މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ހެދޭ ގޯސްތަކުން އުނގެނި ދަސްކުރާށެވެ. |
|
|
| ދިވެހި - ތަޢުލީމާއި ތަރުބިޔަތު | |||
| 28 ޖޫން 2009، 00:40 އާދީއްތަ | |||
|
އަޙްމަދު ރަޝީދު އެސްޖެހިގެ، ލ. ފޮނަދޫ ދުނިޔޭގައި އުފެދު އެއްމެމޮޅު ސައިންސްވެރިންގެ ތެރެއިން ފާހަގަކޮށްލެވޭ އެއްބޭފުޅަކީ ތޯމަސް އެޑިސަނެވެ. ތޯމަސް އެޑިސަނަކީ މިއަދު އަޅުގަނޑުމެންނަށް އެއެއްޗަކާއިނުލައި ދިރިއުޅުމަށް ނުކުޅެދޭނެ އެއްޗެއްކަމުގައިވާ ބޮކި އުފެއްދި ސައިންސްވެރިޔާއެވެ.ތޯމަސް އެޑިސަން ބޮކިއުފެއްދުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރިއެވެ. މި ގޮތުން ބޮކީގެ އެތެރޭގައި އިންނަ ނަރުފަށް ނުވަތަ ފިލަމެންޓްގެ ގޮތުގައި ބޭނުންކުރުމަށް އެކަށޭނަ އެއްޗެއް ހޯދުމަށްޓަކައި ދެހާހަށްވުރެވެސް ގިނަ ތަކެތި ޓެސްޓްކޮށް ތަޙްލީލު ކުރިއެވެ. މިހާގިނަތަކެތިން ޓެސްޓްތައްކޮށް ކާމިޔާބެއް ނުލިބުމުން ތޯމަސް އެޑިސަނަށް އަތްގާތްކޮށްދޭންއުޅޭ ކުއްޖާ ބުނެލިއެވެ. "މިކުޅަހައި މަސައްކަތް މިދިޔައީ ފަނުފުލުންނެވެ. އެނގުނު އެކައްޗެއްވެސް ނެތެވެ." އެޑިސަން ނުހަނު ޔަޤީންކަމާއެކު ޖަވާބުދިނެވެ. "އަހަރުމެން މިކަން ފެށީ ނުހަނު ދުރު ރާސްތާއަކުންނެވެ. އަދި މިހާތަނަށް އައިއިރު އެތައް އެއްޗެއް ދަސްވެސް ކުރެވިއްޖެއެވެ. މިކުރެވުނު ތަޙްލީލުތަކުން ބޮތްކެއް ހެދުމަށްޓަކައި ކަމުނުދާ ދެހާހަށްވުރެން ގިނަތަކެތި ހުރިކަން އެގުން އެއީ ފަހެ ކުޑަކަމެއް ހެއްޔެވެ." ތޯމަސް އެޑިސަންގެ މި މަޢުނަވީ ޢިބްރަތްތެރި ޖަވާބުން އެނގިގެންދާ ގިނަގުނަ ފިލާވަޅުތަކެއް ވެއެވެ. ނާކާމިޔާބަކީ ކާމިޔާބީގެ ތަޅުދަނޑިކަން އެނގިގެންދެއެވެ. މާޒީގައި ހެދޭ ގޯސްތަކުން ޢިބްރަތްހޯދާ ކުރިމަގު އުޖާލާކުރެވިދާނެކަންވެސް އެގެއެވެ. ފޫހިކަމާއި މާޔޫސްވުމެއްނެތި މަސައްކަތް ކޮށްފިނަމަ ކާމިޔާބީގެ އައްސޭރި އަތުޖެއްސުންއެއީ ނުވާނެކަމެއް ނޫންކަންވެސް އެގެއެވެ. އެހެނީ ހެޔޮގޮތުގައި މަސައްކަތްކުރާ އަޅުންނަށް މާތްﷲގެ ރަޙްމަތާއި ރުއްސެވުންލިބޭނެކަން އެކަލާންގެ އަންގަވާފައިވެއެވެ. ހެދޭގޯސްތަކާއި ކުރެވޭކުށްތަކުން ޢިބްރަތްލިބިގަތުމަކީ ބުއްދިވެރިކަމެކެވެ. މަޢުލޫމާތުނެގީ:http://academictips.org
|
| ހަމަ މި ގަލަމުން |
|---|