މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ލާރި އެއްކުރާ ދަޅު |
|
|
| ދިވެހި - ތަޢުލީމާއި ތަރުބިޔަތު | |||
| 25 އެޕރީލް 2009، 01:11 ހޮނިހިރު | |||
ލާރި އެއްކުރާ ދަޅުގެ އިތުރުން – ފައިސާގެންގުޅެ ބަލަހައްޓާނެގޮތް ކުދިންނަށް އޮޅުންފިލުވައިދިނުންލިޔުނީ: ކެރޮލީން ކާސްލްބެރީ ތަރުޖަމާ: އަޙްމަދު ރަޝީދުފައިސާގެންގުޅުމާއި ފައިސާއާއިބެހޭ ކަންކަމުގެ ވާހަކަ އެކުދިންނަށް އޮޅުންފިލުވައިދޭންވީ ކޮންއިރަކުތޯ އަޅުގަނޑު ކުރެން ވަރަށްގިނަ ބެލެނެވެރިން ސުވާލުކުރައްވައެެވެ. މިސުވާލުގެ ޖަވާބު އަޅުގަނޑުދޭނީ އެންްމެބަހަކުންނެވެ. ތިޔަ ސުވާލުކުރައްވާ ކަންތައްތައް ދަސްކޮށްދެއްވަންވީ ''އިއްޔެ'' އެވެ. އަޅުގަނޑުމެންގެ ދަރިންނަށް ފައިސާއާއިގުޅުމުގެ ކަންކަން ދަސްކޮށްދޭންވީ ވީހާވެސް ޅަފަތުގައެވެ. ދެން އުފެދޭނެ ސުވާލަކީ ކިހާ ޅަފަތެއްގައިތޯ އެވެ؟ ޖަވާބަކީ ވީހާވެސް ޅަފަތުގައެވެ. ކުދިންނަށް ގުނަން ދަސްވުމާއި ހަމައިން ފެށިގެން އެކުދިންނަށް ފައިސާއާއި ގުޅޭ ކަންކަން އެނގެން ފަށާނެއެވެ. މި ޢުމުރުގައި ކުދިންގެ އަތަށް ފައިސާ ނުދެއްވިޔަސް ފައިސާގެ މުހިންްމުކަމާއި ފައިސާރައްކާކުރުމުގެ މުހިއްމުކަމުގެ ވާހަކަތައް އެކުދިންނަށް އެކުދިންގެ ފެންވަރުން އޮޅުންފިލިވައިދެއްވިދާނެއެވެ. ޕްރީ ސްކޫލް ދުވަސްވަރު މިޢުމުރުގެ ކުދިންނަށް ފައިސާ (ލާރި ފޮތި) ރައްކާކޮށް ގެންގުޅުމަށް ބާރުއެޅުއްވިދާނެއެވެ. މި ޢުމުރުގެ ކުދިންނަށް ފައިސާއަކީ ކޮންބޭނުމެއްކުރާ އެއްޗެއްކަން އެނގޭނެ އެވެ. އަދި ގަންނަންވީ ތަކެތި އިޚްތިޔާރުކުރުމަށް މަދުވައްތަރުކޮޅެއް ދެއްކިފައިވާހިނދު އިޚްތިޔާރުކުރަންވީ ރަނގަޅު ތަކެތިވެސް އެނގޭނެއެވެ. އެހެންނަމަވެސް މިޢުމުރުގައި އެކުދިންނަށް މާ ގިނަ ކަންތައްތަކެއް ނު އެނގޭނެކަންވެސް ހަނދުމަފުޅު ބަހައްޓަވާށެވެ. ޕްރައިމަރީ ކުލާސްތަކަށް ދާ ޢުމުރު މި ޢުމުރުގެ ކުދިންނަށް ޕްރީސްކޫލް ޢުމުރުފުރާ ކުދިންނަށްވުރެން ބޮޑަށް ފައިސާއާއިބެހޭގޮތުން ކަންތައްތައް އެނގޭނެއެވެ. އެހެންނަމަވެސް ފައިސާ މާރުވެގެންދާގޮތާއި ބަދަލުވާގޮތްތަކެއް