މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ވާހަކަ ލިޔުން |
|
|
| ދިވެހި - ތަޢުލީމާއި ތަރުބިޔަތު | |||
| 13 މެއި 2009، 21:39 ބުދަ | |||
އެސް. އެސް. ސީ. އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންނަށްމުޙަންމަދު ވަޙީދު މަޑުލު ވާހަކަ ލިޔުމަކީ، އަދަބިިއްޔާތުގެ ތެރެއިން އުފެއްދުންތެރި ލިޔުމުގެ އެއް ވައްވަތަރެވެ. އަމިއްލައަށް ފިކުރުކޮށްގެން އެފިކުރުތައް ވަކިގޮތަކަށް އަތުރައިލައިގެން، އަމިއްލައަށް އަދަބީ މަސައްކަތެއް ވުޖޫދުގެ ތެރެއަށް ނެރުމެވެ. އެސް. އެސް،. ސީ. އިމްތިޙާނުގައި ދެއްވަނީ ކުރުވާހަކައެއް ލިޔާށެވެ. މަޤުޞަދަކީ، ކުދީންގައި ފިކުރު ކުރުމާއި އަމިއްލަ ޚިޔާލުތަކެއް މާނައެއް ދޭހަވާގޮތަށް ލިޔެލަން އެނގޭތޯ ބެއްލެވުމެވެ. އެސް. އެސް. ސީ. އިމްތިޙާނުގައި ކުރުވާހަކަ ލިޔަން ދެއްވައިފައި އޮންނަނީ ދެ ގޮތަކަށެވެ. - އެއްގޮތަކީ ފެށުމެއް ދެއްވައިފައި އެ ފެށުމާއި ގުޅުވައިލައިގެން ވާހަކަ ލިޔުމާއި - ޙާޅަތެއް ގެއްވައިފައި އެ ޙާލަތުގެ މައްޗަށް ވާހަކަ ބިނާކޮށްގެން ލިޔުމެވެ. މި ދެ އިރުޝާދުގައި ބުނަނީ ކީކޭކަމެއް ނޭގިގެން ނަމަވެސް، ޙާލަތު އެއީ ފެށުންކަމަށް ބަލައިގެން ލިޔެފައި ހުއްޓާ އެބަ ފެނެ އެވެ. އަދި ދީފައިވާ ފެށުން ފެށުމެއްގެ ގޮތަށް ލިޔެފައި ޙާލަތުވެސް ހިމަނައިގެން ވާހަކަ ލިޔެފައި ހުއްޓައިވެސް ފެނެ އެވެ. ޙާލަތަކީ، މީހަކާމެދު ކަންތައްތައް މެދުވެރިވި ގޮތް ކުރުގޮތަކަށް ކިޔައިދީފައިވާ ކިޔައިދިނުމެކެވެ. އެހެން ގޮތަކަށް ބުނާނަމަ، ވާހަކައިގެ ތަޢާރުފެކެވެ. ޙާލަތު ދީފައިވާ ގޮތަށް ވާހަކައިގެ ތެރޭގައި ލިޔާކަށެއް ނުޖެހޭނެ އެވެ. ވާހަކައަށް އިންސާފު ކުރެއްވުމުގައި ބައްލަވާ ކަންތައްތަކަކީ: - ހާދިސާ - ހުށަހެޅުން - އިބާރާތް ކުރުން - ޤަވާޢިދާއި ހަމަ - އިމްލާ - އަތުލިޔުން މި ކަންތައްތަކެވެ. ހާދިސާ ހާދިސާއަކީ، ވާހަކައިގައި ހިނގާ މައިގަނޑު ކަންތަކެވެ. ވާހަކައެއްގައި ވާހަކައެއް އޮންނާންވާނެ އެވެ. ވާހަކަ އެއީ މަޢުލޫމާތު ދޭ މަޒުމޫނަކަށް ވެގެން ނުވާނެ އެވެ. ހިނގަނީ ކޮންކަމެއްތޯ ހިތާ ހިތާ ސުވާލުކޮށްލުމުން ހާދިސާއެއް އޮތްކަން ނުވަތަ ނެތްކަން އެނގޭނެ އެވެ. ހުށަހެޅުން ވާހަކައެއް ކިޔައިދޭ ގޮތާއި ކިޔައިދީފައިވާ ގޮތް އެއީ އެވާހަކައެއް އަޑު އަހަން ނުވަތަ ކިޔަން ބޭނުންވާ ގޮތްވުމަށް މެދުވެރިކުރުވާކަންތަކެވެ. އެއްކަމެއް އަނެއްކަމަކާ ގުޅުވައިލައިގެން ގެނެސްފައިވާ ގޮތް ވެސް ހުށަހެޅުމުގެ ތެރޭގައި ހިމެނޭނެ އެވެ. ޢިބާރާތްކުރުން