެ. އަދި ބުރަހަމާދިއްތިޔާ އާ ބުރަހަމަދައްތާ އާ މި ދެނަމަކީ އެއް ރަސްކަލަކަށް ކިޔާފައިވާ ދެ ނަންފުޅަކަށް ވެދާނެކަމަށް ވެސް ލިޔުއްވާފައިވެ އެވެ. ކަލިންގާގެ އަމީރު ސްރީ ސޫރުދަސަރުނަ އާދީއްތިޔާ މިރާއްޖޭގައި އާދީއްތާ ޑައިނިސިޓީގެ ވެރިކަން ރަސްކަން ފެއްޓެވި ކަމަށް އެހެން ޕެރެގްރާފެއްގައި ލިޔުއްވާފައިވެ އެވެ. އުތުރުކަރައިގެ އަމީރަކު ރާއްޖެ ވަޑައިގެން ރާއްޖޭގައި ވެރިކަމެއް ފައްޓަވާއިރު އުތުރުކަރައިގެ ބަޔަކު މިރާއްޖޭގައި ތިބިނަމަ އެބައެއްގެ އެހީތެރިކަން ލިބުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަނަމަ ވެސް މި ފުރަމާލޭގައި ރަސްކަމުގެ ކިއްލާ ބިނާކުރުމަށް އެމީހުންގެ ހުއްދަ ހޯދަންޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އުތުރުކަރައިން އައިސް ރާއްޖޭގައި ވަޒަންވެރިވީމީހުން ރަށްރަށަށް "ވަރަމް" ލައިގެން ނޮޅިވަރަމް، ކުރުހިންނަވަރަމް އަދި ގިރާވަރަމް ފަދައިން ކިޔާއުޅުނުކަމަށާއި މިހާރު ތިލަދުންމަތި އަދި ފާދިއްޕޮޅުގައި ނޮޅިވަރަމު ހިންނަވަރު އަދި ގިރާވަރު ވާކަމަށާއި އެތައް ޤަރުނެއްގެ ފަހުން މިހާރު އެރަށްރަށުގެ ނަންކިޔާގޮތަށް އެ ނަންތައް ބަދަލުވެގެން ދިއައީ ކަމުގައި ވުމަކީ އެކަށީގެންވާ ކަމެއްކަމުގައި ލިޔުއްވާފައިވެ އެވެ. ނޭޝަނަލް ސެންޓަރ ފޮރ ލިންގްއިސްޓިކް އެންޑް ހިސްޓޮރިކަލް ރިސާރޗު (ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު)ން ކުރެއްވި މަސައްކަތްޕުޅުން ޢީސާ ޢަލައިހިއްސަލާމުގެ ކުރީގެ ވާހަކަތަކާއި ފަހުގެ ތެދު ޙަޤީޤީ މަޢުލޫމާތުތައް ރާއްޖޭގެ ޤަދީމީ ތާރީޚާއި ބެހޭގޮތުން ހޯއްދަވާ ހާމަކުރައްވާފައި ވެ އެވެ. މި މަޢުލޫމާތުތަކުތެރޭގައި ރާއްޖެއަށް މާއިހު އެވޭލާގައި ކިޔާފައިވާ ނަންނަމާއި މާލެއަށް ކިޔާފައިވާ ތަފާތު ނަންނަން ހާމަކުރައްވާފައި ވެ އެވެ. މި ދެންނެވި މަޢުލޫމާތުގެ އަލީގައި ފިކުރު ހިންގާއިރު "ތާއަބަދު ދުނިޔެ ފެށުނީއްސުރެ އަދާޖެހެންދެން" މާލެއަށް ކިޔާއުޅުނު ނަމަކީ "މާލެ" ނޫންކަން އެނގެ އެވެ. މާލެ މި ނަމަކީ ޒަމާންތަކަކުން އިވޯލްވް ވެގެން އައި ނަމެއްކަމުގައި ވެދާނެ އެވެ. އެހެންކަމުގައިވީނަމަ ވެސް މާލެ މި ނަމަކީ "އަބަންބާ" "އެމްބްރިޔާ" މިއިން ނަމަކާ އެއްވެސް ގުޅުމެއް ނެތް ނަމެއްކަން އަޑު އެހުމުން ވެސް އެނގޭވަރުވެ އެވެ. އިސްވެ ދެންނެވި ދެ ނަމަކީ ވެސް 11 ވަނަ ޤަރުނުގައި ރާއްޖޭގެ ތާރީޚު ލިޔުއްވި ބޭރުގެ މުއައްރިޚުން ރާއްޖޭގެ ވެރިކަންކުރާރަށަށް އާދެ، މި ފުރަމާލެއަށް ކިޔާކަމަށް ބަޔާންކުރައްވާފައިވާ ދެ ނަމެވެ. މި ހުރިހާ ވާހަކައަކަށް ފަހުވެސް އުފެދޭ ސުވާލަކީ، ފުރަމާލެއަކީ ހަމަ ޙަޤީޤަތުގައި ވެސް ގިރާވަރުމީހުން ހޮވިރަށެއް ހެއްޔެވެ؟ އެބުނުމުގެ ތާރީޚީ އެއް ވެސް ބުރަދަނެއް އެބަވޭހެއްޔެވެ؟ ----------------- (ނިމުނީ) ހަވާލާ؛ 1- އެސޭ އޮން އާރލީ މޯލްޑިވްސް އެން ސީ އެލް އެޗް އާރ 2008 2- ދަ މާލްޑިވް އައިލެންޑާރސް، އަ ސްޓަޑީ އޮފް ޕޮޕިއުލަރ ކަލްޗަރ އޮފް އޭން އެންޝަންޓް ކިންގްޑަމް" ޒޭވިއަރ ރޮމޭރޮ-ފްރިއާސް. 3- ފުރަމާލޭގެ ބޮޑުފާރުން އެއްގަން މ.ޕޮންޕިޔާ ޢަލީ ޙުސައިން 4- (ނޯޓު: މި ލިޔުންވާނީ އެމް. އެން. ޑީ. އެފުން ނެރުއްވާ ''އައްޑަނަ'' މަޖައްލާގެ 63 ވަނަ ޢަދަދުގައި ޝާއިޢު ކުރެވިފަ އެވެ.) މި ލިޔުން؛ ފޮނުވުން: އަލްފާޟިލް ޙުސައިން ޝާކިރު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް) އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު) ޝާއިޢުކުރުން: '' '' މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)
![]()
...
