ފަންވަތް ދިވެހި ތަޢުލީމާއި ތަރުބިއްޔަތު ތަރުބިއްޔަތު 2050 ގެ ވާހަކަ
ބެލި ޢަދަދު: 577
ތަރުބިއްޔަތު 2050 ގެ ވާހަކަ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - ތަޢުލީމާއި ތަރުބިޔަތު
04 ޑިސެމްބަރ 2009، 00:19 ހުކުރު

ތަސްނީމް ރަޝީދު– މަލަސް/ ށ.ފުނަދޫ

ތަނަކީ ކުރިއަރާ ތަރައްޤީވެފައިވާ ތަނެކެވެ. ނެތް އެއްޗެއް ނެތެވެ. ޤުދުރަތީ ވަޞީލަތްތަކާއި ޒަމަނީ ހުރިހާ ފަސޭހަތަކެވެ. ޒަމާނުއްސުރެ އަހަރެމެންގެ ކާބަފައިން ދެކެމުން އައި ހުވަފެންތައް މިއަދު މިވަނީ ހަޤީޤަތަކަށް ވެފައެވެ. އެ ކުލަނެތް ތަޞްވީރު ތަކުގައި އާޖީލު ތަކުގެ ޒުވާނުން ވަނީ ކުލަ ޖައްސައިދީފައެވެ. ނަމަވެސް މިއައި ކުރިއެރުމާއެކު އެތަައްކަމެއް ބަދަލުވެގެން ހިނގައްޖެއެވެ.

މިބުނީ އެއްދުވަހުން އަނެއްދުވަހަށް އުސްކޮށް ނެގެމުން ބޮޑުކުރެވެމުންދާ ޢިމާރާތްތަކުގެ ވާހަކައެއް ނޫނެވެ. ކާބަފައިންނާ ހަމައިން ވާރުތަވަމުންއައި ރިވެތި އާދަކާދަ ތަކުގެ ވާހަކަ އެވެ. މިއަގުހުރި ތަރިކަތައް މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުން މިދަނީ އުވެމުންނެވެ. އަދި މިއީ އެހެން ވާހަކަ އެކެވެ. ވާހަކައިގެ މަޞްރަޙަށް އެނބުރިދަމާ ހިނގާށެވެ.

އިރު އުދަރެހުން ފާޅުވުމާއެކު ދުނިޔެ ދިރިއޮތްކަން ހާމަވެގެން ދެއެވެ. ހެނދުނުގެ އިރާއެކު މަގުތައް ހަލަބޮލި އިންސާނުންނާ އަދަދުނުވާ ދުއްވާތަކެތިން ފުރިގެންދެއެވެ. އެތަކެތިން އިއްވައިދޭ ކަންފަތަށް ތުރާ އަޑުތަކުން މުޅިދުނިޔެ ގުގުމާލައެވެ. އެތަކެތީގެ ނޭވާއާއި އެކު ޖައްވުތެރައަށް އަރައިގެންދާ ހުދުދުންތަކުން މަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނުވައެވެ. ކުރާނީވެސް ފަހެ ކީއް ހެއްޔެވެ؟ މިހާރު މިކަންތައްތަކަށް އާދަ ވެއްޖެއެވެ. މިހާރު މިއީ 2050 ކަމަށް ޤަބޫލުކުރަންވެސް ދައްޗެވެ.

ފާއިތުވަމުންދާ ކޮންމެ ދުވަހެއްގެ ފެށުން އޮންނަނީ މިފަދަ ގޮތަކަށެވެ. ދެންގޮސް ވަރުބަލިވެފައިވާ ޙާލު އިރު އަލްވަދާޢުކިޔާ ވަގުތު އެމަންޒަރުތައް ތަކުރާރުވާތަން ދެކޭނެއެވެ. އަދި އެއަށްފަހު ރޭގަނޑުގެ ގަޑި ހިނިތުންވެ ދިހައެއް ޖަހާއިރު ކާއިނާތަށް ޢިދު އަންނަހެން ހީވާނެއެވެ. ގޭތެރެއިން މިޔުޒިކާއި މަޖާކުރުމުގެ އަޑުތައް އިވެން ފަށާނެއެވެ. ހަކުރަށް ހިނިދުވާހެން ބާޒާރުތައް ފުރެމުން ދާނެއެވެ. ދެންފަހެ ޓްރެފިކުގައި ޖެހިފައިވާ ދުއްވާ ތަކެތީގެ ކުލަ ހުސްނުވާ ބޮކިތަކުން މުޅިރަށް ރޯޝަން ކުރުވާނެއެވެ.

