ފަންވަތް ދިވެހި ތާރީޚް އިންދޫސް ވާދީގެ ރަށްވެހިކަން
ބެލި ޢަދަދު: 540
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
އިންދޫސް ވާދީގެ ރަށްވެހިކަން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 5
ދެރަވަރަށްމޮޅު 
ދިވެހި - ތާރީޚް
03 ޑިސެމްބަރ 2011، 00:00 ހޮނިހިރު


އަބޫ ޠާސީން

ޙަޟާރަތަކީ އިނގިރޭސިބަހުން ކިޔާ ސިވިލައިޒޭޝަން (Civilization) އެވެ. Civilization މި ލަފުޒު ނެގިފައިވަނީ civis މި ލަފުޒުންނެވެ. މާނައަކީ citizen (ރައްޔިތުން)ނެވެ. ދިވެހި ބަހުން މި މަފްހޫމަށް ކިޔައިއުޅެވީ ރަށްވެހިކަމެވެ. ރަށްވެހިކަން މި ލަފުޒުގެ އަޞްލަކީ "ރަށްވެހި" މި ލަފުޒެވެ. މާނައަކީ "މަދަނިއްޔަތާއި ތަހުޛީބު ލިބިގެންވާ" އެވެ. އެހެންވީމާ ޙަޟާރަތަކީ އިންސާނުން ބިމުގެ ވަކި ސަރަޙައްދެއްގައި ޤާއިމުވެ ދިރިއުޅުން އާރާސްތުކޮށް ހަރުދަނާކަމާއެކު ދިރިއުޅުން ތަރައްޤީކޮށް ކުރިއަރަމުން ދިޔުމަށް މަގުފަހިވާފަދަ ގޮތަކަށް ޤާއިމުކުރެވޭ މުޖްތަމަޢެއްކަމަށް ދެންނެވިދާނެ އެވެ.

ދުނިޔޭގެ ޙާރަތްތައް ޤާއިމުވެފައިވަނީ ކޯރުތަކުގެ އައްސޭރީގައި ބިންތިރި ފެން ލިބޭ ވާދީތަކުގައެވެ. ބޭނުމަކީ ފެނާއި ކާދުގެ ސަބަބުން ދަނޑުވެރިކަން ކުރުމަށް ފަސޭހަކަން ހޯދުމެވެ. މި ސަބަބަށްޓަކައި މި ފަދަ ޙަޟާރަތްތަކަށް އިނގިރޭސިބަހުން "Water-depenedent"(ފެނުގެ މައްޗަށް ބަރޯސާކުރާ) ޙަޟާރަތޭ ކިޔައެވެ.  ޖަރުމަނު ވިލާތުގެ މުއައްރިޚު ކާރލް އޭ ވިޓްފޯޖެލް (Karl A Wittfogel) ކިޔުއްވައިފައި ވަނީ hydraulic (ހައިޑްރޯލިކް) ސިވިލިޒޭޝަނެވެ. ގްރީކް ބަހުން hydro ގެ މާނައަކީ ފެނެވެ.

ދުނިޔޭގެ މިފަދަ ޙަޟާރަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މުހިއްމު އެއް ޙަޟާރަތަކީ އިންދޫސް ވާދީގެ ޙަޟާރަތެވެ. ނުވަތަ (Indus Valley Civilization) އިންޑަސް ވެލީ ސިވިލައިޒޭޝަނެވެ. މިއި އިންދޫސް ކޯރާއި ރާވީ ކޯރުގެ އައްސޭރީގައި ޢީސާގެފާނުގެ 5000 އަހަރު ނުވަތަ 4500 އަހަރު ކުރިން ފެށިގެން ޢިސާގެފާނުގެ 2800 އަހަރުގެ ކުރިޔާ ހަމަޔަށް އާބާދުވި ޙަޟާރަތެކެވެ. މި ޙަޟާރަތުގެ އަސަރު މީލާދުގެ 1200 ވަނަ އަހަރާ ހަމަޔަށް އެކި ޤައުމުތަކަށް ފެތުރުނުކަމަށް ބުނެވެއެވެ.

އިންދޫސް ކޯރަކީ ނުވަތަ "ރިވަރ އިންޑަސް" އަކީ މިއަދު ޕާކިސްތާނުގައިވާ ކޯރެކެވެ. 3168 ކިލޯމީޓަރ ގެ ދިގުމިނަށް މި ކޯރު ފެތުރިފައިވާ ކަމަށްވެއެވެ. މި ކޯރު ކައިރީގައި  ވަރަށް ބޮޑު ތިރި ބިން އޮވެއެވެ. މިއީ ކުރީ ޒަމާނުގައި ވަރަށް ފަސްގަނޑު މޮޅު ސަރަޙައްދެކެވެ. ނަމަވެސް ވެލީގައި ލޮނުގެ އަސަރު މިހާރު އިތުރުވެފައިވާތީ އެސަރަޙައްދަކީ މިއަދު މާ މޮޅަށް ގަސް ހެދޭ ސަރަޙައްދެއް ކަމަކަށް ނުވެއެވެ.

މި ޙަޟާރަތުގެ އަސަރުތައް ހޯދުމަށް 1921 ން 1922 އަށް ބޭއްވި އެކްސްކަވޭޝަނެއްގައި ހޯދުނު ދެ ޝަހަރު ކަމަށްވާ "ހަރަޕާ" އާއި "މޮހެންޖޯދާރޯ" އަކީ ވަރަށް ބޮޑަށް ތަރައްޤީވެފައިވާ ވަރަށް ފުރިހަމަ 2 ޝަހަރުކަން ސާބިތުވި އެވެ. ފަހުން ކުރެވުނު ތާރީޚީ އަދި އާރކިއޮލޮޖިކަމް ތަޙުލީލުތަކުން މިކަން ވަނީ އިތުރަށް ކަށަވަރުކުރެވިފައެވެ. ކުރެވިފައެވެ. މި 2 ޝަހަރުވެސް މިއަދު ހިމެނެނީ ޕާކިސްތާނުގެ ސަރަހައްދުގައެވެ.

