މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ރާއްޖެއަށް ފެނުނު ބައެއް ދުންތަރި |
|
|
| ދިވެހި - ތާރީޚް | |||
| 30 ޑިސެމްބަރ 2008، 17:06 އަންގާރަ | |||
|
ކާއިނާތުގައިވާ އެކިއެކި ކަންތައްތަކާއި ތަންތަން ހާމަކޮށްދެނީ ކަށަކުޅަދުންވަންތަ ކަލަކު ވޮޑިގެންވާކަމެވެ. އެކަލާނގެ ކުޅަދުންވަންތަކަމެވެ. ކުޅަދުންވަންތަކަމުގެ ހެކިތަކެވެ. ބައެއް ހެކިތައް އަބަދު ފެންނަން ހުރެއެވެ. ބައެއް ހެކިތައް އެކި ޒަމާނުގައި އެކިވަގުތުގައި ފެންނަން ހުރެއެވެ. ދުންތަރިއަކީ މިފަދަ ހެތްކެކެވެ. އެ ފެންނަނީ ފަލަކުގައި ބުރުޖަހަމުންދާއިރު ލޮލަށް ފެންނަ މިންވަރަށް ދުނިޔެއާ ގާތްވާތީއެވެ.
ހިޖުރައިން 1157 ވަނަ އަހަރުގެ ކުރީކޮޅުގައި ދުންތަރިއެއް ފެނުނެވެ. މި ދުންތަރި ފެނުނުއިރު ވެސް ތަޚުތުގައި ރެދަލިކުރައްވަމުން ގެންދެވީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު (2) އެވެ. ހަމަ އެ އަހަރު މުޙައްރަމު މަހު 27 ވަނަ ދުވަހު ރަދުންގެ މަންމާފުޅު އަވަހާރަވިއެވެ. މި ފެނުނު ދުންތަރިއަކީ، މި ހިނގި ހާދިސާގެ ޢަލާމާތެއް ކަމުގައި ހީކުރެވުނެވެ.
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)
![]()
...
ލިޔުނީ ޝަމީމު, 2008-12-30 10:36:02
ދިވެހިރާއްޖޭގެ ދުންތަރީގެ ތާރީޚަށް ތިންމީމު ތިކޮށްދެއްވި އަގުހުރި ޚިދުމަތަށް ޝުކުރު ދަންނަވަމެވެ. އަދި މިނޭވާގައި ދެ އާ އަހަރުގެ ތަހުނިޔާ، އެއް ނޭވާގައި ދަންނަވަމެވެ.
...
ލިޔުނީ އަސްލަމް, 2008-12-30 10:45:50
ތިންމީމުގެ ޢިބާރާތްތައް، މުޙައްމަދު ޖަމީލުގެ ޢިބާރާތްތަކާ ވައްތަރު ގޮތެއް އެބަހުއްޓެވެ. މިހެން މިބުނީ، ޢިބާރާތްތައް ކުރުވެފައި، ދޭހަކުރަން ފަސޭހަކަމުންނެވެ.
މިހާރުގެ ބައެއް ލިއުންތެރިން ލިޔެފައި ހުންނަ ލިއުންތަކުގައި، ހއ. ދިއްދޫން ފަށާ އިބާރާތް ގޮސް ނިމެނީ ސ. ހިތަދޫއަށެވެ. ދިހަ ބާރަ ފޮޅުވަތް ނިމޭއިރުވެސް އެއް ޖުމްލަ ނުނިމެއެވެ. މިދާކަށް ދުވަހު ނެޓުން ވެސް އެފަދަ ލިއުމެއް އަޅުގަނޑަށް ފެނުނެވެ. ދެން އެ ލިއުން ފެނިއްޖެއްޔާ މިތަނުން ގޮޅިއަކަށް ލާނަން އިނގޭތޯއެވެ.
...
ލިޔުނީ ހަސަން, 2008-12-31 04:06:07
ހޭލީސް ކޮމެޓަކީ ޔަހޫދީންގެ ކޮމެޓެއްތޯ؟ އެއާ ޔަހޫދީންނާ ހުރި ގުޅުމަކީ ކޮބާތޯ؟ މިކަން ސާފުކޮށްދެއްވައިފިނަމަ ޝުކުރިއްޔާ.
... ލިޔުނީ ކަލޯ, 2009-01-01 02:57:48
ތަރިތަކަށް ނަން ކިޔަނީ އެތަރިއެއް ހޯދި މީހެއްގެ ނަމާ ގުޅުވައިގެންނެވެ. ޔަހޫދީއެއްތޯ އިސްލާމެއްތޯ ނަސާރާ ދީނުގެ މީހެއްތޯ ނުބަލައެވެ. ދިވެހިއްސެއްގެ ނަމާ ގުޅުވައިގެންވެސް ކަނޑުގެ މަހަކަށް ނަން ދީފައިވެއެވެ. ކޮންމެ ދީނެއްގެ މީހެއްކަމަށްވިޔަސް އެމީހަކު ހޯދި ހޯދުމެއްގެ ކްރެޑިޓް ލިބެއެވެ. ހިންމަތާއެކު މަސައްކަތްކުރާ ކޮންމެ މީހަކަށްވެސް މިފަދަ ފުރްޞަތެއް ލިބުމަކީ ދުރުކަމެއް ނޫނެވެ. އެޑްމަންޓް ހޭލީއަކީ އިނގިރޭސިވިލާތުގެ މީހެކެވެ. އުފަންވެވަޑައިގަތީ މީލާދީން 1656 ވަނަ އަހަރުއެވެ. ގުރެޖުއޭޓްވެ ވަޑައިގަތީ ކުއީންސް ކޮލެޖާއި އޮކްސްފޯޑް ޔުނިވަރސިޓީގައެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ." (ޙަދީޘްފުޅެއްގެ މާނަ) |