ފަންވަތް ދިވެހި ތާރީޚް ފޯކުލޯރ އާއި ތާރީޚު
ބެލި ޢަދަދު: 718
ފޯކުލޯރ އާއި ތާރީޚު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - ތާރީޚް
12 މާރޗް 2009، 12:06 ބުރާސްފަތި

ޝަކީލާ ޙާމިދު ބިޖިލީގެ ހއ. ކެލާ

ދިވެހިބަހުގެ ރަދީފު (2000)ގައި ބުނާގޮތުން ފުލޯކުގެ މާނައަކީ ޚިޔާލީވާހަކައެވެ. ފުލޯކުވާހަކައިގެ މާނައަކީ އިހުއްސުރެ ކިޔެމުން އަންނަ އަސްލެއްނެތް ވާހަކަތަކެވެ. އިނގިރޭސިބަހުގައި  “Folklore” މިލަފުޒު ވަކިކޮށްލުމުން "ފޯކް" މިލަފްޒުގެ މާނަޔަކީ މީހުން ނުވަތަ ބައެވެ. ''ލޯރ'' މިލަފުޒު ''ފޯކް'' މިލަފްޒާއި ގުޅުނީމައި މީހުންނާއި ބެހޭ އެތައްކަމެއް ދޭހަކޮށްދެއެވެ. އެހެންކަމުން ޚިޔާލީ ވާހަކަޔާއި ފޯކުލޯރަކީ ކޮބައިކަން އެނގެންޖެހެއެވެ. ޚިޔާލީވާހަކައަކީ އެލިޔާ ލިޔުން ތެރިއެއްގެ ފިކުރާއި ޚިޔާލުގެ އުފެއްދުމެވެ. ލިޔުންތެރިޔާ ކުރަހާ ތަސްވީރެކެވެ. އެހެނަސް ފޯކުލޯރުތައް މިއާ ތަފާތެވެ.

ފޯކްލޯރަކީ ދޫދޫމަތިން އެއްޖީލުން އަނެއްޖީލަށް ވާރުތަވެފައިވާ ވާހަކަތަކެވެ. މިފަދަވާހަކަތަކަކީ އެޤައުމެއްގެ ތާރީޚާއި،  ސަޤާފަތާއި، ދީނާއި، އާދަކާދައާއި، ގުޅުންހުރި ޙާޤީޤަތްތަކުގެ މޫނުބަލާ ލޯގަނޑެވެ. ޢަބުދުﷲ ޞާދިގު (2008) ވިދާޅުވާގޮތުގައި އެތަނަކާ ގުޅިފައިވާ ފޯކުލޯރުތަކާ އެތަނެއްގެ ތާރީޚާވާނީވަރަށް ބޮޑަށްގުޅިފައެވެ. މީގެއިތުރުން ފޯކުލޯރުތަކަކީ ތާރީޚުގެ މޫނުބަލާ ލޯގަނޑުކަމުގައިވެސް ޢަބުދުﷲ ޞާދިޤު (2008) ވިދާޅުވެއެވެ. ފޯކްލޯރއަކީ ޖީލުން ޖީލަށް، ޤައުމުން ޤައުމަށް ދޫދޫ މަތިން ދެކެވެމުން ދިޔަ އެޤައުމުތަކުގެ މީހުންގެ ޤައުމީ، ދީނީ، ތާރީޚީ، ޘަގާފީ އަދި އިޖުތިމާއީ ދިރިއުޅުމުގައި ހުރި ރިވާޔަތީ ވަހަކަތައްކަމަށް '' ހަބީބާ ޙުސައިން ޙަބީބް (1994 ) ހާމަކުރައްވައެވެ. ހަމައެހެންމެ ޤައުމެއްގެ ފޯކުލޯރުތަކަކީ އެތަނެއްގެ ތާރީޚާއި ވަރަށްބޮޑަށްގުޅި ލާމެހިފައިވާ އެއްޗެއްކަމުގައި (ނަސީމާ މުޙައްމަދު، ލިޔުންތެރިޔާ ގާތު ވިދާޅުވި ވާހަކައެއް، އޮކްޓޯބަރ 14، 2008) ހާމަވެއެވެ. ޙަބީބާ ޙުސައިން ޙަބީބު (2006) ވިދާޅުވާގޮތުގައި ފޯކުލޯރަކީ އެއްޖީލުން އަނެއްޖީލަށް ވާރިދުވަމުން އަންނަ މީހުންނާބެހޭ ނުރަސްމީ މަޢުލޫމާތެވެ. އެހެނަސް 14 ވަނަ ޤަރުނުގެ މެދަކާއިހަމައިން ފެށިގެން މި މުހިންމު ތާރީޚި މަޢުލޫމާތުތައް ހިމެނޭ ފޯކްލޯރުތަކަށް ވަނީ ބަދަލުތަކެއް އައިސްފައި ކަމުގައި ޙަބީބާ ޙުސައިން ޙަބީބް (1994) ހާމަކުރައްވައެވެ. އެގޮތުން މިތަކެއްޗަކީ މުނިފޫހި ފިލިވުމަށް ދޫދޫމަތިން ދެކެވޭ ވާހަކައެއްގެ ބަދަލުގައި ގައުމެއްގެ ނުވަތަ މުޖުތަމައެއްގެ އަމިއްލަ ވަންތަކަން ރަމުޒުކޮށްދޭ ޢިލްމަކަށް ވެފައިވާކަމަށްވެސް އޭނާހާމަކުރައްވައެވެ. އެހެނީ ފޯކުލޯރުތަކަކީ އޭގައި ކޮންމެވެސް ވަރެއްގެ ޙަޤީޤަތްތަކެއް އެކުލެވޭ، ތާރީޚީ ހާދިސާތައް ހިމެނިފައިވާ އެއްޗެކެވެ. ވީމާ ޤައުމެއްގެ ފޯކުލޯރުތަކަކީ އެތަނެއްގެ ތާރީޚު އެއާއިގުޅިފައިވާ ޙަޤީޤަތް ތަކެކެވެ. މިތަކެއްޗަކީ އެއްވެސް މާނައެއްގައި ހަމައެކަނި ޚިޔަލީވާހަކަ ތަކެއްނޫނެވެ.

މިކުޑަކުޑަ ރާއްޖޭގައިވެސް މިރާއްޖޭގެ އަހުލުވެރިންގެ ދިރިއުޅުމާ ގުޅުންހުރި އެބައިމީހުންގެ ވަންތަކަން (ދީނާއި، ސަޤާފަތާއި، އާދަކާދަޔާއި، ގުޅުމާއި، އުޅުން) ދައްކައިދޭ ހަރުދަނާ ފޯކްލޯރުތައް ވަރަށް ގިނައިން ހުރިކަން ފާހަގަކުރެވެ އެވެ.

