ފަންވަތް ދިވެހި ތަޢުލީމާއި ތަރުބިއްޔަތު މަސައްކަތުގެ ތަޖްރިބާ
ބެލި ޢަދަދު: 927
މަސައްކަތުގެ ތަޖްރިބާ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - ތަޢުލީމާއި ތަރުބިޔަތު
18 މެއި 2009، 01:16 ހޯމަ


އަޙްމަދު ރަޝީދު  އެސްޖެހިގެ، ލ. ފޮނަދޫ

މީގެ އަހަރުތަކެއްކުރިން ފެށިގެން ދިވެހިރާއްޖޭގެ ތަޢްލީމާއި ބެހޭ ވުޒާރާއިން ސްކޫލުތަކުގެ ދަރިވަރުން ގްރޭޑް 10 ނިމޭއިރު ކޮންމެވެސް ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ހޯދަންޖެހޭ ކަހަލަ އުޞޫލެއް ގެންގުޅުއްވިއެވެ. އަދި މިކަން ފުދޭވަރަކަށް ރަގަޅަށް ކުރެވި، އެދެވޭ ނަތީޖާތަކެއްވެސް ދައްކާފައިވެއެވެ. އެހެންނަމަވެސް މިހާރު މިކަންމިވަނީ ފަނޑުވަމުން ފަނޑުވަމުން ގޮސް ހުއްޓިފައެވެ.

ދިރިއުޅުމުގައި ކުރެވޭ އެކިއެކި މަސައްކަތްތަކުގެ ތަޖްރިބާ އަޅުގަނޑުމެންގެ ދަރިވަރުންނަށް ލިބިފައި ހުރުމަކީ މުހިންމުކަމެކެވެ. ދިރިއުޅުމުގެ މައިދާނަށް ނުކުމެ ވަޒީފާއަކާއި ކުރިމަތިލާއިރު މިދެންނެވިފަދަ ތަޖްރިބާއެއް ލިބިފައި ހުރުމަކީ އެކަމުން ފައިދާތަކެއް ކުރާނެ ކަމެއްކަމާއިމެދަކު އެއްވެސް ޝައްކެއް ނެތެވެ.

މަސައްކަތުގެ ތަޖުރިބާ ތަފާތު ގޮތްގޮތަށް ހޯދިދާނެއެވެ. އަޅުގަނޑުމެންގެ ޢުމުރުން ޅަދުވަސްވަރު ސްކޫލްތަކުގައި މަސައްކަތުގެ ތަޖްރިބާ ހޯދުމެއް ނޯވެއެވެ. އެހެންނަމަވެސް އޭރުގައިވެސް އަޅުގަނޑުމެންނަށް މަސައްކަތުގެ ތަޖުރިބާ ހޯދޭފަދަ ވެއްޓެއް އޭރު އޮވެއެވެ. އޮޑިހަރުގެއެއްގައި ފަންލުމަށް ނުވަތަ ފުޅަށް އެޅުމަށް ފަންވިޔުން، ރޮދުލުމަށް (ފޮނަދޫ ބަހުން ރޯނަ އަޅާން) ރޮދު ތައްޔާރުކުރުން، ވާވެލާވެލި އެޅުމުގައި އެހީތެރިވުން، ކަނބުރުގޭގައި ގިރުނބާ ދެމުމަށް ނުވަތަ ހަނު ދެމުމަށް އެހީތެރިވުން، އުވަދެވުމަށް އަކިރި (ފޮނަދޫ ބަހުން އުވަގާ) ނެގުން މިއީ ހައްތަހާވެސް އޭރުގައި އަޅުގަނޑުމެން ކޮށް އުޅު މަސައްކަތްތަކެވެ. ނުވަތަ އެ ކަންކަމުގައި ބޮޑެތި މީހުންނަށް އެހީތެރިވާންޖެހޭ ކަންކަމެވެ.