ނޭނގޭނެއެވެ. މި ޢުމުރުގެ ކުދިން އެކުދިންގެ މައިންބަފައިން ފައިސާހޭދަކުރާގޮތް ނަކަލުކުރަންފަށާނެއެވެ. މައިންބަފައިންނަކީ ހެޔޮގޮތުގައި ހޭދަކުރާ ބަޔަކަށްވުމަކީ މިޢުމުރުގެ ކުދިންގެ ކުރިމަތީގައި ކޮންމެހެންވެސް ކުރަންޖެހޭނެކަމެކެވެ. މެދުމަދަރުސީ ޢުމުރު މިޢުމުރަކީ ''ޕިއަރ ޕްރެޝަރ'' ނުވަތަ ދޭދޭ ރައްޓެހިންގެ ފަރާތުން ކަންކަން އަށަގަންނަންފަށާ ޢުމުރެވެ. މި ޢުމުރުގެ ކުދިން ފައިސާހޯދުމާއި ޚަރަދުކުރުމުގައި ދޭދޭ ކުދިންނާއި ވާދަކުރެވޭތޯ މަސައްކަތްކުރާނެއެވެ. ގަންނަން ބޭނުންވާ ކޮންމެ އެއްޗެއް ގަތުމުގެ ޝައުޤުވެރިކަން މި ޢުމުރުގެ ކުދިންގެ ކިބައިގައި ގަދަވާނެއެވެ. އެހެންނަމަވެސް އުފާވެރި ޚަބަރަކީ މި ޢުމުރުގެ ކުދިންގެ ކިބައިގައި ފައިސާ ފަހަށްރައްކާކުރުމުގެ ޝައުޤުވެރިކަންވެސް އިތުރަށް ހުންނާނެއެވެ. އަދި މިކުދިން ފައިސާއިން މުޢާމަލާތުކޮށް އާމްދަނީއެއް ހޯދޭތޯވެސް މަސައްކަތްކުރާނެއެވެ. މިކުދިންނަށް ހިސާބު ޢިލްމުން ދަސްވެފައިވާ ހުނަރު ބޭނުންކޮށްގެން ފައިސާގެންގުޅޭނެއެވެ. ޓީން އޭޖް – ނުވަތަ ފުރާވަރު އުމުރުގެ ކުދިން މި ޢުމުރުގެ ކުދިން ފައިސާގެ މުޢާމަލާތުތަކުގައި އެކުދިންނަށް އަމިއްލަ މިނިވަންކަމެއް ލިބިފައި އޮތުމަށް ބޭނުންވާނެއެވެ. މިސާލަކަށް ޖިންސެއްގަތުމުގައި މަންމަ ނުވަތަ ބައްޕަ އިޚްތިޔާރުކުރާ ޖިންސްގެ ބަދަލުގައި މިކުދިން އިޚްތިޔާރުކުރާނީ އަމިއްލަ ހޮވުމެކެވެ. މި ޢުމުރުގެ ކުދިންގެ ގޭގެއަށް ލިބޭ އާމްދަނީއާ މެދު ވިސްނާނެއެވެ. ކުޑަ އާމްދަނީއެއް ލިބޭނަމަ އެކަމާއި ހިތްހަމަނުޖެހުން ފާޅުކުރާނެއެވެ. މި ޢުމުރުގެކުދިން ފައިސާ ރައްކާކުރާނެއެވެ. އަދި ކޭޝް ކާރޑް ނުވަތަ ކުރެޑިޓްކާރޑް ގެންގުޅެންފެށުމުގެ ފިކުރު ގެންގުޅޭނެއެވެ. ކޮންމެ ޢުމުރެއްގެ ކުއްޖެއް ނަމަވެސް ފައިސާ ގެންގުޅޭގޮތާއި ޚަރަދުކުރެވޭގޮތްތައް ބެލެނެވެރިންނަށް ރަނގަޅަށް އެނގެންޖެހޭނެއެވެ. މިކަމުގައިވެސް ބެލެނެވެރިން ވާންޖެހޭނީ ކުދިންނަށް ސަޕޯރޓްދޭ އަދި ކުދިންގެ ކޮންމެ ހަރަކާތެއް ރަގަޅަށް ބަލަމުންގެންދާ ފަރާތެއްކަމުގައެވެ
|
| ހަމަ މި ގަލަމުން |
|---|