ފަންވަތް ދިވެހި ތަޢުލީމާއި ތަރުބިއްޔަތު ޕްރިޕޮޒިޝަން އުނގަންނައިދިނުމަކީ ފަސޭހަކަމެކެވެ.
ބެލި ޢަދަދު: 1221
ޕްރިޕޮޒިޝަން އުނގަންނައިދިނުމަކީ ފަސޭހަކަމެކެވެ. ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ދިވެހި - ތަޢުލީމާއި ތަރުބިޔަތު
26 މެއި 2009، 00:29 އަންގާރަ


އަޙްމަދު ރަޝީދު  އެސްޖެހިގެ، ލ. ފޮނަދޫ

އަޅުގަނޑު ޓިއުޝަންދޭ ދެކުއްޖަކަށް މިހަފުތާގައި އިނގިރޭސި މި މާއްދާއިން ދީފައިވާ އެއްފިލާވަޅަކީ ޕްރެޕޮޒިޝަންގެ ފިލާވަޅެކެވެ. ފިލާވަޅުން އެ ކުދިންނަށް ފަހުމްވެފައިހުރި މިންވަރު ވަޒަންކޮށްލުމަށްފަހު ޕްރެޕޮޒިޝަނަކީ ކޮބައިކަމާއި ބޭނުންކުރެވޭ ޙާލަތާއި ގޮތްތައް މުޠާލިޢާކޮށްދިނުމުގެ ގޮތުން ކިޔާދިނީމެވެ. އެއަށްފަހު ޕްރިޕޮޒިޝަން ބޭނުންކުރުމުގައި ޙާލަތާއި ގުޅޭ މަންޒަރެއް ހިތުތެރޭގައި ކުރަހާލަންޖެހޭނެ ކަމުގައި ބުނެ އެކަމުގެ މަފުހޫމު ވެސް އޮޅުން ފިލުވައިދިނީމެވެ. މިހުރިހާ ކަމަކަށްފަހު ތަމްރީނެއްގެ ގޮތުން ޕްރެޕޮޒިޝަން ބޭނުންކޮށްގެން ހުސް ތަންތަން ފުރާނެ ދެތިން ޖުމްލަދިނީމެވެ. ދެކުދިންވެސް ވަރަށް އަވަހަށް  މަސައްކަތް ނިންމާލިއެވެ.

އެހެންނަމަވެސް ޕްރިޕޮޒިޝަން ބޭނުންކުރުމުގައި އެންމެ އާއްމުކޮށް ދިމާވާ އެއް މައްސަލަ ކަމުގައިވާ 'އޮޅުން އެރުމާއި' މިކުދިންނަށްވެސް ކުރިމަތިލާން ޖެހުނެވެ. މިވަރުން އަދި ހިތްވަރުއެލުވާލަން ނުޖެހޭކަމާއި މަސައްކަތްކުރުމުން ކާމިޔާބު ލިބޭނޭކަން ހަނދުމަކޮށްދެމުން، ދެވަނަ ޓެކްނީކަކަށް ދިޔައިމެވެ. ތިރީގައިވާ ފޮޓޯއަށް ބައްލަވާށެވެ. ފޮޓޯގައި އެވަނީ ޕްރެޕޮޒިޝަން ބޭނުންކުރާގޮތްތައް އޮޅުންފިލުވައިދިނުމަށްޓަކައި ވަރަށް ފަސޭހައިން އަތުރާ ލެވިދާނެ އެތުރުމެކެވެ.  އަދި މިފަދަ އެތުރުމެއް  ބޭނުންކުރުމުން އުނގަންނައިދިނުމަށް ފަސޭހަކަމެއް ލިބިގެންދާނެއެވެ. ފޮޓޯގައި ފާހަގަކުރެވިފައި އެވަނީ ފިލާވަޅުގައި ހިމެނިދާނެ ޕޮއިންޓްތަކެކެކެވެ.


 
އިނގިރޭސިބަހުގެ ގަވާއިދުގެބައިގައި ހިމެނޭ preposition  ދަރިވަރުންނަށް ރަނގަޅަށް އޮޅުންފިލުވައިދީ އުނގަންނައިދިނުމަކީ އެހާ ފަސޭހަކަމެއް ނޫނެނެވެ. އެހެންނަމަވެސް މަސައްކަތްތަކެއް ކޮށްފިނަމަ އެއްވެސް ކަމަކީ އެހާ އުނދަގޫކަމަކަށް ނުވާނެކަން ޔަޤީނެވެ. ޙަޤީޤަތުގައި އުނގެނުމަކީ ނުވަތަ ދަސްކުރުމަކީ ތިމާއަށް ކުރިން އެނގިފައިވާ ނުވަތަ އެކަންކަން ރެއާއި ދުވާލު ލޮލަށް ފެންނަމުންދާ ކަންތައްތަކެއްގެ ތެރެއަށް އިތުރަށް ފީނުމާއި އެކަމުގެ ތެރޭގައި ހުރި ފޮރުވިފައިވާ ކަންކަން ހޯދައި ދެނެގަތުމެވެ. މިކަމަށްޓަކައި ތަފާތުގޮތްގޮތަށް ތަފާތު ޙަރަކާތްތަކެއް ހިންގިދާނެއެވެ. ކިޔަވައިދިނުމަކީ ތިބާއަށް އެނގިފައިވާ މަޢުލޫމާތާއި ހުނަރު އަނެކާގެ ކިބައިގައިވެސް ހުރިކަން އެފަރާތްތަކަށް ޔަޤީންކޮށްދިނުމެވެ. ހަނދާންކޮށްދިނުމެވެ. އަޅުގަނޑުމެން އެއްމެންނަކީވެސް ދަސްކުރަމުންނާއި އުނގަންނައިދެމުން އަންނަ ބައެކެވެ.

