މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ދަރިވަރުން މަދަރުސާގައި ހިންގާ ޙަރަކާތްތަކުގައި ތިޔަ ބެލެނިވެރިންވެސް ބައިވެރިވެ ވަޑައިގަންނަވާށެވެ! |
|
|
| ދިވެހި - ތަޢުލީމާއި ތަރުބިޔަތު | |||
| 20 އެޕރީލް 2009، 15:01 ހޯމަ | |||
|
އަޙްމަދު ރަޝީދު އެސްޖެހިގެ، ލ. ފޮނަދޫ ދަރިވަރުންގެ މަދަރުސީ ޙަޔާތުގައި ބެލެނިވެރިންގެ ނުހަނުބޮޑު ޙިއްޞާއެއް ވެއެވެ. މިދެންނެވީ މަދަރުސާގެ ކަންކަމުގައި ބައިވެރިވެލައްވަން ޖެހިވަޑައިގަންނަވާނެ ވާހަކައެވެ. މިފަދަ ކަންކަމުގައި ބައިވެރިވުމަކީ ބުރަ އަދި ވަގުތުތަކެއް ހޭދަކުރަން ޖެހޭ ކަންކަމެވެ. އެހެނަސް އެއިގެ ސަބަބުން ކުރާނެ ފައިދާތައް ޢަދަދުނުކުރެވޭހާ ގިނަގުނައެވެ. އެމެރިކާގެ ޤައުމީ ބެލެނެވެރިންނާއި މުދައްރިސުންގެ ޖަމްޢިއްޔާއިން ހާމަކުރާގޮތުގައި ދިރާސާތަކުން ދައްކާގޮތުން ބެލެނެވެރިން މަދަރުސާގެ ޙަރަކާތްތަކުގައި ބައިވެރިވުމުން ދަރިވަރުން:މަތީ މާރކްސް ހޯދުން، އިމްތިޙާނުތަކުގައި ރަގަޅަށް މަސައްކަތްކޮށް އަރުތަވެރި ދަސްވެނިވުމަކާއި ހަމައަށް ވާޞިލްވުމަށް ބާރު އަޅައެވެ. ޙާޟިރީއަށް ސަމާލުކަންދިނުން އިތުރުވެއެވެ. •ކަންކަމުގައި އިސްނެގުން އިތުރުވުމާއި އެކުދިން އަމިއްލަނަފުސަށްކުރާ އިތުބާރު ގަދަކޮށްދެއެވެ. •ތަފާތު މައްސަލަތަކުގައި ކުދިން ސަސްޕެންޑް (ގޭގައި ބަންދު) ކުރަންޖެހޭ މިންވަރު ދަށްކޮށްދެއެވެ. •ދުންފަތުގެ އިސްތިޢްމާލުކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި ދުރުހެލިކުރުވައެވެ. •ސީރިއަސް އަޚްލާޤީ މައްސަލަތައް މަދުވެއެވެ. • މަތީ ގްރޭޑްތަކަށް ދަރިވަރުން ވަންނަ ނިސްބަތް އިތުރުކޮށްދެއެވެ. ބައިވެރިވުމަށް ކުރާނީ ކޮންކަމެއް ހެއްޔެވެ؟ ބައިވެރިވާނީ ކިހިނެއް ހެއްޔެވެ؟ޙާޟިރުވާށެވެ. ބުރަކޮށް އުޅުއްވަމުން ނަމަވެސް ވަގުތު ހޯއްދަވައިގެން ބެލެނެވެރިންނާއި މުދައްރިސުންގެ ޖަމްޢިއްޔާގެ ޢާއްމު ބައްދަލުވުން ނުވަތަ ސްކޫލްގައި ބެލެނެވެރިންނަށް ބައިވެރިވެވޭގޮތަށް ހިންގޭ އެހެނިހެން ޙަރަކާތްތަކާއި ޖަލްސާތަކުގައިވެސް ބައިވެރިވެވަޑައިގަންނަވާށެވެ. އޭރުން ތިބާ އެކުދިންގެ ކިޔެވުމުގެ ކަންކަމުގައި ސަމާލުކަން ދެއްވާމިންވަރު ފެނި އެކަމުގެ އަގުވަޒަން ކުރާނެއެވެ. މީގެއިތުރުން