އެސް. އެސް. ސީ. އިމްތިޙާނަކީ ދިވެހިބަހުގެ އިމްތިޙާނަކަށް ވާތީ އެ އިމްތިޙާނުގެ ކޮންމެ ސުވާލަކަށް ޖަވާބުދީފައި ވާއިރުވެސް ބަސްތައް ރަނގަޅަށް ބޭނުންކޮށްފައިވާ ގޮތަށާއި، ޖުމުލަތަކުގައި ބުނަން އުޅޭ އެއްޗެއް ރަނގަޅަށް ބުނެދެވިފައިވޭތޯ ބެލެ އެވެ. ޤަވާޢިދާއި ހަމަ ޢިބާރާތްކުރުމަށް ބަލާފަދައިން ބެހުގެ ޤަވާޢިދާއި ހަމައަށް ފައްތައިގެން ލިޔެފައިވޭތޯ ވެސް ބެލެ އެވެ. މި ގޮތުން، އަކުރުތައް ގުޅުވުމާއި އާންމު ބައިތައް ރަނގަޅު ހަމައިން ބޭނުން ކޮށްފައި ހުރިތޯއާއި ކުށްލަފުޒު ހުރިތޯއާއި ޒަމާނަށް ފެތޭ ގޮތަށް ލަފުޒުތައް ބަދަލުކޮށްފައި ހުރިތޯ ބެލެއެވެ. އިމްލާ ކުރީން ބުނިހެން ދިވެހި ބަހުގެ އިމްތިޙާނަކަށް ވާތީ ސުކުން ކުރުމުގެ ހަމަތަކަށް ފައްތައިގެން ސުކުން ކޮށްފައިވޭތޯއާއި އަކުރާއި ފިލި ރަނގަޅަށް ބޭނުންކޮށްފައި ހުރިތޯއާއި، ހުސްނޫނު ރަނގަޅަށް ބޭނުން ކޮށްފައިވޭތޯ ވެސް ބެލެ އެވެ. އަތުލިޔުން އަތުލިޔުމުގެ ސާފުކަމަށް ވެސް ބެލެ އެވެ. ބަސް ވަކި ކުރުމާއި ކިޔަން ފަސޭހަތޯ ވެސް ބެލެ އެވެ. ފާހަގަ ކުރެވޭ އަނެއްކަމަކީ، ދެކެވޭ ވާހަކަ ލިޔާނެ ވަކި ގޮތެއް ނޭނގޭކަމެކެވެ. ޑައިލޮގް ލިޔުމަށް ވެސް އުސޫލެއް އޮންނާން ވާނެ އެވެ. އަޅުގަނޑު ހުށަހަޅަނީ ކޮންމެ ޑައިލޮގެއް އައުފެށުމަކުން ވަކިން ލިޔުމަށެވެ. މިހެން ބުނި ނަމަވެސް ވާހަކަ ކިޔައިދީފައިވާ އިސްޓައިލުން މީހުން ބުނާ އެއްޗިހި ވެސް ބުނި ބަސް އަންގައިދޭ ގޮތަށް ލިޔެވިދާނެ އެވެ. ސަމާލުކަން ދިނުމަށް އެދޭ ކަންތައްތައް: 1- އިމްތިޙާނު ކަރުދާހުގައި ސުވާލު ދީފައިވާގޮތަށް ޢަމަލުކުރުން. އަދި ދީފައިވާ އިރުޝާދަށް ޢަމަލު ކުރުން. 2- އެ ލަފުޒެއް ޢިބާރާތުގައި ބޭނުންކުރަންވީ ގޮތް ރަނގަޅަށް ނޭނގޭ ލަފުޒު ބޭނުން ނުކުރުން. 3- ދެކެވޭ ވާހަކަ އެކި ފަހަރު އެކި ގޮތަށް ބޭނުން ނުކޮށް މީހާގެ ނަންޖަހައިފައި އައު ފެށުމަކުން ލިޔުން. 4- ފަށައިގަތުމުގެ ކުރިން ކަންތައްތައް ހިނގާނެ ކަމަށް ޚިޔާލުކުރާގޮތް ޕޮއިންޓު ގޮތަށް ނޯޓުކޮށްލުން. 5- އަވަސް އަރައި ނުގަނެ ލަސްލަހުން ރީއްޗަށް ލިޔުން.
|
| ހަމަ މި ގަލަމުން |
|---|
އަޅުގަނޑު ވާހަކަ ލިޔުމަށް މޮޅެއްނޫނެވެ އެކަމަކު ވާހަކަ ކިޔުމަށް މޮޅެވެ :-) މަޒުމޫމު ލިޔުމަށް Tips ތަކެއް ހުށަހަޅާލަން ވީއެއް ނޫންތޯއެވެ! އަޅުގަނޑަށް އާންމު މަޒުމޫނު topics ތަކުގެ މަޢުލޫމާތު ބޮޑަށް ލިބިފައި ހުރުމަކީ މަޒުމޫނު ލިޔުމަށް ވަރަށް އެހީތެރި ވެދޭކަމެކެވެ.
ހަމައެކަނި ހުންނަނީ އިބާރާތާއި އެތުރުމުގެ މައްސަލަތަކެވެ.
ޝުކުރިއްޔާ