މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ކްރިސްމަހުގެ ޙަޤީޤަތަކީ ކޮބާ؟ |
|
|
| ދިވެހި - ތާރީޚް | |||
| 14 ޖެނުވަރީ 2009، 00:46 ބުދަ | |||
|
އެންމެ ފުރަތަމަ އުށްބައްތި އުފެއްދި ދުވަސްވަރު އާންމުން އުށްބައްތި ބޭނުންކޮށެއް ނޫޅެއެވެ. އުށްބައްތި ބޭނުންކުރުމަކީ އެދުވަސްވަރު އާންމުން އަތްފޯރާވަރުގެ ކަމެއްނޫނެވެ. އެހެންކަމުން އުށްބައްތި ބޭނުންކޮށް އުޅުނީ ހަމައެކަނި ޝާހީ ޚާންދާނުގެ މެމްބަރުންނެވެ. ނަމަވެސް އުށްބައްތި އީޖާދުކުރި ޒުވާނާގެ ހުވަފެނަކަށްވެފައިއޮތީ ވީހައިވެސް ބޮޑަކަށް އުށްބައްތި އާންމުކުރުމެވެ. ފުޅާދާއިރާއެއްގައި އުށްބައްތީގެ ވިޔަފާރި ހިންގުމެވެ. ފާދިރީއެއްގެ މަޝްވަރާ: "ތިޔަހުރިހާ ބޭކަލުންނާއި ބޭކަނބަލުން މިރޭ އިރުއޮއްސުމުން އަލުން ފައްޅިއަށް ދުރުވެ ދެއްވާށެވެ. މިރޭ ފައްޅީގައި ވަރަށް އާދަޔާ ޚިލާފުގޮތަކަށް ދުޢާކުރުމެއް ބާއްވާނަމެވެ. އެގޮތަށްކުރެވޭ ދުޢާ، ދުޢާކޮށް ނުނިމެނީސް އިޖާބަކުރައްވާނެއެވެ." އެންމެންވެސް ވަރަށް ހައިރާންކަމާއެކު އެކަކު އަނެކަކާ ދިމާޔަށް ބަލައިލިއެވެ. ނަމަވެސް އެކަކުވެސް އިތުރު ސުވާލެއް ނުކުރެއެވެ. ސަބަބަކީ އެންމެންގެ ހިތުގައި ފާދިރީއާމެދު އޮންނަ ޤަދަރާއި އިޙްތިރާމެވެ. އެދުވަހުގެ އިރުއޮއްސެންވާއިރަށް އެންމެންވެސް އަލުން ފައްޅިއަށް ހާޒިރުވެއްޖެއެވެ. އިރުއޮއްސި ރަނގަޅަށް އަނދިރިކަން ފެތުރުމާއެކު ފާދިރީ ކޮންމެ މީހެއްގެ ކުރިމަތީގައިވެސް އުށްބައްތިޔެއް ރޯކޮށްފައި ބެހެއްޓިއެވެ. އެންމެންވެސް ދެލޯމަރައިލައިގެންތިބެ ދުޢާކުރަމުން ގެންދިއުމަށް އެންގިއެވެ. ގަޑިއެއްހައިއިރު ވަންދެން އެދުޢާކުރުން ދެމިއޮތެވެ. ދުޢާކޮށް ނިންމައިލައިފައި އެނބުރި ގެއަށް ދިޔައިރު އެންމެންވެސް ދައްކަމުން ގެންދިޔައީ އެގޮތަށް ކުރާ ދުޢާ އިޖާބަކުރައްވާނެ ވާހަކައެވެ. އެދުވަހަކީ މީލާދީން 336 ވަނަ އަހަރުގެ ޑިސެމްބަރމަހުގެ ފަންސަވީސްވަނަ ދުވަހެވެ. ޢީސާއީ ދުނިޔޭގެ އެންމެ ފުރަތަމަ ކްރިސްމަސް ދުވަހެވެ. ކްރިސްމަސް ސަރުކާރުގެ ހިޔާވަހިކަމުގައި: ކްރިސްމަސް ފާހަގަކުރުމުގެ އެންމެ ފުރަތަމަ ހާދިސާގެ ވާހަކަ އިސްވެދިޔަ ތާނގައި އަޅުގަނޑުވަނީ ބަޔާންކޮށްފައެވެ. އެ ހާދިސާ އަށްފަހު މިޙަރަކާތް އާންމުވުމުގައި އެންމެ ބޮޑު ޙިއްޞާއެއް އަދާކުރީ ޗާޗުތޯ ނުވަތަ ތަޚްތުތޯ މިއީ ކުރެވޭ ސުވާލެކެވެ. ތާރީޚުން ޞަރީޙު ޖަވާބެއް ލިބެންނެތް ސުވާލެކެވެ. ނަމަވެސް ދެތިންސައްތައެއްގެ ތެރޭގައި މިކަމަށް ސަރުކާރުގެ ހިމާޔަތާއި ބަލަދުވެރިކަން ލިބިގެން ގޮސްފައިވާކަން މުއައްރިޚުންގެ އެތައްބަޔަކުވަނީ ފާހަގަކޮށްފައެވެ. އެދުވަސްވަރު ކްރިސްމަސް ދުވަހަކީ ރޯމުގެ ސަރުކާރު ބަންދު ދުވަހެކެވެ. ސަރުކާރުގެ ޚަޒާނާއިން އެތައްހާސް އުށްބައްތިތަކެއް ގަނެއެވެ. ހުރިހާ ޗާޗުތަކަކަށް އުށްބައްތިތައް ފޮނުވައިދެއެވެ. ނަމަވެސް ސަލާމްލެއްވި ޢީސާގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ޑިސެމްބަރމަހުގެ ފަންސަވީސްވަނަ ދުވަހުގައިކަމީ އެހައިތަނަށް ދިޔައިރުވެސް ގިނަބަޔަކު ޤަބޫލުކުރާ ހާދިސާ އެއް ނޫނެވެ. އެކަމުގައި ޚިޔާލު ތަފާތުވިކަމުގައިވިޔަސް ފަންސަވީސް ޑިސެމްބަރުގައި ކްރިސްމަސް ފާހަގަކުރެއެވެ. ރޯމާއި ވިދިގެން ކްރިސްމަސް ފާހަގަކުރަން ފެށި ދެވަނަ ސަރަހައްދަކީ ޖަރުމަނުވިލާތެވެ. ޖަރުމަނުވިލާތުގައިވެސް ކްރިސްމަސް ފާހަގަކުރުމަށްވަނީ ރަސްމީ އީދެއް ފާހަގަކުރުމުގެ މަޤާމުލިބިފައެވެ. އެދުވަސްވަރު ޖަރުމަންވިލާތަކީ ވަކި ދައުލަތެއް ނުވަތަ ވަކި ރަސްކަމެއް ނޫނެވެ. ރޫމީ ރަސްކަމުން ފަތަހަކޮށްފައި އޮތް ތަނެކެވެ. އެދައުލަތުގެ ސަރަހައްދެކެވެ. އެތާނގައި އޮތީ އެކިއެކި އަމީރުންގެ ވެރިކަމެވެ. އެބޭފުޅުންގެ ދިރިއުޅުއްވުމާ ގުޅިފައިއޮތީ ރޫމީ ސަޤާފަތުގެ ފާޑުވެރިކަމެވެ. ޖަރުމަނުގެ އަމީރުން އެންމެ ފުރަތަމަ ކްރިސްމަސް ފާހަގަކުރެއްވުމަށްޓަކައި ވަޑައިގެން އުޅުއްވީ ރޯމަށެވެ. އެބޭފުޅުން އެނބުރި ވަޑައިގެން އެބޭފުޅުންގެ ޙާޝިޔާގެ ބޮޑުންނަށް ހައިރާންފުޅުކަމާއެކު ކްރިސްމަސް އީދުގެ ވާހަކަ ވިދާޅުވެދެއްވައި އުޅުއްވިއެވެ. އެދުވަސްވަރު ޖަރުމަނުގެ އަމީރުންކުރެ އެއްބޭފުޅަކަށް އާލާސްކަންފުޅާހުރެ ކްރިސްމަސް އީދަށް ރޯމަށް ވަޑައިނުގެންނެވޭގޮތް ދިމާވިއެވެ. އެހެންކަމުން އެއަމީރު އޭނާގެ ޤަބީލާގައި ކްރިސްމަސް ފާހަގަކުރެއްވިއެވެ. އެއަހަރުން ފެށި ޖަރުމަނުގެ ހުރިހާ ޤަބީލާތަކެއްގައިވެސް ކްރިސްމަސް ފާހަގަކުރެވެން ފަށައިފިއެވެ. ކްރިސްމަސްޓްރީ: ކްރިސްމަސް ފާހަގަކުރުމުގެ ތެރޭގައި "ކްރިސްމަސްޓްރީ" ހެދުމަކީ ޖަރުމަނުންގެ އީޖާދެކެވެ. އެބައިމީހުން ކްރިސްމަސް ފާހަގަކުރުމުގެ ތެރޭގައި ގެންދަނީ ސަލާމްލެއްވި އީސާގެފާނާ ބެހޭގޮތުން އައިސްފައިވާ މުޅި ހާދިސާ ތަމްސީލެއްގެ ސިފައިގައި ހުށަހަޅުމުންނެވެ. (ނަޢޫޛުބިﷲ) ޤަބީލާގެ ކޮންމެވެސް އަންހެންކުއްޖަކު ސަލާމްލެއްވި މަރްޔަމްގެފާނު ކަމުގައި ހަދައެވެ. ސަލާމްލެއްވި ޖިބްރީލްގެފާނުގެ ސިފައިގައި ޒުވާނަކު އެކުއްޖާގެ ގާތަށް ފޮނުވައެވެ. ކާވެންޏަކާނުލައި ދަރިޔަކު އުފަންވާ ޚަބަރުދެއެވެ. "މަރިޔަމުގެފާނަށް" ލިބިވަޑައިގަތް ޙައިރާންފުޅުކަމާއި ކަންބޮޑުވެވަޑައިގަތުން ތަމްސީލްކޮށްދެއެވެ. އެއަށްފަހު އީސާގެފާނު ރައްކައުވުމާއި، އެކަލޭގެފާނުގެ ގޮވާލެއްވުމާއި، އެކަލޭގެފާނު ޞަލީބުކުރުމުގެ މަންޒަރުތައް ހުށަހަޅައެވެ. އެޙާދިޘާގެ ތެރޭގައި މަރްޔަމްގެފާނުގެ އެންމެގާތް އެކުވެރިޔެއްގެ ގޮތުން ގަހެއް ހުށަހަޅައެވެ. އެކަމަނާގެ އެކަނިވެރިކަމާއި، އެކަމަނާއަށް ލިބިވަޑައިގަތް ހުރިހާ އުދާސްކަމެއް އެގަހުގެ ކައިރީގައި ހޭދަކުރައްވައެވެ. ތަމްސީލުކުޅުމަށް ބޭނުންކުރާ ގަސް މަޞްނޫޢީގޮތުން ސްޓޭޖުގައި އިންދައެވެ. އެދުވަސްވަރު އާންމު ގޮތެއްގައި އެކަމަށް ބޭނުންކުރެވުނީ ޒައިތޫނި ގަހެއްގެ ބޮޑު ގޮފިގަނޑެކެވެ. ޢީސާއަލައިހިއްސަލާމްގެ ތަމްސީލުކުޅެވޭ ތަނެއްގައި އެގޮފިގަނޑު އިންދައެވެ. ކުޅިވަރު ނިމުމުން އެކިމީހުން އެގޮފިގަނޑުގެ އެކިއެކި ގޮފިތައް ބަރަކާތްތެރި އެއްޗެއްގެ ގޮތުން ވީދަވީދައިގެން ގެންދެއެވެ. އެބައިމީހުންނަށް ވީހައިވެސް ގިނައިން ފެންނާނެ ތަނެއްގައި އެގޮފިތައް އިންދައެވެ. އެގޮފިތައް އެކި ކުލަކުލައިގެ ރޮދިތަކާއި، ކަފަތަކުން ޒީނަތްތެރިކުރެއެވެ. މިދެންނެވި ރަސްމިއްޔާތުގެ ތެރެއިން އުފެދިގެން އައީ "ކްރިސްމަސްޓްރީ" އެވެ. މީލާދީން ނަވާރަވަނަ ސައްތަޔާ ހަމަޔަށް ކްރިސްމަސްޓްރީގެ ބިދުޢައޮތީ ހަމައެކަނި ޖަރުމަނުވިލާތުގައެވެ. 1847 ގައި އިނގިރޭސި ރާނީ ވިކްޓޯރިޔާގެ ފިރިކަލުން ޖަރުމަނަށް ޒިޔާރަތްކުރެއްވިއެވެ. އޭނާ އެއަހަރުގެ ކްރިސްމަސް ހޭދަކުރެއްވީ ޖަރުމަނުވިލާތުގައެވެ. ޖަރުމަނުމީހުން ކްރިސްމަސްޓްރީ ހަދާގޮތާއި، އެގަސް ޒީނަތްތެރިކުރާގޮތް އޭނާއަށް ފެނިވަޑައިގެން އެކަން އޭނާއަށް ވަރަށް ރީތިފުޅުވިއެވެ. އެހެންކަމުން އޭނާ އެނބުރި އިނގިރޭސިވިލާތަށް ވަޑައިގަތީ ކްރިސްމަސްޓްރީއެއް ހިއްޕަވައިގެންނެވެ. އޭނާ އިނގިރޭސި ރާނީއަށް އެގަސް ދެއްކެވިއެވެ. ރާނީވެސް އެގަހާ ވަރަށް ގައިކޮޅާވިއެވެ. 1848 ގައި އިނގިރޭސި ސަރުކާރުގެ ބެލުމުގެ ދަށުން ލަންޑަނުގައި ކްރިސްމަސްޓްރީއެއް ހެދިއެވެ. ވަރަށް ބޮޑު ވަރަށް ބިޔަ ގަހެކެވެ. އެގަސްހެދީ އިނގިރޭސި ޝާހީގަނޑުވަރުގެ ބޭރުގައެވެ. 25 ޑިސެމްބަރ 1848 ގައި އިނގިރޭސި ވިލާތުގެ އެތަންމިތަނުން އެތައްލައްކަ ބަޔަކު އެގަސް ދެކޭން ޒިޔާރަތްކުރިއެވެ. އެގަސް ފެނުމުން އެތައް އިރެއްވަންދެން އަތްތިލަބަޑިޖަހައި ތަރުޙީބުދިނެވެ. އެދުވަހަށްފަހު އިނގިރޭސިވިލާތުގައިވެސް ކްރިސްމަސްޓްރީ ހަދަންފަށައިފިއެވެ. މިހާރު އިނގިރޭސިވިލާތުގެ ކޮންމެ ގެއެއްގައިވެސް ކޮންމެ ހޮޓަލެއްގައިވެސް ކްރިސްމަސްޓްރީ ހަދައެވެ. އެގަސްތައް ހެދުމަށް އެއްސަތޭކަ ފަންސާސް މިލިޔަން ޕައުންޑަށްވުރެ ގިނައިން ޚަރަދުކުރެއެވެ. އޭގެ އިތުރަށް އެގަސްގަސް ދިއްލުމަށްޓަކައި ބޮކިތަކާއި ކުދިކުދި ޓިއުބްލައިޓްސްއަށް ދުއިސައްތަ މިލިޔަން ޕައުންޑަށްވުރެ ގިނައިން ޚަރަދުކުރެއެވެ. އިނގިރޭސި ވިލާތުގައި ކުރެވުނު ސާވޭއަކުން ދައްކާގޮތުގައި އެގަސްތައް ދިއްލުމަށްޓަކައި އެންމެ ރެޔެކަށް ހިނގާ އިލެކްޓްރިކް ޚަރަދު މަސްދުވަހަކަށް ހިނގާ ޚަރަދަށްވުރެ ބޮޑެވެ. ދީނީޢީދެއްތަ؟ ނުވަތަ ޢައްޔާޝީ މަޖާގަނޑެއްތަ؟ ހަމައެކަނި އިނގިރޭސިވިލާތުގައި ކޮންމެ އަހަރެއްގެ ކްރިސްމަސްރޭ ހަތްދިހަތިން ބިލިޔަން ޕައުންޑުގެ ރާ ވިކެއެވެ. ކޮންމެ ކްރިސްމަސް ރެޔަކު، އަރާރުމާއި، ތަޅާފޮޅުމާއި، މީހުންމެރުމާއި ތޫނު ހަތިޔާރުން ހަމަލާދިނުމުގެ އެތައް ލައްކަ ހާދިސާ ތަކެއް ރެކޯޑުކުރެވެއެވެ. ހަމައެކަނި 25 ޑިސެމްބަރ 2002 ގައި އަންހެންކުދިން ޢިއްފަތްތެރިކަން ފޭރުމުގެ ނަވާރަހާސް މައްސަލަ ހުށަހެޅުނު ކަމުގައިވެއެވެ. ގޭތެރޭގެ ތަޅާފޮޅުމާއި އާއިލީ އަރައިރުންތަކުގެ ތިންލައްކަ ފަސްދޮޅަސްހާސް ޝަކުވާ ކަމާބެހޭ ފަރާތްތަކުގައި ނޯޓުކުރެވުނެވެ. ސާރވޭއަކުން ދައްކާ ގޮތުގައި އިނގިރޭސިވިލާތުގެ ޒުވާނުންކުރެ ކޮންމެ ހަތްމީހެއްގެ ތެރެއިން އެކަކުވަނީ ކްރިސްމަސްވިލޭރޭ ރާބޮއިގެން ބަދުއަޙްލާޤީ އަމަލުހިންގިކަމަށް އިޢުތިރާފުވެފައެވެ. އިނގިރޭސިވިލާތުގެ ވިޔަފާރިއާބެހޭ ވުޒާރާގެ ރިޕޯޓެއްގައިވާގޮތުން ކޮންމެ ކްރިސްމަސްރެއަކު ވިކެމުންދާ މަޖާކުރުމާއި ޢައްޔާޝީ ކަންކަމާގުޅޭ ތަކެތީގެ އަގު އެފްރިކާގެ އެއް އަހަރުގެ ބަޖެޓާ އެއްވަރެވެ. ހަމައެކަނި މިޔުޒިކާ ގުޅޭތަކެއްޗާއި، ކެސެޓް ވިއްކާ ފަރާތްތަކުން ބުނާގޮތުގައި ޑިސެމްބަރމަހު އެބައިމީހުންގެ ވިޔަފާރި ސާޅީސްއިންސައްތަ އިތުރުވެއެވެ. ކްރިސްމަހާގުޅޭގޮތުން އެމެރިކާގެ ކަންތައްހުންނަނީ އިނގިރޭސިވިލާތަށްވުރެ މާކުރިޔަށެވެ. އެމެރިކާގެ ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި އެމެރިކާގައި މުޅިއަހަރު ތެރޭގައި ހިނގާ ޓްރެފިކް ގަވާއިދާ ޚިލާފު ހާދިސާ ތަކަށްވުރެ ކްރިސްމަސް ފާހަގަކުރާ ދުވަސްވަރު ހިނގާ ޓްރެފިކް ގަވާއިދާ ޚިލާފު ހާދިސާތައް މާގިނައެވެ. އެމެރިކާގައި ކުރެވިފައިވާ ސާރވޭއަކުން އެނގޭގޮތުގައި ޑިސެމްބަރމަހުގެ ފަންސަވީސް ވަނަ ދުވަހު އެމެރިކާގެ އެންމެންގެ އަނގައިން ރާވަސް ދުވައެވެ. ކްރިސްމަސްވިލޭރެއާއި އެދުވަހު އެއްބިލިޔަން ޑޮލަރުގެ ސިގިރެޓް ހުލިކުރެވެއެވެ. ކްރިސްމަސްރޭ ކަސްބީ އަންހެނުންނަށް ހަތަރު ބިލިއަން ޑޮލަރު ޚަރަދުކުރެވެއެވެ. ހަމައެކަނި އެޓްލާންޓިކް ސިޓީގެ ޖުވާޚާނާތަކުގައި އެރޭ ދިހަބިލިއަން ޑޮލަރުގެ ޖުވާކުޅެއެވެ. ތަޅާފޮޅުމާއި، ކަޓަރުއެޅުމާއި، މިބާވަތުގެ މާރާމޭރީގެ ހަސަތޭކަހާސް ހާދިސާއަށްވުރެ ގިނައިން