މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ޝަޚުޞިއްޔަތު ބިނާކުރުމުގައި ވެށި އަދާކުރާ ދައުރު ބޮޑެވެ. |
|
|
| ދިވެހި - ތަޢުލީމާއި ތަރުބިޔަތު | |||
| 03 މެއި 2009، 00:03 އާދީއްތަ | |||
|
ޢަބްދުލްމުޢީދު ޙަސަން މީހެއްގެ ޝަޚުޞިއްޔަތު ބިނާވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ދެކަމެއް ވެއެވެ. އެ ދެކަމަކީ މަންމައާއި ބައްޕަގެ ކިބައިން ސިފަތައް ވާރުތަވުމާއި ތިމާވެށިން އަސަރުކުރުމެވެ. މަންމައާއި ބައްޕަގެ ކިބައިން ވާރުތަވާ ސިފަތައް ތަރައްގީ ކުރުމުގައި ތިމާވެށި އަދާކުރާ ދައުރު ވަރަށް ބޮޑެވެ. ވާރުތަވާ ސިފަތަކަކީ އިޖުތިމާޢީ ވެށްޓާ ވަކިކުރެވޭނެ އެއްޗެއް ނޫނެވެ. އެހެންކަމުން ކިތަންމެ ރަނގަޅު މަންމައަކާއި ބައްޕައަކަށް ވެސް ވިޔާނުދާ ދަރިޔަކު ލިބުމަކީ ވެދާނެ ކަމެކެވެ.ދަރިފުޅު ގެންގުޅޭ ވެށިންނާއި އޭނާއާއެކުގައި އުޅޭ އެކުވެރިންނާއި އަދި އޭނާއަށް ފެންނަ ކަންތައްތައް، އޭނާގެ އުޅުމާއި ގުޅުން ބައްޓަންކުރުމުގައި މައިންބަފައިންގެ ކިބައިން ވާރުތަވެފައިވާ ސިފަތަކަށްވުރެ ބޮޑު ދައުރެއް އަދާކުރެއެވެ. މީހެއްގެ ސުލޫކާއި އަޚުލާޤު އަދި ސިފައާއި ޝަޚުޞިއްޔަތު ބިނާވަނީ، ހަމައެކަނި އޭނާގެ މަންމައާއި ބައްޕަގެ ކިބައިން ވާރުތަވާ ސިފަތަކުން ކަމަށް އިހުޒަމާނުގެ ފިލޯސަފަރުން ހީކުރެއްވިއެވެ. ނަމަވެސް އެއީ ކުށް ހީއެއް ކަން، މިޒަމާނުގެ ޢިލްމީ ހޯދުންތަކުން ވަނީ އެނގި ކަށަވަރުވެފައެވެ. ތަރުބިއްޔަތު ކުރުމުގައި ވެށި ޙިއްޞާވާ މިންވަރު ބެއްލެވުމަށްޓަކައި ސައިންސްވެރިން ތަޙުލީލެއް ކުރައްވާފައި ވެއެވެ. އެ ތަޙުލީލުގައި ބޭނުންކުރެވުނީ މާބަނޑުވެފައިވާ މުސަޅަކާއި އޫރެކެވެ. މުސަޅުގެ ބަނޑުތެރޭގައި އޮތް ދަރީގެ އަނގައިން ސެލްތަކެއް ނެގުމަށްފަހު، އެސެލްތައް އޫރުގެ ބަނޑުތެރޭގައި އޮތް ދަރީގެ ބަނޑުގައި އިންދުނެވެ. ކުޑަދުވަސްކޮޅެއް ފަހުން އެނގުނު ގޮތުގައި މުސަޅުގެ އަނގައިން ނެގި ސެލްތައް އޫރުގެ ހަށިގަނޑުގައި ހެދިބޮޑުވާންފެށީ އޫރުގެ ބަނޑުގެ ގޮތުގައެވެ. މުސަޅުގެ އަނގައިގެ ގޮތުގައެއް ނޫނެވެ. ނަމަވެސް އެ ސެލްތަކުގެ މުސަޅުވަންތަކަން ދެމިއޮތެވެ. މި ތަޙުލީލުން އެނގުނު ގޮތުގައި، ސެލްތަކެއް ހެދިބޮޑުވާ ވެށި ބަދަލުވާއިރު، އޭގެ އަސްލު ބަދަލުނުވިޔަސް އެއީ ވެށްޓާ ގުޅޭގޮތަށް ބަދަލުވެދާނެ އެއްޗެކެވެ. ނަންގަނެވިދިޔަ ސައިންޓިފިކް ތަޙުލީލުގެ ނަތީޖާ، މާތްވެގެންވާ އިސްލާމްދީނަށް ނަސްރުދެއެވެ. އެހެނީ މާތްވެގެންވާ އިސްލާމްދީން ކަނޑައަޅާ ގޮތުގައި އިންސާނާ ވަކިގޮތަކަށް ބައްޓަންކުރަނީ އޭނާ ބޮޑުވެ ތަރުބިއްޔަތުވާ ވެށްޓެވެ. އެކަން ބަޔާންކޮށްދެއްވަމުން ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައި ވެއެވެ. (كل مولود يولد على الفطرة، فأبواه يهودانه أو ينصرانه أو يمجسانه) މާނައީ، ''ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. އޭނާ ޔަހޫދީކޮށް ނުވަތަ ނަޞާރާކޮށް ނުވަތަ މަޖޫސީކުރަނީ އޭނާގެ މަންމައާއި ބައްޕައެވެ.'' މަންމައާއި ބައްޕަގެ މާނައިގައި، ބެލެނިވެރިން ހިމެނެއެވެ. އަދި ތަރުބިއްޔަތު ކުރުމުގެ މަސްއޫލިއްޔަތު އުފުލާ މީހުން ވެސް ހިމެނެއެވެ. އެހެންވީމާ، މައިންބަފައިންގެ ކިބައިން ވާރުތަވާ ވިރާސީ ސިފަތަކުގެ އިތުރުން، ކުއްޖާގެ އުޅުމާއި ގުޅުން އަދި އޭނާގެ ޝަޚުޞިއްޔަތު ކަނޑައަޅަނީ އޭނާ ތަރުބިއްޔަތުކުރާ ވެށީގެ ތެރެއިންކަން އެބައެނގެއެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި ބަލަންޖެހޭ ކަންތައްތަކާމެދު ފަރުވާކުޑަކުރެވިއްޖެނަމަ، އެކަމުގެ ސަބަބުން ނުކުންނަ ނަތީޖާތައް ވަރަށް ވެސް ހިތިވާނެއެވެ. އަދި އޭގެ ހިތިކަން، މުޖުތަމަޢުގެ ގިނަބަޔަކު ރަހަބަލަން މަޖުބޫރުވާނެއެވެ. ތަރުބިއްޔަތުގެ ވެށްޓަކީ، ހެޔޮލަފާ، ހަރުދަނާ ވެށްޓަކަށް ހަދަންޖެހެނީ، ހަމަ ތިމާމެންގެ ލާބައާއި މަންފާއަށްޓަކައެވެ. ތިމާމެންގެ ދަރީންނަކީ، މުޖުތަމަޢާއި ޤައުމަށް ފައިދާހުރި، ހެޔޮލަފާ، ހަރުދަނާ ބަޔަކަށް ހެދުމަށްޓަކައެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)
![]()
...
ލިޔުނީ މަޤުތޫލު, 2009-05-03 05:01:07
ޫ ރެވި އޮއްޓަރެއްހައި ކުޑަ، އުހުދު ފަރުބަދަހައި ބަރު، ޖަވާހިރެއް.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ." (ޙަދީޘްފުޅެއްގެ މާނަ) |