ހަންގޭރީއަށް އުފަން، އިނގިރޭސިވިލާތުގެ މަޝްހޫރު ލިޔުންތެރިޔާ އާރތަރ ކޯއިސްޓްލާރ ވިދާޅުވާގޮތުން އުފެއްދުންތެރި ޙަރަކާތްތަކަކީ ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ މޮޅު ހުނަރެކެވެ. މިކަމުގެ ސަބަބުން ބައެއްފަހަރު ދަރިވަރުންނާއި އެއް ފެންވަރަކަށް ނުވަތަ އެއްދަރަޖައަކަށް މުދައްރިސުގެ ޙަރަކާތްތައް ގެންގުޅެންވެސް ޖެހިދާނެއެވެ. މިދެންނެވި ޢިބާރާތްކޮޅުގެ މާނައަކީ، މުދައްރިސުން ދަރިވަރުންނާ އެކު ކުޅިވަރުކުޅުމާއި އެކުދިންގެ އުޅުން ހުންނަ ގޮތަށް ބައެއްފަހަރަށް އުޅެންޖެހިދާނެކަމެވެ.

އުނގަންނައިދުނުމުގައި ދަރިވަރުންގެ ސަމާލުކަން ލިބިގަންނަފަދަ ޙަރަކާތްތަކެއް ހިމެނޭތޯ އަބަދުވެސް މަސައްކަތްކުރަން ޖެހެއެވެ. އެހެނީ ކިޔަވައިދިނުމުގެ ހުނަރަކީ ދަރިވަރުންގެ ސިކުނޑިތައް ހޭލައްވާލާ އެކުދިންގެ ސަމާލުކަން ކިޔަވައިދޭ ސުރުޚީއަކާދިމާއަށް އަނބުރާލުމެވެ. މިގޮތުން ޕްރެޕޮޒިޝަން ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ އެހެނިހެން ބައެއް ޙަރަކާތްތަކަކަށް ބަލާލަމާތޯއެވެ.

މިފަހަރުގެ ޙަރަކާތުގައި ރަށުގެ މަޝްހޫރު ތަންތަން ހިމެނޭ ގޮތަށް ރަށުގެ ޗާޓެއް ކުލާހުން ބޭރުގައި ހެދިދާނެއެވެ. މިގޮތުން ކުޅިވަރުކުޅޭ ބިމުގައި މަގުތަކެއް ކުރެހުމަށްފަހު ނަންބޯޑުތަކެއްގައި ކެފޭ، ބޭންކް،ޕޯސްޓް އޮފީސް ފަދަ ރަށުގެ މުހިންމުތަންތަން ފާހަގަކޮށް ޗާޓްގައި ބަހައްޓާށެވެ. މިފަހަރުގެ ޙަރަކާތުން ދަސްކޮށްދޭން މިއުޅެނީ ޕްރެޕޮޒިޝަން އޮފް ޕްލޭސް ނުވަތަ ތަނެއް ނުވަތަ އެއްޗެއް ހުރިތަނެއް ބުނެދޭނެގޮތް އުނގަންނައިނުމެވެ.

ޗާރޓްތައްޔާރު ކުރުމަށްފަހު ޗާޓުގައިވާ ކޮންމެވެސް ތަނެއް ހުރިތަން ބުނެދިނުމަށް ކުދިންގެ ކައިރީގައި ސުވާލުކުރެވިދާނެއެވެ. މިސާލަކަށް ސްކޫލުހުރިތަން ބުނެދޭށެވެ.



މިގޮތަށް ޗާޓްގައިވާ މުހިއްމުތަންތަން ހުންނަތަންތަން ބުނެދޭނެގޮތް ފަރިތަކުރުވިދާނެއެވެ. މިފަރިތަކުރުމުގެ ތެރޭގައި ގިނަ ޢަދަދެއްގެ ޕްރެޕޮޒިޝަން ތަކެއް ބޭނުންކުރާނެގޮތް ދަސްވާނެއެވެ.

ދަންނަވާލެވުނުފަދަ ގޮތްތަކެއް ބޭނުންކޮށްގެން ޕްރެޕޮޒިޝަން އުނގަންނައިދިނުމަކީ އެހާ އުނދަގޫކަމެއް ކަމަކަށް އަޅުގަނޑުގެ ތަޖްރިބާއިން ނުދައްކައެވެ. މިފަދަ ޙަރަކާތްތަކަކީ އަޅުގަނޑުގެ ޓީޗިންގ ކެރިއާގައި ބޭނުންކޮށްފައިވާ ކާމިޔާބު ޙަރަކާތް ތަކެކެވެ.
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1221
extra avandia and congestive heart failure