ރެކޯޑުކުރެވެއެވެ. މާގިނައިން ރާބުއިމާއި، މާރާމާރީއާއި، މަގުމަތީގެ ހާދިސާ ތަކުގައި އެތައްހާސްބަޔެއްގެ ފުރާނަތައް އުދުހިގެންދެއެވެ. ފަސްސަތޭކަހާސް އަންހެނުންވަނީ އެބައިމީހުންގެ ފިރިންނާއި، ރައްޓެހިވެގެންއުޅޭ ފިރިހެންކުދިންގެ ފަރާތުން ތަޅާފޮޅުމާއި އަދި މިނޫންވެސް ޖިސްމާނީ އަނިޔާގެ ޙާދިޘާތައް ކުރިމަތިވިކަމުގެ ރިޕޯޓުކޮށްފައެވެ. މައިންބަފައިންގެ ފަރާތުން ޖިސްމާނީ އަނިޔާލިބުނު ކުޑަކުދިންގެ އަދަދުވަނީ ސަތޭކަ ސާޅީސްހާހަށްވުރެ އިތުރުވެފައެވެ. އެމެރިކާގައި ކޮންމެ ޑިސެމްބަރމަހަކު ފަންސާސްއެތައް ބިލިޔަން ޑޮލަރެއްގެ ޢައްޔާޝީ ސާމާނު ވިކެއެވެ. އެތައް މިލިޔަން ކްރިސްމަސްޓްރީތަކަކަށް އެތައް ބިލިޔަން ޑޮލަރެއް ހޭދަކުރެވެއެވެ. މިކަންކަމުގެ އިތުރަށް އެންމެ ރެއެއްގެ ވައްކަމުގެ ރެކޯޑު އެތައް ބިލިޔަން ޑޮލަރަކަށް އަރައެވެ. މިދެންނެވި ނިސްބަތުން މުޅި ޔޫރަޕްގައިކުރެވޭ އިސްރާފަށް ނަޒަރު ހިންގާލާއިރު، ކްރިސްމަސްޓްރީއަށާއި، ރާއަށާއި، ސިގިރޭޓަށާއި، ކަސްބީންނަށް ހިނގާ ޚަރަދު ޔޫރަޕް ޤައުމެއްގެ އަހަރީ ބަޖެޓަށްވުރެ އިތުރުވާކަމަށް ބުނެއެވެ.
ނަމަވެސް އިންސާނުން އަބަދުވެސް ގެންދަނީ ދީންފާހަގަކޮށްދީފައިވާ އިމުގެ ތެރެއިން ބޭރުވަމުންނެވެ. ޢީދުތަކާ ގުޅުވައިގެންވެސް ތަފާތު ބިދުޢަތައް އީޖާދުކުރަމުންނެވެ. މިމައްސަލާގައިވެސް ކްރިސްޓިއަން ދުނިޔެވަނީ މުސްލިމުންނަށްވުރެ ކުރި ހޯދާފައެވެ. ކްރިސްޓިއަނުންވަނީ އެބައިމީހުންގެ ޢީދުތައް ޢައްޔާޝީ މުސީބަތަކަށް ހަދައިފައެވެ. އެހެންކަމުން ޚުދު ކްރިސްޓިއަނުންގެ ތެރެއިންވަނީ އެކަންކަމާ އިޢުތިރާޟުކުރާ ހެޔޮވިސްނޭ ބަޔަކު އުފެދިފައެވެ. ކްރިސްޓިއަނުންގެ ތެރޭގައި ހިމެނޭ ހެޔޮވިސްނިވަޑައިގަންނަވާ ބައެއް މުޞަންނިފުން އިޢުތިރާޟުކުރައްވާ ބައެއް ކަންތައްތައް ތިރީގައިމިވަނީއެވެ. 2. މަލްޓިނޭޝަނަލް ކުންފުނިތަކުން ކްރިސްމަސް ސްޕޮންސަރކުރުމުގެ ސަބަބަން މިހާރު އެކަންތައްވަނީ ދީނީޢީދެއްގެ ބަދަލުގައި "މޫސުމީ ބާޒާރަކަށް" ހަދާފައެވެ. މިއީ ކްރިސްމަސްގެ ޙަޤީޤީ ރޫޙާ ޚިލާފްކަމެކެވެ.