އަދުގެ މިހީނުކުރާ ބަދަލުތައް ނޭނގޭ ޙާލު ދުނިޔޭގެފިކުރެއްނެތި ބަންދުވެފައިވާ އަނދިރި ކޮޓަރިއެއްގެ ތެރޭގައި ހުރި ލަކުޑި އައްޓެއްގައި ހަޔާތުގެ ފަހު ވަގުތުތައް ގުނަމުންދިޔަ އިބުރާހީމްބެ އޮތެވެ. އޭނާގެ ޝަކުވާއިން ފުރިފައިވާ މޫނުމަތި އާދޭހާ އުއްމީދުން ފުރިފައިވާ ދެލޯ އޭނާގެ ޙާޔާތުނަމާ ފުރިހަމައަށް ބަޔާން ކުރެއެވެ. އަތްފައި ގުޑުވާލެވެނީއަކީ ނޫނެވެ. އަނގައިން ލަފުޒެއް ބޭރުކުރެވެނީއަކީ ނޫނެވެ. ހިތުގައި އޮތީ އެންމެ އުއްމީދެކެވެ. އެންމެ ހުވަފެނެކެވެ. މިއަދުގެ ބޭނުމަކީވެސް މަންޒިލަކީވެސް ހަމައެއީއެވެ. ދުނިޔޭގައި އެކަނިވެރިވުމުން އުއްމީދުކުރެވޭނީވެސް ފަހެ ކޮންކަމަކަށް ހެއްޔެވެ؟

އިބުރާހީމްބެގެ ބަޔޮގުރަފީ ބަލައި ހާވައިފިނަމަ ކޮންމެ ޞަފުހާއަކުވެސް ކުލަގަދަކޮށް ލިޔެވިފާވަނީ ވީ ޤުުރުބަނީ ތަކުގެ ވާހަކައެވެ. އޭނާއަކީ އަމިއްލަ އުފަލަށްވުރެ އެހެންމީހުންގެ އެދުންތަކަށް އިސްކަންދިން ސޭކެކެވެ. ނަމަވެސް ބަދަލުގައި ލިބުނީ ކޮން އެއްޗެއް ހެއްޔެވެ؟ ހެޔޮކަމުގެ ބަދަލުގައި ތެޔޮ ހަމެކެވެ. ޅައުމުރުގައި މައިންބަފައިންގެ ލޯބިން މަޙުރޫމްވިއެވެ. ޒުވާން ދުވަސްވަރު އެކުވެރިން ޖެހި މަޅީގައި ބެދި ނިކަމެތި ވިއެވެ. އަނތްބެއްގެ ގޮތުގައި ގެންގުޅެވުނީ މަކަރުވެރި ހަރުފައެކެވެ. އަދި މިއަދު ދުނިޔެއާ އަލްވަދާޢު މިކިޔަނީ ދަރިން އެހީތެރިކަމުގެ ނަޞީބެއް ނުވާހާލުގައެވެ. އެފަދަ ބަދުނަޞީބެއް އެއްވެސް ފަރާތަކަށް ނުދެއްވުން އެދި އިބުރާހީމްބެ ރެޔާދުވާލު މަތިވެރިވަންތަ ކަލާންގެއަށް ދުޢާދަންނަވައެވެ.

ޢުމުރުގެ 20 އަހަރު ދަރިންނަށް ތަޢުލީމުދީ އެކުދިންގެ ޚަރަދުތައް ބަލަހައްޓާ އުއްމީދުތައް ފުރިހަމަކޮށްދިނުމަށް އިބުރާހީމްބެ ހޭދަކުރިއެވެ. އަނބިއައިސަ ގެއާއި ދަރިން ދޫކޮށް ދިއުމުން މަންމައާއި ބައްޕައެއްގެ ވާޖިބު ޝަކުވައަކާއިނުލާ އިބުރާހީމްބެ އަދާކުރިއެވެ. އެކުދިންގެ ކާނާއިން ފެށިގެން އަންނައުނަށް ދާންދެން ގަނެދީ އެކުދިން އެއްޗަކަށްއެދި އަތްދިއްކުރުމުގެ ކުރިން އަތްފޯރާހިސާބަށް އެބޭނުންވާ އެއްޗެއް އިބުރާހިމްބެ ގެނެސްދެއެެއެވެ. ފުރިހަމަ މިނިވަންކަން ދިނެވެ. ލޯތްބާއި ކުލުނު ދިނެވެ. ނަމަވެސް ބަދަލުގައި މި މުސްކުޅި ބައްޕަގެ އުއްމީދުތައް ފުނޑުފުނޑުކޮށް އިބުރަހީމްބެގެ ދެދަރިން ސާމިރުއާއި ސާޖިދު ފުރައިގެން އެދިޔައީ ބައްޕަގެ އާދޭހުގެ އަޑުވެސް ނީވޭ ހިސާބަށެވެ. އިބުރާހީމްބެގެ އަތުގައި ހިފާ ފަހު ދުވަހު އެހީތެރިވުމުގެ ބަދަލުގައި އަސާބުރިއެއްގެ އިތުބާރުގައި ދުނިޔޭގެ އުނދަގޫ ދަތުރު ނިންމުމުގެ ޔަޤީންކަން ދީފައެވެ. އިބުރާހީމްބެގެ ތަރުބިއްޔަތުގެ އުނިކަން ސާބިތުކޮށްދީފައެވެ. މިޒާމާނުގެ ދަރިން މިފަދަ ދަރިންނަށް ނުވާނެ ނަމައޭ އިބުރާހީމްބެގެ ހިތަށް އަރައެވެ.

ސިކުނދިތެރޭގައި ކުލަފަނޑު ތަޞްވީރުތަކެއްގެ ސިފައިގާ ފާޅުވަމުންދިޔަ މަޒީގެ ހިތި ހަނދާންތަކާއެކު ހިތްހަމަ ޖެހުމުގެ ނިންޖަކުން އިބުރާހީމްބެ ނިދާލިއެވެ. އަބަދުގެ އަބަދަށެވެ. ދާއިމީ އުފާ ހޯދުމުނެ ނިޔަތުގައެވެ.

2050 ވަނައަހަރާއި ހަމައަށް ދެވޭއިރު އިންސާނީ ގުޅުންތައް މިފަދައިން ބަދަލުވެގެނދާނެބާވައެވެ؟ އަމުދުން އިންސާނިއްޔަތުވެސް މިދުނިޔޭގައި ނޭވާލާނެ ބާވައެވެ! މިފަދައިން ކޮންމެ އަހަރަކު އެތައް އިބުރާހީމްބެއެއް މިދުނިޔެއާ ވަކިވެގެން ދެއެވެ. ދަރިންގެ ލޯތްބާ އަޅާލުމަށް އާދޭސްކޮށް ގިސްލަމުންނެވެ. މިހާރުގެ ޙާލަތު މިހެން ހުރިނަމަ 2050 ވަނަ އަހަރުވާނީ ކިހިނެތްބާވައެވެ؟

(ނިމުނީ)