ލޮނުޒިޔާރަތްކޮޅު ވަރުނުލާ ރާޅުގަނޑު

މިއީ ލޮނުޒިޔާރަތްކޮޅު ވަރުނުލާ ރާޅުގަނޑާ ގުޅޭގޮތުން ކިޔެމުންއަންނަ ވާހަކައެކެވެ. މިވާހަކައާ ގުޅޭގޮތުން ޙަބީބާ ޙުސައިން ޙަބީބު (2006) ވިދާޅުވަނީ އައްސުލްޠާނު ވަޑީކަލަމިންޖާގެ ރަސްކަމުގައި މާލެއަށް ވިޔަފާރި ދަތުރެއްގައި އައި ގުރާބަކުން ގެނައިމުދަލުގެ ތެރޭގައި ވަރަށް ރީތި ޖާރިޔާއެއް ބިއްލޫރި އަލަމާރިއަކަށް ލައިގެން ގެނައިކަމުގައެވެ. މިއަލަމާރި ބޭލުމަށްފަހު އަލަމާރިކައިރީގައި ސާރިދޯޅެއް ބާއްވާފައި އޮތްކަމުގައިވެއެވެ. ބޭނުމަކީ ޖާރިޔާ ވަގަށް ނެގިޔަ ނުދިނުމާއި، ނަގައިފިނަމަ ނެގިމީހަކު ދެނެގަންނަން ފަސޭހަވުމެވެ. އެއީ އެއަލަމާރި ގެންދަން މީހަކު އުޅެފިނަމަ ސާރިދޯލަ އެމީހަކަށް ޙަމަލަދޭނެތީއެވެ. ނަމަވެސް އެއްކަލަ ޖާރިޔާއަށް ވީނުވީއެއްނޭނގި ޖަރިޔާ ގެއްލިއްޖެއެވެ. ގުރާބުގެ މީހުން މިމައްސަލަ ރަދުންނަށް ހުށައަޅައިފިއެވެ. އެހެންކަމުން ރަދުންގެ ފަރާތުން ޖާރިޔާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. އެހެނަސް ޖާރިޔާ ހޯދުމަށް ރަސްކަމުގެ ފަރާތުން ކުރިމަސައްކަތުން ޖާރިޔާއެއް އަލަމާރިއެއްވެސް ނުފެނުނެވެ.

މިހާހިސާބަށް ކަންތައްދިއުމުން ގުރާބުގެ މީހުން ރަދުންނަށް ދެންނެވީ ރަށުގެ އެންމެންގެ ބުރަކައްޓާއި މޭމަތި ހުރަހަކާ ނުލައި އެމީހުންނަށް ދެއްކެވުމަށެވެ. ރަދުންގެ އަމުރުފުޅަށް މިކަން މިގޮތަށް ކުރަމުންގޮސް ގަނޑުވަރުތެރޭގައި ތިއްބެވި ޝާހީބޭފުޅުންނާ ޖެހިއްޖެއެވެ. ގަނޑުވަރުގައި ހުންނެވި ރަދުންގެ ކޮއްކޯފުޅު ހުދެއި ކަލަމިންޖާއާ މެދު ގުރާބުގެ މީހުންގެ ހިތުގައި އޮތީ ޝައްކުއުފެދިފައެވެ. އެހެން ކަމުން ރަދުންގެ ކޮށްކޯފުޅުގެ ބުރަކައްޓާ މޭމަތި ގުރާބުގެ މީހުންނަށް ދެއްކެވުމަށް ދެންނެވިއެވެ. ރަދުން މިކަމާ ހިތާމަފުޅުކުރައްވާ ހުދެއި ކަލަމިންޖާ ގުރާބުގެ މީހުންނަށް ނުދައްކައިވޭތޯ މަސައްކަތްޕުޅު ކުރެއްވެވިއެވެ. ގުރާބުގެ މީހުން ތަކުރާރުކޮށް ރަދުންނަށް ދަންނަވަމުން ގެންދެވީ ސާރިދޯޅަ ވަކިއަޅާފައިވާ މީހަކު ރަށުގައި ހުންނާނެ ކަމަށާއި އެމީހަކު ނުފެންނަހައި ހިނދަކު މަސައްކަތް ހުއްޓާނުލާނެ ކަމުގައެވެ. ގުރާބުގެ މީހުން ރަދުންނަށް ދަންނަވަމުން ގެންދިޔަ މޭރުމުގެ ބާވަތުން އެންމެފަހުން ރަދުންނަށް ޖެހިވަޑައިގަތީ ގުރާބުމީހުންގެ ކުރިމައްޗަށް ހުދެއި ނެރުއްވާށެވެ. ނަތީޖާއަކަށްވީ ހުދެއިގެ މޭފުޅުމަތި ހާމަވުމާއެކު ސާރިދޯޅަ ވަކިއެޅި ނިޝާންތައް ގުރާބުގެ މީހުންނަށް ފެނުނެވެ. ގުރާބުގެމީހުންނަށް މިތަންފެނުމުން ރުޅިއައިސްގެން ހުދެއި ފަހައިގަތެވެ. ހުދެއި ދުވެވަޑައިގަތީ އާބާދީންދުރަށް ވަލުތެރޭގެ ސަރަޙައްދަށެވެ. ހުދެއި އެމީހުންގެ ކިބައިން ސަލާމަތްވުމަށް ދުވެވަޑައި ގަންނަވަމުން ނަދުރުފުޅެއް ވިދާޅުވިކަމަށް ބުނެވެއެވެ. "ކީރިތި ﷲ މިބައިމީހުންގެ ކިބައިން މިއަޅާ ސަލާމަތް ކުރައްވައިފިނަމަ މާﷲގެ ޙައްޤުފުޅަށްޓަކައި މިސްކިތެއް ޢިމާރާތްކޮށް ފެންގަނޑެއް ބާއްވާ ހުށީމެވެ. ހުދެއި ވަލުތެރެއަށް ވެދެވަޑައިގަތީ ވެއުދޮށު މިސްކިތްހުރި ދިމާއިންކަމަށް ބުނެވެއެވެ. ގުރާބުގެ މީހުން ހުދެއިހޯދުމުގައި އެތައްރެއަކާ ދުވާލެއް ހޭދަކުރުމަށްފަހު ހުދެއިނުފެނުމުން އެންމެފަހުން ފުރައިގެން ދިޔައީއެވެ. ހުދެއި ޖާރިޔާއާއެކު އަލަމާރި ރައްކާކުރެއްވީ ހެންވޭރު ކެއުގޯތީގައި (މިހާރު ސޯސަންގެ ހުރިތަން) ކަމަށް ބުނެވެއެވެ. ގުރާބުގެ މީހުންފުރައިގެން ދިއުމުން ހުދެއި ހެންވޭރު ކެޔޮގޯއްޗަށް ވަޑައިގެން ހޯއްދަވާ ޖާރިޔާއެއް އަލަމާރިއެއް ފެނިވަޑައެއްނުގަތެވެ. މިކަމާ ހިތާމަފުޅުކުރައްވާ އިތުރަށް ހޯއްދެވުމުން އެނގިވަޑައިގަތީ ބޭބޭފުޅު ވަޑީކަލަމިންޖާ (ރަދުން) ގެ ބެއްލެވުމުގެ ދަށުގައި ޖާރިޔާއާއި، އަލަމާރިވާކަމެވެ.

