މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| މުދައްރިސެއްގެ ހަޔާތުން ޢިބުރަތްތެރި ޞަފުޙާއެއް |
|
|
| ދިވެހި - ތަޢުލީމާއި ތަރުބިޔަތު | |||
| 02 އެޕރީލް 2009، 01:24 ބުރާސްފަތި | |||
އާމިނަތު ޝާފިޔާ އާދަމް ތަސްމީނާގެ ކިޔަވައިދިނުމުގެ ދެވަނައަހަރަށް ފެށިފައިވަނިކޮށް ގުރޭޑް5އަކުން ޝާބިން ކިޔާ ކުއްޖަކާ ދިމާވިއެވެ. އޭރު އޭނާ ހުރީ އެހާ ސާފުކޮށެއްނޫނެވެ. ފަހަތަށް ޖެހެމުން ޖެހުމުން ގޮސް އޭނާ އިށީނީ ކުލާހުގެ އެންމެ ފަހަތުގައެވެ. ކުއްލިއަކަށް އެދުވަސް ތަސްމީނާ ހަދާނަށް އައެވެ. އެހިނދު ތަސްމީނާ އަށް ހިތާ ހިތާ އެކަމާ މެދު ވިސްނަން ފެށުނެވެ. އެދުވަހު އަހަރެން އޭނާއާދިމާއަށް އެއްޗެއް ނުބުނިކަމުގައިވިޔަސް އޭނާއާ ދޭތެރޭގައި ހިތްހަމަ ނުޖެހިފައިވާކަން ހުރިހާކުދިންނަށް ފާހަގަކުރެވިގެން ދިޔައެވެ. އެދުވަހުންފެށިގެން އެކުއްޖާއަކީ ކުދިން މާގަޔާވާ ކުއްޖަކަށް ނުވިއެވެ. މިކަން އޭނާއަށް ވެސް ވަރަށް ބޮޑަށް އެގެއެވެ. ނަމަވެސް އެއީ ކީއްވެގެންކަމެއް ލަފައެއް ނުކުރެވެއެވެ. ހަމައެކަނި އެނގޭ ހާވެސް ކަމަކީ އޭނާއަކީ މީހުން ގަޔާނުވާ ކުއްޖެއް ކަމެވެ. އެހެންކަމުން ކުދިންނާ މާބޮޑަށް އެކުވެގެން އުޅޭކަށް އޭނާ މަސައްކަތެއް ނުކުރެއެވެ. އެކިފަހަރުމަތިން ކުރެވޭ މަސައްކަތްތަކުން އޭނާ ގުރޭޑް 6އަކަށް ދާވަރަށް ލެވެލް މަތިނުކުރެވޭނެކަން އަހަރެންނަށް ވިސްނެމުންދިޔައެވެ. މިބީދައިން ވިސްނޭތީ އެކަމާމެދު ރަގަޅު ފިޔަވަޅުތަކެއް އެޅުމަށްޓަކައި އޭނާގެ ކުރީގެ ފައިލުތައް އަހަރެން ބަލަންފެށީމެވެ. މިގޮތުން ފާހަގަ ކުރެވުނީ... ގުރޭޑް1ގައި ގޭގެ ޙާލަތު އެހާ ދެރަކަމާއެކުވެސް އޭނާގެ ނަތީޖާ ފުދޭވަރެއްވުމާއެކު ސުލޫކު ރަގަޅެވެ. ގުރޭޑް2ގައި މަންމަ އަބަދު ބަލިވެ އުޅުނު ކަމުގައި ވިޔަސް ކުރީއަހަރަށްވުރެ ނަތީޖާ ރަގަޅު ކުރިއެވެ. އޭގެއިތުރުން ގެއިން އެއްވެސް އެހީތެރިކަމެއް ނުލިބި ކިޔެވުން ކުރިޔަށް ގެންދިޔައެވެ. ގުރޭޑް3ގައި އޭނާއަކީ އުފާވެރި ކުއްޖެކެވެ. އެހެން ކުދިންނަށް އެހީތެރިވާ ކުއްޖެކެވެ. ނަމަވެސް އުނގެނުން ވަރަށް ލަސްކަމަށް ފާހަގަ ކުރެވިފައިވެއެވެ. އެއަހަރު އޭނާގެ މަންމަ ވެސް އޭނާދޫކޮށް ހިގައްޖެއެވެ. ގުރޭޑް4ގައި އުނގެނުން ވަރަށް ލަހެވެ. ނަމަވެސް އަޚްލާޤު ވަރަށް ރަގަޅެވެ. އޭނާ ކުރިއެރުވުމަށް ބައްޕަގެ ފަރާތުން މާބޮޑު ތަރުހީބެއް ލިބިފައެއްވެސް ނެތެވެ. މިގޮތަށް އެއްކުލާސް އަނެއްކުލާސް ބަދަލުވަމުންގޮސް މިހާރު ގުރޭޑް5އަކަށް އައިނަމަވެސް މިއަހަރު ރިޕީޓް ކުރަން ޖެހޭނަކަން ކަށަވަރެވެ. އޭނާ ލައްވާ އިތުރު މަސައްކަތް ކުރެވިދާނެއޭ ފައިލުތައް ބަލަން އިދެގެން އަހަރެންނަށް ހިތާހިތާ ކިޔުނެވެ. އަހަރުގެ ފުރަތަމަ ޓާރމުގެ އެންމެ ފަހު ދުވަސް އައިސްފިއެވެ. ހުރިހާ ކުދިން މުދައްރިސަށް ހަދިޔާ ތައްޔާރު ކޮށްފައި ހުއްޓެވެ. އެނެމްފަހުން ޝާބިންގެ ހަދިޔާގެ މަތީގައި އިން މުށިކުލައިގެ ޓޭޕްކޮޅު ނައްޓާލައިފީމެވެ. އޭގައި އަތުގައި އަޅާ ކެވެލިކޮޅެއްއޮތެވެ. އެއިން ބައެއް ފިތްތައް ވެސް މަދެވެ. އަދި އެއްބައި ހުރި ކްލޯންފުޅިއެއްވެސް އޮތެވެ. ކުދިން މަޑުމަޑުން ޗުކް ޗުކް ލައްވާ އަޑު އޭރުވެސް އިވެއެވެ. އަހަރެން ކެވެލިކޮޅު ނަގާ އަތުގައި ޖައްސާލީމެވެ. އަދި ޝާބިން އަށް ގޮވާލާފައި މިސްއަތުގައި މިއަވަހަށް އަޅާލަދޭން އަންނާށޭބުނީމެވެ. އަދި ކުލާހުގެ ހުރިހާ ކުދިންނަށް އަތުގައި އަޅާފައި އޮތް ކެވެލިކޮޅު ދައްކާލީމެވެ. ހުރިހާ ކުދިން މޫނަށް ގޮތްގޮތް ހަދާ އާހއޫހ ލައްވަން ތިއްބެވެ. ނަމަވެސް އަހަރެން ކަންފަތް ކައިރީގައި ކްލޯނުކޮޅެއް އުނގުޅާލިތަން ފެނުމުން ހުރިހާ އަންހެން ކުދިން އައިސް މޭޒުކައިރީގައި އަތުރާލިއެވެ. ދެން ކޮންމެ ކުއްޖެއްގެ ކަންފަތް ކައިރީގައި ކްލޯނުކޮޅެއް އުނގުލާލަދިނީމެވެ. ހުރިހާ ކުދިންނުކުމެގެން ދިއުމުން ޝާބިން އައިސް މޭޒުކައިރީގައި ހުއްޓިލާފައި މަޑުމަޑުން ބުންޏެވެ. މިސްތިހީނލީ އަޅުގަޑުގެ މަންމަވެސް ހިނިތުންވެލާގޮތަށެވެ. މަންމަގެ ކެވެލިކޮޅު މިސްގެ އަތަށް ވަރަށް ރީއްޗެވެ. ތިއާދޭތެރޭ މިސް ހިތްހަމަޖެހުމުން އަޅުގަޑު ވަރަށް އުފާވިއެވެ. އެހެން ބުނުމާއެކު އޭނާ ކުލާހުން ހިގައްޖެއެވެ. އަހަރެން ދޮރު ތަޅުއަލުވާލާފައި މޭޒުކައިރީގައި އިށީދެލީމެވެ. އޭނާއާމެދު ވިސްނާ ލެވުމުން ލޮލުން ފެން އައެވެ. ފުރަތަމައިނުން އޭނާއާދެތެރޭގައި ކަންތައްތައް ކުރެވުނު ގޮތް ހަދާންވެފައި، އިހާނެތިކޮށްލާ އެކަހެރި ކުރެވުނީތީ ވަރަށް ދެރަވިއެވެ. އެކަމުގެ ބަދަލުގައި ޝާބިން އަށް އެހީވެދިނުމަށް އަހަރެން ނިންމީމެވެ. އޭގެފަހުން ދެވަނަޓާރމުގެ ކޮންމެ މެދނެދުރުފަހަކު ކުލާސް ނިމުމުން ޝާބިން އަށް އިތުރު ވަޤުތުދެމެވެ. ވަރަށް ބޮޑަށް އެހީތެރިވެދިނީމެވެ. ބައެއް ދުވަސްދުވަހު އަހަރެން ފިލާވަޅު ތައްޔާރު ކުރާއިރު އަމިއްލައަށް މަސައްކަތްތައް ކުރަން ވެސް އިނދެއެވެ. އޭގެ ސަބަބުން ލަސްލަހުން ނަމަވެސް އޭނާގެ ނަތީޖާ ރަގަޅުވާން ފެށިއެވެ. އެހެންކަމުން ފަހު ޓާރމުގައި ކުލާހުގެ އެންމެ ނަތީޖާ ރަގަޅުކުދިންގެ ތެރޭގައި ޝާބިން ވެސް ހިމެނުނެވެ. އޭގެފަހުން 7އަހަރުފަހުން ނޫނީ ޝާބިންގެ ފާރާތުން ޚަބަރެއް ނުވެއެވެ. އެއްދުވަހަކު އަހަރެންނަށް އީމެއިލެއް ފޮނުވާފައި އޮތެވެ. އޭގައިވަނީ "މިސްއެވެ. އެންމެ ފުރަތަމަ މިޚަބަރު އަޑުއަހާމީހާއަށް މިސްވުމަށް އެދޭތީ ލިޔަމެވެ. އަޅުގަޑު ކުލާހުން 2ވަނަ ދަރިވަރުގެ ގޮތުގައި ހޮވިއްޖެއެވެ." އަނެއްކާ ހަތަރު އަހަރުފަހުން އެހެން މެއިލެއް ލިބުނެވެ. އޭގައި ވަނީ" މިކަން އެނެމް ފުރަތަމަ އެގެން ބޭނުންވަނީ މިސްއަށް ކަމަށްވާތީ ލިޔަމެވެ. އަޅުގަޑު ޔުނިވަރސިޓީ ނިންމާ ކުލާހުން އެއްވަނަ މިފަހަރު ލިބޭވާހަކަ ބުނެލަމެވެ. ޔުނިވަރސީޓީގައި ކިޔެވުމަކީ ފަސޭހަކަމެއް ނޫންކަން މިސްއަށްވެސް އެގިލައްވާނެއެވެ." އޭގެފަހުން މިއަދު މިއީ އަނެއްކާ ޝާބިންގެ މެއިލެއް ލިބުނު ދުވަހެކެވެ. އޭގައިވަނީ "މިކަން ފުރަތަމަ އެގެން ބޭނުންވަނީ މިސްއަށް ކަމަށްވާތީ ލިޔަމެވެ. މިހާރު އަޅުގަޑު މާސްޓާރސް ހަދާ ނިމުނީއެވެ. އަދި މިމަހު އަޅުގަޑު ކައިވެނި ކުރަނީއެވެ. އެހެންވެ އަޅުގަޑުގެ މަންމަގެ ޖާގައިގައި މިސް އިންނެވުމަށް ވަރަށް ބޮޑަށް އެދެމެވެ. އަޅުގަޑުގެ ޢާއިލާގެ މިހާރު އެހެންމީހެއް ނެތެވެ. މިދިޔަ އަހަރު ބައްޕަވެސް ނިޔާވެއްޖެއެވެ. "ދިވެހިބަހުން ކިޔަން ފަސޭހަކުރުމަށްޓަކައި އަސްލު ދިވެހިނަންތަކަށް ބަދަލުކޮށްލެވިފައިވާނެއެވެ. މިއީ ޙާޤީޤީ ވާހަކައެއްގެ ތަރުޖަމާއެކެވެ." ރެފްރަންސް: ވުލުފޯކް(2007). އެޑިޔުކޭޝަނަލް ސައިކޮލޮޖީ. އެމެރިކާ، އެލިން އަދި ބާކޮން. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
...
ލިޔުނީ ސްނޯ ޑްރޮޕް, 2009-04-19 04:09:57
މިއީ ހާދަހާ ރީތި ވާހަކައެކޭ. އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވެސް މިފަދަ ކުދިންތައް މަދެކޭ ނުދެންނެވޭނެ. އަޅުގަނޑުމެންގެ ދަރިވަރުންގެ މުދައްރިސުންގެ ފަރާތުންވެސް މިފަދަ އެއްބާރު ލުމާ އެހީތެރިކަން ލިބޭނެ ނަމަ ކޮންފަދަ ތޯ އޭ ހިތައް އަރާ. އެ މުދައްރިސް އެ ދެއްކެވި ނަމުނާ ދެއްކޭ ނަމަ އެފަދަ އިން ކަންތައް ކޮށް ދޭނަމަ އަޅުގަނޑުމެންގެ ޅަ މުޖުތަމަޢުންވެސް ހިތްވަރުލައިގެން ނަމޫނާ ދަރިވަރަކަށް ވުމައް މަސައްކަތް ކުރާނެ ކަން ގައިމު.
... ލިޔުނީ najuwa, 2009-09-10 04:02:56
varah iburatheri adhi varah furihama adhi hama ehnmeme vaahakain mudharissun ge masuliyyathakee hamaekani kiyavaidhinun noonkan kudhinnah oagaatheri vumaa ahee therikan dhinumaa konme fenvaregge kujjakaves thafaathu nukoh loabi dheyn jeheynekan varah boda engigen dheye .hama ehenme mi liumakee mihaaruge mudharissunah varah beynun theri liumeke
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|