5. ކްރިސްޓިޔަން މުޞަންނިފުން ވިދާޅުވާގޮތުގައި ޢީސާގެފާނު ރައްކައުވީ ފަންސަވީސް ޑިސެމްބަރަކުނޫނެވެ. އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ދުވަހަކާމެދު ވަނީ ޚިލާފުއުފެދިފައެވެ. އެހެންކަމުން ޝައްކުއުފެދިފައިވާ އިޢުތިރާޟުކުރެވޭ ދުވަހެއް އެކަލޭގެފާނުގެ ޢީދުމީލާދު ކަމުގައި ކަނޑައެޅުމާއި މުޅި ޢީސާއީދުނިޔޭގައި އެދުވަސް ޢީދެއްގެ ގޮތުން ފާހަގަކުރުމަކީ ކަނޑައެޅިގެންހުރި ބޭއިންސާފެކެވެ. އަނިޔާއެކެވެ. ކްރިސްޓިޔަން މުޞަންނިފުން މިދެންނެވި އިޢުތިރާޟުތައް ކުރައްވަމުން ގެންދެވިކަމުގައި ވިޔަސް ކްރިސްޓިޔަން ދުނިޔޭގައި ދަނީ ކްރިސްމަސްގެ ދީނާޚިލާފު، އަޚްލާޤާޚިލާފު، ޤާނޫނާޚިލާފު ރަސްމިޔާތު ބާއްވަމުންނެވެ. އޭގެ ހުރިހާވެސް ސަބަބަކީ މަލްޓީނޭޝަނަލް ކުންފުނިތަކެވެ. އެކުންފުނިތަކުން ކްރިސްމަސްގެ ނިވާފަތްގަނޑުގައި ގެންދަނީ ކޮންމެ ކްރިސްމަހެއްގައި އެތަކެއް ބިލިޔަން ޑޮލަރު ޖަމާކުރަމުންނެވެ. މިބާވަތުގެ މަހުޖަނުންނަކީ އެބައިމީހުންގެ އަމިއްލަ ޖީބަށް ވަންނަ ފައިސާ ފިޔަވައި އެއްވެސް ކަމަކާ ފަރުވާލެއް ހުންނަ ބަޔެއްނޫނެވެ. އެންމެ ލޯލާރިއެއް ހޯދުމަށްޓަކައި އެތައްބަޔެއްގެ ހަންދަމާލަން ޖެހުނުކަމުގައި ވިޔަސް އެބައިމީހުން ފަހަކަށް ނުޖެހޭނެއެވެ. އާދޭހެވެ! އަޅުގަނޑުމެން ދެލޯމަރައިލައިގެން ތިބެ ހުޅަނގުގެ ތަހްޒީބުގެތެރެއަށް ވަންނަމުންދާއިރު މިއީވެސް އަޅުގަނޑުމެން ވިސްނައިލުން ރަނގަޅުކަމެކެވެ. ލިޔުންތެރިންނަކީ ހަނދާންކޮށްދޭ ބައެކެވެ. ތަފާތު ހާދިސާތައް ޤައުމުގެ ސަމާލުކަމަށް ގެންނަ ބައެކެވެ. ކަންކަމާމެދު ގޮތްތައް ނިންމަވާނީ ޤައުމުގެ މޮހުމާއިބަނުމުގެ އަހުލުވެރީންނެވެ.
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)
![]()
...
ލިޔުނީ ފަންވަތް, 2010-03-06 09:10:07
މި ބަސް ލަފުޒަކާ ގުޅުވާ އިރު ކިޔޭ ގޮތުން ބޭނުން ކުރުން ރަނގަޅީ ށަވިޔަނި ކަމަށް ދެކެމެވެ. މި ސާލަކަށް، ''އުށަކީ، ބައްތި ހަދާ އެއްޗެކެވެ. ނުވަތަ އުށްބަތީ ހަދަނީ އުށުންނެވެ.'' މި ގޮތަށެވެ. ވީމާ އެ ތާނގައި އޮތީ ށަވިޔަންޏެއް ކަމަށްވާތީ، ރަނގަޅީ އެ ގޮތް ކަމަށް ފެނެ އެވެ. މާތުރަ! ސުކުން ކުރުމުގެ ހަމަތައް ގަބޫލުކުރުމުގައި ފަހަކަށް އައިސް ބަހުގެ ޢިލްމުވެރިންގެ ތެރޭގައި ދެ ޚިޔާލެއް އޮވެ އެވެ. މި ތަނުގައި އެ ތަފުސީލު ހާމައެއް ނުކުރަ މެވެ.
- އާދަމް ނަޞީރު އިބްރާހީމް - ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|