ހުދެއި މިކަމާ އުފާފުޅުކުރައްވާ މިސްކިތާ ފެންގަނޑު ތައްޔާރުކުރިކަމަށް ބުނެވެއެވެ. އެގޮތުން ވަލަށް ވެދެވަޑައިގެން ދިމާލުގައި މާވެޔޮ މިސްކިތާ މާވެޔޮ ބިނާކުރެއްވި ކަމަށްވެއެވެ. މިއީ އެހާތަނަށް މާލޭގައި ތައްޔާރުކުރެވިފައިވާ އެންމެބޮޑުވެޔޮ ކަމަށްވާތީ މިވެވަށް ކީކަމައްކަމަށްވެއެވެ.

މިމަސައްކަތުން ނިމިގެން ހުދެއިޖާރިޔާ ހޯއްދެވުމުގެ މަސައްކަތް ފެއްޓެވިއެވެ. އެންމެފަހުން އެހެން ހުރިހާ އެއްޗަކަށްވުރެ ޢިޝްޤުގެ ބާރުގަދަވެގެންގޮސް ދެބެންގެ ދެމެދުގައިވާ ތިމާގެކަމުގެ ގާތްކަން ޙަސަދައަށް ބަދަލުވެގެން ދިޔަކަމަށްވެއެވެ. ނަތީޖާއަކަށްވީ ޖާރިޔާ އަލަމާރިޔަށްލައި އަލަމާރީގައި ބަރޯސީ (ބަރު) ބަނދެ ލޮނުޒިޔާރަތްކޮޅޭ ކިޔޭދިމާލުން އުރަފަށަށް މޫދަށްފެއްތުމެވެ. މިތަންބަލަން އެއްވެތިބިމީހުންނަށް ފެނުނީ ފެތެމުންދިޔަ އަލަމާރީގެ މައްޗަށް ކުއްލިޔަކަށް ހުދެއި އަރާވަޑައިގެން އަލަމާރީގައި ބެއްދެވިތަނެވެ. އަލަމާރި ފެތިގެން ދިޔައީ ހުދެއިއާއެކުގައި ކަމަށްބުނެވެއެވެ. އެވަގުތު އަލަމާރިމައްޗަށް އުފުލާލިރާޅު އަދިއަދަށް ދާންދެންވެސް އުފުލާކަމަށާއި ލޮނުޒިޔާރަތްކޮޅުގެ ވަރުނުލާ ރާޅުގަނޑު އުފެދުނީ އެދުވަހުގެ އެވަގުތު ކަމުގައި ބުނެވެއެވެ.
 
ތާރީޚީނަޒަރަކުން މިފޯކުލޯރަށް ބަލާއިރު އައްސުލްޠާނު ވަޑީކަލަމިންޖާ ރަސްކަން ކުރައްވާފައިވަނީ މީލާދީން (1213-1233) ށެވެ. މިކަމެއް ހިނގާފައި މިވަނީ މީލާދީން (1213-1233) އާދެމެދުގައެވެ. މިފޯކުލޯރުގައި ބުނާގޮތުން ހުދެއި ކަލަމިންޖާއަކީ ވަޑީކަލަމިންޖާގެ ކޮށްކޯފުޅެވެ. ދިވެހިތާރީޚަށް އައުއަލިކަމެއްގައި އިބުރާހީމް ޝިހާބު، މަލިން މުޙައްމަދުދީދީ، މުޙައްމަދު އިސްމާޢިލް ދީދީ، ޢަބުދުލް ޙަކީމް ޙުސައިން މަނިކު (1990) ބަޔާންކޮށްފައި ވާގޮތުންވެސް ހުދެއި އަކީ ވަޑީކަލަމިންޖާގެ ކޮއްކޯފުޅެވެ. އެހެންކަމުން ފޯކުލޯރުގައި ބުނާބުނުމާ ތާރީޚާގުޅުން އެބަހުއްޓެވެ. އެހެނަސް މިފޯކުލޯރުގައި ބުނާގޮތުން ހުދެއި ކަލަމިންޖާ ޖާރިޔާލައިފައިވާ އަލަމާރިޔާއެކު ވަޑީކަލަމިންޖާގެ ރަސްކަމުގައި އަމިއްލައަށް ގެނބިގެން މަރުވީއެވެ. އެހެނަސް އިބުރާހީމް ޝިހާބާއި އޭނާގެ ބައިވެރިން (1990) ބަޔާންކުރާގޮތުގައި ހުދެއިކަލަމިންޖާ ވަޑީކަލަމިންޖާ އަވަހާރަވީތާ 25 އަހަރުފަހުން މީލާދީން (1258-1262) ށް ހަތްއަހަރުވަންދެން ރަސްކަން ކުރައްވިއެވެ. މީގެއިތުރުން މާވެވާ މާވެޔޮދޮށުމިސްކިތާ ސޯސަންގެޔަކީ ދިވެހިތާރީޚު އެތަކެއްޗަށް ހެކިވާތަކެތި ކަމުގައި ޙަބީބާ ޙުސައިން ޙަބިބު (2006) ހާމަކުރައްވައެވެ. އެހެންކަމުން ދެންނެވެންއޮތީ މިފޯކުލޯރުގައި ތާރީޚާ ތަޢާރުޒުވާ ބައެއްތަންތަންކޮޅު ހުރިކަމުގައިވިޔަސް ތާރީޚު ހެކިދޭގޮތުން މިފޯކުލޯރާ ދިވެހި ތާރީޚާ ގުޅުމެއް އެބަހުރިކަމަށް ލަފާކުރެވޭކަމުގައެވެ.  (ނުނިމޭ)
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ ޝަކީލާ ޙާމިދަށް, 2009-03-12 16:17:19
ތިޔަފެއްޓެވި ޔުނިކް މަސައްކަތަށްޓަކައި ޝުކުރިއްޔާ!! ތިޔަ މަސައްކަތުގައި ﷲ ބަރަކާތް ލައްވާ އެއިލާހުގެ އިލާހީ މަދަދުދެއްވާ ވާގިދެއްވާށި! ދިވެހި ލިޔުނަތެރިކަމުގައި ތިއީ މުޅިން އާ ކުލަވަރެއްކަމަށް ފެނޭ. ތިއީ ވަރަށް މުހިންމު މަސައްކަތެއް. ސާބަސް..............
އިތުރު ލިޔުއްވުންތަކަށް އިންތިޒާރުގައި ހުރިން
-ފަންވަތުގެ ކިޔުންތެރިއެއް-
...
ލިޔުނީ ހުސައިން., 2009-03-13 09:58:38
ވަރަށް އަހާހިތްވާ ޒާތުގެ ވާހަކައެއް، ތިއައީ އައު އަލިކަމެއްގެ ފެށުންކަމުގައި ވުމަށް އެދެވޭ! މިދެންނެވީ، ޝަކީލާގެ މިމަސައްކތްޕުޅުގެ ނަތީޖާއެއްގެ ގޮތުން އިތުރު ލިޔުންތެރިންގެ ހިތްތަކުގައި ދޫދޫ މަތިން ކިޔެމުން އަންނަ ތިފަދަ ވާހަކަތަކާއި ތާރީޚާހުރި ގުޅުންތައް ހޯދުމުގެ މަސައްކަތްކުރުމުގެ ޝައުގު އުފެދިގެން ހިނގާދާނެކަމަށް ހީކުރެވޭ ވާހަކަ!

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން

މިވަގުތު ފަންވަތުގައި

މިވަގުތު 127 ކިޔުންތެރިން އޮންލައިން

އެންމެ ދީލަތި 20 ގަލަން

ޢަބްދުލްމުޢީދު ޙަސަން: 365
އާދަމް ނަޞީރު އިބްރާހީމް: 183
އެޑްމިނިސްޓްރޭޓަރ: 76
ޢަބްދުﷲ ފާރޫޤު ޙަސަން: 51
ބިންމާ އިބްރާހީމް ވަޙީދު: 50
ޢަބްދުﷲ ނަޢީމު އިބްރާހީމް: 42
މުޚްތާރު ޢަބްދުއްރަޙްމާނު: 36
ޢަބްދުﷲ ފިރާޤު: 35
އިބްރާހީމް ރަޝީދު މޫސާ: 33
ޝަމްސުލްފަލާޙު: 29
އަޙްމަދު ރަޝީދު: 23
އަޙްމަދު ފަހުމީ: 23
ޙުސައިން ޝާކިރު: 22
މުޙަންމަދު ޝާހިދު ޙަލީމް: 21
ޙުސައިން ޞަލާޙުއްދީން: 21
އިބްރާހީމް ނަޢީމު : 18
މުޙަންމަދު ވަޙީދު - މަޑުލު : 18
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު: 17
އަޙްމަދު މާޖިދު: 16
އިބްރާހީމް އަޙްމަދު : 16

މެހުމާނުނުންގެ އަދަދު

މިހާތަނަށް : 1429753

ފަންވަތުގެ ޖަވާހިރު


"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ."

(ޙަދީޘްފުޅެއްގެ މާނަ)

ދެކޭގޮތް

މިވެބްސައިޓް
 
free counters
ބެލި ޢަދަދު: 718