ލިޔުނީ މުޙަންމަދު, 2010-11-15 06:32:20
ރާއްޖޭގެ ތާރީޚާބެހޭގޮތުން ހޯދިފައިވަނީ މަދު ހޯދުންތަކެކެވެ. ރާއްޖެއާބެހޭގޮތުން ސައޫދީގެ ބޭފުޅަކު ލިޔުއްވި ފޮތެއްގައި ޛުލްޤަރުނައިނި ރަސްގެފާނު ރާއްޖެ ވަޑައިގަތްކަމަށް ލިޔުއްވައި ދަތުރުކުރެއްވި މަގުގެ ޗާޓެއްވެސް ހިމަނުއްވާފައި އެބައޮތެވެ. ކީރިތި ޤުރުއާނުން ދަލީލު ދައްކަވައި ހުއްޖަތް ގާއިމުކުރައްވާފައިވެއެވެ. އޭނާ ގާއިމުކުރައްވާފައިވާ ހުއްޖަތަކީ ތެދު ހުއްޖަތަކަށްވާނަމަ (ޤުރުއާނުގައިވާގޮތުން) އެރަސްގެފާނު ރާއްޖެވަޑައިގެންނެވިއިރު އެތަނުން (ދިވެހިރާއްޖެއިން) ބަޔަކު ފެނިވަޑައިގަތެވެ. އެހެންވީމާ، ރާއްޖޭގައި މީހުން ދިރިއުޅެން ފެށީ މިވެނި ދުވަސްވަރެއްގައި މިވެނި ތަނަކުން އައި މިވެނި ބައެއްކަމަށް ކަނޑައަޅަންޖެހޭނީ އިތުރު ދިރާސާތައްކޮށްފައެވެ. އެންމެ ފުރިހަމަ އެންމެ ތެދު ޚަބަރު ހުރި ފޮތަކީ ކީރިތި ޤުރުއާންއެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
السلام عليكم
As an avid reader of “fanvai” in general and your articles on the Maldivian history in particular, I would like to thank you for this new addition to your very informing essays on the web page of fanvai. With this gratefulness in my heart towards you, I would like to comment on couple things I noticed while reading your article and that in my view should be brought into your attention
First, I noticed that in this article you are using the abbreviation AD (albeit in Dhivehi or Thaana script) to indicate that this particular date (1658) occurred after the birth of ‘Eesaa (or Jesus Christ) peace be upon him
I strongly advise you not to use this abbreviation (AD) because it stands for Anno Domino in Latin and it in English means “in the year of our Lord”. (To verify this please consult any standard English dictionary.) Instead of this Latin abbreviation you can use CE which stands for Common Era. The word “common” in this expression simply means that it is based on the most frequently used calendar system: the Gregorian Calendar. Of course, one may interpret the letter “C” in CE as referring to “Christian” or “Christ’s” but this is not as grave as saying “the year of our Lord” or in Latin “Anno Domino”. Remember that our Lord is Allah and Allah alone
As you can clearly see AD has a Christian connotation that suggests that Jesus Christ is the Lord, and this is contradictory to our Islamic belief that Allah is the Lord and Allah neither begets nor is begotten
If you carefully observed the contemporary academic writing you will notice that academicians (including non-Muslims) nowadays use CE as a substitute to AD. I’m advising you and all fellow Maldivian writers to follow suit
Second thing I want to draw your attention has nothing to do with your article, but it is about one of your sources from which you collected your information. It is about Xavier Romerio-Frias who harbours lot of hatred towards Islam and the Maldivian people who are Muslims. You may know this much better than me
Xavier Romerio-Frias is a Portuguese national lived in the Maldives between 1979 and 1991, and married to a Maldivian woman called Aishath Naazneen and at present he lives in India with his Maldivian born wife and their children. During his stay in the Maldives he authored this book which is an illustrated ethnography on the Maldives and it is called The Maldive Islanders, A Study of the Popular Culture of an Ancient Ocean Kingdom
It is noteworthy that all of Xavier Romerio-Frias’ writings on the Maldivians are tinged with contemptuous disdain of Islam and everything Islamic. In his writing Xavier Romerio-Frias tries very hard to disapprove the Islamic nature of Maldivian identity
So, when you reed Xavier Romerio-Frias’ book The Maldive Islanders, A Study of the Popular Culture of an Ancient Ocean Kingdom keep in mind that his writings are not objective but very, very anti-Islamic and Islamphobic
There are some Western scholars who wrote about the Maldives without being anti-Islam and provided us with lot of useful information on our country. I think the famous Norwegian anthropologist Thor Heyerdahl’s book “The Maldive Mystery”, (published in London, by George Allen and Unwin in 1986) is one of the best books on the Maldives. But my personal favourite is a book called “People of the Maldive Islands”, written by an American anthropologist Clarence Maloney and published in New Delhi by Orient Longman in 1980. I strongly recommend this Clarence Maloney’s book “People of the Maldive Islands” to every Maldivian. And I especially recommend it to you, dear Shakir. It will be a very good read
و السلام عليكم
محمد آدم على