މިދެންނެވި ކަންކަމުގެ އިތުރުން ސްކޫލު ބަންދުދުވަސް ދުވަހަކީ ބޮޑު ދުވަހެކެވެ. އަތިރި މައްޗަށް ނުކުމެ ބޮޑެތި ހިރުދު ގަސްގަހުގެ ހިޔަލުގައި ތިބެގެން ހޯދަމުންދިޔަ މަސައްކަތުގެ ތަޖުރިބާއަކީ އަޅުގަނޑުގެ ހަނދާނުގައި އަބަދުވެސް ހަރުލާ ހުންނަ ކަމެކެވެ. އާދެ، މި ޒަމާނުގައި ފެލިވަރު، މާންދޫ އަދި ކޫއްޑޫގައި ފެންނަމުންދާފަދަ މަސްވެރިކަމުގެ ސިނާޢަތެއްގައި ހިނގާ ގިނަކަންތައްތަކެއް ކުޅިވަރެއްގެ ގޮތުގައި ކުޅުމަކީ މިދެންނެވި ތަޖްރިބާ އެވެ. ފޮނަދޫ ބަހުރުވައިން ނަމަ 'މަހައްދަން ކޮޅި ކޮޅުން' މަސްވެރިކަމުގެ ކުޅިވަރު ކުޅުމެވެ. މިކަމާއި ބެހޭގޮތުން އެހެން މަޒުމޫނެއްގައި އަލިއަޅުވާލުމަށް ޤަޞްދުކޮށް މަޢުޟޫޢް އާއިގެން ކުރިއަށް ދާނަމެވެ. ދަންނަވާލެވުނު ކުޅިވަރުގެ އަލީގައި މަސައްކަތުގެ ތަޖުރިބާހޯދި ގިނަ ފަރާތްތަކެއް މިހާރު މާންދޫގައި އެކަމުގެ ޢަމަލީ ތަޖުރިބާތައް ކުރަމުން ދާތީ ފެނެއެވެ. މިދާއިރާ ނޫނަސް ސިފައިންގެ ދާއިރާއަށް ބަލާލި ނަމަވެސް އޭރު އަޅުގަނޑުމެން ކުޅެއުޅުނު 'ސިފައިން ކޮޅި' ސިފައިންގެ މީހުންގެ މަސައްކަތުގެ މައިދާން ދައްކުވައިދޭ ކުޅިވަރުގައި އެއްމެ މަތީ ރޭންކުތައްލިބުނު ގިނަކުދިން މިހާރު އެތިބީ ހަމައެފަދަ މަތީ ރޭންކުތަކެއްގައެވެ. އޭވިއޭޝަން ދާއިރާގައިވެސް ނުވަތަ ކިޔަވައިދިނުމުގެ ދާއިރާގައިވެސް ކަން އޮތީ ހަމަ މިހެންނެވެ.

ދަންނަވާލެވުނު ފަދަ ކަންކަމުންވެސް އެގިގެން ދަނީ މަސައްކަތެއްގެ ތަޖުރިބާ ލިބިފައި ހުރުމުގެ މުހިއްމުކަމެވެ. މިކަމުގެ ސަބަބުން މަސައްކަތުގެ ޝަވްޤުވެރިކަމެއް އުފެދި މަސައްކަތަށް ފަރުވާތެރިވެވޭ މިންވަރު އިތުރުވާނެ ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ. މިސަބަބުތަކަށްޓަކައިވެސް މަސައްކަތުގެ ތަޖްރިބާ ހޯދުމުގެ މުހިއްމުކަން ފާހަގަވެގެން ދެއެވެ.މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ޕްރޮގްރާމެއް ސްކޫލުތަކުގައި ހިންގުމަކީ އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިންމު ބޭނުންތެރި ކަމެކެވެ
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ އަހުމަދު, 2009-05-18 03:34:58
މަސައްކަތުގެ ތަޖުރިބާ ހުރުމަކީ މުހިއްމު ކަމެއް. މަސައްކަތުގެ ތަޖުރިބާ ފުރިހަމަ ކޮށްފަ ހުރި ދަރިވަރެއްގެ ހައިސިއްޔަތުން ބުނެލަން އޮތީ ސަރުކާރު އޮފީހަކަށް ގޮސް ފޮތެއްގައި ރޮގު ދަމާ، މުއައްޒަފުންނަށް އިންޓޯލް ގަންދާން ނޫން ކަމެއް އަޅުގަނޑަކަށް ނުޖެހުން..................
...
ލިޔުނީ ނާ×ޝިފާ, 2009-05-19 05:56:36
މަސައްކަތުގެ ތަޖުރިބާ މުހިއްމު. އެކަމަކު މިހާރުގެ ވެށި މިދައްކާގޮތުން މިތަޖުރިބާ ހޯދަން ދާ ކުއްޖާ އެހެން ތަޖުރިބާ އެއް ނުކޮށް ހުންނާނެބާ! އިތުބާރު ނުކުރެވޭތީ ދޯ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 927
extra avandia and congestive heart failure