ފަންވަތް ދިވެހި ތާރީޚް އިއްޔެގެ މާލެ - މާލޭގެ ކުނި
ބެލި ޢަދަދު: 1579
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
އިއްޔެގެ މާލެ - މާލޭގެ ކުނި ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދިވެހި - ތާރީޚް
25 ޑިސެމްބަރ 2008، 01:09 ބުރާސްފަތި


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ

ރާއްޖޭގެ ރަށްރަށުގައި ކުނިއުކާލުމުގެ ކަންކަން ޒަމާނުއްސުރެ ހިނގަމުން އައިސްފައިވަނީ ވަރަށް ކަންފަސޭހަ ގޮތަކަށެވެ.  ގޯތިގެދޮރު ކުނިކަހާލީމާ، އެއްވާކުނި، ހަމަ ކުރިމަތީ ޖެހިގެން އޮންނަ ވަލަށް އުކާލައިފާނެއެވެ. އެތަނުގައި ކިތަންމެ ބޮޑު ކިތަންމެ ހަޑި ކުނިފުންޏެއް އުފެދުނަސް ހެވެވެ.  ބައެއްފަހަރަށް އަތިރިމައްޗަށްވެސް އުކާލައެވެ.

މާލޭގައި ވެސް މިކަންއޮތީ މާ ރައްކާތެރި ގޮތަކަށް ނޫނެވެ. އަތިރިޔަށް  ހުސްވާ، ބައެއް މަގުމަގުގެ އަތިރިޔާވީކޮޅުގައި މީހުން ކުނިއުކާލައި، ބޮޑެތި ކުނިގޮނޑުތައް އުފެދިފައި އޮވެއެވެ. މި ގޮނޑުތައް މާބޮޑެތިވުމުން އަވަށު އޮފީސްތަކުން އެވަށެއްގެ   ރައްޔިތުންނެރެ މޫދަށް ގޮނޑުކަހާލަނީއެވެ.  އަހަރެއްގެ     ތެރޭކުނި އުފެދޭ މިންވަރެއް، ކުނީގެ ސަބަބުން ކުރިމަތިވެދާނެ
ނުރައްކާތެރިކަމެއް ބަލައި ދިރާސާ ކުރެވިފައެއް ނޯވެއެވެ.       (ފޮޓޯ: މާލޭ ދެކުނު ފަރާތު އަތިރިމަތި- އިރުމަތީކޮޅު)
         


މާލޭގެ ރަށުތެރެޔަށް ބަލާއިރު އެގެއަކާގުޅިފައިވާމަގު ކުނިކަހައި ބެލެހެއްޓުމީ އެގެއެއްގައި ދިރިއުޅޭބަޔަކު ކުރަމުން އަންނަކަމެކެވެ. ނަމަވެސް ދުވަސްވަރަކީ، ގޯތިގޯތީގެވަށައި ފާރެއްނެތި،  ދަނޑިފަނުން ފުޅަށްއަޅައިގެން އުޅުނު ދުވަސްވަރުކަމަށްވާތީއާއި، ޚާއްޞަކޮށް ވިއްސާރަމޫސުމަށް މަގުތަކުގައި ފެންހެދި ބިންމަތި ކިސަޑުވުމުން، ބޮކާއި ފިނިހަކައާއި ހިކަންޖާ މި ފަދަ އެއްޗިއްސާހެދި، ހިނގައިބިނގައިވާން އުނދަގޫވެއެވެ. ހުސްބިންތަކާއި، މިސްކިތްމިސްކިތު ހަރިންމަތެރެއާއި މަގުމަގުމަތީގައި ފޯވެފައިވާ ގުގުރިފިލާގެ ސަބަބުންވެސް މަގުހިނގުމަށް އިންތިހާޔަށް ދަތިވެއެވެ. ގެރިބަކަރީގެ ނަޖިސްވެސް ހަމަ އެފަދައެވެ. އެހެންކަމުން، ވިއްސާރަ މޫސުމަށް މާލޭގެ މަގުތަކަކީ ވަސްނުބައި ފަކުރުތަންތަނެވެ.  މީގެ އިތުރަށް ކާޅަކީވެސް އޭގެ ސަބަބުން އެދުވަސްވަރު މާލޭގައި އާންމު އުނދަގުލަކަށްވެފައިވާ އެއްޗެކެވެ. އަލްއަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ބޮޑުވަޒީރުކަމުގައި އެކިލެގެފާނު އަންގަވައިގެންވެސް މާލޭމަގުތައް ސާފުކުރެވިފައިވެއެވެ.  





އަލްފާޟިލް އިބްރާހީމް ނާޞިރުގެ ވެރިކަމުގެ ދުވަސްވަރުގައި  ދައުލަތުގެ ބައެއްކުންފުނިތަކުގެ މުވައްޒަފުންލައްވައި ބައެއް ފަހަރަށް، މާލޭ މަގުތަކުގެ ފަސްގަނޑުޖައްސަވައި، ފަސްގަނޑު އެއްވަރު ކުރުއްވައި ހައްދަވައެވެ. އުޖޫރައެއް ދެއްވައިގެން، މާލޭ މަގުމަގުން ފިނިހަކަ ހޮވުމުގެ މަސައްކަތް ވެސް ކުރުއްވައިހެއްދެވިއެވެ. މަގުތައް ސާފުކުރެއްވުމުގެ ގޮތުންނެވެ.
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)Add Comment
...
ލިޔުނީ ކިއުންތެރިއެއް, 2008-12-24 18:16:40
އެހެންވީއިރު، މާލެ އޮތީ އޭރު ހާދަ ކަޑަކޮށްނޭ ދޯ.
...
ލިޔުނީ މުހަންމާ ކަލޯ, 2008-12-25 02:37:33
މާލޭގެ މަގުތަކުގައި ފާޚާނާ ހޮޅިތައް ފަޅައިގެން ގޮސް ނަޖިސްވެސް ހުއްޓެވެ. އަށްޑިހައިގެ އަހަރުތަކުގައި މިކަމަށް ހައްލުހޯދުމަށް އޭރުގެ ސަރުކާރުން ލައްކަގިނަ މަސްއްކަތްކުރިއެވެ. އަދި ވިއްސާރަވެއްޖެނަމަ އެވާހަކަ ދެއްކުމުގެ ބޭނުމެއްވެސް ނެތެވެ. ބައެއް މީހުން އޭރު މަޝްހޫރުވި މިއަށްވުރެ ވަކިން ރީތި ޖައްވެއް ނެތީހޭ މިލަވަ މަލާމާތުގެ ރާގަކަށް ކިޔާ އުޅުނެވެ. އެރާގުތައް ހުއްޓުނީ މާލޭގެ މަގުތައް ހެދި ފަސޭހައިގައި ދަތުރުފަތުރު ކުރެވެން ފެށުމުންނެވެ.
...
ލިޔުނީ ‚ނާސިރު, 2008-12-25 02:40:37
ކުރިން މާލޭގައި އޮތީ ބަކަރިކޮށްޓާއި ކުނިގޮނޑާއި ފީކުދާނެއްނު ދޯ. މިފޮޓޯތަކަށް ބެލީމާ އެގެއެއްނު، މާލެއަށް ތަރައްގީއައީ މާފަހުންކަން ދޯ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1579
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone