މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ދިވެހި ހަކުރު |
|
|
| ދިވެހި - ތާރީޚް | |||
| 18 ޖެނުވަރީ 2009، 02:46 އާދީއްތަ | |||
|
އަލްއިޞްލާޙު - މަޖައްލާ (1933) ސާހިބާ. މަޖައްލަތުލް އިޞްލާޙުގެ މުދީރު މަނިކުފާނުއެވެ. އަޅުގަނޑުމެން ރާ އެރީނަށް. މީރީވެސް ދިވެހި ހަކުރެވެ. ދިވެހި ރާއްޖޭގެ މީހުން މީގެ ފަސްދޮޅަހަކަށް އަހަރު ކުރިއަކުން ބަނޑުކެއިމަކަށް، ހުދު އުއްސަކުރު، ދޯބުރާލު، ނަބާޒު ހަކުރު ކަޔެއް ނުއުޅެތެވެ. އެތަކެތި ހުންނަނީ ބޭސްވެރިކަމަށް ގެންގުޅެން ގޭގޭގެ މަތާރަންފިލާމަތީގައި ފުޅިފުޅިޔަށް އަޅައިފައެވެ. އެކަމަކު ތިޔާގިކަމީ ކަންނެތްކަމާއި ބަލާތަކުގެ ކުރިމައްޗަށް އަންނަކަމެކޭ. އިހުމުސްކުޅިން ބުނާ ފަދައިން ރާއްޖެއަށް އައި ތިޔާގި ކަމަކުންވެސް ތޯއްޗެކޭ ރާއެރުން ހުއްޓި މީހުން ކަންނެތްވެ ބަނޑުކެއިމަކަށް ހުދު އުއްސަކުރާއި، ދޯބުރާލު ވީތަނާ އަދި ރާއެރީންގެ މައްޗަށް ދައުލަތުގެ ފަރާތުން ބައްލަވައިލެއްވި ބެއްލެވުމެއްގެ ދަތިކަމުން ރާއެރުން ހުއްޓި ގޮސް މިހާރަކުވާ ދެން މީރު ދިވެހި ހކުރުފޮދެއް ލިބޭ ގޮތެއް ނެތެވެ. މީހުންގެ ހަށިތައް ދެރަވެ ބަލިގިނަވެ، މިވާގޮތްތަކުގެތެރޭގައި، ދިވެހި ހަކުރު ދޫކޮށްލައި، އުއްސަކުރާއި ދޯބުރާލި ބަނޑުކެއިމަކަށް ގެންގުޅުއްވާކަން ނުވަތަ ނޫންކަން އެނގުނީހީ އެކަހަލަ ކަންތައް ބަލައިއުޅޭ ޒާތުގެ ބޭސްވެރީން މިތާނގައި ތިބި ނަމަޔޭ. ބޭސްވެެރީންނަކަށް މި ފަސްދޮޅަހަކަށް އަހަރު މި އުޅުއްވީ ވެސް ހަމަ އެދެ ހަކުރާއި، ކަރައިގައި އުކައިލާން ހުންނަހައި އަގުހެޔޮ ބޭސްތައް މިތަނަށް ގެނެސްގެން އަޅުގަނޑުމެން ނުދަންނަ މީހުނަށް، އެމްރޮކޭސަން ކެއްސުންބައްޔަށް މޮޅު ކަމަށް ސިފަކުރައްވާ ބޭކަލުން ވިއްޔާޔޭ. މިހާރުވާ ބޭސްތައްވެސް ދައުލަތުގެ އިންތިޒާމުގެ ތެރޭގައި ވެއްޖެކަމަށް އިވެޔޭ. (އިވެނީ އަޑު) ކޮންމެޔަކަސް އަޅުގަނޑުމެން ކޮންމެވެސް ލުޔެއް ލިބޭނޭގޮތަކާއި ރާެ އެރީންނަށް ހިތްވަރެއް ލިބޭނޭގޮތެއް ޒިރާޢަތުގެ ފަރާތުން ވޭތޯ ތިޔަ ނޫހުގައި ކުޑަވެސް ބަސްފުޅެއް ނެރުއްވައިފިއްޔާ އަޅުގަނޑުމެން ވަރަށް ޝުކުރު ކުރާނޫއެވެ. (މީރީ ހަމަ މީރު ދިވެހި ދިޔާ ހަކުރާއި ކަރު ހަކުރު) ވެހި ދިހަކުރޭ މޮޅީ ހަމަ ވެހި ކަތުން ކައިއުޅުމަނުމަށްދި ވެހި ހަންހާރަ ހިނގުމަށްދި. މަނިކުފާނުންގެ ޚާދިމް އައްޑޫ ރާއެރި. މަޢުލޫމާތު: ދިވެހި އަދީބުންގެ ދުވަސްވީ ލިޔުންތައް(2007). ދިވެހި ހަކުރު(ޞ:32-33). ނޮވެލްޓީ ޕްރެސް،މާލެ. އިތުރު ނޯޓް:މިއީ، ރާއްޖޭގައި ނުކުތް ފުރަތަމަ މަޖައްލާ (އަލްއިޞްލާޙު) ގައި ޝާއިޢު ކުރައްވާފައި އޮތް ސިޓީ އެކެވެ. މި ލިޔުމަށް ބަލައިލުމުން އަދަބީ ގޮތުން ފާހަގަ ކުރެވޭ ކަންތައްތަކެއް އެބަހުއްޓެވެ. އަޚްލާޤީ ގޮތުން ފާހަގަ ކުރެވޭ ކަންތައްތަކެއް އެބަހުއްޓެވެ. އަޅުގަނޑުމެން ލިބިގަތުން މުހިންމުކަމަށް ވިސްނޭ ފިލާވަޅުތަކެއެް އެބަހުއްޓެވެ. އަދަބީ ގޮތުން: ހ- ސިޓީ ލިޔުމުގެ މިޒަމާނުގެ އުސްލޫބާ ތަފާތު ގޮތްތައް. ށ- ޢިބްރާތްތައް ގެންނަވާފައި ވާގޮތް (ދިގު ކުރުމިނާއި ނިންމުންތައް) ނ- ހުށަހަޅުއްވައިދެއްވުމުގެ ސާދާ ކަމާއި ސާފުކަން. އަޚުލާޤީ ގޮތް ޙަޤީޤަތުގައި މިއީ ވެސް އަދަބީ ބައިގެ ތެރޭގައި ހިމެނޭނެ ކަމެކެވެ. އެކަމަކު އަޚްލާޤީ ގޮތުގެ ނަމުގުައި ވަކި ކޮށްލީ ހަމަ ކަމުގެ ޚާއްޞަ ކަމުންނެވެ. މި ސާލަކަށް ވަކި މައްސަލައެއް ދައުލަތުގެ ސަމާލުކަމަށް ގެނެސްދެއްވުމަށް ނޫހުގެ ފަރާތުން އެދިފައިވާގޮތް ފުދެއެވެ. ޖުމުލައިގައިވާ އަދަބުވެރި ހިމޭން ބަހުރުވަ ފުދެއެވެ. ރައިވަރުގެ ޖުމުލަ މާނަ: ދިވެހި ކަތުން ކައިބޮއި އުޅުމަށާއި، ދިވެހި ހަންހާރަ ހިނގުމަށް ހަމަ މޮޅީ ދިވެހި ހަކުރެވެ.
|
| ހަމަ މި ގަލަމުން |
|---|