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)Add Comment
...
ލިޔުނީ ޒުވާނުން, 2009-12-04 13:32:10
ސަޅި....ފުނަދޫ "ޅަ" ޒުވާނުން ގެ ލިޔުންތައް ފެންނާތި މަ ވެސް ހިތައް އަރަނީ 2050ގަ ކިހާވަރަކުން ދާނެ ބާއޭޭޭޭޭ......ހީހީހީހީ
...
ލިޔުނީ €ނާޤިދު , 2009-12-04 19:46:18
ވާހަކައަކާއި، މަޒުމޫނެއް އެކުވެފައިވާ ލިޔުމެކެވެ. ފިކުރާއި ޚިޔާލު ރަނގަޅެވެ. އެކަމަކު ހުށަހަޅައިދެއްވުމުގައި ނުވަތަ މައްސަލަ ނިއުޅައިދެއްވުމުގައި ކޮންމެހެން ހިމެނެންޖެހޭ ބައެއް ނުކުތާ ލޮލުގައި އަޅައިގަންނަ ގޮތެއް ނުވި އެވެ. އެކަން ފުރިހަމަ ވެގެން އައިނަމަ ވަރަށް ރަނގަޅުވީހޭ ހިތަށް އެރި އެވެ. ޝަޚްޞިއްޔަތު ބިނާ ކުރުމަކީ ވެސް މި ފަދަ ލިޔުމެއްގައި ވަރަށް މުހިންމު ކަމެކެވެ. 2050ގެ ތަޞައްވުރެއްގައި، އިބްރާހީމްބެއަކާއި، އައިސައެއް ގެންގުޅުއްވުމަށްވުރެ، އިއްބެ އަކާއި އައިޝް އެއް ގެންގުޅުއްވި ނަމަ ޝަޚުޞިއްޔަތު ބިނާކުރުމުގައި ނަންކަނޑައެޅުން ޙާލަތަށް ފެތުނީސްކަމަށް ބެލެވެ އެވެ. މި ފަދަ ނުކުތާތަކަށް ވިސްނަވައި އިތުރަށް ލިޔުންތެރި ކަމުގެ ރޮނގުގައި ކުރިޔަށް ވަޑައިގަންނަވާނެ ކަމަށް އުންމީދުކޮށް، އެކަމަށް ހިތްވަރާއި ސާބަސް އަރުވަމެވެ.
...
ލިޔުނީ އަލީ, 2009-12-04 23:47:42
ވިލިޔުމަކީ ވަރަށް ރަނގަޅު ލިޔުމެކޭ މުޅިން ނުދެންނެވޭނެއެވެ. ނަމަވެސް މިލިޔުމުގައި ގެންގުޅިފައި ހުރި ފިކުރު ވަރަށްވެސް ތަނަވަހެވެ. ނާގިދު ވިދާޅުވިފަދަ ކަންތައްތަކެއް އަޅުގަނޑަށްވެސް ފާހަގަކުރެވުނެވެ. އެފަދަ ކަންތައްތަކަށް ތަންކޮޅެއް ބޮޑަށް ސަމާލުކަން ދެއްވިނަމަ މިލިޔުމަކީ ވަރަށް ރަނގަޅުލިޔުމަކަށް ވާނެއެވެ. [ތަރުބިއްޔަތު 2050 ގެ ވާހަކަ [ މިހެން ސުރުހީގައި އޮތުމުން އަޅުގަނޑުވެސް ފުރަތަމަ ހީކުރީ ވާހަކައެއް ކަމަށެވެ. ނަމަވެސް ކިޔަންފެށުމުން ވާހަކައެއްގެ ސިފައެއް ނުފެނުނެވެ. ދެން ބަލާލީ ފަންވަތުން ކެޓަގަރީ ކޮއްފައި އޮތީ ކޮންގޮތަކަށް ތޯއެވެ. ފަންވަތުން މިލިޔުން ހިމަނާފައި ވާނީ [ދިވެހި - ތަޢުލީމާއި ތަރުބިޔަތު ] މިބައިގައެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 


އިތުރު މަޒްމޫނު


މިވަގުތު ފަންވަތުގައި

މިވަގުތު 22 ކިޔުންތެރިން އޮންލައިން

ހޮޅުއަށީގައި

އެކަކުވެސް ނެތް

ފަންވަތުގެ ޖަވާހިރު

ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ.
ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ.
ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ.
ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ.
ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ.
ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ.
އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ.
ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ.

މެހެމާނުނުންގެ އަދަދު

މިހާތަނަށް : 1300613
free counters
ބެލި ޢަދަދު: 577