އިންދޫސް ޙަޟާރަތަކީ އެންމެ ގިނަ ޝަހަރުތައް ނުވަތަ އަވަށްތައް އެ ޙަޟާރަތެއްގައިވާ ޙަޟާރަތެވެ. މި ޙަޟާރަތުގައި 100 އަށްވުރެ ގިނަ އަވަށްތައް ވާކަމަށް ބެލެވެއެވެ. އަދި މިއީ ދުނިޔޭގައިވާ ދެވަނަޔަށް އެންމެ ބޮޑު ޙަޟާރަތެވެ. މިތާނގެ ބައެއް ޝަހަރުތަކުގެ އަސަރުތައް މި ހުސްވި ޤަރުނުގެ ފަހުކޮޅުގައިވެސް ވަނީ ފެނިފައިވެއެވެ. އެއީ 1923 ގައި ފެނިފައިވާ ހަރަޕާ އާއި 1984ގައި ފެނިފައިވާ ހޮޓްޑިޖީ އަދި މެހެރްގާ އެވެ.

އިންދޫސް ޙަޟާރަތަކީ ވަރަށް ތަހުޛީބުވެފައިވާ ޙަޟާރަތެކެވެ. މި ޙަޟާރަތުގެ އަހުލުވެރީން ގެދޮރު ބިނާކޮށް އުޅުނުކަމށްވަނީ އުވައިންނެވެ. ބައެއް ގޭގެ 2 ބުރިޔަށް ހަދައިފައިވާ ކަމަށްވެސްވެއެވެ. މި ބައިމީހުންނަކީ ފާޚާނާއާއި ވަޅު ( ގިފިލި) ބޭނުންކުރި ބަޔެކެވެ.

ޢިލްމާއި ފަންނުތަކުގެ މައިދާނުގައިވެސް މިބައިމީހުން ހޯދައިފައިވަނީ ވަރަށް ބޮޑު ކުރިއެރުމެކެވެ. ހިސާބުޢިލްމުގައި 0 (ސުމެއް) ބޭނުންކޮށްގެން އީޖާދުކުރީ މިބައިމީހުންނެވެ. އަދި ލޮއި ތަޢރަފުކުރީވެސް ނުވަތަ ހޯދީވެސް މިބައިމީހުންނެވެ.  މި ޙާޟާރަތުން ފެނިފައިވާ ބިނާތަކުން މި ބައި މީހުންގެ ފަންނުވެރިކަމާއ މަސައްކަތްތެރިކަން ވަރަށް ރީތިކޮށް ފެންނަކަމަށްވެއެވެ.
 
ގަބޫލުކުރެވިފައިވާ ގޮތުގައި އިންދޫސް ވާދީ ޙަޟާރަތުގެ މީހުންނަކީ ޢާ ރިޔަން ދަރިކޮޅުގެ މީހުންގެ ތެރެއަށް އައި ޑްރޭވީޑިއަން ދަރިކޮޅުގެ މީހުން ކަމަށް ބެލެވެ އެވެ. އެ މީހުންއައީ ކުރިއަރައިފައިވާ ޢަސްކަރީ ޓެކްނޮލޮޖީއާ އެކު ކަމަށް ބެލެވެއެވެ. ކޮންމެއަކަސް މި ޤަދީމީ އަސަރުތަކުގެ ޙަޤީޤަތް ހޯދުމަށް ކޮނުނު ކޮނުމުން ވަރަށް ގިނަ ފެހާމާނާއި، ބުދާއި އަދި އެ މީހުން ގެންގުޅު ބައިވަރު ތައްގަނޑުތައް ވަނީ ފެނިފައެވެ. ހޯދުނު ހޯދުންތަކުން އެނގުނު ގޮތުގައި މި ޙަޟާރަތުގެ މީހުންނަކީ ވަރަށް ބޮޑަށް ކުރިއަރައިފައިވާ ބަޔެއްކަން ސާބިތުވެއެވެ. އަދިވެސް ހާމަނުވާ ނުހޯދޭ ކިތަންމެ ޙަޤީޤަތްތަކެއް ހުންނާނެއެވެ.

ކޮންމެއަކަސް މި މުޖްތަމަޢުގައި ދިރިއުޅުނު މީހުންނަކީ ވަރަށް ކުރިއަރައިފައިވާ ހުނަރުވެރި ޢިލްމުވެރި ބައެއްކަން އެނގެއެވެ. އަދި އެ މީހުންނަކީ ވަރަށް ގިނައިން ދަތުރުފަތުރުކޮށް އުޅުނު ބަޔަކަށް ވާތީ  ދަތުރުތަކުގެ މިޞްރާބު ހޯދުމުގައި ކާޅުގެ އެހީ ހޯދައިފައިވާކަންވެސް ވަނީ ވަނީ ތާރީޚީ ގޮތުން ސާބިތުވެފައެވެ.
-------------
(ނިމުނީ)

މައުލޫމާތު:
http://www.ancientindia.co.uk/indus/home_set.html  
http://en.wikipedia.org/wiki/Indus_Valley_Civilization


މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ މުހައްމަދު, 2011-12-05 18:21:09
ވަރަށް މުހިއްމު މައުލޫމާތުތަކެއް. ހާއްސަކޮށް ތާރީޚީ ރޮނގުން ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 540
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone