ފަންވަތް ދިވެހި ތަޢުލީމާއި ތަރުބިއްޔަތު ކިޔުމުގެ ހުނަރު
ބެލި ޢަދަދު: 1352
ކިޔުމުގެ ހުނަރު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - ތަޢުލީމާއި ތަރުބިޔަތު
04 މެއި 2009، 00:01 ހޯމަ

ކިޔުމުގެ ހުނަރު އިތުރުކުރުވުމާއި އެއްވަރަށް އެހެނިހެން ހުނަރުތަކަށްވެސް


ސަމާލުކަންދޭން ޖެހެއެވެ.


އަޙްމަދު ރަޝީދު  އެސްޖެހިގެ، ލ. ފޮނަދޫ


އެމެރިކާގައި އެންމެފަހުން ދައުރު ހަމަކުރައްވާ ރައީސްކަމާއި ވަކިވެވަޑައިގެންނެވި ރައީސް ބުޝް ވެރިކަމާއި ޙަވާލުވެވަޑައިގެން، ވެވަޑައިގެންނެވި ވަޢްދުތަކުގެތެރޭގައި އެމެރިކާގެ ސްކޫލްތަކުގެ ގްރޭޑް 3 ނިންމާ ދަރިވަރުންނަށް ލިޔަންކިޔަން އެނގޭވަރު ހެއްދެވުމަށް ބާރުއަޅުއްވާނެ ކަމަށް ވިދާޅުވިއެވެ. އޭގެފަހުން މިހާރު ސްކޫލްތަކުގެ ދަރިވަރުން އެންމެ ބޮޑަށް ސަމާލުކަން ދެމުން އަންނަކަމަކީ ފޮތް ކިޔުމެވެ. ކިޔަން ދަސްކޮށް ފަރިތަކުރުމެވެ. މިކަމުގައި ސްކޫލްތައް ކުށްވެރިކުރެވޭނެ ޖާގައެއްނެތެވެ. އެހެނީ އެކުދިންނަށް ކިޔަން ދަސްކޮށްދިނުމުގެ ޒިންމާއެޅިފައިވާ ފަރާތަކީވެސް ސްކޫލްތަކެވެ.

މުހިންމުކަންތައް ފުރަތަމަ ކުރާށެވެ.


ކިޔަން ދަސްކުރުމަކީ އެހެނިހެން މާއްދާތައް އުނގެނުމަށް މަގުފަހިކުރުވާ ކަމެއްކަމުގައި ޔުނިވަރސިޓީ އޮފް ވަރޖީނިއާ ސްކޫލް އޮފް އެޑިއުކޭޝަންގެ ޑީން ރޮބަރޓް ޕިއަންޓާ ހާމަކުރައްވައެވެ. "ހިސާބު، ސައިންސް އަދި ހިސްޓްރީ އުނގެނުމަށްވެސް ލިޔަންކިޔަން އެގެންޖެހޭނެ". ޕިއަންޓާގެ ދިރާސާތަކުން ދައްކާގޮތުން ދަށް ގްރޭޑްތަކުގެ މާއްދާތަކުގައިވެސް ފިލާވަޅުހެދުމަށް ދެވިފައިވާ އިރުޝާދުތައް އެކުދިންނަށް ކިޔަން އެނގެންޖެހެއެވެ. މިކަމަށް އެމެރިކާގެ ސެންޓަރ އޮން އެޑިއުކޭޝަން ޕޮލިސީގެ ދިރާސާތައްވެސް އިއްތިފާޤުވެއެވެ. " މިހާރަކަށް އައިސް ގިނަ ސްކޫލްތަކަކުން ގެންދަނީ ކިޔުމުގެ ބަޔަށާއި ހިސާބުގެ ޢިލްމަށް ދޭ ސަމާލުކަން އިތުރުކުރަމުން". ސެންޓަރ އޮން އެޑިޔުކޭޝަން ޕޮލިސީގެ ރައީސް ޖެކް ޖެނިންގް ހާމަކުރެއެވެ.  

މިކަމަކީ އެދެވިގެންވާ ކަމެއްހެއްޔެވެ.


ކިޔުއްވުމުގެ ބައިތައް އިތުރުކުރުމާއި ހިސާބުގެ ޢިލްމަށް އެހާބޮޑަށް ސަމާލުކަން ދިނުމަކީ ކުރުން ރަނގަޅު ނުވަތަ ގޯސްކަމެއްކަމާއިމެދު މިހާރުވެސް ގެންދަނީ ބަހުސްތައް ކުރެވެމުންނެވެ. އެއްގޮތަކުން ވިސްނާއިރު މިގޮތަށް ޢަމަލުކުރުމުން ކުއްޖާއަށް ކުރިއެރުންތަކެއް ލިއްބައިދެއެވެ. އަނެއްކޮޅުން ބަލާއިރު މިކަމުގައި އެތަކެއް ވަގުތެއް ހޭދަވެ، އެހެނިހެން މާއްދާތަކަށް ދޭންޖެހޭ ސަމާލުކަން ކުޑަވުންފަދަ މައްސަލަތައް ކުރިމަތިވަމުން ދެއެވެ. ސްކޫލްތަކުގެ ނަތީޖާތައް ރަނގަޅުވިއަސް ގައުމީ ފެންވަރުގައި ދެވޭ އިމްތިޙާންތަކުގެ ނަތީޖާ އުޑާއިބިމާހައި ތަފާތު ދައްކައެވެ. ދަރިވަރުންނަށް ކިޔުމުގެ ބައިތައް އިތުރު ކުރުމަކީ މައްސަލައެއްނޫނެވެ. އެހެންނަމަވެސް އެކުދިންނަށް އެހެނިހެން މާއްދާތައް އުނގެނުމާއި ދުނިޔެއަށް ލޯހުޅުވުމުގެ ފުރުޞަތު ލިބިދޭން ޖެހެއެވެ.

މި އަދު ދިވެހިރާއްޖޭގެ ސުކޫލުތަކުގައި ވަށާޖެހިފައިވާ ތަޢުލީމުގެ ނިޒާމް ތަޢާރަފުކުރެވިފައި ވުމަކީ މިދެންނެވި ކަންކަމަށް ބާރުއަޅާ ކަމެކެވެ. މަދަރުސާތަކަށް ދާ ދަރިވަރުން މިއަދު ހޯދަމުންގެންދާ ނަތީޖާތަކަށް ބަލާއިރު ދަރިވަރުންގެ ހުނަރުތައް ތަރައްޤީވުމުގެ އިތުރުން ނެރޭ ނަތީޖާވެސް ކުރިއަރަމުންދާ ކަމީ ފެންނަމުންދާ ޙަޤީޤަތެކެވެ

މަޢްލޫމާތު:  www.education.com
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1352
extra avandia and congestive heart failure