މިކަމުގެ ސަބަބުން މުދައްރިސުންނާއި ބަލެނެވެރިންނާއި ބައްދަލުވެލާ މުޢާމަލާތުކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ. ދުވަހުންދުވަހަށް ނޯޓިސްބޯޑް ބައްލަވާށެވެ. ބެލެނެވެރިންނަށް ސްކޫލުގެ ފަރާތުން އަންގަންޖެހޭ އެންގުންތައް އެންގުމަށް އެހެން ވަޞީލަތެއް ނުވާނަމަ ކޮންމެދުވަހަކުވެސް ނޯޓިސްބޯޑް ބައްލަވާށެވެ. ކުލާހުގެ މުދައްރިސުންނާއި ސްޕަރވައިޒަރުންނާއި ޕީ.ޓީ.އޭ ގެ އިސްބޭފުޅުންނާއި ވާހަކަދައްކަވާށެވެ. ސްކޫލްގެ ޙަރަކާތްތަކުގައި ތިބާއަށް ހިއްސާވެވެން އޮތްނަމަ އެކަމާއިމެދު މިފަދަ ބޭފުޅުންނާއި ވާހަކަދައްކަވާށެވެ. ސްކޫލުން ހިންގަވާ ބޮޑެތި ޙަރަކާތްތަކުގައި ބައިވެރިވެ ނުލެއްވުނަސް، ސްކޫލްގައި ނެރޭ ފާރުނޫހަކަށް މަޒުމޫނެއް ލިޔުއްވުންފަދަ ކަމެއް ކުރެއްވިދާނެއެވެ. ނުވަތަ އެހެން ބެލެނެވެރިން ކަންކަމުގައި ބައިވެރިކުރުމަށް ބާރުއެޅުއްވިދާނެއެވެ. ޕީ.ޓީއޭ ގައި ބައިވެރިވެލައްވާށެވެ. ސްކޫލެއްގައި ހިންގާ ޙަރަކާތްކާއި ގުޅޭ މަޢްލޫމާތު ބެލެނެވެރިންނާއި ހަމައަށް ފޯރުކޮށްދިނުމުގެ ކުރީގައި ޕީ.ޓީ.އޭ އަށް އެގިފައިވާނެއެވެ. އެހެންކަމުން ޕީ.ޓީ.އޭ ގައި ދައުރެއް އަދާކުރެވޭތޯ ބައްލަވާށެވެ. ކޮންމެ ބެލެނެވެރިއަކަށް މިފުރުޞަތު ނުލިބުނަސް ކޮންމެ ބެލެނެވެރިއަކީވެސް ޕީ.ޓީ.އޭ ގެ މެމްބަރެއް ކަމުގައި ހަނދުމަފުޅު ބަހައްޓަވާށެވެ. ދޭދޭ ބެލެނެވެރިންނާއި ރަޙްމަތްތެރި ވެލައްވާށެވެ. ބެލެނެވެރިއެއްގެ ޒިންމާ އެއްމެ ފުރިހަމަގޮތުގައި އަދާކުރެއްވުމަކީ ފަސޭހަކަމެއްނޫނެވެ. އެހެންނަމަވެސް ގިނަބެލެނެވެރިންނާއި ގުޅުންބަދަހިކުރެއްވި ވަރަކަށް މިކަމުގައި ފަސޭހަވާނެއެވެ. މިގޮތުން ބެލެނެވެރިންގެ ފޯނު ނަމްބަރު ތަކުގެ އެހީގައި ބެލެނެވެރިނާއި މުޢާމަލާތުކުރުމަށް ވިއުގައެއް ޤާއިމް ކުރެވިދޭނެއެވެ. ނުވަތަ ބެލެނެވެރިންގެ ގްރޫޕްތައް މަހަކު އެއްފަހަރު ނަމަވެސް ކެފޭއެއް ފަދަ ހިތްހަމަޖެހޭ މާހައުލަކުން ބައްދަލުވެ ޚިޔާލުބަދަލުކޮށްލައްވާށެވެ. ސުކޫލު ވެހީގައި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުމަށް ފުރުޞަތެއް ލިބެން އޮތިއްޔާ އެފުރުޞަތެއް ނަންގަވައި ނުލައްވާ ފުރުޞަތުގެ ބޭނުން ކުރައްވާށެވެ!
|
| ހަމަ މި ގަލަމުން |
|---|